19 ޖޫން 2020 - 12:27
ކޮވިޑް-19 އަށް ދިވެހިންގެ ހޭލުންތެރިކަން ވަރަށް ބޮޑު ކަމަށާއި ބައްޔާ ދެކޮޅަށް ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތައް ބަލައިގަންނަ ކަމަށް ގައުމީ ޔުނިވާސިޓީ (އެންއެމްޔޫ) އިން ހެދި ސާވާއަކުން ދައްކައިފި އެވެ.
ކޮވިޑް-19ގެ ސަބަބުން އިޖުތިމާއީ އަދި އިގްތިސާދީ ކަންކަމަށް ކުރި އަސަރުތައް ދެނެގަތުމަށް ކުރާ ސާވޭގެ ފުރަތަމަ ބުރުގައި މިދިޔަ މަހު 2،871 މީހަކާ ސުވާލުކޮށްގެ އެއްކުރި މައުލޫމާތުން ހާމަވި ގޮތުގައި ކޮވިޑް-19 ގެ އަލާމާތްތަކަކީ ކޮބައިކަން ރަނގަޅަށް ބުނެދޭން އެނގޭ މީހުންގެ ނިސްބަތް ހުރީ 94 ޕަސެންޓުގަ އެވެ. އަދި ކޮވިޑް-19 ފެތުރެން ފެށުމުން ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތައް މި ސާވޭގެ ބައިވެރިން ރޭޓްކޮށްފައިވަނީ 10 އިން 7 ގަ އެވެ.
ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް އެންމެ މުހިންމު ފިޔަވަޅެއްގެ ގޮތުން، ގެއިން ބޭރަށް ނުކުމެ އުޅުން މަނާކުރުމުން އެކަމަށް ތަބާވެ ބަލި ކޮންޓްރޯލްކުރުމަށް އެހީވުމުގެ ގޮތުން ގޭގައި ތިބި ކަމަށް ސާވޭގެ 90 ޕަސެންޓް ބައިވެރިން ވަނީ ބުނެފަ އެވެ. މި މީހުން ބުނެފައިވަނީ ބޭރަށް ނުކުތީ ހަމައެކަނި ޒަރޫރީ ބޭނުންތަކުގައި، ބޭރަށް ނުކުންނަން މަޖުބޫރުވެގެން ކަމަށެވެ.
ނެޝަނަލް ހެލްތު ރީސާޗް ކައުންސިލުން އެޕްރޫވްކޮށް އަދި އެމްއެންޔޫގައި ރަޖިސްޓްރީކޮށްފައިވާ ސާވޭގެ ނަތީޖާ ދައްކާ ގޮތުން ކޮވިޑް-19 ފެތުރުން ހުއްޓުވަން ކުރަންޖެހޭ ކަންކަން 85 ޕަސެންޓް މީހުންނަށް ރަނގަޅަށް އެނގެ އެވެ.
އަދިވެސް ކުރިއަށްދާ މި ސާވޭ އިން އެނގުނު ގޮތުގައި ކޮވިޑް-19 ގެ ސަބަބުން ކަރަންޓީނުކުރުމުން އަދި ބަލި ފެތުރެމުން ދާއިރު ބޭރުގައި މަސައްކަތުގައި އުޅޭތީ އެ މީހުންނާ މެދު އެހެން މީހުން ތަފާތުކުރުން ގެންގުޅެފާނެތީ ކަންބޮޑުވާ ކަމަށް 37 ޕަސެންޓް މީހުން ބުނެފައިވެ އެވެ.
Socio-economic aspects of COVID-19 in the Maldives: Round 1
— The Maldives National University (@MNUedu) June 18, 2020
A study by @MNUedu in collaboration with HPA. pic.twitter.com/UWYOTW8DyM
ކޮވިޑް-19 ކޮންޓްރޯލްކުރުމަށް މާލެ ސަރަހައްދު ލޮކްޑައުންކޮށްފައި އޮތް ދުވަސްވަރު ވެސް ގޭގައި އެހެން މީހުންނާ އެކަހެރިކޮށް ގައިދުރުކަން ނުބެހެއްޓިދާނެތީ ކަންބޮޑުވާ ކަމަށް ވެސް 33 ޕަސެންޓް މީހުން ވަނީ ބުނެފަ އެވެ. މިހާތަނަށް ސާވޭ އިން ހާމަކޮށްފައިވާ މައުލޫމާތުގައި މިކަމުގެ ސަބަބުތަކެއް ހިމަނައިފައެއް ނުވެ އެވެ.
ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ރާއްޖޭގައި އެޅި ފިޔަވަޅުތައް މިހާރު ލުއިކޮށްފައި ވާއިރު މުޖުތަމައުގެ ތެރޭގައި އެ ބަލި ފެތުރޭ މިންވަރު ބަލަަން ކުރާ ދިރާސާއެއްގެ މަސައްކަތް ވެސް އެމްއެންޔޫ އިން މިހާރު ވަނީ ފަށައިފަ އެވެ. މި ދިރާސާ އަށް، ހައި ރިސްކް ގްރޫޕްތަކުންނާއި އެންމެ ފަސޭ އިން ބަލި އަރާނެ ކަމަށް ބެލެވޭ ގްރޫޕްްތަކުގެ މީހުންގެ ސާމްޕަލް އަންނަނީ ނަގަމުންނެވެ. އެގޮތުން ފްރޮންޓްލައިންގައި މަސައްކަތް ކުރާ މީހުންނާއި އާއްމުންގެ ތެރެއަށް ގިނައިން ނުުކުމެ މަސައްކަތް ކުރަން ޖެހޭ މީހުންގެ ސާމްޕަލްތައް ވެސް ނަގާނެ އެވެ.
ދިރާސާތައް ކުރުމުގެ އިތުރުން އެމްއެންޔޫ އިން ޓްރެއިނިން ދިނުމާއި ސާމްޕަލް ނެގުމާއި ކޮންޓެކްޓް ޓްރޭސިން ހެދުން ފަދަ ކަންކަމުގައި ނެޝަނަލް އިމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އަށް އަންނަނީ އެހީތެރިކަން ދެމުންނެވެ. މި ކަންކަމުގައި ޔުނިވާސިޓީގެ 1،200 ދަރިވަރުންނާއި 300 އަށް ވުރެ ގިނަ ސްްޓާފުން ބައިވެރިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސިކުނޑި
20 June 2020
ހެލްތު މިނިސްޓްރީ އާއި އެޗްޕީއޭއަށް ޝުކުރު އަދާ ކުރުން ހައްގު!
ދުންމާރި
20 June 2020
ސާމްޕްލިން ރަނގަޅު.ސާވޭ ވެސް ރަނގަޅު. ގޯހީ ފާޑު ކިޔާ ސިކުނޑިން ވިސްނާ ގޮތް. މަގުތަކުން ފެންނަ ފެނުމަށް ގޮތްނުނިންމޭނެ. އެމީހުން އަތްދޮވުމާއި ފޭރާން ބަދަލުކުރުމާއި ސެނަޓައިޒްކުރުމާއި ޑިސްއިންފެކްޓް ކުރާނީ މަގުމައްޗަކު ނޫން. ހަމަ ގައިމު ވެސް މާސްކް ނާޅާ މަގުމަތީގައި އުޅޭ ބަޔަކު މި މާލެއަކުން ނުފެނޭ.
Ali Gasim
20 June 2020
ސާރވޭގަ ބައިވެރިވި މީހުންގެ އަދަދު މަދުކަން ފާހަގަވޭ އެހެންނޫނަސް ނިސްބަތުން މާލޭގަ ދިވެހިންނަށް ވުރެ ގިނައި ވަގަށް އުޅުއްވާ ބަނގުލަދޭސް ބޭފުޅުންކަން ބަލިޖެހުނުމީހު ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްް ންގެ އަދަދުތަކަށްބެލިމާ ަަެަަެަަެަަަަެަަެަަެަަަަެަަެަަެަަަަެަަެަަ އެނގޭ އެހެންވެ އެމީހުން ލައްވާ ތިސާވޭ ހައްދަންޖެހޭނި އަސްލު ބަލީގެ ހާލަތު ދެނެގަންނަން ބޭނުންނަމަ
ޗޮން
20 June 2020
ބަލި ފެތުރެނީ ދިވެހިން ގޮތްް ދޫ ނުކޮށް ގެން
ފުުލެޓް ދޮންބެ
20 June 2020
ފުުލެޓް އަވަހަށް ދެއްވަން އުޅޭ. ހާންތި ވެއްޖެ.
ބޮލްހަލާ
20 June 2020
90% ސްޓެއިޑް ހޯމް އޯ. މިވަރުގެ ތެދެއް މީހަަކު ނަހަދާނެ. ބޯހަލާކު
ނެކްސްޓް
19 June 2020
2،871 އަކީ އާބާދީގެ ކިޔައް ޕާސެންޓްބާ އާއިލާއާއި ރައްޓެހިން ލައްވާ މިހެން ދިރާސާ ކޮށްފަ ނެރޭ ރިޕޯޓް ދިމާނިވާވަރު މަގުތަކުން ފެންނަމުން ދަނީ
އަހުމަދުބޭ
20 June 2020
ތިހާ ގަމާރުނުވެބަލަ؟ ސާރވޭތަށް ހަދައިނީ މުޅިގައުމުގެ ނުވަތަ އެޚިދުމަތެއް ހޯދައި އެންމެން ސާމިލް ކޮއްގެންނެއްނޫނޭ؟ ރެންޑަމްކޮށް އެކަމަކާގުޅޭ ސަބްޖެކްޓެއް އޮންލައިން ކޮން ނޫނީ ފޯނުން ގުޅައިގެން ވަކިމީހަކު ނުބަލައި ރާއްޖެއަށް 2800 މަދެއްނޫން މައުލޫމާތު ހޯދަން،، މިލިއަނުން އުޅޭގައުމުތަކުގައިވެސް 10 ބާރަ ހާސް މީހުންނަށް ގުޅައިގެން އެބަހުރި ސާވޭ ހަދައިފަ
ބުރަފަތިކަނބުލޮ
19 June 2020
އޮންލައިންކޮށް ހަދާ ސަރވޭ ފޯރާނީ ވަކި ފެންވަރެއްގެ ބަޔަކާހަމައަށް. އެ ފޯމުތައް ފުރާނީވެސް އެކަމަށް ހޭލުންތެރި މީހުން. އަހަރުމެން މަންމަމެން ދައްތަމެން ބޭބެމެން އެބަތިބި އިންޓަރނެޓަށް އެހާ އަހުލުވެރި ނޫން މީހުން. އެކަހަލަ ގިނަ މީހުން ތި ސާމްޕްލިންގ އަކު ނުހުމެނޭނެ. އެހެންވެ ތީ ޤަބޫލުކުރެވޭނެ ނަތީޖާއެއްނޫން.
ކުލްސޫމާ
19 June 2020
ސާވޭއެއް ކުރަންވީ އަޑުއަހާ އަމަލު ކުރުމުގެ ގާބިލުކަން ހުރީ ކިތަށް ފަރުދުންގައިތޯ ބަލަން. ގައިމު ރާއްޖެ ހިމެނޭނެ ކޮވިޑްއާ ގުޅިގެން އެންމެ ފުޅާކޮށް މައުލޫމާތު ހިއްސާ ކުރި ގައުމުތަކުގެ ތެރޭގައި.
އާންބެ
19 June 2020
މަގުތަކަށް ބަލާލީމާ ތިޔަ ހޭލުންތެރިކަން ހުރިމިންވަރު ވަރަށް ސާފް.