23 މެއި 2020 - 22:10
އަންނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން އަހަރުގެ މެދުތެރޭގައި ފަށަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.
ކޮވިޑް-19 އާ ގުޅިގެން ތައުލީމީ ދާއިރާ އަށް ގެނައި ބޮޑެތި ބަދަލުތައް ހިއްސާކޮށް އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ ވަކި މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ އޯ ލެވެލް އާއި އެސްއެސްސީ އިމްތިހާން، އަންނަ އަހަރުގެ މެއި/ޖޫންގައި ބާއްވަން ނިންމާފައިވާ ކަމަށެވެ. އޭގެ އިތުރުން އަރަބިއްޔާ ސްކޫލުގައި މި އަހަރު ޝަހާދާ ސާނަވިއްޔާ ހަދަން ހަމަޖައްސާފައިވާ ދަރިވަރުންގެ އިމްތިހާނުތައް ނިމެންދެން އެ ދަރިވަރުން ތިބޭނީ، މިހާރު ކިޔަވަމުން އަންނަ ސްކޫލުގެ ދަރިވަރުންގެ ގޮތުގައި ކަމަށް ބުންޏެވެ.
ގްރޭޑް 10 ގައި މިހާރު ކިޔަވާ ދަރިވަރުން އަންނަ އަހަރުގެ ޖޫން މަހާ ހަމައަށް ސްކޫލްތަކުގައި ތިބެން ޖެހުމުން ސްކޫލުތަކަށް ދިމާވާނެ ޖާގައިގެ ދަތިކަމާއި ޓީޗަރުންނާއި އެހެނިހެން ވަސީލަތްތަކުގެ ދަތިތަކުން އަރައިގަތުމަށް، އަންނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން، އަހަރުގެ މެދުތެރޭގައި ފަށަން ސޯޝަލް ކައުންސިލްގެ ލަފައާ އެކު ނިންމާފައިވާ ކަމަށް ބުންޏެވެ.
"މި ބަދަލު ދާއިމީ ބަދަލަކަށް ހަދަން ފެނޭތޯ ކަމާގުޅުންހުރި ފަރާތްތަކުގެ ހިޔާލު ހޯދުމުގެ މަސައްކަތް ކުރެވެމުން އެބަދެ އެވެ. މަޝްވަރާތަކަށް ފަހު އެކަޑެމިކް ކަލަންޑަރަށް ގެނެވޭ ބަދަލުތައް ލަސްތަކެއް ނުވެ އިއުލާންކުރެވޭނެ ވާހަކަ ދެންނެވީމެވެ،" ބަޔާނުގައި ބުންޏެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން "މިހާރު" އަށް ވިދާޅުވީ މި އަހަރުގެ އެކަޑެމިކް ކަލަންޑަރާ އެއްގޮތަށް، ފުރަތަމަ ޓާމުގެ ޗުއްޓީ އަށް ފަހު ކިޔަވައިދިނުން ކުރިއަށް ގެންދާނެ ކަމަށެވެ. އެހެންވެ އަންނަ ޑިސެމްބަރު ތިނެއްގައި، ސްކޫލުތައް ބަންދުކޮށް ޖެނުއަރީ 10، 2021 ގައި ކިޔެވުން ފަށާނެ ކަމަށް ވިދާޅުވި އެވެ.
"އޭރަށް ހަމަ އެ ކުއްޖަކު ކުރިން ހުރި ގްރޭޑުގައި ހުންނާނީ. ގްރޭޑު އެކަކަށް ވެސް ކުދިން ވައްދާނީ ޖޫންގައި. އެ ދަރިވަރަކު ހުރި ގްރޭޑު ވެސް ބަދަލުވާނީ ޖޫންގައި،" އިހުސާން ވިދާޅުވި އެވެ. މިހާތަނަށް ރާއްޖޭގައި ދިރާސީ އަހަރުގެ ކިޔެވުން ފަށަނީ ޖެނުއަރީ މަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާގޭ ޚިޔާލު
25 May 2020
ކުރިން ސާރުކާރުން ކީގޮތަށް ބޮޑު ޗުއްޓީ ދެބަޔަށް ބަހާލާ މިހާރުގެ ބޮޑު ޗުއްޓީ 3 ހަފްތާއަށް ކުރުކޮށްފަ މިޑްޓާމް ޗުއްޓީ ވެސް 3 ހަފްތާއަށް ދިގު ކޮށްލީމަ ރަނގަޅުވާނެ
އެޑްމުންޑޯ
24 May 2020
މިއީ ކުޑަ ނިންމުމެއްނޫން ، ވަރަށް ބޮޑު ނިންމުމެއް އަދި ބޮޑު ބަދަލެއް ، ހިތައް އަރަނީ ކިހާވަރެއްގެ ދިރާސާ އެއް ހަދާފައިތޯ ނުވަތަ ގައުމުގެ މާހިރުންގެ އިރުޝާދު ހޯދާފައިތޯ މިބަދަލު މިގެންނަނީ ، މިއީ ކުޅޭ ކުޅޭ ކަމަކަށް ހަދާގެން ނުވާނެ . ކޮމެންޓް ތަށް ކިޔާލުމުންވެސް މިކަމުގެ ހުރިކަންބޮޑުވުންތަށް ފެނޭ
ނިއުމަލާ
24 May 2020
ސަމާ ހޮލިޑޭ އަށް ސްކޫލްތައް ބަންދުކުރަނީ ޑިސެމްބަރ ތެރޭގައި/ އަޅުގަނޑު މެންނަކީ ޤައުމު ކުޑަނަމަވެސް އާއިލާގެއެތައް މެމްބަރުންދުނިޔޭގެ ހަތަރުބިތުގައި ދިރިއުޅޭބައެއް/ މިފަދަ އާއިލާތަކަށް ބޮޑުގޮންޖެހުމަކަށްވާނެކަން ޔަގީން. ޖޫން ޖުލާމަހަކީ ރާއްޖޭގައި އެންމެކަނޑު ގަދަ ދުވަސްވަރު އަތޮޅުތަކަށް ދަތުރުރުކުމަކީ ނުރައްކާ ބޮޑުކަމެއް/ އޮފްސީނުގަ ރިސޯޓުން އެންމެނަށް އެއްފަހަރާ ޗުއްޓީދެވޭބެބާ؟ރިސޯޓުގެ ގެމުސާރަ ރަނގަޅުކުރުން މިއަށް ވުރެ މާ މުހިއްމު. ކީކޭބުނާނީ
ސައްތާރު
25 May 2020
ހެޔޮގޮތެއް ނެތެއްނު؟ އޮފް ސީޒަނުގައެއް ނޫންތަ ގިނަ މުއައްޒަފުންނަށް ޗުއްޓީ ދެވޭނީ؟
ކާސިމު
24 May 2020
މިއީ ވަރަށް އުރައްޕަތް ނެތް މިނިސްޓަރެއް... މިހާތަނަށް ރާއްޖެދުށް އެންމެ ކަޑަ އެޑިޔުކޭޝަން ވަޒީރު.. އަހަރުން ދަންނަން މިއީ ސްކޫލްދައުރުގަވެސް ފެންވަރުދަށް މީހެއް...
ށ.އަތޮޅު މީހާ
24 May 2020
މަށަށް ފެންނަނީ ފެބްރުއަރީގެ ނިޔަލަށް ދިރާސީ އަހަރު ނިންމަން. މާރޗް- އޭޕްރީލް ބޮޑުޗުއްޓީ އަށް ހަދަން. މިއީ ރާއްޖެއަށް މޫސުމް އެންމެ ރީތި ދުވަސްވަރު. އޭރުން ސްކޫލް ބަންދުގަ ދަތުރުކުރަން ފަށޭހަ ވާނެ. ދާއިމީކޮށް މިގޮތަށް ހަދަން.
ޕިކްސް
24 May 2020
އޯލެވެލް އާ އޭލެވެލް ހަދަނީ މޭ ޖޫން ގަ. އެހެންކަމުން އެންމެ ރަނގަޅުވާނީ އެހެންގައުމުތަކާ އެއްގޮތަށް އޮގަސްޓް ގަ އާ ސުކޫލު އަހަރުފެށުން.
ހހަމަ އަހާލީ
24 May 2020
ކަންކަން ކުރަންވާނީ އެތަނެއްގެ ވެއްޓާއި އާދަކާދައާ ސަގާފަތަށް ބަލައިގެން. ކިތައް ކުދިންތޯ ބޭރުގެ ޔުނިވަރސިޓީއަށް ދަނީ؟ ރާއްޖޭގެ ދަތުރުފަތުރު ކުރުން ފަސޭހަވެފަ، ޗުއްޓީއެއްގެ އުފާ އެންމެ ބޮޑަށް ހޯދޭނީ ކޮން މޫސުމަކުތޯ؟ ރިސޯޓްތަކުން ހަމަ ގިނަ ބަޔަކަށް އެއްފަހަރާ ޗުއްޓީ ދޭނެތޯ؟ މިއުޅެނީ ސަމަރ އާ ދިމާވާ ގޮތަށް މުއްސަނދިން ދަރިން ގޮވައިގެން ބޭރަށް ޗުއްޓީ ހަދަން ދާންތޯ؟ ނިކަމެތިންގެ ދަރިން ވިއްސާރާގަ ޗުއްޓީ ހަދުވަންތޯ؟ ބޭސްފަރުވާއަކަށްވެސް ނުދެވޭގޮތަށް
ހަމީދޫ
24 May 2020
ހހަމަ އަހާލީ ބުނެލަބަލަ ދެން މިހާރު ސްކޫލްތަށް ކުރިއަށް ގެންދާނެ ގޮތެއް
ކޮރަކަލި
24 May 2020
ދާއިމީ ކަމަކަށް ހެދުން ރަގަޅެންނޫ އެދުވަސް ތަކަކީ މޫސުން ވަރަށް ގޯސްވާނެ ދުވަސްތަކެއް ދަތުރު ފަތުރު ކުރަން ރަގަޅެންނުވާނެ ސުކޫލު ބަންދުވީމަ ވަރަށް ދަތުރުކުރާނެ މާލެ އައި މީހަކު މާލޭ ތާށިވާނެ ރަށަށް ދިޔަމީހަކު ރަށުގައި ތާށިވާނެ
ޔައުނީ
24 May 2020
ހަސްފަތާލެއްގެ ކައުންޓަރުގަ އިންނަ ކުއްޖާއަތަށް ގައުންއަކާއި ކަށިގަނޑެއްދީފާ ބަލިމީހުން ބަލާ ބޭސްކޮށްދޭން ހަވާލުކުރީމާ ވާނެގޮތް މިވަނީ. އެއްވެސް ވަރަކަށް ސިސްޓަމް ނޭނގޭ ތަޖުރިބާ ނެތްމީހަކު ވަޒީރަކަށް ލައިގެން މުޅިން ހަލާކުވެ ނިމިއްޖެ.ތަޖުރިބާހުރި، ހިންގުންތެރި މީހަކު އެޑިޔުކޭސަނަށް ލާންޖެހޭ.އަހަރު މެދުތެރެެން ފެށުން ގޯހެއް ނޫން.މިކަހަލަ ބަދަލުތައް ގެންނަންވާނީ ސްޓޭކް ހޯލްޑަރުންގެ ބަހާއިއެކު.ސޯސަލް ކައުންސިލުގައި ތިބެނީ ޢާލިމުންނެއް ނޫން
މިނިސްޓަރ ވިސްނަލުން މު ހިންމު
24 May 2020
ސްކޫލްތަކުގަ ބެލެނެވެރީންގެ ވައިބާ ގްރޫޕް ހަދާ، އެ ވައިބަރ ގްރޫޕްތަކުން ނާޖާއިޒް ގުޅުން އުފެދި އާއިލާތައް ރޫޅި، ތާއަބަދު ބެލެނެވެރީން ސުކޫލުން އަރާނުގަނެ ކުދީންނަށް ވުރެ ބެލެނެވެރީން އެކްޓިވްވެ މުޅި ތައުލީމީ ނިޒާމު އޮތީ ގަޑުބަޑުވެފަ. ބެލެނެވެރީންގެ ވާދަވެރިކަމުގަ ކުދީންނަށް އެސްފީނާ ގަސްދުގާ ޖެއްސުމުން، ކުދީންނަށް ނަފްސާނީ ގޮތުން އަސަރުކޮށް ފަ ހަތަށްޖެ ހި، ކުދީންގެ މެދުގަ މުއްސަދި ފަގީރު ކަމުގެ ތަފާތު ކުރުން ޓީޗަރުންގެ އާންމު ކަމަކަށްވެއްޖެ.
އާމިނާ ފާނު
24 May 2020
މައުމީ ރައީސް ނަމަ ބެލެނެވެރީންނަށް ސުކޫލާ 100 ފޫޓަށް ކާރި ނުވެވޭނެގޮތް ހެދީމުސް. ސުކޫލުތައް ޗާންދަނީ މަގުން ނަގާ ހަ ހުޅުމާލެއަށް ބަދަލުކޮށްފޭ ނަމަވެސް ސުކޫލު ބަ ހުގަ ކުދީން ސުކޫލަށް ދެވޭނީ. ފިސާރި ތެދެއް ތި ބުނީ. ތިޔާ ބޮޑު ވަބާއަކަށް ވެފާ އޮތް ކަމެއް. މަމެން ތިތަނެއް ދެކިދެކި ލަދުން ބޯ ހަލާކު. ދަރި މަތީ މާކުސް ދޭތޯ ޓީޗަރަށް ނުދޭކަށް ނުކޮށްދޭކަށް އެއްކަމެއްވެސް ނެތޭ. ކިޔަވާ ކުދީންގެ މުތެއް ފަދަ ހިތޭ ތިބިތާތިބެފާ ބައެއް ބެލެނިވެރިން ކާލަނީ.
މަޢުލޫމާތަށްޓަކާ
24 May 2020
އެސްފީނާއަކީ ގަސްތުގަ ޖެއްސޭ އެއްޗެއްނޫން. އެއީ ނަފްސުގެ ނުބައިކަމުންވާ ގޮތެއް. އެކަމުން ސަލާމަތްވެވޭނެ މަގު އޮތީ ދީނުގަ ދައްކަވާފަ. އެހެނެއްނޫން ހަސަދެވެރިކަމާއި ރުޅިވެރިކަމަކީ ގަސްތުގަ ގެންގުޅެވޭނެ ޝުޢޫރުތަކެއް. އެކަމަކު ތި ކޮމެންޓަށް ތާއީދު.
ޝުކުރިއްޔާ ރައީސް އިބޫ
24 May 2020
ދެން ސަރުކާރު ކޮށް ދެއްވަންވީ ކަމަކީ ސްކޫލްތަކުގަ ހިންގާ ކާނިވާ އިވެންޓުތަކާ، ކުދީންނަށް ވުރެ ގިނަ ވަގުތު ބެލެނެވެރީން ސްކޫލުގަ ވަގުތު ހޭދަ ކުރުމާ، ކުދީންގެ އެސައިންމަންޓްތައް ބެލެނެވެރިން ފޮޓޯކޮޕީ ހައްދާ ތަންތަނުން އެސައިންމަންޓް ހެދުން ހުއްޓުވަންވީ. ސްކޫލް ކޮމްޕިއުޓަރ ލެބްގަ ކުދީން އަމިއްލަ އަށް ކުރާން ދަސްކޮށްދޭންވީ. ޕްރިންޓް މަދުކޮށް ޕީޑީއެފް ފައިލް ބޭނުން ކުރާންވީ. ކުދީންގެ މެދުގަ ތަފާތު ނުކުރެވޭނެ މާ ހައުލެއް ގާއިމްކޮށް ދެއްވަންވީ.