ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ޕީޕީއެމްގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް މާލޭގެ ކާނިވާ ސަރަހައްދުގައި، އެތައް ހާސް ސަޕޯޓަރުންތަކަކާ އެކު ބޭއްވި ބިޔަ ޖަލްސާ: ސަރުކާރު ޒިންމާދާރުކުރުވަން ޕީޕީއެމާއި ޕީއެންސީން ވަނީ އިހްތިޖާޖްކުރަން ނިންމާފައި. --- ފޮޓޯ: އަހުުމަދު އަވްޝަން އިލްޔާސް/މިހާރު
18 ޖޫން 2020 - 11:35
ސިޔާސީ ހަތަރު ޕާޓީއެއް ހިމެނޭ ގޮތަށް އުފެއްދި މި ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކުން ރައްޔިތުންގެ ގެއްލިފައިވާ ކަމަށް ބުނެ އަޑު އުފުލުމަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިހުތިޖާޖްތައް ބާއްވަން އިދިކޮޅު ޕީޕީއެމާއި ޕީއެންސީން ތައްޔާރުވާން ފަށައިފި އެވެ.
އެ ކޯލިޝަނުން މިއަދު ބުނީ، ސަރުކާރު ޒިންމާދާރު ކުރުވުމުގެ އިހުތިޖާޖުތައް ކުރިއަށް ގެންދަން ނިންމީ މިދިޔަ އާދީއްތަދުވަހު ބޭއްވި ދެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ކަަމަށެވެ. މި ނިންމުމާ އެއްގޮތަށް ސަރުކާރުގެ އެކި ކަންކަމަށް އަޑު އުފުލުމުގެ ހަރަކާތްތައް ބާއްވާނެ ކަމުގެ ޔަގީންކަން ހއ. އަތޮޅުގައި ތިބި ދެ ޕާޓީގެ އިސް މަންދޫބުންނާ އެކު ރޭ ބޭއްވި ބައްދަލުވުމުގައި ދީފައިވާ ކަމަށް ޕީޕީއެމުން ބުންޏެވެ.
ހއ. އަތޮޅުގެ ހުރިހާ ރަށްތައް ހިމެނޭ ގޮތުން އޮންލައިންކޮށް ރޭ ބޭއްވި ބައްދަލުވުމަކީ ޕީޕީއެމާއި ޕީއެންސީގެ ހަރަކާތްތައް ވަރުގަދަކުރުމުގެ ފުރަތަމަ ބައްދަލުވުމެވެ.
އިދިކޮޅު ކޯލިޝަން ވަގުތީ ގޮތުން ލީޑްކުރައްވާ ޕީއެންސީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ރިޔާސަތު ބަލަހައްޓަވައި، އޮންލައިންކޮށް ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި ހއ. އަތޮޅުން ގިނަ ކަންބޮޑުވުންތަކެއް ލިބުނު ކަމަށް ޕީޕީއެމުން ބުންޏެވެ.
ޕީޕީއެމާއި ޕީއެންސީން ބުނިގޮތުގައި ރައްޔިތުންގެ ހައްގުތައް ހޯދައިދޭން ކުރެވެން ހުރި ހުރިހާ ކަމެއް ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ދެ ޕާޓީގެ ލީޑަޝިޕްގެ ބޭފުޅުން ބައިވެރިވެވަޑައިގަތް ބައްދަލުވުމުގައި ވަނީ ދީފަ އެވެ.
ކޯލިޝަނުން ބުނިގޮތުގައި، މި ސަރުކާރުގެ މިސްރާބާ މެދު ގިނަ ކަންބޮޑުވުންތަކެއް ހއ. އަތޮޅުގެ ރައްޔިތުންގެ އެބަހުއްޓެވެ. އެ އުދާސްތައް ސަރުކާރަށް އަޑު އިއްވުމުގެ އިހުތިޖާޖްތަކެއް ބާއްވަން އެ މަންދޫބުން ވެސް ލީޑަޝިޕަށް ހުށަހެޅި ކަމަށް ވެސް ޕީޕީއެމުން ބުންޏެވެ.
ރަށްރަށުގައި ތިބި އިސް މަންދޫބުންނާ އެކު ރޭ މަޝްވަރާކުރީ ކޯލިޝަން އިތުރަށް ވަރުގަދަކޮށް، މައި އޮފީހާ ގުޅިގެން ހަރަކާތްތައް ކުރިއަށް ގެންދާނެ ގޮތްތަކާ ގުޅޭ ގޮތުންނެވެ. އެއް އަހަރުގެ ތެރޭގައި ބާއްވަން ނިންމާފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ ގުޅޭ ގޮތުން ވެސް ވާހަކަ ދެއްކި އެވެ.
ޕީޕީއެމާއި ޕީއެންސީން ބުނިގޮތުގައި ރައްޔިތުންގެ ހައްގުތައް ހޯދައިދޭން ކުރެވެން ހުރި ހުރިހާ ކަމެއް ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ދެ ޕާޓީގެ ލީޑަޝިޕްގެ ބޭފުޅުން ބައިވެރިވެވަޑައިގަތް ބައްދަލުވުމުގައި ވަނީ ދީފަ އެވެ.
އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ޓެރަރިޒަމްގެ ހުކުމެއް އިއްވައި ޖަލަށްލުމާ ގުޅިގެން އިދިކޮޅުގެ ހަރަކާތްތައް ވަނީ މަޑުޖެހިފަ އެވެ. ދެ ޕާޓީގެ ވެސް އެންމެ އިސް އަމާޒަކީ އެ މަނިކުފާނު މިނިވަން ކުރެވޭނެ ގޮތްތަކެއް ހޯދުމެވެ. އެކަމަކު، ޔާމީން ޖަލަށް ލީ ނުހައްގުން ކަމަށް ބުނެ ޕީޕީއެމާއި ޕީއެންސީގެ އަޑުއުފުލުންތަކަށް ސަރުކާރުން އިޖާބައެއް ނުދެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި އިދިކޮޅުން ކުރާ މަސައްކަތްތައް ވެސް މިހާރު ވަނީ މަޑުޖެހިފަ އެވެ. އެއީ، ކޮވިޑް19 ގެ ބަލިމަޑުކަމާ ހެދި ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރަން ޖެހި، ކައުންސިލަރުންގެ ދައުރު ދަންމަން ގާނޫނުއަސާސީ އަށް އިސްލާހު ގެންނަން ބޭއްވި ޖަލްސާގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމްގެ ނަން އިއްވައި ގަދަކަމުން މަޖިލީހުން ނެރުނުއިރު އަނިޔާކުރި މައްސަލައިގަ އެވެ. މިއީ، މަޖިލީހުގައި އިދިކޮޅު މެމްބަރުންނަށް ރައްކާތެރި ކަމެއް ނެތުން ކަމަށް ބުނެ އެ ކޯލިޝަނުން ވަނީ ޖަލްސާޓައް ބޮއިކޮޓްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޫތު
21 June 2020
ތިމާމެން ވެރިކަމުގައި ދިވެހިރައްޔިތުން ނަށްއަނިޔާދީ ގަޑަތެޅުވިބަޔަކު މަގުމައްޗަށް ނުކުމެކުރެވޭނެ ވަކި މޮޅުކަމެއް ނޯންނާނެ. ޕީ. އެން. ސީ ގެވަގުތީ ލީޑަރުގެ ތައުލީމީފެންވަރު ރައްޔިތުން ތަމުސީލުކުރެވޭވަރު ވޭތޯ ވެސްބަލަންޖެހޭ އެބަ.
އަލްޖިބްރާ
20 June 2020
ތިޔައުޅެނީ ހައްޤުތައް ހޯދާދޭކަށް ނޫނެވެ. ތިޔައުޅެނީ ހައްޤުތަށް ނަގާލާށެވް. މިފަދަ ނުރައްކާތެރި ވަގުތެއްގައި މަގުތަކަށް ނުކުމެ ތިކަހަލަ ކަންތަށް ކުރަން ދިމާކޮށްފިނަމަ ޙައްޤުލިބޭނީ ކޮރޯނާގެ ގޮތުގައެވެ.މިވަރު އެންމެންވެސް ދަންނަން ޖެހޭނެއެވެ.
ހިތްގަދަ އަލީ
19 June 2020
ބެދޭ މަޅިއެއް ނުފެންނާނެ . ފުލުފުލު ގައި ޕީޖީއަށް މައްސަލަތައް
މޫސަ ގޯތި އާދަނު
19 June 2020
މިވާ ގޮތުން ކޮރަޕްސަން ތަކުގެ ދައުވާ ވަރަށް އަވަހަށް އުފުލާނެ. ބާރަށްތެޅޭންނަމަ ކަރަށް މަޅިބާރުވާނެ
ކަންނާޑި
19 June 2020
ޕީޕީއެމާއި ޕީއެންސީން އެއްކޮއްލީމަ 5 މެމްބަރުން ހަމަނުވޭ. ޖީއެސްޓީ އަށްވުރެ މަދު އަދަދެއް
މުދިމު ކަތީބު
19 June 2020
ރަށުތެރެއަށް ރޯގާ ފަތުރަން ރާވާ ބައެއް
އަހުމަދުބޭ
18 June 2020
މިއީ ކޮންމެ ބަޔަކު ކުރިޔަސް މުޒާހަރާ ކުރަން އެންމެ ރަގަނޅު ވަގުތެއްނޫން، މިވަގުތު އެންމެންވެސް ބަލަންވީ ގައުމު އާރާސްތުކޮއް ކޮވިޑުން ގައުމަށް ލިބުނު ގެއްލުން އާރާސްކޮށް ގައުމުގެ ހާލަތު ހަމަ މަގަށް އެޅުވޭތޯ
ގެދާނޯމޮސް
18 June 2020
ގުޅީފަޅުން ފްލެޓް ޔަގީންވީ ހެއްޔެވެ.
އަހަރެން ނުދެކެން
18 June 2020
ވަރައް ކެރިގެން މިބުނަނީ އެމްޑީޕީޔައް ތާއީދުކޮއްގެން ޤައުމު ތަރައްގީވެސް ނުވާނެ އަޅުވެތިވުން ނުންކަމެއް ނުވާނެ. ގަމާރު މީހުންނަ ނުވިސްނޭނެ؟
މަންޑޭލާ
18 June 2020
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ވާހަކަ ދައްކަގެން ނާޖައިޒްފައިދާ ނެގުމުގެ ބެނުމެއްނެއް މިހަރު އަބަދު އެވާހަކަ ދައްކައިގެން ވީކަމެއް މި ސަރުކާރައް ދެއްކިފަނެއް. ރ ޔާމިން މިހާރުން މިހާރައް ދޫކޮއްލާ ސިޔަސީ މަގުސަދު ހާސިލްކުރުން ހުއްޓާލާ.
ބައިރޯ
18 June 2020
އުހު، ކޮވިޑް އޮއްވާ އެއްވާނެ ކަމެއްނެތް، ޕީޕީ ކުދިން ކޮވިޑް ވެދާނެ