ޚަބަރު / ހެލްތު ޕްރޮޓެކްޝަން އެޖެންސީ

އެސްޓީއޯގެ އެމްޑީ އަމިއްލަ އަށް އައިސޮލޭޝަނަށް

ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވި މީހަކާ ކޮންޓެކްޓްވި މީހަކާ އެކު ކޮންޓެކްވެ، އޭނާ ނެގެޓިވް ވި ނަމަވެސް، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އަމިއްލަ އަށް އެކަހެރިވެ ވަޑައިގެންފި އެވެ.

މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހާއާ ކޮންޓެކްޓްވި މީހަކު ކ ކާށިދު އަށް ދަތުރުކޮށްފައިވާތީ އެޗްޕީއޭއިން އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައި ވެއެވެ. އަދި އެ މީހާ ޓެސްޓު ކުރުމަށް ފަހު ނެގެޓިވްވުމުން އެ ރަށް ވަނީ އާންމު ހާލަތަށް ބަދަލުކޮށްފަ އެވެ. މި ދަތުރަކީ އަމްރު ވެސް ބައިވެރިވެވަޑައިގެންނެވި ދަތުރެކެވެ.

މި ކޭސްއާ ގުޅިގެން އަމްރު ކަރަންޓީންކުރަން އެޗްޕީއޭ އިން މަސައްކަތް ކުރުމުން ކަރަންޓީނަށް ވަޑައިގަންނަވަން ދެކޮޅު ހައްދަވާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވާހަކަތައް އޭނާ ވަނީ ދޮގުކުރައްވައިފަ އެވެ.

އަމްރު ވިދާޅުވީ ކަރަންޓީން ވާން އެޗްޕީއޭއިން އަންގާފައި ނުވާ ކަމަށެވެ. އަދި ކޮންޓެކްޓްވި މީހާ ވެސް ނެގެޓިވް ކަމަށާއި އެކަމަކު އެންމެންގެ ރައްކާތެރި ކަމަށް ވިސްނައި މިހާރު ހުންނެވީ އަމިއްލަ އަށް އައިސޮލޭޓް ވެގެން ކަމަށް ވެސް ވިދާޅުވި އެވެ.

މި ދަނޑިވަޅުގައި މައުލޫމާތުތައް އާންމުކުރާއިރު ރަނގަޅަށް ތެދުދޮގު ބެލުމަށް ފަހު ނޫނީ އެކަން ނުކުރުމަށް އަމްރު ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.

މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ފުރަތަމަ ކޭސްގައި ހިމެނޭ މީހާއާ 200 އަށް ވުރެ ގިނަ މީހުން ކޮންޓެކްޓް ވެފައިވާއިރު، މިއީ މުޅި ދުނިޔެ އަށް ބަލާފައި ވެސް ރެކޯޑު އަދަދެއް ކަމަށް ސަރުކާރުން ބުނެ އެވެ. މާލެއިން މިހާތަނަށް 14 މީހަކު މި ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރޭގައި ފުރަތަމަ ކޭސްއާ އެއްވެސް ގުޅުމެއް ނެތް ދެ މީހަކު ހިމެނެ އެވެ. އަދި ބިދޭސީއަކު ވެސް ހިމެނެ އެވެ.

43 ކޮމެންޓް, 141 ރިއެކްޝަންސް

icon happy icon happy 54%
icon sad icon sad 12%
icon angry icon angry 34%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރީތި މޫސަ

20 April 2020

ރާއްޖޭގެ މަޖުލީހުގެރައީސާއި މަޖުލީހުގެ ބައެއްމެންބަރުން މިކަމުގަ ރައީސް ސީރިއަސްވެލެއްވިވަރަށް ސީރިއަސްވީނަމަ ވަރަށްބޮޑުތަން ރަނގަޅުވީސް ނަމަވެސް ރައީސް ރައްޔިތުންނަށްޓަކައި ކުރެއްވިމަސައްކަތުގައި އަވަދިނެތިއުޅުއްވާތަންފެނިގެންދިޔައީ އަމީނާއި، މަބުރޫކު އަދި މެޑިކަލްޓީމު. ދެންތިމީހުންފެނިގެންދިޔައީ ގޭގަކުޅެންތިބިތަން

The name is already taken The name is available. Register?

ޒެޑް މޭން

19 April 2020

މިދަނޑިވަޅުގައިވެސް މަޝްޚޫރުވާން.

The name is already taken The name is available. Register?

ޑރ ލައިލާއަލީ.

19 April 2020

ދެންވެސް އަންނިބުނާހާ ގޮތެއްނުހަދާނީ ރައްޔިތުން ހުންއައުމުގެ ކުރިން ރަޖާލައިގެން ގޭގަ ތިބިނަމަ މިހާލަތައް ދާކައް ނުޖެހުނިސް

The name is already taken The name is available. Register?

ދެރަ

19 April 2020

ޢަސުލު މިކަން ގޯސްކުރީ އެމްޑީޕީގެ އިސްވެރިން. އޭގެ ތެރޭގައި މަޖިލީހުގެ ރައީސާއި އެންޕީން ހިމެނޭ. މިމީހުން އުޅުނުގޮތުންނާއި ދެއްކި ވާހަކަތަކުން ރައްޔިތުންނަށް އޮޅުނީ.

The name is already taken The name is available. Register?

އަހމަދު

19 April 2020

ސަރުކާރު އެބަ ހިނގާތަ މަށެތް ނުދެނަހުރިން ހިނގާކަމެއް، އަހަރެން ކޯޓަށް ޖަމާކުރި ފައިސާއެއް ލިބެންވާ ފަރާތައް ނުލިބި މެއިލް ކުރީމަ މެއިލް އަށްވެސް ޖަވާބެއް ނުލިބޭ

The name is already taken The name is available. Register?

ޒުލޭހާ

19 April 2020

އަމްރުއަކީ ވަރަށް ދެއްކުން ތެރި އަދި އެވެސް ތަނެއް ހިންގުމުގެ ހުނަރު ނެތް މީހެއް! ސަބަބު؟ ކާޑުގެ ބާވަތްތަށް މާލޭގެ ގިނަ ފިހާރަތަކުން ހުސްވެފަ ހުންނަތާ 4 ދުވަސް! އެހެނަސް އަމްރު ފެންނަނީ ސޯޝަލް މީޑިޔާގަ މީހުންނަށް ރައްދު ދިނުމުގަ! ތަންކޮޅެއް ހަރުދަނާކަމެއް ހުންނަންޖެހޭ! އެކްޓިވިސް ގޮތްގަޑު ދޫކޮށް ހަވާލުވެފައި ވާ ބުރަ މަސައްކަތް ކުރުމަށް 100% ވަގުތު ދޭންޖެހޭ! ނޫނީ މަގާމުން ދުރުވޭ! އެސްޓިއޯއަކީ ބައްފަގެ ސޭލް ފިހާރައެއް ނޫން!

The name is already taken The name is available. Register?

ފައްލަންބޭ

20 April 2020

ހިންގަން އެނގޭ އެކަކުވެސް "އަބަ" ހުރިތަ؟؟

The name is already taken The name is available. Register?

ރަނާ

19 April 2020

ވާވަރު ވީމަ.. ރައްޔިތުން ވީހާލެއް ވާން ދޫކޮށް ލާފަ މޮޅުވާހަކައެއް ދައްކާފަ ފިލަނީތޯ....

The name is already taken The name is available. Register?

ހެލާ ހަސަން ދީދީ / ގަންފޭދޫ

19 April 2020

އަމުރުވަރު ނާގާބިލު އެމްޑީއަކު އަދިމިވީހާތަނައް އެސްޓީއޯ އަކައްނާދޭ ' ސުޕަމާރޓްގެ ތަކެތީގެ އަގުބޮޑު ކަންމަތީ ފިހާރަތަކައްވުރެ އަގުބޮޑު ނަޓެއްލާ 350ގުރާމް ފުޅިޔެއް ކަންމަތީ ފިހާރައިން 60ރުފިޔާ ސުޕަރމާޓުން 72ރުފިޔާ އަމުރު އިސްތިއުފާދީފަ ގެޔައް އެކީ ޢައިސޮލޭޝަން އައްދޭ

The name is already taken The name is available. Register?

އަބްދުއްالله

19 April 2020

އަމުރު އެކަހެރިވުމުގެ އަމުރު އަމިއްލައަށް ކުރީދޯ؟

The name is already taken The name is available. Register?

ކަމުންރެކޭ ބަހުންމެޓާ

19 April 2020

މަސައްކަތްކުރަންވީގޮތަށް ނުކުރެވުމުން ރައްޔިތުންގެ ޝަކުވާތައް ގިނަވެ ބޯހާސްވުމުން ސިކުޑި ހަމަޖައްސާލަން އަމިއްލައަށް އެކަހެރިވެލީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454