އާރޮން ކާޓާ.
11 މެއި 2020 - 13:15
ރާއްޖޭގެ ކުރެހުންތެރިޔާ އަލީ ޝިމްހާގް ކުރެހުމެއް ވަގަށް ނަގައި، ބޭނުންކުރި މައްސަލާގައި އެމެރިކާގެ މިއުޒިޝަން އާރޮން ކާޓާގެ މައްޗަށް ދައުވާކުރަން އެމެރިކާގެ ކޯޓަކަށް ހުށަޅައިފި އެވެ.
ޝިމްހާގް ޑިޖިޓަލް އާޓްސް ކަލެކްޝަންގައިި ހިމެނޭ ސިންގާއެއްގެ މޫނު ސިފަކޮށްދޭ ކުރެހުން އެމެރިކާގެ މަޝްހޫރު މިއުޒިކް ބޭންޑް "ބެކްސްޓްރީޓް ބޯއިޒް" ގެ މެމްބަރުންގެ ތެރޭގައި ހިމެނޭ ނިކް ކާޓާގެ ކޮއްކޮ ވަގަށް ނަގައި އަމިއްލަ އެއްޗެއްގެ ގޮތުގައި ބޭނުންކުރި މައްސަލަ ފަަޅާއެރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.
My case against Aaron Carter has been officially filed in the US and my legal team @liebowitzlaw @HamzaKhalyl @ShaiShahid will be pursuing action against him. No artist should have to back down if their work is being misused by someone else. (1/2) pic.twitter.com/4s0Zj6AwFU
— Shimhaq (@shimhaq) May 10, 2020
މި މައްސަލަ ހޫނުވެ، އާރޮންއާ ދެކޮޅަށް އޮންލައިން ކެމްޕޭނެއް ޝިމްހާގްގެ ދިފާއުގައި ހިންގަން ފެށުމުން އާރޮން ވަނީ އޭނާގެ އިންސްޓަގްރާމުން ކުރެހުން ޑިލީޓްކޮށްލައިފަ އެވެ. ނަމަވެސް އޭރު ވެސް ޝިމްހާގް ވަނީ އޭނާގެ ހުއްދަ ނެތި ފިކުރީ މުދަލަކަށް އަރައިގެންވާތީ ދައުވާކުރާނެކަމުގެ އިންޒާރު ދީފަ އެވެ.
ޝިމްހާގް ކުރި ޓްވީޓްތަކެއްގައި ބުނީ ކުރެހުމުގެ މައްސަލާގައި އާރޮންގެ މައްޗަށް ދައުވާކުރަން މި މަހުގެ 5 ވަނަ ދުވަހު ހުށަހެޅީ ނިއު ޔޯކްގެ ލޯ ފާމެއް ކަމަށްވާ ލީބޯވިޒް ލޯ ފާމް މެދުވެރިކޮށް ކަމަށެވެ.
އަދި މި މައްސަލާގައި ޝިމްހާގް ފަރާތުން ދައުވާގައި ލީބީވިޒާ އެކު ވަކީލުންގެ ގޮތުގައި މަސައްކަތްކުރާނީ ހަމްޒާ ޚަލީލާއި އައިޝަތު ޝައިފާ ޝާހިދު ކަމަށް ޝިމްހާގެވެ.
ޝިމްހާގެ ޓްވީޓްގައި ވަނީ ކުރެހުންތެރިންގެ މަސައްކަތްތައް އޮންލައިން ޕްލެޓްފޯމްތަކުގައި ހުރުމަކީ އެ އެއްޗެހި ހުއްދަ ނެތި ނަގައި ބޭނުންކޮށް، ނާޖާއީޒު ގޮތުގައި ބޭނުން ހިފަން ޖެހޭ ސަބަބެއް ނޫން ކަމަށް ބުނެފަ އެވެ. އަދި އާޓިސްޓުންނަށް އެ މީހުންގެ ހައްގު ލިބެން ޖެހޭނެ ކަމަށާއި ހައްގު ހޯދަން މަސައްކަތް ވެސް ކުރަން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
11 May 2020
މަސައްކަތުގެ ހިމާޔަތުގައި ތެދުވުމަކީ އަދި ކުރެހުމަށްވުރެން ބުރަ އުދަގޫކަމެއް. ފުރިހަމަ ކާމިޔާބަކަށް އެދެން.
ޖ.ބޮނޑ
11 May 2020
ފުރަތަމަ ތިކުރެހި މީހާ އާމެދު ދައުވާ ކުރަނޖެހޭ ކަމަށ ވަރަށ ފެނޭ.އެއީ ސިނގާގެ އަސލުސޫރަ އާ ކުލަ އޮޅުވާލާފަވާތީ އަސލާ ނަސލު އޮޅުވާލީމަ މިކަނކޮށދޭނ ތިވަކީލުނ ޖެހޭނެ ނުނތޯ.ތީވާ ކުރެހުމެއ ތިކަހަލަ ސިނގާއެއ އަދި ނުދެކޭ.....ލޮލ ހަހާހަހާހާ ތިޔަށ ކިޔަނީ ގ....
ހިލޭސާބަހަށް
11 May 2020
މި މައްސަލައިގައި ވަކީލުން މަސައްކަތް ކުރަނީ ހިލޭ ސާބަހަށްކަން އެމީހުން ވަނީ ބުނެފައި. އެމެރިކާގެ ލޯޔަރަށް ލިބޭ އެއްޗެއް ލިބޭނީ. ދިވެހި ފަންނުވެރިންގެ ބުރަ މަސައްކަތުގެ ނާޖާއިޒް ފައިދާ ބޭރުމީހުން ނެގިޔަ ދީގެން ނުވާނެ!
ސިންގާސަނާ
11 May 2020
އެންމެ 25000ޑޮލަރު. ތީތި ކަމަކުނުދޭ. ދިވެހި ކުރެހުންތެރިންގެ ކުރެހުމުގެވެސް އަގެއް ހިފަހައްޓަން ވާނެ.
ޙާލިދު
11 May 2020
ބެކާރު ކަ މެއް. ޥަކީލުންގެ ފީ ސަރަގާތް ކުރިޔަސް މާ ގިނަ ސަވާބް ލިބޭނެ
250000
11 May 2020
ކޮންމެ ބޭނުމަކަށް 25000 ޑޮލަރަށް ދައުވާ ކުރީ. ދައުވާ ނިމޭއިރު 1000 ޑޮލަރު ލިބުނަސް އެ ބޮޑުވަރު. ތިކުރެހުމަކީ 15 ޑޮލަރަށް ވިއްކާ އެއްޗެއް. ލޮލް.
މާސިންގާ11
11 May 2020
ތި އޮތީ ވާ އެއްޗެއް ކަލެއަށް ކުރެހިފަ. ތިވާނެ މަހާނަ ގަލުގަވެސް ތަތް ކުރަން.
ސިންގާގެ ހައްގު
11 May 2020
އަނެއްކާ ތި ސިންގާ އޭނަގެ ކުރެހުން ހުއްދަނެތި ކުރަހައިގެން ތިކުރެހުންރިޔާ ގޮވައިގެން ކޯޓައް ނުގޮއްސިއްޔާ ކިތައްމެހާވެސް ރަގަޅު. އަދި ބަދަލެއްގެ ގޮތުގައި ތި ސިންގާ ބޭނުންވާނީވެސް ތި ކުރެހުންތެތިޔާ ކާލަންނޫންކަމެއްވެސް ނޭގޭދޯ!
މަޖަާބެ
11 May 2020
ކުޑަކުދިންގެ ހިޔާލު ނުގެންގުޅެބަލަ، މަޖާ ނުވެ މަޑުން ގޭގައި އޮވެބަލަ
އާދަމް ބާއީ
11 May 2020
ބޮޑު ސިންގާ ލާރިގަނޑެއް ލިބޭނެކަމަށް އުންމީދުކުރަން.
ޕްރޯބޯނޯ
11 May 2020
ލޯޔަރުންތައް ނަގާނެ ލިބޭ އެއްޗެއްގެ ފުދޭވަރަކަށް ބޮޑު އެއްޗެއް. މަޝްހޫރު މީހުންނާ ނޫނީ ކުންފުނިތަކާ ދެކޮޅަށް މިކަހަލަ މޮޅުވެދާނެ ހެން ހީވާ ކޭސްތަށް ނަގައިގެން ހިލޭ ނޫނީ ވަރަށް ކުޑަ އަގަކަށް މަސައްކަތްކޮށްދޭ ލޯ ފާރްމްތަކުން އެކަން ކުރަނީ މިހެން ޝަރުތު ހަދައިގެން.
ޕްރޯބޯނޯ
11 May 2020
މިކޭހުން މޮޅުވެދާނެ. އެކަމަކު ލިބޭނީ ވަރަށް ކުޑަ ފައިސާކޮޅެއް. 1000 ޑޮލަރު ވަރު ލިބޭނީ.
ހަސްނާނީ
11 May 2020
ލާރިގަނޑެއް ލިބޭތޯ. އެނޫން ކަމެއްވެގެނެއްނޫން. ސާބަސް