ސިވިލް ސާވިސް މުވައްޒަފުންތަކެއް: ކައުންސިލް އިންތިޚާބުގައި ވާދަކުރާ ސިވިލް ސާވިސްގެ 200 އަށް ވުރެން ގިނަ މުވައްޒަފުން ތިބީ ސަސްޕެންޝަންގައި.-- މިހާރު ފޮޓޯ
02 އެޕްރީލް 2020 - 13:54
ކޮވިޑް-19ގެ ސިއްހީ ކުއްލި ނުރައްކަލާ ގުޅިގެން ފަސްކުރަން ޖެހުނު ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ 200 އަށް ވުރެ ގިނަ ސިވިލް ސާވަންޓުންގެ ސަސްޕެންޝަން އުވާލަން ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް މަޖިލީހުގައި އިއްޔެ އެދިވަޑައިގެންފި އެވެ.
ކުރިން ނިންމާފައި އޮތީ، އަންނަ ހޮނިހިރުދުވަހު އިންތިޚާބު ބާއްވާށެވެ. އެކަމަކު ރާއްޖެ އިން ކޮރޯނާވައިރަސް ފެތުރުނަ ނުދޭން އެޅި ފިޔަވަޅެއްގެ ގޮތުން އިންތިޚާބު ވަނީ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފަ އެވެ. އޭރު އިންތިޚާބަށް ކުރިމަތިލައި ކެންޑިޑެސީ ކަށަވަރުވި މީހުންގެ ތެރޭގައި ސިވިލް ސާވިސްގެ މުވައްޒަފުން ވެސް ހިމެނެ އެވެ.
އިންތިޚާބުގައި ވާދަކުރަން ފޯމު ހުށަހެޅުމާ އެކު 204 ސިވިލް ސާވަންޓުން ވަޒީފާ އިން ސަސްޕެންޑްވި އެވެ. އެކަމަކު އިންތިޚާބު ލަސްކޮށް، މި މުވައްޒަފުންގެ ސަސްޕެންޝަން އުވާނުލާތީ ދަތިތަކެއް ކުރިމަތިވަމުން އަންނަ ކަމުގެ ކަންބޮޑުވުން ލިބެމުން އަންނަ ކަމަށް ވިސާމް ވިދާޅުވި އެވެ.
"މިގޮތަށް 204 މުވައްޒަފަކު ސަސްޕެންޑްކޮށްފައި ތިބުމުން އެ އާއިލާތަކަށް ގޮންޖެހުންތަކާއި ދަތިތަކާ ކުރިމަތިވަމުންދާތީ، އެ ބޭފުޅުންގެ ސަސްޕެންޝަން ބާތިލްކުރަން ޖެހޭ. އެކަމަށް ހައްލެއް ހޯދަން މި މަޖިލީހުން ވެސް އެ ބޭފުޅުންގެ ހައްގުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް އަޅުގަނޑު ގޮވާލަން،" ވިސާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސަރުކާރަކުން ރައްޔިތުންނަށް ކޮށްދެވޭނެ އެންމެ ރަނގަޅު ކަމަކީ ބޭނުން ޖެހޭ ވަގުތުގައި އެކުގައި ތިބުން ކަމަށާއި ކޮވިޑް-19 ގެ މި ހާލަތުގައި ސަރުކާރުން ދައްކައިދެނީ އެ މިސާލު ކަމަށެވެ. އެހެންކަމުން އެ މުވައްޒަފުންނާ ދޭތެރޭގައި ވެސް ވިސްނަން ޖެހިފައިވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.
ފަސްކޮށްފައިވާ ކައުންސިލް އިންތިޚާބު އަންނަ ޖެނުއަރީ 6 ގެ ކުރިން ބާއްވަން "ކައުންސިލް އިންތިޚާބުގެ ޚާއްސަ ގާނޫނު"ގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް ވަނީ ބިލެއް ހުށަހަޅައިފަ އެވެ. އެ ބިލުގެ ބޭނުމަކީ ގާނޫނުގައި ބުނާ މުއްދަތުގައި އިންތިޚާބު ނުބޭއްވި ލަސްވެފައިވާތީ ގާނޫނީ ފަރުވާއެއް ހޯދުމެވެ. އެ ގާނޫނު ފަރުމާކޮށްފައި ވަނީ އިންތިޚާބު ނިމުމާ އެކު އުވާލާ ގޮތަށެވެ. އަދި އިންތިޚާބު ފަސްކުރިއިރު އިލެކްޝަންސް ކޮމިޝަނުން ތައްޔާރުވެފައިވާ ހިސާބުން އަލުން ހުރިހާ ކަމެއް ފަށާ ގޮތަށެވެ. އެހެންކަމުން، އިންތިޚާބަށް އަލުން ހުޅުވާނުލައި ކުރިއަށް ގެންދާނީ މިހާރު ކުރިމަތިލާފައިވާ ކެންޑިޑޭޓުންނާ އެކުގަ އެވެ.
މިހާރު އަމަލުކުރަމުން އަންނަ ގާނޫނު ބުނާ ގޮތުން އާ ކައުންސިލަރުން އިންތިޚާބު ކުރަން ޖެހެނީ ހިނގަމުން އަންނަ ކައުންސިލްގެ ދައުރު ހަމަވުމުގެ 30 ދުވަސް ކުރިންނެވެ. މިހާރުގެ ކައުންސިލްތަކުގެ ދައުރު ހަމަވަނީ ޖޫން މަހަށެވެ.
ކައުންސިލް އިންތިޚާބަށް ކުރިމަތިލާން ހުޅުވާލުމާ އެކު ގިނަ ބަޔަކު ފޯމު ހުށަހެޅި އެވެ. ކޮމިޝަނުން އާއްމުކޮށްފައިވާ ގޮތުގައި، ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އެމްޑީޕީން 877 ގޮނޑި އަދި ޕީޕީއެމުން 673 ގޮނޑި އަށް ކުރިމަތިލި އެވެ. މީގެ އިތުރުން އެހެން ޕާޓީތަކާއި އަމިއްލަ ގޮތުން ވެސް މީހުން ވާދަކުރެ އެވެ.
އިންތިޚާބުގައި، ސިޓީ ކައުންސިލްތައް ހިމެނޭ ގޮތުން 982 ކައުންސިލަރުން އިންތިޚާބުކުރާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގައުމުގެ މޮޔައިން
02 April 2020
ކައުންސިލަރުން ގިނަކުރުމަކީ ކުރާ ބޮޑު އިސްރާފެއް. ރަށެއްގަ ދެކައުންސިލަރުން ތިއްބަސް ރަށެއް ހިންގޭނެ.
ކަޑަބައި
02 April 2020
ރާއްޖެއިން ކޮރޯނާވައިރަސް ފެތުރުނަ ނުދޭން އެޅި ފިޔަވަޅެއްގެ ގޮތުން ލޯ ކަލް ކައުންސިލް އިންތިޚާބު ވަ ކި މުއްދަތެއް ނެތް ގޮތަށް ފަސް ކުރީ ކޮންއިދާރާ އަ ކުން ތޯއެވެ؟
ޖާޒީރާ 444 ށް
02 April 2020
އަސްލު މިގާނޫނު ފަރުމާކޮށްފައިވަނި ރާއްޖެތެރޭ ކިޔަވައިގެން ތިބި ކުދިން ސިޔާސީ ކަންކަމުން ދުރުކޮށް އެމަލަމަތި އަބަދުވެސް މުއްސަނދިންނާ ބޭފުޅޫންނަށް ބާޢްވަން،. މިބުނާ ކުދިންނަކީ ސަރުކާޜު ސްކޮލަރޝިޕްތަކުގައި ކިޔަވައިގެން ރައްޔިތުންނަށް ޚިދުމަތްކުރާ އަސްލު އެހާ ސިޔާސީ ޕާޓީއާ ދޯޅޫ ނޫން ބައެއް. އެމީހުންގެ ދޯހަޅިކަން އެނގޭތީ. އެހެންވެ މޮޅުއެއްޗެއް ހަދާލާފައި. އެއޮތީ. އަދް އަސްލު މިޑްލް ކްލާސް ސިޔާސީ ކަންކަމުން ދުރުކުރުންވެސް މީގެ ބޭނުމުގެ ތެރޭގަިއ ހިމެނޭ!