ދަރުމަވަންތަ ހޮސްޕިޓަލްގެ އެންމެ މަތިން މާލެ ފެންނަ ގޮތް: ކަރަންޓީން ކުރަން އަމިއްލަ އިިމާރާތްތައް ވަގުތީ ގޮތުން ސަރުކާރަށް ނެގޭ ގޮތަށް ގަވާއިދެއް ވަނީ އެކުލަވާލާފައި.---- ފޮޓޯ/މިިހާރު
31 މެއި 2020 - 18:24
ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތުގައި މީހުން ކަރަންޓީން ކުރުމަށް އަމިއްލަ އިމާރާތްތައް ބަދަލު ދޭ ގޮތަށް ދައުލަތާ ހަވާލުކުރަން އެންގުމުގެ ބާރު ސަރުކާރަށް ލިބޭ ގޮތަށް ގަވާއިދެއް އެކުލަވާލައި، އަމަލުކުރަން ފަށައިފި އެވެ.
ކޮވިޑް-19 އާ ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، އެ ބަލި ޖެހޭ މީހުންނާއި ރާއްޖެއިން ބޭރުން އަންނަ މީހުން ގެންދަނީ ކަރަންޓީން ކުރަމުންނެވެ. މިހާރު މީހުން ކަރަންޓީން ކުރަމުން އަންނަނީ ރިސޯޓްތަކާއި ބައެއް ރަށްރަށުގައި ސަރުކާރުން އަމިއްލައަށް ގާއިމް ކޮށްފައިވާ ކަރަންޓީން މަރުކަޒުތަކުގަ އެވެ.
ހެލްތު މިނިސްޓްރީން އިއްޔެ އެކުލަވާލާފައިވާ އެކަހެރި ކުރުމުގެ މަރުކަޒުތަކާއި ކަރަންޓީން ކުރުމުގެ މަރުކަޒުތަކުގެ ގަވާއިދުގައިވާ ގޮތުން ނުރައްކާތެރި ބަލިތަކާ ގުޅިގެން މީހުން ކަރަންޓީން ކުރާނެ މަރުކަޒުތައް ކަނޑައަޅާނީ ހެލްތް މިނިސްޓަރެވެ. ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި މީހުން ކަރަންޓީން ކުރުމަށް މީހެއްގެ އަމިއްލަ އިމާރާތެއް ކޮންމެހެން ބޭނުންވެއްޖެ ނަމަ، އެތަނެއް ގިނަވެގެން އެއް އަހަރަށް ސަރުކާރާ ހަވާލު ކުރަން އެންގުމުގެ ބާރު މިނިސްޓަރަށް އޮންނާނެ ކަމަށް ގަވާއިދުގައިވެ އެވެ. އެކަމަކު އެފަދަ ތަންތަން ބޭނުންކުރާ މުއްދަތަށް ސަރުކާރުން ބަދަލު ދޭންޖެހޭނެ ކަަމަށް ވެސް އެ ގަވާއިދުގައިވެ އެވެ.
އެ ގަވާއިދުގައިވާ ގޮތުން މީހުން ކަރަންޓީން ކުރުމަށް އިމާރާތެއް ހަވާލު ކުރަން އަންގާ އެންގުމަކަށް އެ ތަނެއްގެ ވެރި ފަރާތުން ދެކޮޅު ހަދައިފި ނަމަ، ތަނެއް ހޯދުމުގެ ކޯޓު އަމުރަކަށް އެދި ސިވިލް ކޯޓަށް ހުށަހެޅިދާނެ އެވެ. އެގޮތަށް އިމާރާތެއް ހޯދަން ޖެހޭނީ އެ ތަނެއްގައި ބަޔަކު ދިރިއުޅޭ ނަމަ، އެ މީހުންނަށް ވަގުތީ ބޯހިޔާވަހިކަމެއް ހަމަޖައްސައި ދިނުމަށް ފަހު ކަމަށް ގަވާއިދުގައިވެ އެވެ. އެކަމަކު އެގޮތަށް ނަގާ އިމާރާތެއް ބޭނުން ކުރުމަށް ފަހު، އެ ތަނެއް ބޭނުންކުރި މުއްދަތަށް ބަދަލު ދޭނީ ފިނޭންސް މިނިސްޓަރުގެ ލަފާގެ މަތިން ކަމަށް ވެސް އެ ގަވާއިދުގައިވެ އެވެ.
މީގެ އިތުރުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި މީހުން ކަރަންޓީން ކުރާ މަރުކަޒުތަކުގައި ހުންނަންޖެހޭ ފެންވަރާއި ލިބެންޖެހޭ ޚިދުމަތްތައް ވެސް އެ ގަވާއިދުގައި ކަނޑައަޅާފައިވެ އެވެ. އެ ތަންތަނުގައި މީހުން ބޭތިއްބުމާއި އަނބުރާ ފޮނުވާލުމުގައި އަމަލު ކުރަންޖެހޭ ސްޓޭންޑަޑް އޮޕަރޭޓިން ޕްރޮސީޖާ (އެސްއޯޕީ) ދެ މަސް ތެރޭގައި ހަދަން ޖެހޭނެ ކަމަށާއި ކުއްލި ނުރައްކަލުގެ ހާލަތެއް ނެތީސް، މީހުން ކަރަންޓީން ކުރަން ޖެހިއްޖެ ނަމަ އަމަލު ކުރަންޖެހޭ އުސޫލުތައް ތިން މަސް ތެރޭގައި ހަދަންޖެހޭ ކަމަށް އެ ގަވާއިދުގައިވެ އެވެ.
ކޮވިޑް-19 އާ ގުޅިގެން މިހާރު ކަރަންޓީންގައި 1،500 އަށް ވުރެ ގިނަ މީހުން އެބަ ތިއްބެވެ. ރާއްޖެއިން އެ ބައްޔަށް 1،600 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައި ވާއިރު، 400 އަށް ވުރެ ގިނަ މީހުން މިހާރު ވަނީ އެ ބަލިން ރަނގަޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެޑްމުންޑޯ
01 June 2020
މިމީހުންގެ ވިސްނުން ހުންނާނީ އަބަދުވެސް ކޮންމެވެސް ގޮތެއްހަދާގެންވެސް ބޭނުންވާ ބަޔަކަށް ފައިސާ ދެވޭތޯ
ވާނުވާ ނ
01 June 2020
ގަވާއިދަކުން ނުކުރެވޭނެކަމެއްތީ . މިފެންނަނީ ސުންޕާ ސަރުކާރެއް ގެނެއުމުގެ ހިތި ނަތީޖާ. ޤައުމުބހިންގަން ނޭނގުނު. ރައްޔިތުން ބޭނުންވަނީ މުޅި ސަރުކާރު އިސްތިއުފާ ދިނުމަށް
ބާދަގަނޑަށް
01 June 2020
ބަޔަކު ކިޔާއަޑު އެހިން ތިއުޅެނީ ރައިސްޔާމީންގެ ގެ ނަގާނެ ގޮތެއް ހޯދަންށެ .ތިޔަބަޔަކު ކޮއްފާނެ އެވަރުގެ ކަމެއް .ރައިސްމައުމޫނުގެ ގެނަގަންވެސް އުޅުނު ބައެއްތީ ..
މެންޓަލް
01 June 2020
ކޮންމެ ފަހަރަކު އެމްޑީޕީން މައުމޫން ނޫނީ ޔާމީންގެ ގެ ނަގަން އުޅޭނަމަ އެއީ މެންޓަލް މައްސަލައެއްހެން ވަރަށް ހީވޭ.
ލުގުމާން
01 June 2020
ކަރަންޓީނުގެ ނަމުގައި ބޭނުންވާވަރަށް ބޭނުންވާރިސޯޓްތަކަށް ގަނޑު ފައިސާދީ ނިމުނީ. އެހެންވެ ދެން މިހާރު ބޭނުންވާ ވަރަށް ގަނޑުފައިސާ ކަލޭމެންގެ ގެދޮރުވެރިންނަށް ދެވޭނެހެން މަގު ފަހިތިޔަކުރީ. ބަލަ އަހަރުމެން މޮޔާމްނަށް ހަދަން ނޫޅެބަލަ. އެހެރީ ހުޅުމާލޭގައި ހަދާފައިހުރި 7000 ފުލެޓް ކީއްވެ އެތަން ކަރަންޓީން ފެސިލިޓީތަކަށް ނެހެދެންވީ. މިހާލަތުގަ ގައުމު އޮތްއިރު ވެސް ހަމަ ދައުލަތް ލޫޓުވަނީ.
ޗާބޫ
01 June 2020
ލާނުގަނެގެނ އުޅެކަހަލަ ގޮތަކަށް މިފެންނަނީ، ދިވެހިރާއްޖެ ނޫނީ އެއްވެސް ޤައުމަކުން ހީއެއްނުވޭ ބޭރުންއަންނަ ރައްޔަތުންނަޢް ސަރުކާރުން ބޮޑު ޚަރަދުކޮށްފަ ކަރަންޓީންގަ ބަހައްޓާކަމެއް..އެގޮތަށް އެއްބަސްވެގެން އަަމިއްލަ ޚަރަދުގަ ކަރަންޓީންވާން އައްނަނީ..ލަންކާ އަދި އިންޑިއާ އަމަލުކުރަނީ މިހެންކަން ޚަބަރުތަކުން ސާފުކޮށް އިގޭ...
ބޮޑުމީހާ
01 June 2020
ތިއުޅެނީ ކޮންމެވެސް ބަޔަކަށް ލާރި ގަޑެއް ދޭން
ކުޑަމީހާ
01 June 2020
މާލޭގެ ބުރިބުރިއަށް ހުރި ގެސްޓްހައުސްތައް ހުއްޓި ލާރި ނުލިބިފަ އެތިބީ.
އައްޔު
01 June 2020
މީހުން ގެ އިމާރާތެއްކަމަކު ގޯއްޗަކީ ދައުލަތުގެ ބިންރައް
ބޯގަޅި
01 June 2020
އެހެންވީ މަ އި މާރާތައް ނުވަދެ ގޯތީގައޮވޭ،
ކަރަންކާ ރ
01 June 2020
ވަރަށް ހެއްވާ އިނދޭތޯ.
ވިސްނާލުމަށް އެދެމޭ
01 June 2020
މިގައު މު ހިންގަން މިތިބީ ޖޯކަރުންތަ..ނޫނީ ކޮ މެޑީ ސާކަސްގެ ބައިވެރިންތަ..ގާނޫނެވެސް ގަވާއިދެވެސް ހަދާއެއަށް އަ މަލުކުރަން އަ މުރުނެރޭއިރު ދެވަފަހަރަށް ބަދަލުނުކޮށްވާނެގޮތަކަށް ނުވާނެތަ.ދެ މާނަ ނަގޭގޮތަށް ގަވާއިދުހަދަނީ..އާއް މު ރައްޔިތެއްގެ ގޯތިގެދޮރު އެ މީހެއްގެ ރުހު މެނެތި ގަވާއިދަކުން ނެގެންޏާ ކައިވެނިކޮއްގެންތިބި އަނބިފިރިންވެސް ސަރުކާރުން ދޭންބުނެފިނަ މަ ދޭންޖެހޭނެކަ މަށް ގަވާއިދެ ހެދިދާނެ..ޕާޓީކުދިންގެ ގެސްޓްހައުސްތަކަށް ބައިއަޅަން ބޭނު މޭބުނެބަލަ.
އެންދެރި
01 June 2020
މިސަރުކާރުގަ ބަދަލު ދިނުމައް ނިމުމެއް ނެތެވެ. ދެން އަންނަ ވެރި އަކު ވެސް މި ސަރުކާރުގެ ބަޔަކާ ހަވާލު ވާން ޖެހުދާނެ އެވެ. ސްކޫލްތަކުގެ ކްލާސް ރޫމް ތައް އަދި ހޯލް ހުރީ ހުސްކޮންނެވެ. ބޭނުން ކުރަން ވީ އެވެ. ހަރަދު ކުޑަ ވާނެ އެވެ. ތަން ދޫކޮށްލާ ދުވަހަކުން ޑިސް އިންފެކްޓް ކޮށް ފަ ދިޔައީމަ ރަނގަޅު ވާނެ އެވެ.