މަރަދޫ ސިއްހީ މަރުކަޒުގެ ތިޖޫރީ ވަގަށް ނަގައިފި

އައްޑޫ މަރަދޫ ސިއްހީ މަރުކަޒު ފަޅާލައިގެން ރޭ ދަންވަރު ވަގުތެއްގައި އެ ތަނުގެ ތިޖޫރީ ވަގަށް ނަގައިފި އެވެ.


ތިޖޫރި ވަގަށް ގެންދިޔަ މައްސަލަ ފުލުހުން މިހާރު ތަހުގީގުކުރަމުން އަންނަ އިރު، ތިޖޫރީ ފިޔަވައި އިތުރު އެއްޗެއް ނުގެއްލޭ ކަމަށް ސިއްހީ މަރުކަޒުން ބުންޏެވެ. ވަގަށް ގެންދިޔަ ތިޖޫރީގައި ހުންނާނީ އެންމެ 900ރ. ކަމަށް ސިއްހީ މަރުކަޒުން ބުންޏެވެ

ވައްކަން ކޮށްފައި ވަނީ ސިއްހީ މަރުކަޒުގެ އޮފީސް ބައިގެ ކުޑަދޮރަކުން ވަދެ އެވެ.