22 މެއި 2020 - 00:45
ކޮވިޑް-19 އަށް ތިން މީހަކު ޕޮޒިޓިވްވުމުން މޮނީޓަރިންގެ ހާލަތަށް މި މަހުގެ ފުރަތަމަ ދުވަހު ގެނައި ހއ. ތަކަންދޫ އާންމު ހާލަތަށް މިރޭ ގެނެސްފި އެވެ.
މި މަހުގެ ފުރަތަމަ ދުވަހު ލިބުނު ނަތީޖާ އިން ދެއްކި ގޮތުގައި ތަކަންދޫން، އުމުރުން 29 އަހަރުގެ އަންހެނަކާއި 37 އަހަރުގެ އަންހެނެއްގެ އިތުރުން ފަސް އަހަރުގެ އަންހެން ކުއްޖެއް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ.
Thakandhoon positive vi 2 meehaku rangalhuve dhokollanee
The most trusted news source in the Maldives
Mihaaru
ތަކަންދޫން ޕޮޒިޓިވްވި މީހުން ނެގަޓިވްވުން
ތަކަންދޫ 21 ދުވަސް ފަހުން އާންމު ހާލަތަށް ގެނެސްފައިވާއިރު އެ ރަށުން ޕޮޒިޓިވްވި ތިން މީހުންގެ ވެސް ފަހުގެ ނަތީޖާ ވަނީ ނެގަޓިވްވެފަ އެވެ. އޭގެ ތެރެއިން 29 އަހަރުގެ އަންހެން މީހާ އާއި ފަސް އަހަރުގެ އަންހެން ކުއްޖާގެ ތަކުރާރުކޮށް ހެދި ޓެސްޓްގެ ނަތީޖާ ވެސް ނެގެޓިވްވުމުން އެ މީހުން ކަރަންޓީނުން ދޫކޮށްލަން ވަނީ ނިންމައިފަ އެވެ.
އަދި 37 އަހަރުގެ އަންހެން މީހާގެ ފަހުގެ ނަތީޖާ ނެގެޓިވް ވުމުން އިތުރަށް ޔަގީން ކުރުމަށް ވަނީ ސާމްޕަލް ނަގައިފަ އެވެ. ފަހުން ނެގި ސާމްޕަލްގެ ނަތީޖާ އަދި ނުލިބެ އެވެ. ކަރަންޓީން ފެސިލިޓީން ދޫކޮށްލަނީ ދެ ފަހަރު ނެގެޓިވްވުމުންނެވެ.
އެ ތިން މީހުން ވެސް ބަލިން ރަނގަޅުވެފައި ވަނީ ބަލީގެ އެއްވެސް އަލާމާތެއް ނުފެނި ކަމަށް އެ އާއިލާތަކުން ބުނެ އެވެ.
ޕޮޒިޓިވްވި މީހުންނާ ކޮންޓެކްޓް ވެގެން ތަކަންދޫން 14 މީހެއްގެ ސާމްޕަލް ނެގިއިރު އެ ހުރިހާ ސާމްޕަލްތަކެއް ވެސް ވަނީ ނެގެޓިވްވެފަ އެވެ.
މޮނީޓަރިންގެ ހާލަތުގައި އޮތުމުން މިރެއާ ހަމައަށް އެ ރަށަށް ހުއްދަ ނެތި އަރައި ފޭބުން އޮތީ މަނާކޮށްފަ އެވެ. އަދި ޒަރޫރީ ބޭނުމަކަށް ނޫނީ ގެއަކުން މީހަކަށް ނުކިކުމެވެ އެވެ. ނަމަވެސް މިހާރު އެކަންކަން އާންމު ހާލަތަކަށް ވަނީ ގެނެސްފަ އެވެ.
ތަކަންދޫން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހު ކާވިޔާ ބޯޓުން އެ ރަށަށް ދިޔަ 36 މީހުންގެ ތެރެއިން ބައެކެވެ. އެ މީހުން ބައްޔަށް ޓެސްޓް ކުރީ އެ ބޯޓުން ހއ. އުލިގަމަށް ދިޔަ މީހަކު ޕޮޒިޓިވް ވުމާ ގުޅިގެންނެވެ. ތަކަންދު އާއި އުލިގަމުގެ އިތުރުން އެ ބޯޓުގައި ދަތުރުކުރި އެހެން ރަށެއްގެ އެއްވެސް މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެއް ނުވެ އެވެ.
އަތޮޅުތަކުން މި ބަލި މިހާތަނަށް ފެނިފައި ވަނީ ތަކަންދޫގެ އިތުރުން ހއ. އުލިގަމާއި ށ. ނަރުދު އާއި ށ. މިލަންދޫ އާއި ނ. މަނަދޫ އާއި ކ. ތުލުސްދޫ އަދި ކ. ހިންމަފުށިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ައައްޑޫބެއްޔަ
22 May 2020
ވަރަށް އުފާވެއްޖެ. ތަކަނދޫގެ ހާލަތު އާއްމުވެ އާދައިގެ ދިރިއުޅުމަކަށް ރުޖޫއަވީމަ. އިރާދަފުޅުން ހުރިހައިކަމެއްރަގަޅުވާނެ. އީދުމުބާރިކު
ދަރަނި ދަންތުރަ
22 May 2020
އަލްހަމްދު ލިއްލާހި ވަރަށް އުފާވެއްޖެ ތަކަންދޫ އެއްމެހާ އަހުންނާ އުހުތުންނަށް އުފާވެރި ބާއްޖަވެރި ދުވަސްތަކެެއް ﷲ މިންވަރުކުރަށްވާށި އާމީން