އަލީ ވަހީދު: އެނާގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފައި
19 އޮކްޓޯބަރ 2016 - 12:12
މި ސަރުކާރަށް ވެރިކަން ދެމެހެއްޓެން އޮތީ ސިޔާސީ ލީޑަރުން ޖަލު ގޮޅިއަށް ލައިގެން ކަން، އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދުގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާ އިން ވެސް އެނގޭ ކަމަށް ބުނެ އަދާލަތު ޕާޓީން ސަރުކާރަށް ފާޑުކިޔައިފި އެވެ.
އިދިކޮޅު ޕާޓީތަކުން މެއި، 1، 2015 ގައި ބޭއްވި ބޮޑު މުޒާހަރާއާ ގުޅިގެން އަލީ ވަހީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކުރުން ކުށްވެރިކޮށް އަދާލަތުން ނެރުނު ބަޔާނުގައި ބުނީ ލީޑަރު ޖަލަށް ލައިގެން ނޫން ގޮތަކަށް ވެރިކަން ނުކުރެއްވޭނެ ކަން ރައީސް އަބްދުﷲ ޔާމީން އަމިއްލަފުޅަށް ވެސް ގަބޫލުކުރައްވާ ކަމަށެވެ.
އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އިސްވެ ހުންނަވައި މޭޑޭގެ މުޒާހަރާ ބޭއްވީ ސަރުކާރުގެ އެތެރޭގައި ހިނގަމުން ދިޔަ ވައްކަމާއި ކޮރަޕްޝަނާއި ފަސާދައިގެ ޖަރީމާތަކާ ދެކޮޅަށް ކަމަށް ބަޔާނުގައިވެ އެވެ. މިހާރު އިނގިރޭސިވިލާތުގައި ދިރިއުޅުއްވަމުން ގެންދަވާ، އަލީ ވަހީދުގެ މައްޗަށް ދައުވާ މިކުރީ، އެ މުޒާހަރާއާ ގުޅިގެން އިމްރާންގެ މައްޗަށް ހިންގި ލަދުވެތި، ދެކޮޅު ނުޖެހޭ އަދި އަދުލު އިންސާފުގެ ކަންފުޅެއް ވެސް ނެތް ޝަރީއަތާ މެދު ދިވެހި ރައްޔިތުންނާއި ބައިނަލްއަގުވާމީ ދުނިޔެ އިން ވެސް އިންތިހާ އަށް ފާޑުކިޔަމުން އަންނަ ދަނޑިވަޅެއްގައި ކަމަށް ބަޔާނުގައިވެ އެވެ.
މެއި 1، 2015، ގައި އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާގެ ބައިވެރިން: އެ މުޒާހަރާގައި ދެއްކެވި ވާހަކަތަކަކާ ގުޅިގެން އިމްރާންގެ މައްޗަށް ވަނީ 12 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި. --ފޮޓޯ: ރާއްޖެއެމްވީ
މޭޑޭ މުޒާހަރާއާ ގުޅިގެން އިމްރާނާއި ސިޔާސީ އެހެން ލީޑަރުން ގޮވަމުން ދިޔަ ކަންކަމަކީ ހަގީގީ ބޮޑެތި މައްސަލަތައް ކަމަށް އެއްވެސް ޝައްކެއް ނެތް މިންވަރަށް ހާމަވެ ފަޟީހަތްވެފައިވާ ކަމަށް ވެސް އަދާލަތު ޕާޓީން ބުންޏެވެ.
"..ހަމަ އެ މައްސަލާގައި އަލީ ވަހީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލުމަކީ މިނިވަން މުއައްސަސާތަކާއި މިނިވަން މުސްތަގިއްލު މަގާމްތަކުގައި ތިބި މީހުން ރައީސް ޔާމީންގެ އަޅުވެތިކަން ރަސްމީކޮށް ގަބޫލުކޮށްފައިވާ ކަމެއް ކަން ހާމަވާކަމެއް ކަމުގައި މި ޕާޓީން ދެކެމެވެ،" ބަޔާނުގައިވެ އެވެ.
އަދާލަތު ޕާޓީން ބުނެފައިވާ ގޮތުގައި އަނިޔާވރިކަމާއި ބޭއިންސާފަކީ އެއްވެސް މިންވަރަކަށް އެ ޕާޓީން ބަލައިގަންނާނެ ކަމެއް ނޫނެވެ.
އަލީ ވަހީދުގެ މައްޗަށް ދައުވާކުރަނީ މުޒާހަރާގައި ހަމަނުޖެހުމަށް ހިތްވަރު ދިން ކަމަށް ބުނެ އެވެ. އެ މުޒާހަރާއާ ގުޅިގެން އިމްރާންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށް، އޭނާ އަށް ވަނީ 12 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސައިން
19 October 2016
ޝައިޚް ޢިމްރާން ބަންދުގައި ހުރިހުރުން މުޅި ޤައުމަށް ގެއްލުން ވެގެން މިދަނީ. ނޭގާނީ ކަންކަމާ ދެކޮޅަށް ތެދުވަން ނުކެރުން
އާޞިފް
19 October 2016
ބައެއް ލީޑަރުންނަށް ހަމަ އެންމެ ރަނގަޅު ތަނަކީ އެވިދާޅުވާކަހަލަ ގޮޅިއެވެ.
ވާގޮތް
19 October 2016
މަމެންގެ ޕިންކީން ވެރިކަން ދަމަހައްޓަނީ އެއީ ލީޑަރުން ގޮޅި އަށް ލައިގެން ނޫނެވެ. އަލީ ވަހީދު އަމިއްލަ އަށް ނޫންތޯ ނިކުތީ މޭޑޭގައި. އެހެންވީމާ އަލީ ވަހީދަށް އޭގެ ޕްރައިސް ޕޭބެކް ކުރަން ޖެހޭނެއެވެ. އެއީ ކުރަން ޖެހޭނެ ކަމެކެވެ. ޔޫ ކާންޓް އެސްކޭޕް ފްރޮމް އަސް. އެއީ މިވާން އުޅޭ ގޮތަކީ.
ޓެކްޓިކްސް ޑަޒަންޓް މެޓަރ
19 October 2016
އަލީ ވަހީދުމެން ނޫންތޯ ފާޅުގައި ސަރުކާރު ވައްޓާލަން މަގުމައްޗަށް ނުކުތީ؟ ދެން މިހާރު ގޮޅިއަކަށް ފެތުނީމަ ޝަކުވާ ނުކުރަށްވާ ރީތިކޮށް ގޮޅިއަށް ވަންނަވަންވީ ނޫންތޯ؟ މިސަރުކާރުގެ ވެރިކަން ދައުރު ހަމަވަންދެން ދަމަހައްޓާނެ. ނުވެއްޓޭނެ. ވައްޓައެއްނުލެވޭނެ. އަވަރ ޓެކްޓިކްސް ވިލް ވާރކް. ނިމުނީ.
އަދާލަތު
19 October 2016
ލީޑަރުން ގޮޅިއަށް ލައިގެންވެސް ވެރިކަން ކުރާކަށް ނޭނގުނު.
ހުސޭނުބެ
19 October 2016
އަލީ ވަޙީދަކީ ލީޑަރެއްނޫން!! ކޮރަޕްޝަންގެ މުޢާމަލާތްތަށް ހިންގިކަމަށް ތުހުމަތުކުރެވޭ ފަރާތެއް އަލީ ވަޙީދަކީވެސް!! ހުޅުމާލެއިންނާއި މާލެއިންނާއި ގޯތިގަނެ އަގު ބޮޑު ކާރު ގަތީ ކިހިނެތް ކޮންގޮތަކުން ހޯދި ފައިސާއަކުންތޯ ރައްޔިތުންނަށް ސާފުކޮށްދެއްވަންޖެހޭ މީހެއް އަލީ ވަޙީދަކީ!! މިރާއްޖޭގެވެސް ގާނޫނުތަކާ ގަވާޢިދުތަކާ ހުރޭ!! އެއަށް ފައިން އަރާ ފަރާތްތަކަށް ފިޔަވަޅު އަޅަންޖެހޭނެކަން ޚުދު އަލީ ވަހީދުވެސް ގަބޫލުކުރާނެ!! މިހާރު ސިޔާސީގޮތުން "ފިތިފަ" ހުރީމަ އެއްޗެކޭ ކިޔަނީ!!
zahid
19 October 2016
ތިދެން ލީޑަރެއްތަ. ހެހެހެހެ
އިއްސޭ
19 October 2016
އަދާލަތުން ލީޑަރުންގެގޮތުގައި ތިޔަ ސިފަކުރަނީ ފައިސާއަށް ވިކޭ މީހުންތޯ ނުވަތަ ޤައުމަށް ޤައްދާރުވާ މީހުންތޯ ނޫނީ ޤައުމުގެ ކަރާމަތާއި ލާބަޔަށްޓަކައި މަސައްކަތްކުރާ މީހުންތޯ، ނުވަތަ ކޮރަޕްޓްގެ ފައިސާ ބޭނުންކުރާ މީހުންތޯ، ނޫނީ މިފަދަ ޙާލަތެއްގައި ޤައުމުދޫކޮށް ފިލައިގެންގޮސް އަރާމުގައިތިބި މީހުންތޯ، ޤައުމުގެ ރައްޔިތުން ބުރަމަސައްތަތްކޮށްގެން ވެރިކަން ބަދަލުވެއްޖެނަމަ މެޑެލްޖަހަން އަންނަންނަތިބި މީހުންތޯ؟ މިސުވާލުތަކަށް ޖަވާބުދެއްވީމަ އެނގޭނީ ލިޑަރުންނަކީ ކޮބައިކަން
ގެޓްދަޕޮއިންޓް
19 October 2016
ލީޑަރުން ގޮޅި އަށް ލައިގެން ވެސް ވެރިކަން ދަމަހައްޓައިގެން މަމެންނަށް މިގައުމު ލިޓިލް ސިންގަޕޯރ އަށް ބަދަލު ކޮށްލެވިއްޖެނަމަ ލީޑަރުންނަށް ވެސް ފަހުން ރަނގަޅު ވާނެ އަދި ދެން އަންނަން އޮތް ޖީލު ތަކަށް ވެސް ރަނގަޅު ވާނެއެވެ. މީ މިކަން އޮންނަ ގޮތަކީ. ގެޓް ދަ ޕޮއިންޓް، ގުޑް، ލެޓްސް ޑާންސް ހައު ހައު ހައު.. ޑޭންޖުރެސް ޑޭންޖުރެސް ޑޭންޖުރެސް، ޖެކެޓް ބާލާ އުކާލާ އުކާލާ އުކާލާ ނަށާލާ ނަށާލާ ނަށާލާ.. ޑޭންޖުރެސް.. ޑޭންޖުރެސް...