ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ: މިދިޔަ ދޮޅު އަހަރެއްހާ ދުވަހު އޭނާ ހުންނެވީ ފުލުހުންގެ ތަރުޖަމާނަކަށް.---ފޮޓޯ: މިހާރު
01 ޖޫން 2020 - 18:31
މޯލްޑިވްސް ޕޮލިސް ސާވިސްގެ ތަރުޖަމާންގެ މަގާމުން ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ޒާހިރު މިއަދު ވަކިކޮށްފި އެވެ.
ފުލުހުން ބުނީ މިއަދުން ފެށިގެން ވަގުތީ ގޮތުން ފުލުހުންގެ ސްޕޯކްސްޕާސަންގެ މަގާމުގައި ހުންނަވާނީ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޔޫނުސް ސޮބާހް ކަމަށެވެ. ފުލުހުންގެ މީޑިއާ ސެންޓަރުގެ މީޑިއާ ރިލޭޝަން އޮފިސަރެއްގެ ހައިސިއްޔަތުން މީޑިއާތަކަށް މައުލޫމާތު ދެއްވާނީ ޗީފް ސްޓޭޝަން އިންސްޕެކްޓަރު އާތިފާ ހަސަން ކަމަށް ފުލުހުން ބުންޏެވެ.
ޔޫނުސް އަކީ މިހާތަނަށް ވެސް ފުލުހުންގެ މީޑިއާ ސެންޓަރުގެ އެންމެ އިސް އޮފިސަރެވެ.
ފުލުހުން ބުނިގޮތުގައި، މިއީ އާންމު އުސޫލުން ގެނައި އިދާރީ ބަދަލެކެވެ.
"މި ނޫން އެހެން މަގާމުތަކަށް ވެސް ބައެއް ކަހަލަ ބަދަލު ގެނެސްފައިވޭ،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
އިޒްމިއާ ބަދަލުކުރީ ކޮން ޑިޕާޓްމަންޓަކަށް ކަމެއް އަދި ސާފެއް ނުވެ އެވެ.
ފުލުހުންގެ ތަރުޖަމާނަކަށް އިޒްމިއާ ހަމަޖައްސާފައި ވަނީ ޑިސެމްބަރު 19، 2018 ގަ އެވެ. އޭނާ އަކީ ފުލުހުންގެ ތާރީޚުގައި ތިންވަނަ އަށް ކޮމިޝަންޑް އޮފިސަރަކަށްވި އަންހެން ފުލުހެވެ.
މިދިޔަ ދޮޅު އަހަރެއްހާ ދުވަހު އެ މަގާމުގައި ހުންނަވައިގެން އިޒްމިއާ ކުރެއްވި މަސައްކަތްތަކަށް ފުލުހުންގެ އިދާރާ އިން ޝުކުރު އަދާކުރި އެވެ. މީގެ އިތުރުން އިޒްމިއާއާ މެދު ނޫސްވެރިން ބެހެއްޓި ގާތްކަމާއި ދިން އެއްބާރުލުމަށް ފުލުހުން ޝުކުރު އަދާކުރެ އެވެ.
ފުލުހުންގެ ތަރުޖަމާންގެ މަގާމުން އިޒްމިއާ ވަކިކުރިއިރު، އޭނާ އާއި ބައެއް ނޫސްވެރިންނާ މެދު ބައެއް ކަންކަމުގައި ހިޔާލު ތަފާތުވުން އުފެދި، ބައެއް ކަންކަމުގައި ޖަވާބު ދިނުން އޮތީ މެދުކެނޑިފަ އެވެ.
ފުލުހުން އާންމުނަށް މައުލޫމާތު ދިނުމަށް ކުރަމުންދާ މަސައްކަތްތައް ހަރުދަނާކޮށް ފުލުހުންގެ އިދާރާ އާއި ފުލުހުންނާ ގުޅޭ އެކި ކަންކަމާ ގުޅޭ މައުލޫމާތު ދިނުމަށް ޓެލެގްރާމް ގުރޫޕެއް ވެސް ދާދި ފަހުން އުފެއްދި އެވެ. އާންމުންނަށް ހުޅުވާލައިގެން މި ގްރޫޕް ހުޅުވާފައި ވިޔަސް މިއީ ވަންވޭ ކޮމިއުނިކޭޝަން ގްރޫޕެކެވެ.
ފުލުހުން މި ގްރޫޕް ހުޅުވާފައި ވަނީ މީގެ ކުރިން މީޑިއާތަކަށް މައުލޫމާތު ދެމުން އައި ފުލުހުންގެ ވަޓްސްއެޕް ގުރޫޕުގައި މައުލޫމާތު ހިއްސާކުރުން ހުއްޓާލުމަށް ފަހު އެވެ. ނަމަވެސް ދުވަހުން ދުވަހަށް ބޭނުންވާ މައުލޫމާތު މީޑިއާ އޮފިޝަލުންނަށް ގުޅައިގެން ހޯދޭނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހައިވް
02 June 2020
ރަނގަޅު ކަނބަލެއް މޮޅުވެސްމެ!ތި ވީގޮތެއްނޭގެ ! ވެދާނެ ތިޔައްވުރެ ރަގަޅު މަޤާމެއް ލިބެނީކަމައްވެސް.. އިންޝާﷲ..
ރަދީފްއޮފިޝިއަލް
02 June 2020
ކޮބާ ތަމެންނަށް މިހާރު ހުންނާނީ ރަނގަޅަށް ރާކަނިމަސް ކެވިފައޭ ނުބުނަން މަމެން ނެތިން.ވ.ވެެދުން
ނިރު
02 June 2020
ހަޖަމު ކުރަން ނުދަންނަ އަންހެނެއް.. އަހަރެން ލިޔާ ކިތައް ކޮމެންޓަށް މީހުން ބަވާފަ ރިޕްލައި ކުރަނީ.. އަޅަެއް ނުލަން ހަޖަމް ކުރަން އިނގޭ... މަގޭ ހިޔާލު ފާލުކުރެވުނީމަ އެ ނިމުނީ މަށަށް
ހޭހޭ
02 June 2020
އަޅާލައިގެން ކަލެއަށް ކީއް ކުރެވޭނީ؟ ފޯނު ނަގާ ހޫރާލާނީ؟
އަނގަ ބަންދު
02 June 2020
މިކަމަނާ އަކީ ފުލުހުންގެ މީޑިއާ ތަރުޖަމާނު މިއެގުނީ ވެސް ވަކިކުރި ފަހުން ނެވެ.ކިހާ ދެރަ އެެް.
މަޒް
02 June 2020
ބަކުރު ރާއްޖޭގައި ތަ އުޅުނީ.. ފަޅުރަށެއްގައި އޮތަކަސް ނޭންގޭނެ
ހައިވް
02 June 2020
ތި ޚަބަރުތަށްބަލާލެވޭވަރު މަދީކަންނޭގެ އަޅުގަޑުމެނަށްފެނޭވަރައްގިނައިން ހުނަރުވެރި އިލްމުވެރި ކަނބަލެއް..
ފަހުދު
01 June 2020
މީނަތަ ޓުވިޓާގަ އަލީއާއި އައިޝާއާއި ފާތުންގެ ވާހަކަ ކިޔައިދިނީ؟
ގްރީން
01 June 2020
ވެދާނެ. ?
ރުބެލް މިއާ
01 June 2020
މިދައްތަގެ ދައްތަ ހުންނަނީ ސުޕްރީމް ކޯޓުގަދޯ
ދޮންހަސަނު
01 June 2020
ރަގަނޅު ނިންމުމެއް. ތަރުޖަމާނު ކަމަށް ޤާބިލް ބޭފުލެއް ކަމަކަށް އެއްއިރެއްގައިވެސް ޤަބޫލެއް ނުކުރެވޭ.
falcon_autho
01 June 2020
މިރާއްޖޭގެ ފުލުހުންގެ އިދާރާވެސް އެބަޖެހޭ ރިފޯމް ކުރަން އެމެރިކާގެ ޙާލަތަށް ގައުމު ނުވެއްޓެނީސް. ޑިސްކުރިމޭޓް ކުރުމާއި ކުށުގެ ޢަމަލު ހިންގުމުގައި ފަސްނުޖެހޭ ބައެއް. އެމީހުންގެ މައްޗަށް ގާނޫނު ހިނގާކަމަކަށްވެސް ނުވޭ. ނިކަން ބަލާބަލަ ފެބްރުއަރީ 7. ފުލުހުން ދައުލަތުގެ މުދަލަށް ގެއްލުންދިނީ. އެޅުނު ފިޔަވަޅެއް އޮތްބާ؟
ކެޔޮގަނޑު
01 June 2020
ކެޔޮގަނޑު ކަނޑާލީމަ ގަހުގެ ބޭނުމެއް ނޯންނެ
ސާމަރާދޫނި
01 June 2020
އިޒްމިޔާ ވެރީ ނައިސް ލޭޑީ ޕޮލިސް