03 މެއި 2020 - 20:53
އިހްސާން ފިހާރައިގައި މަސައްކަތް ކުރާ ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން 15 ދުވަހުގެ އައިސޮލޭޝަނަކަށް ފަހު ފަހު ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހްލޫފް މިއަދު އަނެއްކާ ވެސް ޑެލިވަރީ އަށް ނުކުމެވަޑައިގެންފި އެވެ.
ޔޫތު މިނިސްޓްރީގެ ޓީމަކާ އެކު މަހްލޫފް އެންމެ ފުރަތަމަ މާލޭގެ ފިހާރަތަކުން ގޭގެ އަށް ޑެލިވަރީ ކުރައްވަން ފެއްޓެވީ އިހްސާން ފިހާރައިންނެވެ. ނަމަވެސް އެ ތަނުގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން އެޗްޕީއޭގެ އެންގުމާ އެއްގޮތަށް މަހްލޫފް ގޭގައި އައިސޮލޭޓްވި އެވެ. އަދި ޑެލިވަރީ ޓީމު ވެސް އެ ގޮތަށް އަމަލުކުރި އެވެ.
މާލެ އަށް ކޮވިޑް-19 ފެތުރެން ފެށުމުން މިދިޔަ މަހުގެ 15 ން ފެށިގެން މާލެ ލޮކްޑައުން ކުރުމާ އެކު، ފިހާރަތަކުގެ ޑެލިވަރީ އަށް ބާރު ބޮޑުވެ، ގޭގެ އަށް ތަކެތި ނުގެންދެވޭ ކަމުގެ ޝަކުވާ އިންތިހާ އަށް ބޮޑުވި އެވެ. އެކަން ހައްލު ކުރެއްވުމަށް މަހްލޫފްގެ އިސް ނެންގެވުމަކަށް ޑެލިވަރީ ކުރުމުގައި ހަރަކާތްތެރިވާނެ 300 މީހުންގެ ގުރޫޕެއް އުފެއްދެވީ އެވެ.
އައިސޮލޭޝަންގެ 15 ދުވަސް ހަމަކުރެއްވުމަށް ފަހު، އަލުން ޑެލިވަރީ ނުކުމެވަޑައިގަތްކަން ހާމަކުރައްވައި ކުރެއްވި ޓުވީޓެއްގައި މަހްލޫފް މިއަދު ވިދާޅުވީ، މިކަމުގެ ތެރެއިން ލިބިވަޑައިގެންނެވި އެންމެ ބޮޑު ފިލާވަޅަކީ އެޗްޕީއޭއިން އަންގާވައިވާ އުސޫލުގެ ދަށުން އަމަލުކުރުމުން ބަލި ޖެހުމުގެ ފުރުސަތު ކުޑަ ކަން ކަމަށެވެ.
15 dhuvas fahun Ihusaan Fihaaraige volunteerun aaieku enburi masahkathah.Mikamun libunu emmebodu filaavalhakee HPA inn delivery kurumah kanda’alhaafaivaa usool aai ehgothah rahkaatherikamuge fiyavalhu alhaigen masahakaiy kurumun bali jehumuge furusathu kudakan. ٱلْحَمْدُ لِلَّٰهِ pic.twitter.com/CVtF4nxXsO
— Ahmed Mahloof (@AhmedMahloof) May 3, 2020
މަހްލޫފްގެ ޓުވީޓް
އިހުސާން ފިހާރައިގެ އިތުރުން މަހްލޫފް ވަނީ އޭޑީކޭ ފާމަސީގެ ޑެލިވަރީގައި ވެސް ބައިވެރިވެވަޑައިގެންފަ އެވެ.
މަހްލޫފްގެ މި މަސައްކަތަށް ގިނަ ބައެއްގެ ފާޑުކިޔުން ވެސް އަމާޒުވެފައި ވެ އެވެ.
އެގޮތުން އޭނާ މަސައްކަތް ކުރައްވަނީ އާންމުންގެ ސަމާލުކަން ހޯދުމަށް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ފާޑުކީ ނަމަވެސް މަހްލޫފް ވަނީ އެކަންކަން ދޮގު ކުރައްވައިފަ އެވެ. އެގޮތުން ޑެލިވަރީ އަށް ފަހު، ގެ އަށް ދަރިފުޅު ކައިރި އަށް ވަޑައިގަންނަވަން ޖެހޭ އިރު ބަޔަކަށް ދައްކަން އެވަރު ކަމެއް ނުކުރައްވާނެ ކަމަށް މަހްލޫފް ވިދާޅުވެފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާއުނިމާ
04 May 2020
ރަނގަޅު މަހޭ، ދެން ތިބި ސިޔާސީ ވެރިންނަށް މަހުލޫފުހެން ތިޔަހެން ނިކުމެ ރައްޔިތުންނަށް ޚިދުމަތްކޮށްދޭކަށް ނުކެރޭނެ
އެމީހަކުކ
04 May 2020
އެމީހަކަށް ކުރެވޭ ވަރުކަމެއް އެމީހަކު ކުރީމަ ޤައުމެއް ކުރިއެރުވޭނީ. މިއީ އެޑަމް ސްމިތްގެ ބޭސިކް އިކޮނޮމިކްސް. މަހްލޫފު ހުންނަންވީ ތިފަދަ އަމީގޮތުން ކުރެވޭ ވަރުގެ ކަމެއްގަ. ބޯޅަޓީމާ ހަވާލުވުން، ލަވަބާޒީ ޓިމެއް ހަދައިގެން ހިންގުން ފަދަ ރަނގަޅު ކަންކަން މަހްލޫފަށް ވަރަށް ރަނގަޅަށް ކުރެވޭނެކަމަށް ފެނޭ.
އެއްކަލަ
03 May 2020
ދެއްކުންތެރި ކަލޭގެ ނުކުތީ ދޯ، ކޮންމެ ކަމެއް ކުރިޔަސް މީނަ އެކަމެއް ކުރަނީ ކަންދައްކަން
ފަހުދު
03 May 2020
މީހުންގެ ސަމާލުކަން ހޯދަން ނުކުމެއުޅެނިކޮއް ބޮންޑިބުއީ. އަނެއްކާ މަދަމާ އަނެއްބޮނޑިބޯނެ ބޯހަލާކު.
ބޮޑުމީހާ
03 May 2020
ޑެލިވަރީކުރުމުގެ ބަދަލުގައި މިނިސްޓްރީގެ މަސައްކަތްތައް ކުރިއްޔާ ގައުމަށް ފައިދާވާނެ
ޙުސާމް
03 May 2020
މަހްލޫފް ބަރާބަރު. އެމީހަކު ކުރާނީ އެމީހަކަށް އެނގޭ ކަމެއް.
ނަން
03 May 2020
މަހުލޫފު ޑެލިވަރީގަ އުޅޭއިރު ތި އަންގި ނަގާބަލަ. އޭގެ ބަދަލުގަ ޑިޓޯލް ފުޅިއަކުންނަމަވެސް ގިނަގިނައިން އަތް ދޮވެބަލަ. އަތް ނުދޮވެ އަންގިއަރުވައިގެން ހުރިހާ ގެއަކަށް ވައިރަސް ބަހަނީއޭ ބުނީމަ ވާހަކަ ބޮޑުކުރީކަމަކަށް ގަބޫލު ނުކުރެވޭތީ މިހެން މިބުނީ. މަހުލޫފު ތިކުރަނީ ކިތަންމެހާވެސް ރަނގަޅު ކަމެއްކަމަށް ހަމަ ގަބޫލުކުރާ ހާލު.
ބޭބެ އަހަންމަދު
03 May 2020
މަނިކުފާނުގެ ވުޒާރާއިން ކުރަންޖެހޭ ކަންކަން ހުރިގޮތަށް ބަހައްޓާފަ މަޝްހޫރުކަން ހޯދަން އުޅުނީމަ ނިމުނީކަމަށް ހީފުޅުވަނީތޯ؟ ނިމުނުތާ އެތައްދުވަހެއްވެފައިވާ ޕްރޮޖެކްޓްތަކަށް ދޭންޖެހޭ ފައިސާއެއް ނުދޭ. ހިރިމަރަދޫ ފުޓްސަލްދަނޑުގެ މަސައްކަތަށް މަނިކުފާނުގެ ވުޒާރާއިން އަންގައިގެން ނެގި ގިނައަދަދެއްގެ މުސާރަވެރިންނަށް ދޭންޖެހޭފައިސާ 5 މަސްވީއިރުވެސްނުދޭ. އެއީވެސްހަމަ ހާލުގަޖެހިފަތިބި ރައްޔިތުން. ރަށަށް ކޮށްދޭންބުނި އެއްވެސްކަމެއްވެސް ކޮށްދިނީކީނޫން.
ގަޓް ބްރޯ
03 May 2020
މިއީ ހުރިހާ މިނިސްޓަރުންނާ އެނޫންވެސް ސިޔާސީ މަގާމްތަކުގަ ތިބި އެންމެން ޑެލިވަރީ އަށާ ހާލުގަޖެހިފަ ތިބި ބިދޭސީންނަށް ކައްކާ ކާންހަދައިދީ ފާޚާނާ ސާފުކުރަން ނެރެންވީ ވަގުތު. ސަޅި ބައިސާ ކެނޑުން ފިޔަވާ އެހެން މާގިނަ ކަމެއްނުކޮށް ބޮޑު މުސާރަޔާ އިނާޔަތްނަގައިގެން ތިބޭތާ ދެއަހަރެއްހާ ދުވަސް މިވަނީ.
ޑެނީ
03 May 2020
ނަޝީދުވެސް ބައިވެރިކުރޭ
ޟާސް
03 May 2020
މަހްލޫފަށް ވަރަށް ރަނގަޅަށް ތިކަން ކުރައްވާނެ. ދެން ނޫސްވެރިން މިނިސްޓަރަށް ސަނާ ކިއުއްވާފައި ބޮޑު އާޓިކަލެއް ލިއުއްވާލާ. އެއިރުން ސަރްކާރު ޒިއްމާ ކުރުވުމުގައި ނޫސްވެރިންގެ ވާޖިބް އަދާ ކުރެވުނީ. ސަރްކާރު ޒިއްމާ ކުރުވުމުގައި ނޫސްވެރިން ވަނީ ފެއިލްވެފާ . މިނިވަންކަން ލިބުނީމާ ކޮންކަމެއް ނޫސްވެރިންނަށް ކުރެވުނީ. ފަސްލައްކަ ހަމަނުވާ އާބާދީއެއް މިހުރިހާ ފާއިސާ ދައުލަތަށް ވަންނައިރު މިތާނގެ ގިނަ މީހުން އުޅޭ ބިކަ ޙާލުބަލާބަލަ