ރާއްޖޭގައި ތިބި އިންޑިއާ މީހުން ގައުމަށް ފުރުމުގެ ކުރިން ކޮވިޑް-19 އަށް ސްކްރީންކުރަނީ. -- ފޮޓޯ: މިހާރު
16 މެއި 2020 - 18:39
ޑރ. ނަޒްލާ: މިއަދު މި ފެނުނު 47 ކޭސް، 19 މީހުންނަކީ ދިވެހިން. 22 މީހުންނަކީ ބަންގްލަދޭޝް މީހުން. 14 ކޭސް އެއީ އެކި ކޭސްތަކާ ގުޅުން ހުރި ކޭސްތައް.
ޑރ. އަފްޒަލް: އެއް ކަމަކީ ލޮކްްޑައުން އިން މިންޖުވާއިރު އެ ހިސާބުން ދާނީ ނިއު ނޯމަލް އަށް. އެކަމަށް ޓަކައި އެކި މީސްމީހުން އުލެންވާ ގޮތުގެ ވަރަށް ތަފުސީލުކޮށް އެސްއޯޕީއެއް ހެދެމުން އެބަދޭ. މިސާލަކަށް އެކަކު ގެންގުޅޭ އެއްޗެއް އަނެކަކު ޝެއާ ނުކުރެވޭ ގޮތް އެބަ ހަދަން ޖެހޭ. އަޅުގަނޑުމެން ވަރަށް ބިރުގަންނަ ކަމެއް ލޮކްޑައުން ދޫކޮށްލާއިރަށް ކުރިއެކޭ އެއްގޮތަށް މީހުން އުޅެފާނެތީ. ނިއުނޯމަލްގައި ވެސް ދެތިން މަސް އުޅެން ޖެހިދާނެ ކަމަށް އަޅުގަނޑުމެންނަށް ފެންނަނީ.
ޑރ. ނަޒްލާ: ވިހޭތާ އެއް މަސް ނުވާ ކުއްޖަކު ޕޮޒިޓިވް ވެފައި. އެ ކުއްޖާގެ އަލާމާތްތައް ފެނުމާ ގުޅިގެން އެ ކުއްޖާ ޓެސްޓްކުރީ. އެ ކުއްޖާގެ މަންމަ ވެސް ޓެސްޓް ކުރަމުން މިދަނީ.
ޑރ. ނަޒްލާ: އުމުރުން ދުވަސްވީ މީހުންނާއި އެ މީސްމީހުން އުޅޭ ގޭގޭގައި އުޅޭ މީހުންގެ ސާމްޕަލް މިހާރު ނަގަމުން އެބަ ގެންދަން. އުމުރުން ދުވަސްވީ ބައެއް މީހުން އެބަ ބުނޭ ކީއްވެހޭ ތިމަންނަގެ ސާމްޕަލް ނަގަނީ ތިމަންނަ ހުންނަނީ ގޭގައޭ. އެކަމަކު އަޅުގަނޑު ދަންނަވާލަން ބޭނުންވޭ، އެ އުމުރުން މަތީގެ ގިނަ ބޭފުޅުންގެ މި ބަލި ޖެހިއްޖިއްޔާ ނުރައްކާ ބޮޑު ފަރާތްތަކެއް މި އުމުރުގެ ބޭފުޅުންނަކީ. އެ ބޭފުޅާ ނުކުމެ ވަޑައިނުގަތަސް، ގެއިން އެހެން ބޭފުޅެއްގެ ފަރާތުން ވެސް ބަލި ޖެހުމުގެ ރިސްކް އެބައޮތް. ކުރިން ތިން ދުވަހުގެ ތެރެއިން އެއްވެސް ސާމްޕަލްއެއް ޕޮޒިޓިވްއެއް ނުވޭ. އެކަމަކު ފަހުން ނެގި ސާމްޕަލްތަކުން އެއް ސާމްޕަލް ވަނީ ޕޮޒިޓިވްވެފައި.
ޑރ. ނަޒްލާ: ޑްރަގް ރިހެބިލިޓޭޝަން ސެންޓަރަށް ކޮންޓެކްްޓެއް ގޮސްފައިވޭ. އޭގެ ތެރެއިން އެކަކު ހިމެނޭ ގެއެއްގައި ބޭރު މީހަކު ވަނީ ޕޮޒިޓިވްވެފައި. އެހެންވީމަ އެއީ އެތަނަށް ބަލި ދިޔަ ގޮތް ކަމަށް ބެލެވިދާނެ. އެކަމަކު އެކަން އަދި ޔަގީނެއް ނޫން. މީގެ އިތުރުން އެތަން ލޮކްޑައުން ކޮށްފައިވިޔަސް، އެތަނުގެ ބައެއް މުވައްޒަފުން ވެސް ރަށު ތެރެއަށް ގޮސްފައިވޭ. އެ ސެންޓަރުން ތިން ޕޮޒިޓިވް ކޭސް ފެނުމާ އެކު ހިންމަފުއްޓަށް ގޮސް، އެ ރަށުގެ އެކި ތަންތަނުން 156 ސާމްޕަލް ނަގައިގެން މިރޭ ވަނީ ގެނެވިފައި.
ޑރ. ނަޒްލާ: މިހާރު ކޮންޓެކްޓްސްގެ އަދަދު ވަނީ ވަރަށް ބޮޑަށް މަދުވެފައި. ފުރަތަމަ 66 ކޭސްގެ 1868 ކޮންޓެކްޓްސް ވަނީ ފެނިފައި. އޭގެ ޖެހިގެން އައި ހަފުތާގައި 191 ކޭސްގައި 1972 ކޮންޓެކްޓް، އޭގެ ޖެހިގެން އައި ހަފުތާގައި 341 ކޭހުން 1261 ކޮންޓެކްޓްސް ފެނިފައިވޭ. މިދިޔަ ހަފުތާގައި 337 ކޭސް އިން ފެނިފައި ވަނީ 914 ކޮންޓެކްޓްސް.
ޑރ. އަފްޒަލް: ފްރޮންޓްލައިންގައި 199 މީހަކު ވަނީ ޕޮޒިޓިވްވެފައި. މީގެ ތެރޭގައި ހިމެނެނީ ޒަރޫރީ ބޭނުންތައް ފޯރުކޮށްދޭ މީހުން ވެސް ހިމަނައިގެން.
މަބްރޫކް: އިއްޔެ އާއި އޭގެ ކުރީ ދުވަހުގެ ރޭ އަޅުގަނޑަށް ބުނެވިފައި އޮތް ވާހަކައަކާ ގުޅިގެން ލެބޯޓަރީ ޓެކްނީޝަނުން ވަނީ ފާޑު ވިދާޅުވެފައި. އެކަން އަޅުގަނޑު ބަލައިގަންނަން. އެކަމަށް މާފަށް ވެސް އެދެން. ހަގީގަތަކީ އަޅުގަނޑަކީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހެއް ނޫން. މިތާނގައި އަޅުގަނޑާ އެކު ޑޮކްޓަރުން ބައިވެރިވެ ވަޑައިގަންނަވަނީ ވެސް ޓެކްނިކަލް މައުލޫމާތު ދެއްވަން. އަޅުގަނޑު އައިޖީއެމްއެޗްްގެ ލެބޯޓަރީ އަށް ދިޔައިން މިކަމުގެ ތެރޭގައި ކުރިންް. މިހާރު އައިޖީއެމްއެޗްގެ ޓެކްްނީޝަނުން ކުރައްވަނީ ވަރަށް ބުރަ މަސައްކަތެއް. ހުއްޓާ ނުލައި 24 ގަޑިއިރު މަސައްކަތް އެބަ ކުރައްވާ. މި މަސައްކަތުގެ ކަވިކަމާއި އުނދަގޫކަން އަޅުގަނޑުމެންނަށް ބައެއް ފަހަރު ހަމަ ހަނދާން ނެތޭ. ކިތަންމެ މޮޅު މެޝިނެއް ހުއްޓަސް، އެ ބޭފުޅުން ކުރާ މަސައްކަތުން ނޫނީ ނަތީޖާއެއް ނާންނާނެ.
މަބްރޫކް: މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 59 އަށް އަރާފައި. މި ބަލިން މިއަދު ވަނީ އިތުރު 9 މީހަކު ރަނގަޅުވެފައި.
މިރޭގެ ނޫސްވެރިންގެ ބައްދަލުވުން ދެންމެ ފަށައިފި. މިރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ ތަރުޖަމާނު މަބްރޫކް އަޒީޒާއި ޑރ. އިބްރާހިމް އަފްޒަލް އަދި ޑރ. ނަޒްލާ ރަފީގު.
އިތުރު 47 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ ރާއްޖޭގައި މިހާތަނަށް މި ބަލި ޖެހުނު މީހުންގެ އަދަދު 1،078 އަށް އަރައިފި އެވެ.
އެންމެ ފަހުން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 19 ދިވެހިންނާއި ބަންގްލާޝް 22 މީހުންނާއި ނޭޕާލް ދެ މީހުންނާއި އިންޑިއާ ހަތަރު މީހެކެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 535 މީހުންނަކީ ބަންގްލާދޭޝް މީހުންނެވެ. ދިވެހިންގެ އަދަދަކީ 379 އެވެ. އިންޑިއާގެ 103 މީހަކާއި ސްރީ ލަންކާގެ ހަ މީހަކާއި އެހެން ގައުމުތަކުގެ 55 މީހަކަށް ވެސް ރާއްޖޭގައި މި ބަލި ޖެހިފައިވެ އެވެ.
ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވް މީހުންގެ ތެރެއިން 20 މީހަކު ފިޔަވައި އެންމެންނަކީ ވެސް ރާއްޖޭގައި އެ ބަލި ޖެހުނު މީހުންނެވެ. އެހެން މީހުންނަކީ ރާއްޖޭން ބޭރުން އައި އިރު ބަލި ޖެހިފައި ތިބި ދިވެހިންނާއި ޓޫރިސްޓުންނާއި ރިސޯޓްތަކުގެ ބައެއް މުވައްޒަފުންނެވެ.
މިއީ ރާއްޖޭން ކޮވިޑް-19 ފެތުރެން ފެށިތާ 70 ވަނަ ދުވަހެވެ. މިދިޔަ މަހުގެ 15 ވަނަ ދުވަހު މާލޭގައި ބަލި ފެތުރެން ފެށުމާ އެކު މާލެ ސަރަހައްދު ބަންދުކުރިތާ މަސް ދުވަސްވެފައި ވާއިރު މިހާރު ވަނީ އިތުރު 14 ދުވަހަށް ބަންދު އިތުރުކޮށްފަ އެވެ. މި މުއްދަތު ހަމަވާނީ މި މަހު 28 ގަ އެވެ.
މި ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 49 މީހަކު ރަނގަޅުވެ ހަތަރު މީހަކު ވަނީ މަރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުޕުން ބައްޕަ
17 May 2020
ކޮބާތަ ނިއުނޯމަލް އަކީ ؟ ބުނެދީބަލަ
މުހަންމާބެއްޔާ
16 May 2020
"ނިއު ނޯމަލް" ތީ ކޮންއެއްޗެއްކަން ކޮންމެވެސް މީހަކު ބުނެލަދީފަންނަތަ؟ ހައްތާހާވެސް ހީވަނީ 3 ޑަކްޓަަރުން އުފެއްދި "ނިއު މޯލްޑިވްސް" ކިޔާ ސިޔާސީ ޕާޓީއާ ގުޅޭ އެއްޗެއްހެން. އަނެއްކާ އެމް.ޑީ.ޕީ ގެ އެޖެންޑާ 19 ގޮތަށް ނިއު މޯލްޑިވްސް މީހުން ކީ އެއްޗެއްތަ "ނިއު ނޯމަލް" އަކީ؟
ސްކިޕަރ
16 May 2020
ލޮކްޑައުން ނިމޭ އިރަށް ހަމަ ކުރިއެކޭ އެއްގޮތަށް މަގުތަކާއި ފިހާރަތަކާއި، ސުޕަމާޓުތަކާއި، ޔުނިވާސިޓީ ކޮލެޖުތަކުގައި މީހުން ތޮއްޖެހި ބަލީގެ މުޅިން އާ އައުޓްބްރޭކެއް އަންނާނެ. އެހެން ކަންތައް ވާނީވެސް. ކުރިއެކޭ އެއްގޮތަށް ވަޒީފާ/ކޮލެޖެ/ޔުނިވާސިޓީ/ސްކޫލް ތަކަށް އަންނަން މަޖުބޫރުކުރާނޭ. އެހެންވީމާ މަގުތަކާއި ފިހާރަތަކާޢި އެހެނިހެން ތަންތަން ތޮއް ޖެހޭނެ.
ނިއު ނޯރމަލު
16 May 2020
އެސް އޯ ޕީ ސަރުކާރު. ލޮލް!
ޓޮޓީ
16 May 2020
ފޮޒިޓިވް ވެގެން އައިސޮލޭސަން ގަ ތިބި މީހުން އެއްމެ ސާފަލެއް ނެގެޓިވް ވިޔަސް މިހާރު ދޫކުރާކަމަށް ހަބަރު ލިބޭ. ދެއިރު ކާ ބޭހެން ހެން ގަވާއިދު ބަދަލު ކުރަނީ ރިސޯޓުތަކުން މީހުން ހުސްކޮށްފަ ގެއަށް ބަދަލު ކުރަށްތަ.
ސަނާ
16 May 2020
ޣަންގާޅީން ނަށް ގެދޮރުއެޅީމާ ބަލިން ރަގަޅުވާނެ އަދިވެސް ވަގު ބަގުލަދޭސްބޭފުޅުންނަށް އިތުރުކަންތައްތައް ކޮށްދޭންފެނޭ ކޮންމެ ގޮތެއް ހަދާފަވެސް މިބޭފުޅުން މިގައުމުގަ ބައިތިއްބާތި މިމީހުނަކީ ދިވެހިންގެ ހުރިހާމަސައްކަތް ހިސޯރުކޮށްގެން ވަގަށް އުޅުއްވާ ބޭފުޅުން މިގައުމުގަ ދިވެހިން ނިކަމެތި ކުރަނީސަރުކާރުތަކުން މަދު ފައިސާކޮޅެއްގެ ދަހިވެތި ކަމުގާ މިމީހުނަށް އެގޭނެ މިގައުމުގެ ފުލުހުންނަކަށްވެސް މީންމީހެއްގެކަމެއް ނުބެލޭނެ ގާނޫނާޙިލާފުކަންޔަގީންވާއިރުވެސް
ރަދީފް
16 May 2020
ތިއީ ސްކިޕަރ ގެ ހާލަތު އެންމެނެއް ނުވާނެ ތިހެނެއް. ބަންގާޅިން ނެތަސް އުޅެވޭނެ.
ކަމީނޭ
16 May 2020
ޕޮޒިޓިވް ބަންގްލާދޭޝް މީހުންގެ އަދަދު 535 އަށް އަރާފައި ވާއިރު ދިވެހިންގެ އަދަދު ވަނީ 379 ގައި. މިއީ ހީވަނީ ބަންގްލަދޭޝް ޑާކާގެ ސްޓެޓިސްޓިކްސްހެން. މި ކޮވިޑް ކަންތައް ނިމޭއިރު ބަންގްލަދޭޝް މީހުންގެ ކަންތައް ފައްޔާޒަށް ހައްލު ނުކުރެވިއްޖެ ނަމަ ރާއްޖޭ އެންމެން ލައްވާ ޕެޓިޝަނެއްގައި ސޮއިކޮށް ރައީސަށް ހުށަހަޅާނަން މީނާ މަގާމުން ދުރުކަން. ކޮވިޑް ކަންތަކާ ކުރިމަތިލިއިރު މީނާއަށް މިކަން ހައްލު ކުރެވިފައި އޮތްނަމަ ރާއްޖޭގެ ސްޓެޓިސްޓިކްސް ހާދަ ތަފާތުވާނެޔޭ.
ގާކޮށި ހުސޭނުނު
16 May 2020
އިނޑިޔާއިން އައި 235 މީހުންގެ ތެރެއިން ބައެއްމީހުން ޕޮޒިޓިވް ވި އެމީހުން ގެނައީއަލާމާތް ފެންނާތީ ރުޅި އަންނާކަށް ނުޖެހެ ހަގީގަތް މި
ރަދީފްް
16 May 2020
ބަންގާޅިކޮވިޑް ހާއްޔެއް މިރާއްޖެއަކީ . މިބަންގާޅިމީހުން މިތަނަށް ގިނަކުރިކުރިހެން މިއޮތީ ސަލާމަތްގެއްލިފައި ރައްކާތެރިކަމެއް އަދަކުނެތް. ސަރުކާރުން ރައްޔިތުންގެ ހރަދުގައި ތަންތަން އަޅައި ބޭތިއްބުން ނޫން ވިސްނުމެއް ނުގެންގުޅޭ! ދެން ބުނާނީ ބަންގާޅުން ބޮޑު އެހީދެޔޭ! ބަލަ އެމީހުން ބައިތިއްބަން ސަރުކާރުންކުރާ މަސައްކަތެއްތިއީ. އެމީހުން ބޭރުކުރޭ ބޭރުކުރޭ! ނޭދެން މިގައުމުގަ އެމީހުން ބއިތިއްބަން މިނެޓަކުވެސް.
ސްކިޕަރ
16 May 2020
ގޭ ދޮރާށި ކުރިމަތީގައި ހުންނަ ނަޖިސްގަނޑުވެސް ފިލުވާލެވެނީ ޒިކުރާ މިސްކިތް ދޮށަށްގޮސް 50 ރުފިޔާ ދީފައި "ބަންގާޅީ" އެއް ހޯދާއިގެން އައިސް އޭނާ ލައްވާ. ދެންވެސް މަޑުމަޑުން ހުރޭ ރަދީފް
ރަދީފްް
16 May 2020
ސްކިޕަރ އަށް .ތިހެން ނުބުނޭ ކުނިނަގަންވެސް އެތިބީ ދިވެހިން .ތިއީ މާ ބޯދާވިސްނުމެއް. ދިވެހިންނަށް ޖޮބްނުލިބެނީ ބަންގާޅުން ގެންގުޅެންވެގެން. ސިއްރަކީ މުސާރަނުދިނަސް މައްސަލަ ނޮންނާތީއާއި އިތުރު ފައިދާނގަން ނަގާބަަޔަކު. މައްސަލަކީ ސީދާ ސަރުކާރު. އެއްޗެކޭ މީއްޗެކޭ ކިޔާކަށްނުޖެހޭ . ބޭރުކުރަންޖެހޭނީ ކިތައްމެ ނުކުރަންއުޅުނަސް ބަންގާޅިން ބޭރުކުރާވރަށް ކންކަން ކުރާނެ އާއްމުން
ގެދާނޯމޮސް
16 May 2020
ކަންކަމުގަ ރުޅި އިސްނުކޮށް ބުއްދި އިސްކުރަށްވާށެވެ.