ޚަބަރު / ސަންލޭންޑް

3.7 މިލިއަން ޑޮލަރު ދައްކަން ސަންލޭންޑް ހިލްމީގެ މައްޗަށް ހުކުމްކޮޮށްފި

ހައި ކޯޓް: ކާޓިއުންސް ޝުޖާއަށް 3.7 މިލިއަން ޑޮލަރު ދައްކަން ސަންލޭންޑް ހިލްމީގެ މައްޗަށް ވަނީ ހުކުމް ކޮށްފައި -- ފޮޓޯ/މިހާރު

17 ޖޫން 2020 - 18:30

12 comments
happy icon 67%

މަޝްހޫރު ވިޔަފާރިވެރިޔާ އިސްމާއިލް ޝުޖާއު (އޯނަސް ޕްރައިވެޓް ލިމިޓެޑްގެ ޗެއާމަން އިންމަ) އަށް 3.7 މިލިއަން ޑޮލަރު (57 މިލިއަން ރުފިޔާ) ދައްކަން ސަންލެންޑް ހޮޓެލްސްގެ އެއް ހިއްސާދާރު ހުސައިން ހިލްމީ (ސަންލޭންޑް ހިލްމީ) ގެ މައްޗަށް ހައި ކޯޓުން ހުކުމްކޮށްފި އެވެ.

އިންމަގެ ފަރާތުން ހިލްމީ އާއި ކާސްޓްއަވޭ މޯލްޑިވްސްގެ މައްޗަށް ދައުވާކުރީ، އިންމަގެ އަތުން ނެގި ފައިސާތަކެއް އަނބުރާ ދެއްކުމަށްޓަކައި ހިލްމީ ސޮއި ކުރައްވައި، ދޫކުރި ޗެކްތަކެއް ބައުންސްވުމުން އެ ފައިސާ އަނބުރާ ހޯދުމަށެވެ.

އެ މައްސަލައިގައި ސިވިލް ކޯޓުން ހުކުމް ކޮށްފައި އޮތީ ދައުވާގައި ބަޔާންކުރާ 3.7 މިލިއަން ޑޮލަރު ދައްކަން ޖެހޭ ސާބިތުނުވާ ކަމަށެވެ. އެކަމަކު އަނބުރާ ދައްކަންޖެހޭ ކަން ހިލްމީގެ އިއުތިރާފުން ސާބިތުވާ 7.2 މިލިއަން ރުފިޔާ އަނބުރާ ދައްކަން ޖެހޭނެ ކަމަށް ސިވިލް ކޯޓުގެ ހުކުމްގައި ވެ އެވެ.

އެ މައްސަލަ ހިލްމީގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިދިޔަ ހޯމަ ދުވަހު ކުރި ހުކުމުގައި ވަނީ އިންމަ އަށް ހިލްމީ ސޮއި ކުރައްވައި، ދޫކުރި 3.7 މިލިއަން ޑޮލަރުގެ ޗެކްތައް ބައުންސްވެފައިވާ ކަމަށާއި އެކަން އިންމަގެ ފަރާތުން ހިލްމީ އަށް އަންގާފައިވާ ކަން އެނގޭ ކަމަށެވެ. ގާނޫނީ ޝަރުތުތައް ފުރިހަމަވާ ޗެކެއް އަމިއްލަ އިހްތިޔާރުގައި ދޫކޮށްފި ނަމަ އެއީ އެ ޗެކަށް ފައިސާ ލިބެންޖެހޭ ކަމުގެ ހަރުދަނާ ހެއްކެއް ކަމަށް އެ ހުކުމުގައިވެ އެވެ.

އެހެންވެ، ސިވިލް ކޯޓުގެ އެ ހުކުމް ބާތިލްކޮށް، ޝުޖާއުއަށް 3.7 މިލިއަން ޑޮލަރު އަނބުރާ ދެއްކުމަށްޓަކައި ހަ މަސް ދުވަހުގެ ތެރޭގައި އެ ފައިސާ ސިވިލް ކޯޓަށް ދެއްކުމަށް ހިލްމީ އާއި ކާސްޓްއަވޭ ކުންފުނީގެ މައްޗަށް އަންގާ ކަމަށް އެ މައްސަލަ ބެލި ތިން ފަނޑިޔާރުން އަޣުލަބިއްޔަތުން ހުކުމްކުރާ އެ ހުކުމުގައިވެ އެވެ.

އެގޮތަށް ހުކުމް ކުރެއްވީ އެ މައްސަލަ ބެންޗުގައި ތިއްބެވި އިސް ފަނޑިޔާރު ޝުޖާއު އުސްމާނާއި ފަނޑިޔާރު މުހައްމަދު ފައިސަލްގެ އަޣުލަބިއްޔަތުންނެވެ. އެ ބެންޗުގައި ދެން އިންނެވި ފަނޑިޔާރު ހާތިފް ހިލްމީގެ ރައުޔަކީ އެ މުއާމަލާތުގައި ކާސްޓްއަވޭ ކުންފުނި ޒިންމާ ކުރުވަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.

ކުރިން މިނިސްޓަރު ކަން ވެސް ކުރެއްވި އަދި ރިސޯޓްތައް ހިންގާ ސަންލޭންޑް ކުންފުނީގެ ހިއްސާދާރެއް ކަމަށްވާ ހިލްމީ ޗެކް ބައުންސްގެ ތުހުމަތުތަކެއްގައި 2018 ވަނަ އަހަރުު ފަހުކޮޅު ހައްޔަރު ވެސް ކުރި އެވެ. އޭރު ވެސް އޭނާ ހައްޔަރުކުރީ މި މައްސަލައިގައި ކަމަށް ވެ އެވެ.

12 ކޮމެންޓް, 37 ރިއެކްޝަންސް

icon happy icon happy 76%
icon sad icon sad 14%
icon angry icon angry 11%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބަސް ހުއްޓިފަ

18 June 2020

"މޮޅު ޑީލް" ގެ ކޮމެންޓަށް ބުނެލާނީ މިއޮތީ ޖުޑިޝަރީ މޮޅަށް "އިސްލާހު" ވެފަކަން ފެންނާށޭ! 4 ލައްކަ ޑޮލަރަށްވާ ދިވެހި ފައިސާ ނުދެއްކި ލަސް ވެގެން މީހެއްގެ އަތުން ޗެކުނަގަމުން ގޮސް 3.7 މިލިއަން ޑޮލަރަށް ޗެކު ނެގީމަ އެއީ ފުރަތަމަ 4 ލައްކަ ދިންމީހާ "އަތުން ނެގި" ފައިސާ ކަމަށް ހަދާ އެ ދައްކަން ހުކުމް ކުރީމަ ޖުޑިޝަރީ އޮތް ހިސާބު ވަރަށް ސާފު. ހަމަ ޒީރޯ ޓޮލެރެންސް!

The name is already taken The name is available. Register?

ފޮނިޓައްޕު ހަސަނު

18 June 2020

ބަލަގަ ހިލްމީ ނިދާފައި އޮއްވާތަ ޗެކުތައް އަތުލީ. ބޭންކުން ސާޅީސް ހާސް ރުފިޔާ ނެގި މީހާ ބޭންކަށް 4 މިލިއަން ރުފިޔާ ދައްކަން ޖެހި ގެދޮރު ވިއްކާލައިފައި ވެސް އެބަހުރި.

The name is already taken The name is available. Register?

މަނީލެންޑަރު

18 June 2020

ފޮނިޓައްޕަށް އެގޭތަ ސަރުކާރުން ލައިސެންސް ދީގެން ބެންކުންނަގާ އިންޓަރެސްޓް ނެގިޔަސް މަނީލެންޑަރުންނަށް މިގޮތަށް %1000 އިން ރިބާ ނުނެގޭނެ ކަން؟ ކޮން ހުއްދައެއްގެ ދަށުން މިކަން ކުރަނީ؟ ކޮބާ އިސްލާމް ދީނުގެ ހުކުމް؟

The name is already taken The name is available. Register?

ދިއްދޫމީހާ

18 June 2020

މިމީހުންން ބަންދު ކުރިޔަސް ހަމަ ދޫކޮއްލާ، ނިކަނއ ބަލާބަލަ އަތަމާ މީހާ އެތަ ދިވެހިންނެ ހައްޖަ ގެންދަން ލާރި ނަގާފަ ދޯކާދިނީމާ ޖަލަ ހުކުމް ކުރި މީހާ މިހާރު ހުރީ ގޭގަ..... މީ އިންސާފް ދޯ....

The name is already taken The name is available. Register?

އާންސީ

17 June 2020

ތ.އަތޮޅުގަ އޮތް 5 މޭލު ވަރު ދިގުމިނު ކަޅުފަރަފަހަލަ ކިޔާ ރަށެއް ސަންލޭންޑުން މައުމޫނު ދައުރުއްސުރެ ނަގައިގެން އެއްވެސް ކަމެއް ނުކޮށް އެއޮތީ. މީ ހާހުން ކޮޓަރި ހެދޭ ވަރު ބޮޑު ރަށެއް. ރަގަޅަށް ވިއްޔާ ކުލިވެސް ނުދައްކައި އޮންނާނީ،

The name is already taken The name is available. Register?

މޮޔަނުވޭ

18 June 2020

ތިބުނާ ރަށަކީ ޔާމީނު ސަރުކާރުން ޗައިނާ ބަޔަކަށް ދީފަ އޮތް ރަށެއް. މައުލޫމާތު ރަގަޅަށް ދިރާސާ ކޮށްބަލަ!

The name is already taken The name is available. Register?

މޮޅު ޑީލް

17 June 2020

ދިނީ 4 ލައްކަ ޑޮލަރަށްވާ ދިވެހި ފައިސާ. ބަދަލުގަ 3.7 މިލިއަން ޑޮލަރު! އިސްލާމް ދީނުގަ މިޔަށް ކިޔަނީ ކޯޗެކޭތޯ؟ މައްސަލަ އަވަސް އަރުވާލައިގެން އުސޫލުގެ ބޭރުން ނިންމީ ކީއްވެބާ؟ މަދަދު ވެރިންނަކީ ކޮބާ؟ ޒީރޯ ޓޮލަރަންސް؟

The name is already taken The name is available. Register?

ismail

17 June 2020

ދެން ވާއެއްޗެއް ބަލަމާ. ސުޕްރިމް ކޯޓްގެ ބެންޗް ގަ އިންނާނީ ހިލްމީގެ ޅިޔަނު.

The name is already taken The name is available. Register?

ގަޓް ބްރޯ

17 June 2020

ރާއްޖޭގެ ގިނަ ވިޔަފާރިވެރިންގެ ހާލަކީވެސް ތިޔައީ! ތިޔައީ ހާސްވާންޖެހޭ ވަރުގެ ކަމެއްނޫން. އިހުގަ މީހަކަށް ބައިރުފިޔާ އަކަށް ދަރާއޮތަސް އެއީ ވަރަށް ލަދުހުތުރު ކަމެއް.

The name is already taken The name is available. Register?

ނިރު

17 June 2020

ފައިސާ ދެންވެސް ނުދެއްކީ .. ދެންއޮންނަ އަދަބަކީ ކޮބާ ؟

The name is already taken The name is available. Register?

ކަރުދާސް ޗެކް

17 June 2020

ލިބުނު އެެއްޗެއް ނަމަ ނު..

The name is already taken The name is available. Register?

އަންބާނީ

17 June 2020

30 ދުވަހަށް ގޭބަންދު ކުރުން، ދެން ދާޏީ އިސްލާމިކް މިނިސްޓްރީގެ ދަރަނިފޮތަށް.... އެއެއްޗެއް ލިބުނުގޮތަކަށް ދާނީވެސް!!!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!