ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަަކަ ދައްކަވަނީ. އޭނާ މިއަދު މައުމޫނަށާއި ގާސިމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި.
15 ޖޫން 2020 - 12:51
ވެންޓިލޭޓަރަަށް ލާ ވަރަށް ހާލުކޮޅު ބޮޑުވިޔަސް ލީޑަރުކަން ކުރައްވަން ބޭނުންވެވަޑައިގަންނަވާ ބޭފުޅުން އެބަތިއްބެވި ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) މިއަދު ފާޑުވިދާވެއްޖެ އެވެ.
ވަކި ނަމެއް ވިދާޅު ނުވެ ދޮންބިލެތް ވިދާޅުވީ "އެއީ ވެރިކަން ކުރައްވަން ބޭނުންފުޅުވާ ބޭފުޅުން" ކަމަށެވެ. އަދި އެއީ ކޮން ބައެއްކަން ސިފަ ކުރައްވަމުން ވިދާޅުވެފައި ވަނީ އެއީ ކުރީގެ ރައީސް ޑރ. މުހަންމަދު ވަހީދަށް ހަމަލާ ދިން ކަމަށް ބުނެ އެކަން ކުށްވެރިކުރައްވައި ބަޔާން ނެރުއްވި ބޭފުޅުން ކަމަށް ވިދާޅުވި އެވެ. ރައީސް މައުމޫނާއި ގާސިމް އިއްޔެ ވަނީ އެކަން ކުށްވެރިކުރައްވައިފަ އެވެ.
ޑރ. ވަހީދަށް އިއްޔެ މީހަކު ހަމަލާ ދިން ކަމަށް ވިދާޅުވެ، އެ މަނިކުފާނު ފުލުހުންގެ އިދާރާ އަށް ހުށަހެޅުއްވި މައްސަލަ އަކީ އޮޅުވައިލެއްވުމެއް ބުނެ، ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސްގައި ހަލީމް ވިދާޅުވީ ވަހީދު ވެރިކަމަށް ވަޑައިގަތީ ވެސް އެ ބޭފުޅުންނާ ގުޅިވަޑައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
"... ވެންޓިލޭޓަރުގައި އޮތަސް ޕާޓީއެއް ހައްދަވައިގެން ލީޑަރުކަން ކުރައްވަން އުޅުއްވާ ބޭފުޅުން އިއްޔެ [ވަހީދާ އެއްކޮޅަށް] ބަޔާން ނެރުއްވާފައި އެބަހުރި. އަޅުގަނޑަށް ހީވަނީ އޭގެ ތެރެއިން އެއް ލީޑަރު މިހާރު ވެސް އޮންނަވާނީ ވެންޓިލޭޓަރުގައި ހެން،" ހަލީމް ވިދާޅުވި އެވެ.
މައުމޫނާއި ގާސިމަށް އޭނާ މިހެން ފާޑުވިދާޅުވި އިރު އެ ދެބޭފުޅުންނަކީ ވެސް އެމްޑީޕީއާ އެކު މިހާރުގެ ސަރުކާރު އުފެއްދި ކޯލިޝަން ޕާޓްނަރުންނެވެ.
ވަހީދާއި އަނބިކަނބަލުން އިއްޔެ ހެނދުނު ކަސްރަތަށް ނުކުމެވަޑައިގެން އުޅުއްވަނިކޮށް، އެމްޑީޕީގެ އެކްޓިވިސްޓަކު އެ ދެބޭފުޅުންނާ ދިމާކޮށް، ހުތުރު އެއްޗެހި ކިޔައި ހެދި ކަމަށް ވަހީދު ފަހުން މީޑިއާގައި ވިދާޅުވި ނަމަވެސް އެ މަނިކުފާނު ފުރަތަމަ ކުރެއްވި ޓުވީޓުގައި ވިދާޅުވީ "ހަމަލަ ދިން" ކަމަށެވެ.
އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވަނީ، ވަހީދާއި އާއްމު މީހަކާ ދެމެދު ހިނގި ދެބަސްވުމެއްގައި ވަހީދަށާއި އަނބިކަނބަލުންނަަށް ހަމަލާދިން ކަމަށް ވިދާޅުވުމަކީ "ދޮގު ބުހުތާނެއް" ކަމަށެވެ.
ވަހީދުއާ ދެބަސްވުމެއް ހިނގި މީހާ [ޖައުފަރު] އަކީ އެމްޑީޕީގެ ވެރިކަން ފެބްރުއަރީ 7، 2012 ގައި ވެއްޓުމުން ޖެހިގެން އައި ދުވަހު ކުރި މުޒާހަރާ އާއި އެ ނޫން ވެސް ގޮތްގޮތުން އަނިޔާ ލިބިފައިވާ މީހެއް ކަމަށާއި އޭނާއާ ދެކޮޅަށް ވަހީދު ހުށަހެޅުއްވި މައްސަލަ އަކީ ނުހައްގުން ދޭ "އަނިޔާއެއް" ކަމަށް މެމްބަރު މެމްބަރު ވަހީދުގެ މައްސަލައިގައި ބަޔާން ކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބިރިހިންބެއްޔާ
17 June 2020
މިފެންވަރުގެ ނާތަހުޒީބު ނަމުން ޒުވާނުން ތިބެންޏާ މުސްކުޅިވިޔަސް އެބެމެން ކިހިނެތްތޯ ގޭގަ ތިބޭނީ. ޤައުމު އެބަބޭނުންވޭ ތަޖުރިބާކާރު ހިންގުންތެރިންނަށް. ބޮޑު އަނގަ ތަކެއްނޫން.
ވަސަންތީ
16 June 2020
މީނަމީދެރިސޯޓް ދަމައިގެންމީހެއް އަދިވެސް ގޮވާއެއްޗެތިމަދު
ޚިޔާލު
16 June 2020
ފެރީގެ ޚިދުމަތްދޭން ޝަރުތުކޮށްފައި ދެ ރިސޯޓު ދިނީމާ ފެރީ ހުއްޓާލީ. މިކަން ބަލާނެ މުއައްސަސާއެއް މިއުޑު ދަށުގައި ނެތީތަ؟
ލައްޗޭ
16 June 2020
މިކަހަލަ ވާހަކަ އަޑު އިވުނީމާ ހިތައްއަރަނީ ތިން އަކުރު. ......ވ..ދ
2000
16 June 2020
މމމަރެއް ނުވާނެ ދޮން ބިލެތެއް
އިބުރާހިމް ހަލީލް
16 June 2020
ދޮންބިލެތަށް ކިހާވަރެއްގެ ޔަގީންކަމެއް އެބައޮތްތޯ ވެންޓިލޭތަރަށް ލާން ނުޖެހޭނެ ކަމަށް. އަންނި ދ. އަތޮޅުން ދެއްވި ވޮއްމުލި ރިސޯޓުގަތޯ އަބަދު ހުންނާނީ. ވީމާ ތިޔަކަހަލަ އިންސާނިއްޔަތާ ހިލާފު ވާހަކަ ނުދައްކަވާ. އެންމެނަށްވެސް އިގޭ ބޮޑެތި ފައިދާ ތަކެއްވީމަ އެމީހެއްގެ ފަހަތުން މީހުން ދުވާނެކަން. މިހާރު މަޖިލީހުން ތިޔަކުރާކަމަކީ މާރާމާރީ ހިންގުމާއި ވަކިމީހެއްގެ ހިތުގެ އުދާސްތަކެއް މިހިރަކަހަލަ މަންފާވެފަ ތިބި ބަޔަކުލައްވާ ރިޔާސަތުން ކުރުވުން.
ކެލާ
15 June 2020
މީހުންނަށް ފުރައްސާރަކުރާއިރު، މުސްކުޅިމީހާގެ ގާތުގަ ތިޔަ ޒުވާނާއަށް ވުރެ ފިކުރީގޮތުން މާ ތަފާތު ބޭފުޅެއް އެއީ. މައުމޫނަކީ މިގައުމުގެ އަގުހުރި ޚުލުގު ހެޔޮ ބޭފުޅެއް
އިބުރާހިމު
16 June 2020
މައުމޫނަކީ އެތައްބަޔަކައް ނުަހައްގުން އެތައްއަނިޔާއެއް ދީފައިވާމީހެއް
ގުރާ
15 June 2020
ތައުލީމު ހާދަ މުހިއްމޭ. ޒުވާބުކުރާކަށް ކޮންމެހެން ތައުލީމެއް ބޭނުމެއް ނޫން. ވަކަރުގެ އިޒް ބެކް
އިސްލާހު
15 June 2020
ފެންވަރެއް ނެތަސް ބޭނުންވަނީ މަޖިލިސް މެމްބަރުކަން .......
މަނިކެ
15 June 2020
ކިތަންމެ މުސްކުޅިވިއަސް ﷲ ގެ ރަހުމަތުން ވެންޓިލޭޓަރ އަށް ލާން ނުޖެހިހިގައިދާނެ އަދި އޭގެ ބަދަލުގައި ޅަމީހަކުވެސް ފުންޕާފައުޅެނިކޮށް ޙާލަތުނިޔާކުރާގޮތުން ވެންޓިލޭޓަރަށް ލާންޖެހިދާނެ އިންޝާﷲ މައުމޫން އަދި ޤާސިމް ވެންޓިލޭޓަރަށްލާކަށް ނުޖެހޭނެ