އައްޑޫގައި ސީސީޓީވީ ކެމެރާތައް އިތުރުކުރަނީ

އައްޑޫގައި ބޭންކުރާ ސީސީޓީވީ ކެމެރާތައް އިތުރުކުރުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.


އައްޑޫގައި ފުލުހުން ސީސީޓީވީ ކެމެރާ ފުރަތަމަ ހަރުކުރީ 2013 ވަނަ އަހަރު އެވެ. އޭގެ ފަހުން މިހާތަނަށް އައްޑޫގެ ހަތަރު ސަރަހައްދެއްގައި އަށް ކެމެރާ ހަރުކޮށްފައިވެ އެވެ.

މިއަދު އިތުރު ދެ ސަރަހައްދެއްގައި ކެމެރާތައް ހަރުކޮށްފައިވާ އިރު، ކުރިއަށް އޮތް ތަނުގައި އިތުރު ކެމެރާތައް ހަރުކުރާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އައްޑޫގައި ފުލުހުން ސީސީޓީވީ ކެމެރާ ބޭނުންކުރަން ނިންމީ ތާރު އެޅި މަގުތަކުގައި ބާރު ސްޕީޑްގައި ދުއްވައި، ނުރައްކާތެރި ބޮޑެތި އެކްސިޑެންޓްތައް ހިނގާތީ އެކަމަށް އެޅި ހާއްސަ ފިޔަވަޅެއްގެ ގޮތުންނެވެ.

ފުލުހުން ބުނިގޮތުގައި އައްޑޫގައި ހަރުކޮށްފައިވާ ސީސީޓީވީ ކެމެރާތަކުގެ އެހީގައި އައްޑޫގެ ވެށި ރައްކާތެރިކޮށް އަމާންކުރުމަށް ފިޔަވަޅުތައް އަޅަމުން އަންނާނެ އެވެ.