ކުށެއްކޮށްފައިވާ ތަން ފާހަގަކުރަން ފުލުހުން ބޭނުންކުރާ ޓޭޕް: 18 އަހަރުގެ ޒުވާނެއް ގަން ހިންގި ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބުނީ އަންގާރަ ދުވަހު -- ފޮޓޯ: ފުލުހުން
17 އެޕްރީލް 2020 - 00:11
ރ. ހުޅުދުއްފާރުގައި ފިހާރައަކުން ވައްކަން ކުރި ކަމުގެ ތުހުމަތުގައި މީހަކަށް އަނިޔާކޮށް ގަންހިންގުވި މައްސަލައެއްގައި އިއްޔެ ފަސް މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ 18 އަހަރުގެ ފިރިހެނަކު ވައްކަން ކުރި ކަމަށް ބުނެ އޭނާ ގަންހިންގުވި މައްސަލަ އެތަނަށް ރިޕޯޓުކޮށްފައި ވަނީ އަންގާރަ ދުވަހު ކަމަށެވެ. އަދި މި ކަމުގައި ބައިވެރިވީ 24 އަހަރުގެ ދެ ފިރިހެނަކާއި 25 އަހަރުގެ ފިރިހެނަކާއި 30 އަހަރުގެ ފިރިހެނަކާއި 32 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ބުންޏެވެ. އޭގެ ތެރެއިން 24 އަހަރުގެ ފިރިހެނަކާއި 25 އަހަރުގެ މީހާ ތަހުގީގަށް ބަންދުކޮށްފައި ބަހައްޓަން ފަސް ދުވަސް މިއަދު ކޯޓުން ދީފައިވާއިރު ދެން ހުރި ތިން މީހުންގެ ބަންދަށް ހަތް ދުވަސް ދީފައިވެ އެވެ.
ވައްކަން ކުރި ކަމަށް ތުހުމަތު ކުރެވޭ މީހާ ގަން ހިންގުމުގެ ކުރިން، އެ ރަށުގައި މީހުން ނޫޅޭ ސަރަހައްދަކަށް ގެންގޮސް އަނިޔާކޮށް ބޮލުން ބައެއް ބާލައި، އޭނާގެ ފޯނު މޫދަށް އެއްލާލި ކަމަށް ފުލުހުން ބުންޏެވެ. އަދި އެ މީހާ ބަރަހަނާކޮށް، ބޮކްސާގައި އެކަނި ބަހައްޓައިގެން ރަށު ތެރޭ ހިންގި ކަމަށާއި އެ ހާލަތުގައި އޭނާގެ އާއިލާ ކައިރި އަށް ގެންދިޔަ ކަމަށް ވެސް ވެ އެވެ.
މި ހާދިސާ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ތަފާތު އެކި ތުހުމަތުގައި މީހުންނަށް އަނިޔާކޮށް، ގަންހިންގުމުގެ މައްސަލަތައް މީގެ ކުރިން ރިޕޯޓްކޮށްފައިވެ އެވެ. މިފަދަ އަމަލުތަށް ހިންގުމުގެ ބަދަލުގައި، ފުލުހުންނަށް ރިޕޯޓުކުރަން އެތަނުން ވަނީ މީގެ ކުރިން އެދިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުޑޭ
17 April 2020
އަދިވެސްވީ ވަައްކަންކުރިމީހާ ހުއްޓުވަން އުޅުނު މީހުން ބަންދުކުރަންދޯ! ވަގުންނަށް ހިމާޔަތް ނުދީ! އަސްލު އެކަންކުރި މިހުންނަކީ ބަތޮލުން
ވަސަންތީ
17 April 2020
ތިފަދަ ލާއިންސާނީ އަމަލުތައް ހުއްޓުވަންޖެހޭ.
އެހެންތަ
17 April 2020
ވައްކަން ކުރިކަމަށް ބުނެ؟؟ ވަގައްނެގި އެއްޗަކީ ކޮބާ؟ އެކަން ހާމަނުކޮށް ނުހައްގު އަނިޔާ ދިނުމަކީ ކުށެއް. ވައްކަން ކުރިކަން ސާބިތުކޮށް ނުދެވެންޏާ ތި 5 މީހުންގެ މައްޗަށް ޖިނާޢީ ކުށުގެ ދައުވާ ކުރައްވާ.
ކަރުކެހި
17 April 2020
ރަގަޅު އަދަބު ތިގޮތައް ކަންތައްނޮކޮއް ތިވަބާއިން ސަލާމަތެއް ނުވާނެ ހައްޔަރުކުރި ހަތަރުމީހުން މިވަގުތުން ވަގުތައް ދޫކޮއްލުމައް އެދި ގޮވާލަން
ޔެސް
17 April 2020
މ މީ ވަރަށް ދަށު ދަރަޖައިގެ ޢަ މަލެއް. މިފަދަ ކަންތައް މިހެން ދި މާވަނީ ކަ މާބެހޭ މުޢައްސަސާތަކުން އެކަށީގެންވާ ފިޔަވަޅުތައް ނާޅާތީ. ވައްކަން ކޮށްގެން ރިޕޯޓު ކުރިއަސް ވާކަ މެއް ހަރާ މް. އެހެންވެ ޢާން މު ރައްޔިތުން ހިތުހުރި ގޮތެއް ހަދަނީ
އަހްމަދުހަމީދ
17 April 2020
ފުލުހުންނަށް ކިތައްފަހަރުތަ ރިޕޯޓުކުރަން ޖެހެނީ... މިހާލަތައް ދަނީ ފުލުހުންނާއި އަދުލު އިންސާފުގެ ދާއިރާއިން އިހުމާލުވީމާ. މުދަލަށް ގެއްލުން ވާތަން ބަލާކަށް އަބަދަކު ނުތިބޭނެ އެއްވެސް މީހަކު.
ގަންހިންގުވުން
17 April 2020
ގަންހިންގުވި މީހުން ހައްޔަރުކުރުމަކީ ބަލައިގަނެވޭ ކަމެއް ނޫން. ބޮޑެތި ވަގުން މުޖުތަމައަށް ދޫވެފައި ތިބޭ ކަމަށްވަންޏާ އެމީހުންގެ މައްޗަށް ގާނޫނު ނުހިނގާ ކަމަށްވަންޏާ އެމީހުންނަށް ކުރާ ހުކުމްތައް ނިމެންދެން ޖަލުގައި ނުގެންގުޅެވޭ ކަމަށްވަންޏާ ރައްޔިތުންނަށްވެސް އަތުންފައިން ގޯސްހެދޭނެ. ތިޔަ ކިޔާ ކްލެމެންސީ ގާނޫނު އުވާލަން ގޮވާލަން.
އިސްރޯ
17 April 2020
މިއީ ވަރަށް ދެރަކަމެއް. ވަށްކަން ކުރަނިކޮށް ފެނިއްޖެއްޔާ އެމީހާ ފުލުހުންނާ ހަވާލުކުރުމުން ފުދުނީއެވެ. އޭނަ ގަންހިންގާ ހައްޔަރުކޮށް ހެދުމަކީ މިޒަމާނުގައި ކަންންކުރަންވީގޮތެއް ނޫން.