ފޮރިން މިނިސްޓަރު ޝާހިދު ޗައިނާގެ ފޮރިން މިނިސްޓަރާ އެކު: ޗައިނާއިން އެޅި ފިޔަވަޅުތަކަށް ޝާހިދު ވަނީ ތައުރީފް ކުރައްވާފައި -- ފޮޓޯ/ފޮރިން މިނިސްޓްރީ
10 އެޕްރީލް 2020 - 17:14
ކޮވިޑް-19 އާ ގުޅިގެން ޗައިނާ ސަރުކާރުން އަޅަމުން ގެންދާ ފިޔަވަޅުތަކަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ތައުރީފް ކުރައްވައިފި އެވެ.
ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެން ފެށި ކޮވިޑް-19 އެންމެ ފުރަތަމަ ހަލުވިކަމާ އެކު ފެތުރެން ފެށީ ޗައިނާގަ އެވެ. އެކަމަކު މިހާރު އެ ގައުމުގައި އެ ވައިރަސް އެއްކޮށްހެން ވަނީ ކޮޮންޓްރޯލް ކުރެވިފަ އެވެ.
ފޮރިން މިނިސްޓަރު ޝާހިދު ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީ އާ ގުޅުއްވައި އިއްޔެ ކުރެއްވި މަޝްވަރާތަކުގައި ޗައިނާގެ ރައީސް ޝީ ޖިންޕިން އާއި އެ ގައުމުގެ ސަރުކާރުން ކޮވިޑް-19 އާ ގުޅިގެން އަޅަމުން ދިޔަ ފިޔަވަޅުތަކަށް ތައުރީފް ކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. އަދި ރާއްޖެއިން މިހާރު އަޅަމުންދާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ބެހޭގޮތުންނާއި އިގްތިސާދަށް ކުރިމަތިވަމުންދާ ގެއްލުންތަކާ ބެހޭ މައުލޫމާތު ވެސް ވަންގްއަށް އެރުއްވި ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.
މީގެ އިތުރުން ކޮވިޑް-19 އާ ގުޅިގެން ޗައިނާ އިން ރާއްޖެއަށް ދީފައިވާ އެހީތަކަށް ވެސް ޝާހިދު ޝުކުރު އަދާ ކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ކޮވިޑް-19 އާ ގުޅިގެން ޗައިނާ އިން ވަނީ އިމަޖެންސީ ހާލަތްތަކުގައި ބޭނުންކުރާ ސަމާނާއި ބައެއް ބާވަތުގެ ބޭސްތައް ރާއްޖެއަށް ހަދިޔާކޮށްފަ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖެއިން އެންމެ ބޮޑަށް ގުޅުން ބަދަހިކުރި ޗައިނާގެ އެހީގައި ރާއްޖޭގައި ބޮޑެތި މަޝްރޫއުތަކެއް ވަނީ ހިންގައިފަ އެވެ. އެގޮތުން ހުޅުލެ އާއި މާލެއާ ދެމެދު އަޅާފައިވާ ބްރިޖުގެ އިތުރުން އިތުރު ގިނަ މަޝްރޫއުތަކެއް ވެސް ޗައިނާ ސަރުކާރުގެ ހިލޭ އެހީ އާއި ލޯނު އެހީގެ ދަށުން ވަނީ ހިންގައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީސް
11 April 2020
ޗައިނާއާ ގުޅުން ގޮސްވެގެން އުޅެނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު. މިސަރުކާރާ ޗައިނާއާއި އެއްވެސް މައްސަލައެއް ނެތް. ހަގީގަތުގައި ހަމައެކަނި ޗައިނާ ޓޫރިސްޓުންނަށް ޓާގެޓް ކޮށްލާގެންވެސް ރާއްޖޭގެ އިގްތިސާދު ރީސްޓާޓް ކޮށްލިއެވިދާނެ.
Mohamed Ihsaan Ibrahim
10 April 2020
ގޮތް ހުސްވީ ދޯ؟ އެކަމަކު ބޮޑުމަންޒަރު ވަރަށް ސާފު، ޗައިނާ އާއި ރާއްޖޭގެ ޚާރިޖީ ގުޅުމުގެ ފާލަމަކީ އަދިވެސް ރައީސް ޔާމީން. ރައީސް ޔާމީން އަށް ދެވޭ ނުޙައްގުން ދެވޭ ކޮންމެ އަނިޔާ އަކީ ޗައިނާ އާއި ރާއްޖެ ދުރުކުރެވޭ އަމަލެއް.
ސޮރީ
10 April 2020
ކެމްޕޭންގައި ރާއްޖޭގެ ބިންތަކެއް ޗައިނާއަށް ދީފައިވާކަމަށް މިސަރުކާރުގެ އިސް ބޭފުޅުން ވިދާޅުވި. އެބިންތަކުގެ ތަފްސީލް ބޭނުން. އަދި މި ސަރުކާރުން އިންޑިޔާއަށް ބިމެއް ދީފައިވާނަމަވެސް އެކަމުގެ ތަފްސީލުވެސް ބޭނުން.
ރާއްޖެތެރޭ މީހާ
10 April 2020
އިންޑިއާގެ ބަލިމީހުން އިތުރުވަމުން ދާ ރޭޓް ފެނުނީމަ ދެން އިންޑިއާއިން މިގައުމަށް އިތުރަށް ދެވޭނެ އެއްޗެއް ނެތީމާ ޗައިނާ މަތިން ހަނދާންވީ. ވެންޓިލޭޓަރު ކޮޅެއް ބޭނުންވީ ހެން ހީވަނީ.
ނިރު
10 April 2020
ލަދު ހަޔާތުގެ ކަންފުޅެއް ހުރިނަމަވެސް މިސަރުކާރުން ޗައިނާއަށް ގުޅާކަށް ނުކެރޭނެ
ޓްރަންޕް .
11 April 2020
ލަދެއް ހުރެގެންތާ . ލަދު ކޯންޗެއްކަން ވެސް ނޭނގޭނެ
ފަމީހު
10 April 2020
މި ގައުމުގެ ރައީސް އަކީ ކާކުތަ؟
ޝޮކްތެރަޕީ
10 April 2020
ޗައިނަގެ ވިސްނުމަކީ ރާއްޖެ ތަރައްގީ ކޮއްދޭ ޕްލޭނެ. އިންޑިޔާގެ ޕްލޭން އޮތީ ރައްޖެ އިންޑިޔައަ ބަރޯސާ ވާގޮތައް ރާއްޖެގެ އިގްތިސީދު ފޭރިގަތުން.
ކައްކާ
10 April 2020
މިމީހުން ގުޅީމަ ޗައިނާއިން ފޯނުނަގާކަން ދެރައީ. ބިޒީކޮށްލިނަމަ ރީތިވީސް.
އިޓްއަބެޓަރޕްލޭސް
10 April 2020
ޗައިނާ އާއި ރާއްޖެ ގުޅިގެން ނޫނީ މާލެ އާއި ތިލަފުއްޓާއި ދެމެދު ބްރިޖް ވެސް ނޭޅޭނެއޭ ޗައިނާގެ އޭއައިއައިބީގެ ލޯން އެހީގައި ނޫނީ ދެން ރާއްޖޭގެ އިގްތިސާދު ކުރިވެސް ނާރާނެއޭ އެއީ ޔަގީން ކަމެކ ކަން މިހެން ހުުރުމުން މިކަން ދަނެގެން ސަރުކާރުން އެބަޖެހޭ ޗައިނާ އާއި ގުޅިގެން 10 ބިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން މާލެ ސަރަހައްދުގައި ހުރި ފަޅު ތައް ހިއްކާ ބްރިޖްސް ތައް އަޅާ އެތަންތަނުގައި އިންޑަސްޓްރިއަލް ޕާރކްސް ތައް ހަދަން މޭކް އަ ލިޓިލް ސްޕޭސް ޓު މޭކް
ފަސްޓްޕޮލިސީ
10 April 2020
އަސްތާ އެތިކޮޅެއްހޯދަންލަންވީދޯ ކޮބާތައް އެއްކަލަ ފަސްޓްޕޮލިސީގެ މީހުންކޮޅު ހަމައެކަނި މިލިޓިރީ ކުދިންކޮޅަކާއި ހެލިކޮޕްޓަރެެއްދިނީމަ އައްޑޫގެ ތަންގަންޑެއް އެމީހުންނަށް ދީފަ އެތާންގައި އެމީހުން ބޭއްތި ބިއަކަސް ކަމަކު ނުދާނެ ޗައިނާ ފަސްޓް ޕޮލިސީއަށް ހެދި ނަމަ އަހަރުމެން ދިވެހީނަށް މާރަގަޅުވީސް