ޕޮލިސް ސީޕީ މުހައްމަދު ހަމީދާއި ފުލުހުންގެ ބައެއް އޮފިޝަލުން: ފުލުހުންގެ ފަރާތުން މައުލޫމާތު ހޯދުމުގައި ހުރަސްތަކެއް ވަނީ ކުރިމަތިވެފައި
22 މެއި 2020 - 15:52
ފުލުހުންގެ އިދާރާ އާއި ފުލުހުންނާ ގުޅޭ އެކި ކަންކަމާ ގުޅޭ މައުލޫމާތު ދިނުމަށް ޓެލެގްރާމް ގުރޫޕެއް ހަދައިފި އެވެ.
އާއްމުކޮށް ހުޅުވާލައިގެން ހެދި މި ގުރޫޕުގައި މައުލޫމާތު ދެވޭނީ ފުލުހުންނަށް އެކަންޏަށެވެ. ވަންވޭ ކޮމިއުނިކޭޝަން ގުރޫޕަކަށް ވުމުން، އެހެން މީހުންނަށް ސުވާލުކޮށް ވާހަކަ ދެއްކުމުގެ ފުރުސަތެއް ނޯންނާނެ އެވެ.
އާއްމުންނަށް ހުޅުވާލައިގެން ފުލުހުން ޓެެގްރާމް ގުރޫޕެއް މިހެދީ، ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް އޮންނަ ވަޓްސްއެޕް ގުރޫޕުގައި މައުލޫމާތު ހިއްސާކުރުން ހުއްޓާލުމަށް ފަހު އެވެ. ކުރިން ނޫސްވެރިންގެ ސުވާލުތަކަށް، ފުލުހުން ގުރޫޕުގައި ޖަވާބު ދިން ނަމަވެސް ފަހަކަށް އައިސް އެއްވެސް ޖަވާބެއް ނުދެ އެވެ. އެހެންވެ، ނޫސްވެރިން ވަނީ އެ ގުރޫޕުގައި ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފަ އެވެ.
ބައެއް ނޫސްވެރިން ޝަކުވާ ކުރި ގޮތުގައި ވަޓްސްއެޕް ގުރޫޕުގައި ފުލުހުން އެއްވެސް ވާހަކައެއް ނުދައްކާއިރު، ފޯނަށް ގުޅުމުން ނުވަތަ މެސެޖް ކުރުމުން ވެސް ޖަވާބެއް ނުދެ އެވެ. އެހެންވެ، އެއީ ފުލުހުންގެ ފަރާތުން މައުލޫމާތު ލިބުމުގައި އޮތް ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް އެ މީހުން ދެކެ އެވެ.
"މިހާރު ކަމެއް ހިނގިޔަސް، އެކަން ފުލުހުންގެ ފަރާތުން ޔަގީން ކުރެވޭނެ ގޮތެއް ނޯވޭ. މިއީ އާއްމުންނަށް ތެދު މައުލޫމާތު ފޯރުކޮށްދިނުމަށް އޮތް ހުރަހެއް،" އެ ގުރޫޕުގައި ނޫސްވެރިއަކު ލިޔެފައި ވެ އެވެ.
އެކި ކަންކަމާ ގުޅޭ މައުލޫމާތު ފުލުހުން ނޫސްވެރިންނަށް ދިނުމަށް ގުރޫޕެއް ހެދީ ވެރިކަން ބަދަލުވެ، މީޑިއާއާ ގުޅޭ ކަންކަމުގައި އިސްކޮށް ތިއްބެވި ފުލުހުން ބަދަލުވުމާއެކު އެވެ. ކުރިން ވަރަށް އަޕްޑޭޓް އަދި ނޫސްވެރިންގެ ސުވާލުތަކަށް އަވަހަށް ޖަވާބު ލިބުނަސް މިހާރު އެކަން ވަނީ އެއްކޮށްހެން ހުއްޓިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެސްކޮބާރ
23 May 2020
ޓެލެގްރާމަކީ ދިވެހިން އާންމުކޮށް ބޭނުންކުރާ އެއްޗެއްނޫން. އަދި އެއީ ސަލާމަތީގޮތުން މައްސަލަ ހުންނަ އެއްޗެއްކަމަށްވެސް ބައެއްމީހުން ކިޔާއުޅޭ. އޭގެ ކޮންޓްރޯލް އޮންނަނީ ޕުޓިން އަތުގަޔޯވެސް ކިޔާ.
ބީރުވަޒީރު
23 May 2020
ތިވަރުގެ މުއައްސަސާއެއް ހިންގުމުގެ ތަޖުރިބާ ހަމީދުގެ ކިބައިގައި ނުހުންނާނެ. ރައީސް އެކަން އެނގިވަޑައިނުގަތްކަން ވަރައްދެރަ.
ސާދާސީދާ
22 May 2020
ކުރިން އަނިޔާވެރި ވެރިޔާގެ ވެރިކަމުގައި ނުރުހޭ އެންމެން ބޭރުކޮށްގެން ނޫސް ކޮންފަރެންސް ވެސް ބޭއްވީ. ދެންތިބި ޘަނާކިޔާ އެންމެން ބައިތިއްބައިގެން ޕީއާރު ސްޓަންޓް ޖެއްސީ. މަކަރާއި ޙީލަތް ހެދީ. ޙަޤީޤަތް ނުހޯދޭ ކިތަށް މަރު؟
އަލްޖިބްރާ
22 May 2020
ދިވެހި ތާރީޚަށް ބަލާލިއަސް ދިވެހި ފުލުހުންނާއި ސިފައިންނަކީ ތެދު މައުލޫމާތު ހާމަކުރާ ބައެއް ނޫންކަން ވަރަށް ރަގަޅަށް އެގެއެވެ. މިހާރުވެސް އެކަން އޮތީ އެގޮތަށެވެ. އެމީހުން މައުލޫމާތު ދޭނީ އެމީހުން ބޭނުން ގޮތަކަށެވެ. އެކަން ރަގަޅު ކުރުވާނެ ފަރާތެއްވެސް މިޤައުމަކު އަދި ނެތެވެ.
އަސްމާަ އަހުން
22 May 2020
ކޮބާ! ބަޔަކު ގަބޫލުކުރިޔަސް ނުކުރިޔަސް ޔާމީން ކަހަލަ ވެރިއެއް އަދި ނާދެ! ތަރައްގީގެ ބާނީ... ހަޖަމް ކޮށްލާ. މިހާރުގެ ސަރުކާރުގައި ތިބީ އެކްޓިވިސްޓުން. އިލްމީ މީހުން އެއްފަރާތްކޮށްފި. ވީ ވައުދުތައް ހަދާން ނެތިއްޖެ. މިސްރާބު ހުރީ ވައްކަމާއި ފަސާދައަށް. ބާރުތައް ވަށްކޮއް މުށުތެރެޔަށް ލާން
މަދީކާރާ
22 May 2020
ތިތާ އުޅެނީ ދައުލަތުގެ ބަޖެޓުން ކާރު ނަގައިގެން ބޮޑުވެފަ ދުއްވާނެ މީހުން، ކަމެއް ކުރަން ތިބި މަދު މީހުންވެސް މިތިބީ އެމީހުންގެ ޑްރަިވަރުންނަށް. ރައްޔިތުންނާ ގުޅޭ ކަމެއްގައި ޚިދުމަތެއް ކުރާނެ މީހަކު ނެެއް. އެމްސީ އަށްވެސް މިމީހުން ގޮވައިގެން މިކަމެއް ނުވާނެ. މޫނު ރީތިކޮށްފަ ތިއްބަށް އަޑި ރަނގަޅު ނޫންކަމުގެ ވަސް އަބަދުވެސް ދުވާ!
ވުލްފީ
22 May 2020
އިންސާފުގެ މަގު މައުލީމާތު ފޮރުވުމާއި ސިއްރުކުރުން.
ބަބުރު ބަކުރު
22 May 2020
ފާޑެއްގެ ނާގާބިލްް ގޭގަ ޖެހޭ މައްސަލަ ތައް އެހެންމީހުނަށް ފިލުވާލާ ޒާތުގެ މީހަކާ ތިޔަކަން ހަވާލުވިފަހުން ވާގޮތެއްކަމަށް ފެނޭ
އަލި!
22 May 2020
ވަރަށް ރަގަޅު ނިންމުމެއް. ނޫސްވެރިން ކުރާ ކޫސަނި ސުވާލްތަކަށް ފުލުހުން ޖަވާބުދޭކަށްނުޖެހޭ. އެކަހަލަސުވާލްކުރޭ މަބުރޫކާ.
އިބާދު
22 May 2020
ޖަ ަވާބު ޖެހޭނީ ދޭން...ޑިމޮކްރަސީ އޭ ....ބަނޑު ފުށެ ކިޔައިގެން މާ...މާލޭ މަގު މިތަތީ ..ދުވިހަނދާންވޭތަ
1828
22 May 2020
މިއީ ހިތާމަހުރި ކަމެއް. ފުލުހުން ޖަވާބު ދާރީވާންޖެހޭނެ. 'ހަނު' ނުހުރެވޭނެ. ސީޕީ (އެމްސީ) ހަމީދުގެ ކޮމެންޓެއް މިކަމަށް ބޭނުންވޭ. ޑިމޮކުރަޓިކް ވެއްޓެއްގައި މިއީ ފުލުހުން ފަހަތަށް އެޅި ފިޔަވަޅެއް.