މާލޭގެ މަގެއް މަތީގައި ބަޔަކު ހަރަކާތްތެރިވަނީ--. ފޮޓޯ: ނިޝާން އަލީ/މިހާރު
20 މެއި 2020 - 15:02
ލޮކްޑައުންގެ ސަބަބުން އެކި ރަށްރަށުގައި ތާށިވެ މާލެ ނާދެވިފައި ތިބި 3،016 މީހަކަށް މާލެ އައުމުގެ ހުއްދަ ފުލުހުން ދީފި އެވެ.
ފުލުހުން ރޭ ކުރި ޓްވީޓެއްގައި ބުނީ މި މީހުން ދިރިއުޅޭ ތަނަށް ދިއުމުގެ ހުއްދަދީފައިވާ ކަމަށާއި މާލެ އަންނަން ބޭނުންވާ ނަމަ އެކަމަށް ހާއްސަކޮށްފައިވާ ޕޮލިސް ޕޯޓަލް ނުވަތަ މެއިލް މެދުވެރިކޮށް ހުއްދައަށް އެދެވޭނެ ކަމަށެވެ.
Till today we've permitted 3016 Malé residents stranded outside of Malé to return to their homes.
— Maldives Police (@PoliceMv) May 19, 2020
If you need to travel to Malé, please use the police permit portal https://t.co/z7AuzYpwph to apply or email [email protected] explaining your situation.#COVID19Maldives #Lockdown pic.twitter.com/5qcLP64uXI
ކޮވިޑް-19 ގެ ބަލި މީހަކު މާލެއިން ފެނުމާ އެކު، މިދިޔަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދު ވަނީ ލޮކްޑައުންކޮށްފަ އެވެ. އެކި ބޭނުންތަކުގައި މާލެއަށް އައިސް ތިބި ގިނަ ބަޔަކު ވެސް އެހެންވެ މާލޭގައި ތާށިވި އެވެ. އޭގެ ތެރެއިން 800 އަށް ވުރެ ގިނަ މީހުން ވަނީ، ރަށަށް ފޮނުވާލުމަށް ކަރަންޓީން ފެސިލިޓީއަށް ބަދަލުކޮށްފަ އެވެ.
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވި ގޮތުގައި އަންނަ އާދިއްތަ ދުވަހުގެ ކުރިން މަދުވެގެން 1،800 މީހުން ރަށަށް ފޮނުވުމަށްޓަކައި ކަރަންޓީނަށް ފޮނުވޭނެ އެވެ.
ކޮވިޑް-19 ގެ ސަބަބުން މާލޭގައި ތާށިވެ އެތައް ބަޔަކު ހާލުގައި ޖެހުނު އިރު ސަރުކާރުން ވަނީ އެ މީހުންނަށް އެހީތެރިކަން ވެސް ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަމްދަރުދީ
20 May 2020
ރަމުލާންމަސް ނިމެންދެން ގަނަތަޅުވާފަ ރޯދައައް ޗުއްޓީއައްރަށައްފޮނުވިހާމީހުން މާލެގަ ނިކަމެތިހާލުޖައްސާފަ ރޯދަނިމުނީމަ ރަށައްފޮނުވަން ތީ ހެޔޮފުޅުކަން ދައްކަން ނޫޅެ ފެއިލްވެފަ ތިބީ މާބޯޑުތަނުން.....
ސަންފަގެއަލީ
20 May 2020
ހަތަރު ލައްކަ ރަގަޅަށް ހަމަނުވާ ގައުމަކުން ބޮޑުބަނދެއްގެތެރޭ ތިންހާހަށް ވުރެން ގިނަމީހުން އެއްރަށަކަށް އަރަން ހުއްދަދެވޭއިރު ދެން އެކަށް ހުޅުވާނުލުމުގެ ބޭނުމަކީ ކޮބައި
އޮނަރަބްލް އަފީފު ދީދީ
20 May 2020
ދައުލަތަކުން ރައްޔަތުންގެ މައްޗަށް އިންސާފު ޤާއިމް ކުރާނީ ދެން މިހާކަށް ހާވަރަށް. ކީއްކުރާނީ އެއްރަށް ދައުލަތް ސިޔާސަތު އޮތް ތަނެއްގައި އެރަށް ގަނޑަށް ޙާއްސަކަން ނުދީ ވާކަށް ނުއޮންނާނެނު.
ބޮޑުމީހާ
20 May 2020
މިތާ ތިބި ބަޔަކު ދާކަށް ހުއްދައެއް ނެތް. މިކަން ހައްލުވާނީ ގައުމުގެ އެންމެން މާލެ ބަދަލުވެގެން،
ރަދީފު ބިން ރަފައިދާ
20 May 2020
އަދިވެސް މިފެންނަނީ މާލެއިންދާމީހުންނަށްވުރެ އަންނަމީހުން އިތުރުވާތަން. ދެން ނެތެއްނު މިކަން ހަމަޔަކަށް އެޅޭކަށް.
ކުރުކުރު
20 May 2020
މާލޭމީހުނަށް ކުއްޔަށް ރަނގަޅު އަދަދެއް ލިބޭނެ، އަތްމަތި ދަތިނުވެ ހާސްކަމެއްނެތި އުޅެވޭނެ.
ރާއްޖެ ތެރޭ މީހާ
20 May 2020
މާލެ އަށް އަންނަ އިރު 1 -HPA ހުއްދަ 2- LGA ހުއްދަ 3- -POLICE PERMIT - 4- ރަށު ކައުންސިލު މި ހުރިހާ ހުއްދަ ބޭނުންވާނެތަ؟
މައު1
20 May 2020
މިއީ އޮޅުވާލުމެއް. ހުއްދަދިނަސް ވައިގެމަގުންނާ ކަނޑުގެ މަގުން ނުގެވޭ އިރު ފަތާފަ ތަ ދަނީ؟ ނުވިތާކަށް އަދި ކައުންސިލުންވެސް ހުއްދަ އަކަށް އެދެން ޖެހޭ
ކަބީރު
20 May 2020
މާލެ އަންނަން ހުއްދަ ދިން އިރު ހަމަ ދިވެހިންގެ އެތައްހާސް ބަޔަކު މާލޭގަ ތާށިވެފާ ތިބިއިރު އެއީ ނުދައްކާ ވާހަކަ
އަހުމަދު ސުހައިލް
20 May 2020
މާލެ އާދެވޭ! ނުވެެއް ދެވޭ! ސިޔާސަތު އެކުލަވާލާ މީހުން މިތިބެނީ ކިހިނެއްވެފަ! ރަށަށް ނުދެވި އަހަރެން މާލޭގަ ގަނަތެޅޭތާ ބަރާބަރު މަހެއް ވަނީ ?