ޚަބަރު / އަބްދުﷲ ޝާހިދު، ފޮރިން މިނިސްޓަރު

ގަވާއިދާ ޚިލާފަށް އުޅޭ ބަންގްލަދޭޝްގެ މީހުން އަނބުރާ ގެންދިއުމުގެ އެހީތެރިކަމަށް ރާއްޖެ އިން އެދިއްޖެ

ފޮރިން މިނިސްޓަރު ޝާހިދު: ރާއްޖޭގައި ކޮރޯނާވައިރަސް ފެތުރިއްޖެ ނަމަ އެ ވައިރަހުގެ ނުރައްކާ އެންމެ ބޮޑުވާނެ އެއް ބަޔަކީ ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ކަމަށް ޝާހިދު މިއަދު ވިދާޅުވި،---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

05 އެޕްރީލް 2020 - 21:44

73 comments
happy icon 89%

ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅޭ ބަންގްލަދޭޝްގެ މީހުން އަނބުރާ ގެންދިއުމުގައި އެ ގައުމުގެ ސަރުކާރުގެ އެހީތެރިކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު އެދިވަޑައިގެންފި އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ، އެ ކަމަށް ޝާހިދު އެދިވަޑައިގަތީ ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރާ މިއަދު ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަތަކުގައި ކަމަށެވެ.

ޝާހިދު ވިދާޅުވި ގޮތުގައި، ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ރެގިއުލަރައިޒް ކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށައިފަ އެވެ. އަދި ކޮރޯނާވައިރަސް ރާއްޖޭގައި ފެތުރިއްޖެ ނަމަ، އެ ވައިރަހުގެ ނުރައްކާ އެންމެ ބޮޑުވާނެ އެއް ބަޔަކީ ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ކަމަށް ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރުގެ އަރިހުގައި މިނިސްޓަރު ޝާހިދު ވިދާޅުވި ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.

ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅޭ ބަންގްލަދޭޝްގެ މީހުން އަނބުރާ ގައުމަށް ގެންދިއުމަށް ދިވެހި ސަރުކާރަށް އެއްބާރުލުން ދެއްވާނެ ކަމަށް ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރާ ހަވާލާ ދީ، ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުންޏެވެ.

ރާއްޖޭގައި ގަަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ދިވެހި ސަރުކާރުގެ ޚަރަދުގައި އަނބުރާ ފޮނުވައިލުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ނިންމައިފަ އެވެ. ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް މިރޭ ވިދާޅުވީ، މިހާތަނަށް 300 އަށް ވުރެ ގިނަ ބިދޭސީން އަނބުރާ ގައުމަށް ދާން ރަޖިސްޓަރީ ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ މީހުން އަނބުރާ ފޮނުވައިލުމުގައި އަމަލުކުރާ އުސޫލެއް ސަރުކާރުން އަދި ހާމައެއް ނުކުރެ އެވެ.

.

73 ކޮމެންޓް, 119 ރިއެކްޝަންސް

icon happy icon happy 92%
icon sad icon sad 3%
icon angry icon angry 5%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އޯކޭ

07 April 2020

އިމިގްރޭސަން ގަ ތިބޭ ސީނިއަރ މަދުބަޔަކު ރާއްޖޭގަ ހުންނަ ބަންގލްދޭސް ހައިކޮމިސަނާ ބަންގަލަދޭސް ދެތިން މީހަކު އިސްކޮށްހުރެގެން ހިނާފަ އޮތް ޖަފީމާއެއް، މިކަން ބެލުން ފުރަތަމަ ކުރަންވިކަމަކީ، ބަންގަލަދޭސް އަސޤއޯކޭ މިކުޑަގައުމުންވެސް އެކަނި 1 ބިލިޔަންޑޮލަރު އަހަރަކު އެބަގެންދޭ، މީސަރުކާރުގެ އަޅާނުލުމާ އިހުމާލު އޮތްކަމެއް މިސަރުކާރުން ހަރުކަށިފަޔަވަޅުއަޅާ މިކަންހައްލުކުރަންވީ، އިމިގްރޭސްންގަ ޖަރީމާ ހިންގި މީހުން ހޯދާ ވިޔަފާރިތައްވެސް ބަންދުކުރަންވީ.

The name is already taken The name is available. Register?

ޕޮޕް

06 April 2020

ރަނގަޅު ވާހަކައެއް. ޑިޕޮސިޓު ވާންޖެހޭނީ ހަމައެކަނި ޓިކެޓުގެ ޚަރަކަށް ނޫން. ފިލައިގެން ދިއުމުގެ ރިސްކަށްވެސް ބަލަންޖެހޭނެ. ނޭޕާލު,ފިލިޕީންސް އިންޑިޔާ ފަދަ ގައުމުތަކުން އަންނަ މީހިން ވާގޮތަކީ އެގައުމުތަކުގަ މުސްތަގުބަލެއް އޮވޭ. ބަންގާޅަކީ މުސްތަގުބަލެއް އޮތް ގައުމެއް ނޫން. މިތަނުން މުސްތަގުބަލެއް ލިބޭތޯ އުޅުން އެމީހުނަށް މާ ރަނގަޅު. އެކަމުން ޗާންސަކަށް މަޑުކުރަނީ.

The name is already taken The name is available. Register?

ހާމިދު ޝާހިދު

06 April 2020

އެހައްދުވަހު އެސްޓީއޯ އިން ބައްލަވައިގެން ގެންނެވި އާގު ބޯޓުގައި އެއްފަހަރާ 3000 މީހުން އަރުވައިގެން ގެންގޮސް ބަންގާޅަށް ބާލާ. އެކަހަލަ 6 އެއްކަ ދަތުރު ކުރާއިރަށް ގަވާއިދާ ހިލާފަށް އުޅޭ ހުރިހާ ބިދޭސީން ހުސްވެދާނެ. އޭގެފަހުން ބަންގާޅުން މީހުން ގެނެވޭނީ، ޑިޕޮސިޓްގައި -/15،000 ބެހެއްޓުމަށްފަހު، ގިނަވެގެން 2 އަހަރުގެ މުއްދަތަކަށް. 2 އަހަރުވުމުން އެމީހުން އެނބުރާ ގައުމަށް ފޮނުވާލަންޖެހޭނެ. ދެން ކޯޓާގެ ތެރެއިން ޖުމްލަ ޢަދަދު ހިފެހެއްޓީމަ ރަނގަޅުވާނެ.

The name is already taken The name is available. Register?

އެންދެރި

06 April 2020

އަމިއްލަ އަށް ޓިކެޓް ނަގައިގެން ދާން ބޭނުން ވާ އެތައް ހާސް ބަޔަކު އެބަ އުޅެ އެވެ. ކަންކަމުގަ ދަތު ކުރާ ވަރުން ނުފުރިފަ އެވެ.

The name is already taken The name is available. Register?

ކިޔާމީހާ

06 April 2020

މމމމިކަމުގަ ރަކު ކައުންސިލަތަކުގެ އެއްބާރުލުން ހޯއްދަވާ

The name is already taken The name is available. Register?

މަސްރަ

06 April 2020

އަހަރު ބަޑަ ޖެހުނީމަ އެމީހުން އަމިއްލެޔަ ދާނެ. އެމީހުން މިތާ އުޅެނީ އުޅެން ފަސޭހަ ވެގެނެއް ނޫން. އަޅުން ބާޒާރުވެސް މިނިމޭނީ ދެން. އަހަރުން އަމިއްލެޔަ ހުރިހާ ކަމެއް ކުރަން ޖެހޭނީ.

The name is already taken The name is available. Register?

ފަހުދު

06 April 2020

އިމިގްރޭޝަން އޮފިސަރު، ޕޮލިސް އޮފިސަރު، މޭޔަރު، މިނިސްޓަރު އަދި ރައީސްވެސް އޮފީހައް ވަޑައިގަންނަވަނީ ޒިކުރާ މިސްކިތް ކުރިމަތިންލާފަ. ހަމަ ނުފެނޭ. ބަންގާޅީން ތިބެނީ ގައިމަތިން ބޮކުހަންގަޑެއް އަޅިއިގެން. ނުފެންނާނެ!

The name is already taken The name is available. Register?

@ފަހުދ

06 April 2020

ޤަވާޢިދާ ޚިލާފަށް ބަންގާލުން ވަދެއުޅެން ފުރުޞަތުދީފަ ވަނީ ޢާއްމުންތޯ ސަރުކަރުންތޯއެވެ މިކަން ބަލާ ފިޔަވަޅު އެޅޭތޯ އެވެ ޒިންމާވާ މަގާމްތަކުން ޒިންމަ އުފުލާ ތަންފީޒް ކުރެވޭތޯ އެވެ. ބަންގާޅުންނަކީ ކޮވިޑް- އޮނަވިހި އައިހެން ހަމަ ކުއްލިޔަކާ ލޮލަށް ނުފެނި އައި ބައެއް ތޯއެވެ ކެލާގެ ކައިރީ މަސްޖިދުއްޒިކްރާ ކައިރީ ވެރިރަށް ފުރަމާލޭގެ ސަރާސަރު ރީތި ތަނަވަސް މަޖީދީ މަގުގައި ވަގަށްވަދެ ތިބި ބަންގާޅުން ތިބިކަން ނޭނގޭ ވެރިއެއް ގޮނޑިއެއްގަ ނެތްކަން ސާފުވާނ

The name is already taken The name is available. Register?

ފަހުދުގެ ބައްޕަ

06 April 2020

ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީގައި ވަޒީފާ އަދާކުރާ މުއައްޒަފު މީހާވެސް އޮފީސް ނިމިގެނެ ގެޔައްދަނީ ޒިކުރާ މިސްކިތް ކަންމަތީ ހުންނަ ބޮޑު ބަންގާޅު ލޯކަލްމާރކޭޓް އިން 2 ކޮތަޅު ފުރާ ޝޮޕިންގް ކޮއްލައިގެން

The name is already taken The name is available. Register?

ބަހަބަރު

06 April 2020

ބަންގްލަދޭސް ކަހަލަ ރިޝްވަތަށްގޮސް ހުސްވެތިބބޭ ބަޔަކު ކައިރިން ކަންކުރަން އުނދަގޫވާނެ ސީރިޔަސްކަމާއެކު އެމީހުން ބޭރުކުރަން ގައުމީ ރޫޙުގައި އުޅެން އެބަޖެހޭ

The name is already taken The name is available. Register?

ހުތާ

06 April 2020

އެމީހުންގެ ސަރުކާރުން އެއްކަމެއްވެސް ނުކުރާނެ، އެމީހުން ގެންދާކަށް، އެމީހުންނަށް އެނގޭ ދުވަސްކޮޅަކުން މިގައުމުގެ ވެރިކަންކުރާނީވެސް އެމީހުންގެ މީހުންކަން، އެމީހުންނަށް ކާފަ ދަރިން ކިޔާ ކިތައްމެ ކުއްޖެއް މިހާރު މިގައުމުގަ އެބަތިބި، މާދަމާ މަޖިލީހަށް ވަންނާނީ މިދެންނެވި އެމީހުންގެ ދިވެހި ކުދިން، އެކުދިން އެކުދިންގެ ބައްޕަ، ކާފަގެ ދިފާއުގަ ވާހަކަ ދައްކާނެ.

The name is already taken The name is available. Register?

ހާމިދު ޝާޙިދު

06 April 2020

ފިސާރި ކެރިގެން މިކަހަލަ ކަމެއް ކުރެވޭނީ. އެންމެން އާގުބޯޓަކަށް އަރުވާފައި ބަންގާޅަށް ފޮނުވާލާ. އެމީހުންގެ ޑޮކިއުމެންޓް އޮތަސް ނެތަސް މިގައުމުން ބޭރުކުރޭ. އަދި އެމީހުން ޢާންމުކޮށް ކުރަމުންދާ ބޯކޮށުމާއި ފެހުމާއި، ވޭޓަރުކަން ކުރުމާއި، ކެއްކުން، އަދި ތަންތަން ސާފުކުރުން ފަދަ މަސައްކަތްތައް ދިވެހި ކިޔަވާ ކުދިންނަށް އެމީހުގެ މަތީތައުލީމުގެ ކިޔެވުން ފެށުމުގެ ކުރިން މަދުވެގެން 1 އަހަރެއްވަންދެން އަދާކުރަން ޖެހޭގޮތައް ގާނޫނު ފާސްކުރީމާ ރަނގަޅުވާނެ

The name is already taken The name is available. Register?

ކޮއްކަލެ ފުތާ

06 April 2020

މާބޮޑަށްވެސް ލަސްވެއްޖެ. އަވަހަށް ތިކަންތައް ކުރޭ. ވަރަށް ރަނގަޅު ކަމެއް. އޮނެސްޓީ އިޒް ދަ ބެސްޓް ޕޮލިސީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!