މާލޭގައި ހަދަމުންދާ އިމާރާތެއް. އިމާރާތަކުން މިއަދު ވަނީ މީހަކު ވެއްޓިފައި..-- މިހާރު ފޮޓޯ
08 މެއި 2020 - 21:11
މާލޭގައި އިމާރާތްކުރުމުގެ މަސައްކަތް ކުރުމުގެ ހުއްދަ ދޭން މާލެ ސިޓީ ކައުންސިލުން ފަށައިފި އެވެ.
ސިޓީ ކައުންސިލުން މިއަދު ބުނީ ވަކި އުސޫލެއްގެ ދަށުން އިމާރާތްކުރުމުގެ މަސައްކަތްތައް ފެށޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ން އިއުލާނު ކޮށްފައި ވާތީ، އެ ކަން ކުރާނެ ގޮތުގެ އުސޫލެއް ކަނޑައަޅާފައިވާ ކަމަށެވެ.
އެޗްޕީއޭއިން މިދިޔަ ހުކުރު ދުވަހު ކުރި އިއުލާނެއްގައި ވަނީ، މާލެ ލޮކްޑައުން ކުރުމުގެ ކުރިން ފަށާފައިވާ ކޮންސްޓްރަކްޝަން މަސައްކަތްތައް ފަށަން ހުއްދަ ދީފައިވާ ކަމަށެވެ.
ކޮވިޑް-19އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުގެ ދަށުން، މިދިޔަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން މާލެ އާއި ހުޅުމާލެ އާއި ވިލިމާލެ ވަނީ ލޮކްޑައުން ކޮށްފަ އެވެ.
ސިޓީ ކައުންސިލުން ބުނީ އިއްޔެ އިން ފެށިގެން އަމަލުކުރަން ފެށި އުސޫލުގެ ތެރެއިން މިހާތަނަށް 11 ފަރާތަކަށް ހުއްދަ ދީފައިވާ ކަމަށެވެ. މަގު ބަންދުކޮށްގެން ކޮންކްރީޓް މަސައްކަތް ކުރަން ހަތަރު ފަރާތަކަށް ހުއްދަ ދީފައި ވެ އެވެ.
މަސައްކަތަށް ނެރޭ މީހުންނަކީ އެކަށީގެންވާ ސޯޝަލް ޑިސްޓެންސިން ބަހައްޓައިގެން ތިބެވޭ އަދަދަކަށް ވުމާއި ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ހުރި މީހަކު ނުވަތަ އެފަދަ މީހެއްގެ ކޮންޓެކްޓެއްގެ ގޮތުގައި ހުރި މީހަކު އައިސޮލޭޝަން ފުރިހަމަކޮށްފައި ނޫނީ މަސައްކަތަށް ނުނެރެވޭނެ ކަމަށް ކައުންސިލުން ބުންޏެވެ.
ކޮވިޑް-19 ގެ އެއްވެސް އަލާމާތެއް ހުރި މީހަކު ނުނެރުމާއި މަަސައްކަތު ގަޑީގަ އާއި އެހެން ގަޑިތަކުގައި ވެސް އެ މީހަކު މަސައްކަތްކުރާ ތަން ނޫން އެހެން ތަނަކަށް ނުގެންދިއުން ފަދަ ކަންތައްތައް ކުރަން ސިޓީ ކައުންސިލުން އެދެ އެވެ.
މަސައްކަތުގައި އުޅޭއިރު، ސޯޝަލް ޑިސްޓެންސިން އާއި ހެވީ ޑިއުޓީ މާސްކާއި އަންގި ބޭނުންކުރުމާއި ގިނަގިނައިން އަތްދޮވުމަށް ބާރުއަޅައި އެ އިންތިޒާމު ހަމަޖެއްސަން ޖެހެ އެވެ. މުވައްޒަފުން މަސައްކަތަށް ނެރޭއިރު ކުންފުނީގެ ޔުނީފޯމު ލުމާއި މަސައްކަތް ކުރަން ހަމަޖައްސާފައިވާ މީހުން ސައިޓު ނޫން އެހެން ތަންތަނަށް ނުގެންދިއުމާއި ސައިޓަށް ނެރުމުގެ ކުރިން ކޮންމެ ދުވަހަކު ހުން ބެލުމާއި އެ މުވައްޒަފުންގެ ރެކޯޑުތައް ބަލަހައްޓަން ޖެހެ އެވެ.
އުސޫލާ ހިލާފަށް މަސައްކަތްކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅައި ހުއްދަ ބާތިލްކުރާނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
ކައުންސިލުން ބުނިގޮތުގައި، ހުއްދަ ދިނުމުގައި މަސައްކަތް ފަށައި ހުއްޓާލަން ޖެހުމުގެ ސަބަބުން އެތަނަކަށް އިތުރު ގެއްލުންތަކެއް ލިބިދާނެ ކަމަށް ފެންނަ ތަންތަނާއި މަސައްކަތެއް ނުކޮށް ބެހެއްޓުމުގެ ސަބަބުން ކައިރި ގޭގެއަށް އިތުރު ގެއްލުމެއް ލިބިދާނެ ފަދަ ތަންތަނަށް ބަލާފައިވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑު އެޖެންޑާ
09 May 2020
ދެން ގާނޫނު އަސާސީ މައްޗައް ކޮޅައް އަރާ ހުރެ.. އެޖެންޑާ 19 އޭ ކިޔާ ކިޔަ ތިބޭނީ...
ކުއްޓި
09 May 2020
ސައިޓް ތަކުގައި މަސަތްކަތް ކުރަނީ ވިސާއޮތް މީހުންތޯ ސިޓީ ކައުންސިލު އަކަށް ނުބޭލޭނެތޯ. ވިސާ ނެތި އުޅޭ މީހުންލައްވާ އެންމެ ގިނައިން މަސަތްކަތް ކުރުވަނީ ކޮންސްޓްރަކްޝަން ކުންފުނިތަކުން. މިކަން މިހާރު ހުއްދަ ވީތޯ ... ޝިފާ މެން ލަދުގަނޭތަ ޓީވީ ތަކަށް އަރާ ތިބެން.
ދެރަ
09 May 2020
ޢަދަދު މަތިވިވަރަކަށް ހުއްދަތައް ދެނީ. މާލެގެ ހުރިހާ ފިހާރައަކަށް ހުޅުވުމުގެ ހުއްދަ. ހުރިހާ ރެސްޓޯރެންޓްތަކަށް ހުއްދަ. ޙުރިހާ މަސްވެރިންނާއި ކަނޑާމީހުންނަށް ހުއްދަ. ހުރިހާ ޑެލިވަރީ މީހުންނަށް ހުއްދަ. ޙުރިހާ މީޑުއާއަށް ހުއްދަ. ހުރިހާ ގޭބިސީއަށްހުއްދަ. ޙުރިހާ ކޮންސްޓްރަކްޝަން ތަކަށް ހުއްދަ ހުރިހާ ސެލޫން ތަކާއި ބޯކޮށާ ތަނަށްހުއްދަ. މިއީ އާވައްތަރެއްގެ ލޮކްޑައުންނެއް. ނޭންގެންޏާ ނިއުޒިލެންޑްގެ ލީޑަރު އުޅުއްވާގޮތް ބަލާބަލަ.
ޓެސްޓު ނުކުރެވޭ
09 May 2020
ޢެޗް ޕީ ޢޭ ފެއިލް
ދަރްޒީ ކަލޭގެ
09 May 2020
މިހާރު މިފެންނަނީ އެއްވެސް ހަރުދަނާ ރޭވުންތެރިކަމެއް ނެތްކަމުގެ ފުރިހަމަ ހެކި. އެއްކޮޅުން ނޫސްވެރިން ގެ ބައްދަލުވުންތަކުގަ ކުރިޔަށް އޮތް ދެހަފްތާގަ ވަރަށް ބޮޑަށް ބަލައިގެން އުޅުމަށް ރައްޔިތުންނަށް އިރުޝާދުދީފަ އަނެއްކޮޅުން ބިދޭސީން ތޮއްޖައްސަން މިދެނީ އިމާރާތްކުރުމުގެ ހުއްދަ. ދެންހެޔޮ މި ލޮކްޑައުންގަ ކުޑަކުއްޖަކަށް ލޮލުފިޔަ ނުޖެހުނަސް ތަޅާ މުގުރާ ތަށިމުށިކަފާ ކީހާއަޑުން ގޭގަ ނަމާދެއްކޮށް ކިޔަވާލާނެ ފުރުސަތެއްވެސް ނުލިބޭނެ. ކިހާދެރަކަމެއް؟
ހަސަނުގެ ދަރި
09 May 2020
މި ލޮކްޑައުން ގައި އުފަން ވާ ކުދިން އުފަން ދުވަހު ސެޓްފިކެޓް އާއި ރަޖިސްޓްރީ އަދި އައިޑީކާޑު ހަދަން ޖެހޭ ގޮތެއް ސާފުކޮށް ނުދީ އަދި ވެސް ބަލަނީ އެހެން ބޭކާރު ކަންކަން ކުރެވޭތޯތައް....
ސަލާހުއްދީން
09 May 2020
މިހާރު ތި ކޮވިޑެއް ނެތް ތަނެއް ނެތް. ރަނގަޅަށް ޓެސްޓް ކުރެވޭ ނަމަ ތާ އިނގޭނީ. ބަގްލާދޭޝް މީހުންގެ ގިނަ ބަޔަކަށް ތިބަލި ޖެހިފައިވާ ކަމަށް ރިޕޯޓްތައް ދައްކާ. ދެން ވެސް މާސްކް އާޅާނެ ގޮތް ރައްޔިތުންނަށް ބުނެދޭން ވީ. ފަރުވާދޭނެ ގޮތް ހޯދަންވީ. ޚަރަދު ކުރަންވީ އެކަންކަމަށް.
ބޮޑުމީހާ
09 May 2020
ތެޅިފޮޅެގެން ބަލީގެ ޕީކަށް ދާއިރު ކޮންސްޓަރަކްޝަން ހުއްދަކުރަންޖެހޭ ސަބަބެއް ނުވިސްނޭ.
ކުޑަމީހާ
09 May 2020
މިހާރު އޮތް ގޮތަށް ލޮކްޑައުން އޮވެގެން ޕީކަށް ނުގޮއްސާނެތީ ކުރި ކަމެއްހެން ހީވަނީ. އެމީހުންތައް އިމާރާތްކުރަން ކޮންމެ ދުވަހަކު އެތަންތަނަށް ގޮސް އައިސް ރަށު ތެރޭ ހަރަކާތްތެރިވެގަތީމަ އެއްކަލަ ގްރާފްތަކުގަ ކުރެހި ރޮނގާ ހާލަތު ދިމާވެ ރައީސް މީހާ ބުނި ގޮތަށް ކުރިއަށް އޮތް 2 ހަފްތާ ތެރޭ ގިނަވާނެތާ.
ޖަޒީރާމަނިކު
09 May 2020
އަވަހަށް ޕީކަށް ދިޔައިމާ ނޫންތޯ މިބަލިން އަވަހަށް ސަލާމަތް ވާނީ . ޕީކަށްގޮސްފައި ދެންދާނީ ދަށަށް. ގްރާފުން ފެންނަގޮތުން އޮގަސްޓްމަހު ދާނެ ސުމަކަށް.
ޙިކި
09 May 2020
ވަރަށް ހިތްގައިމު ބަނދު ކޮށްފަ ވަށައިގެން ތަޅާ ބާލާ އިންސާނީ ހައްގު ހަމަވާނީ އޭރުން ނެވެ. ާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާ
ތިރިބެ
09 May 2020
ކިހިނެއް މުނީޓަކުރަނީ ތިމީހުންތިބޭތަ އެތާ