ފުލުހުންގެ ފޮރެންސިކް ސާޥިސްގައި ކޮވިޑް-19 ގެ ޓެސްޓު ހަދަނީ.---ފޮޓޯ: ޕޮލިސް
22 މެއި 2020 - 19:08
ޑރ. އަފްޒަލް: މިހާރު ޕޮޒިޓިވްވާ 30-40 އަކީ ވެސް ދަށް އަދަދެއް. އަޅުގަނޑުމެންގެ ބޭސް ލައިނަކީ ވެސް އެއީ. ގައުމެއްގެ އާބާދީ އަށް ބަލާއިރު އަދި މާލޭގެ އާބާދީ އަށް ބަލާއިރު ވެސް 50 އިން ދަށް އެއީ ބޭސްލައިން.
މަބްރޫކް: މަނަދޫގައި ފުރަތަމަ ޕޮޒިޓިވް ކޭހާ ގުޅިގެން ވަނީ ސާމްޕަލްތަކެއް ނެގިފައި. މި ހުރިހާ ސާމްޕަލެއް ވެސް ނެގެޓިވް.
މަބްރޫކް: ހިންމަފުށި މިހާރު ވަނީ މޮނިޓަރިން ހާލަތުން ދޫކޮށްލައިފައި.
ދަރުބާރުގޭގައި ނޫސްވެރިންގެ ބައްދަލުވުން ދެންމެ ފަށައިފި. މިރޭ ވެސް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ ތަރުޖަމާނު މަބްރޫކް އަޒީޒާއި ޑރ. އިބްރާހިމް އަފްޒަލް.
ރާއްޖެ އިން ކޮވިޑް-19 އަށް މިއަދު އިތުރު 58 މީހަކު ޕޮޒިޓިވްވެއްޖެ އެވެ.
އެޗްޕީއޭ އިން ބުނީ، މިރޭގެ 7:00 އާ ހަމައަށް ބަންގްލަދޭޝްގެ 39 މީހަކާއި 18 ދިވެއްސަކާއި އިންޑިއާގެ އެކަކު ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެހެންވެ، ރާއްޖެ އިން އެ ބަލި ޖެހުނު މީހުންގެ މިހާރުގެ ޖުމްލަ އަދަދަކީ 1،274 އެވެ.
މިދިޔަ މާޗް 7 ން ފެށިގެން މިހާތަނަށް ރާއްޖެ އިން ކޮވިޑް-19 ޖެހިފައިވާ ދިވެހިންގެ އަދަދަކީ 452 އެވެ. ބަންގްލަދޭޝްގެ 661 މީހަކަށް އެ ބަލި ޖެހިފައިވާއިރު، ރާއްޖެ އިން ކޮވިޑް-19 އެންމެ ގިނައިން ފެނުނީ ބަންގްލަދޭޝްގެ މީހުންގެ ފަރާތުންނެވެ. ދިވެހިންނާއި ބަންގްލަދޭޝް މީހުން ނަގާފައި ރާއްޖޭގައި ދެން އެންމެ ގިނައިން އެ ބަލި ޖެހިފައި ވަނީ އިންޑިއާގެ މީހުންނަށެވެ. އެ ގައުމުގެ 119 މީހަކު މިހާތަނަށް ވަވި ޕޮޒިޓިވް ވެފަ އެވެ.
ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ރަނގަޅުވީ 104 މީހެކެވެ. ހަތަރު މީހަކު ވަނީ އެ ބަލީގައި މަރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮން ހަސަނު
23 May 2020
ކުރިން ދުވާލަކު ޕޮސިޓިވް ވަނީ 10،12 މީހުން. އޭރު އެ އަދަދު ގިނަ. އެކަމު މިހާރު 50،60 ޕޮސިޓިވް ވާއިރުވެސް ތިބުނަނީ ބޭސްލައިންއޭ. އަޅުގަނޑުމެން މީ މޮޔައިންތޯ. އަތުން ކައްސާލައިގެން ދެން ދޫދިނުން ނޫންގޮތެއްނެތޭ ރީތިކޮން ބުނިނަމަ މާ ރަގަނޅުވީސް
މަގޭ ވިސްނުން
23 May 2020
ދޫކޮށްފައި ނުވޭ ތިއްބޭ ޒާތުގެ ބަލި ފަތުރާ ބަލި މީހުންގެ 50 މީހުން ދުވާލަކު ޕޮޒިޓިއު ވާނަމަ ގިނަދުވަހެެއް ނުވެ ސިއްހީ ދާއިރާ ވަރުބަލިވެ އަތުން ދޫވެގެން ދާނެއެވެ. ބޭސްލައިން 20 މީހުނަށް ވުރެ ދަށް ނުކުރެވި ނުހިފެހެއްޓޭނެ އެވެ.ޚާއްސަ ކޮށް ދާއިމީ ކަމަކަށް ވީމައެވެ
ާނެކްސްޓް
23 May 2020
ޥާހަކައިގެ ރާގުބަދަލުވެއްޖެ. މިހާރު 50 ކޭސްއަކީ މެޓަޔަށްވެއްޖެ. ކޮބާބާ އެޖެންޑާއަކީ
ލަތީފު
22 May 2020
ވަރަށް އުފާވެރި ހަ ބަރެއް ރާއްޖޭން ނުރައްކާ ކުޑަވިކަމުގެ ނިޝާން މި ފެނުނީ. ލޮކްޑަ އުން އުވާލަން ނިންމުމަކީ މާލެ ތެރެ އަމާންވުންކަން އެނގިގެން މިދަނީ. ތިޔަ ކޮށްދެއްވި މަސައްކަތްތަކަށް ޝުކުރިއްޔާ.
މާލޭ ކުއްޖާ
22 May 2020
މާލެގެ އާބާދީއަށް ބަލާއިރު 50 އެއީ ބޮޑު ޢަދަދެއް. އެވެސް ލޮކްޑައުން ހާލަތުގައި. ދެން އާންމު ހާލަތަކަށް ގެންގޮއްސިއްޔާމުން ވާނެވަރު ވިސްނާލާ. އެހެން ނޫނަސް މާލޭގައި ވަޒީފާ އަދާކުރާ އެތައް ބައެއް މިވަގުތު ތިބީ ރާއްމާލޭގައި ވަޒީފާއަދާކުޖެތެރޭގައި. ދެން ކޮން ބޭސްލައިނެކޭ އާބާދީއެކޭ ކިޔާކަށް.
ރަދީފްް
22 May 2020
ސުނަލް ބަނގުލަރާއްޖެމީ.
އިއްސެ
22 May 2020
ލޮކްޑައުންް އުވާލީމަ ޓެކްސީ ޑުރައިވަރުންނަށް ދީބަލަ ހެޒްމެޓް ސޫޓް، ޓެކްސީ ދުއްވާއިރު ބޭނުން ކުރަން.
ޢަހުމަދު ބެ ، ބޯގަންވިލާ
22 May 2020
ޢަ ބަދުވެސް މިދައްކަނީ ބިދޭސީ މީހުން ގަވައިދާ ހިލާފައް ރާއްޖޭގަ އުޅޭވާހަކަ ،
ސްކިޕަރ
22 May 2020
މީގެ ދެތިންގަޑިކުރިން އެތައްބަޔަކު 40 އަށް ވުރެ ގިނަ މީހުން މާލެން ޕޮޒިޓިވެފައި އެވަނީ. އެއީ އެންމެން ސަމާލުވާންޖެހޭ މުހިންމު ހަބަރެއް. އެކަމަކު އެހަބަރު ފްރޮންޓް ސްޓޯރީ އިން ކުއްލިއަކަށް ނަގާލާފައި އެވަނީ މަޖިލިސް ރައީސް ބިރުވެރި ގޮތަށް ހަބަރު ނުގެނެސްދޭށޭ ބުނިފަހުން މިހާރުންވެސް ބިރުގަތީ ދޯ. ނޫނޭ ވަރުގަދަ އަކަށް މިފަހަރު ލޮކްޑައުން އުވާލާނެ. ބަލައްޗޭ
ޑެލްބޯއި
22 May 2020
ސްކިޕަރ! ޓޭކިޓް އީޒީ! މިރާއްޖޭގައި މިބަލީގެ އެހެން ސައިޑެއް ގެނެސްދޭ އެއްވެސް މީޑިއާއެއް ނެތްކަ. އަބަދު ވެސް އިވެމުން މިދަނީ މިބަލީގެ ނުރައްކާތެރިކަމުގެ ވާހަކަ. ދިވެހިންނަކަށް އަޑެއް ނީވޭ އެހެން ސައިޑެއް އޮތްކަން މިރާއްޖޭގައި ޑެތްރޭޓް އެހެރީ 0.4ގައި. ޑެންގޫ ހެމެރެޖިކް ފީވަރ ގައި ރޭޓް ހުންނަނީ 2% އެކަމަކު މަދިރިމަރަން އަދި މޮސްކިޓޯ ރިޕެލަންޓް އުގުޅަން ރައްޔިތުުން ދުއްވައެއް ނުގަނޭދޯ. ދުއްވައިގަންނަ ގޮތް ހަދާލުމަކީ ފަސޭކަމެއްދޯ.
4578
22 May 2020
މިގައުމުގައި ތިބި ހުރިހާ ބަންގާޅިންނަށް ބަލިޖެހިގެން ނޫނީ ހައްލެއް ނުލިބޭނެ... މިއޮތީ ނާޖާއިޒް ގޮތުގައި ފައިސާ ހޯދުމަށް ބަޔަކު ހިޔާރުކުތި ކަމެއްގެ ސަބަބުން އެންމެންނަށް މިކަމުގެ ހިތިރަހަ ލައިފަ.. ޢަސްމިއީކީ ސަރުކާރުތަކެއް އައިސް އިހުލާސްތެރިކަމާއިއެކު ހިދުމަށް ކުރާ ގައުމެއް ނޫން އެކަމަކު މިތަނުގައިވެސް ނަމެއްގައި ކޮންޓްރޯލަރއޮފް އިމިގްރޭޝަނީ ކިޔާފަ ބޮޑުމުސާރަ ނަގައިގެން ކޮންމެ ސަރުކާރަކު މީހަކުބަހައްޓަ...