ޚަބަރު / މަރު

ކައިވެންޏަށް އެންމެ ހަތަރު ދުވަސް، ހިތާމަވެރި މަރެއް

އިންމަ އިބްރާހީމް: އޭނާ މަރުވީ، ފަރުވާ އަށް މާލެ ގެންނަން މަތިންދާބޯޓަށް ވެސް އެރުވި ފަހުން، ހާލު އިތުރަށް ގޯސްވުމުން،

ކައިވެންޏަށް އެންމެ ހަތަރު ދުވަހުގައި އުމުރުން 19 އަހަރުގެ ޒުވާން އަންހެނަކު މިއަދު މަރުވެއްޖެ އެވެ.

މިދިޔަ ހޮނިހިރު ދުވަހު ގދ. ތިނަދޫގެ މީހަކާ ކައިވެނި ކުރި ގދ. ފިޔޯރީ، އިންމާ އިބްރާހިމް 19، މަރުވީ އިތުރު ފަރުވާ އަށް ތިނަދޫން މިއަދު މެންދުރު މާލެ ގެންނަން ކާޑެއްދޫ އެއާޕޯޓަށް ގެންގޮސް މަތިންދާބޯޓަށް ވެސް އެރުވި ފަހުންނެވެ. ބޯޓަށް އެރުވި ފަހުން، އޭނާގެ ހިތުގެ ހިނގުން ދަށްވާން ފެށުމުން ބޯޓު ނައްޓައެއް ނުލަ އެވެ. ނަމަވެސް އިންމާގެ ފުރާނަ ސަލާމަތް ކުރެވޭތޯ 45 ވަރަކަށް މިނިޓު ވަންދެން ބޯޓުގައި ވެސް ސީޕީއާރު ދިން ކަމަށް ވެ އެވެ.

އާއިލާ އިން "މިހާރު" އާ ވާހަކަ ދެއްކި އިންމާގެ ދައްތައަކު ކިޔައިދިން ގޮތުގައި، އިންމާގެ ހާލު ގޯސްވިކަން އެނގުނީ އިއްޔެ ހެނދުނުގެ ސަޔަށް ފަހު، ފެންވަރަން ވަދެ، ލަސްވެގެން ބެލުމުންނެވެ. އިންމާ އޭރު އޮތީ ކޮޓަރީގެ އެނދުމައްޗަށް ވެއްޓިފައި ކަމަަށް އާއިލާ އިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

އިންމާ ކައިވެނިކުރީ ތިނަދޫ ޒުވާނަކާ ކަމަށް ވިޔަސް އާއިލާގެ އެންމެން އުޅެނީ މާލޭގަ އެވެ. އެނގިފައިވާ ގޮތުގައި އިންމާ މަރުވީ، ކައިވެންޏަށް އާއިލާގެ އެންމެން ތިނަދު އަށް ގޮސް ތިއްބަ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި އިންމާ އަށް އައިސީޔޫގައި ފަރުވާ ދޭން ފެށި ޚަބަރު ލިބުމާ އެކު، އޭނާގެ މަންމަގެ ހާލު ދެރަވެ ފިޔޯރީ ހޮސްޕިޓަލުގައި ވަނީ އެޑްމިޓުކޮށްފަ އެވެ.

އިންމާ އަކީ ތިން އަންހެން ކުދިން ތިބޭ އެ އާއިލާގެ އެންމެ ދޮށީ މީހާ އެވެ.

ތިނަދޫގައި ނަރުސް ކޯސް ހަދަމުން އައި އިންމާ ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންދިއުމުން، އެ ތަނުން އެންމެ ފުރަތަމަ ބުނީ ފިޓު ޖެހުނީ ކަމަށެވެ. އޭގެ ފަހުން އެންގީ ސްޓްރޯކެއް ޖެހުނީ ކަމަށް ހޮސްޕިޓަލާ ހަވާލާދީ، އާއިލާ އިން ބުންޏެވެ.

އެކަމަކު، އެއީ ދުވަހަކު ވެސް އެކަހަލަ އެއްވެސް ކަމެއް ވީ މީހެއް ނޫން ކަމަށާއި ބޮޑު ބައްޔަކަށް ވެސް އަދި ދިގު މުއްދަތަކަށް ބޭސްކޮށްފައި ނުވާނެ ކަމަށް އާއިލާ އިން ބުނެ އެވެ.

"ކޮއްކޮގެ އުމުރުން 19 އަަހަރު ވީ. އެންމެ ގިނަ ދުވަހަކަށް ވެސް ބޭސް ކޮށްފައި ހުންނާނީ ދެ ދުވަހަކަށް ހުމެއް އައިސްގެން. ދުވަހަކު ވެސް ފިޓު ޖެހި ކަމެއްވި ކުއްޖެއް ނޫން. ހެނދުނާ ހަމައަށް ވެސް ހުރީ ހަމަ ރަނގަޅަށް،" އިންމަގެ ދައްތަ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ތިނަދޫ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ފެށުމާ އެކު، އިންމާ މާލެ ގެންނަން ވެސް އާއިލާ އިން މަސައްކަތް ކުރި އެވެ.

"މާލެ ގެންދަން ބުނީމަ ބުނީ އެއްވެސް ވަރަކަށް ސިކުނޑި މަސައްކަތެއް ނުކުރެއޭ. ދެން ކުޑަކޮށް މަސައްކަތް ކުރަން ފެށީމާ ދަތުރު ހަމަޖެއްސީ ވެސް،" އޭނާ ބުންޏެވެ.

މިކަމާ ގުޅިހެން ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

އިންމާގެ ޖަނާޒާގެ ކަންކަން މިރޭގެ އިޝާ ނަމާދަށް ފަހު ފިޔޯރީގައި ވަނީ ބާއްވައިފަ އެވެ.

35 ކޮމެންޓް, 1462 ރިއެކްޝަންސް

icon happy icon happy 2%
icon sad icon sad 98%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފިރިމީހާކޮބާ؟

25 June 2020

މިޚަބަރުގައި ކައިވެނިކުރިތާ 4 ދުވަހެއްގެވާހަކަ ބުނެފައިވާ އިރު ފިރިމީހާގެ ޚަބަރެއް ނެތުމުން އެއީ ކޮންފަރާތަކާ ކައިވެނިކުރި ކުއްޖެއްކަން ފާހަގައެއް ނުކުރެވޭ .. މިއީ ބޮޑު ތަޙްޤީޤެއް ބޭނުންވާ މައްސަލައެއް. ސްޓްރޯކަކީ ކުރިން އާދަވެފައި ނެތް ބާރުތަކެއްގެ ތެރެއިން ކުއްލިއަކަށް ލޭގެހިނގުން އަވަސްވުމުން ނުވަތަ އެފަދަ ދިފާޢީ ބާރު ލޭނާރުތަކުގައި ނެތުމުން ދިމާވާކަމެއް. މިކަން ފުޅާދާއިރާއެއްގައި ބަލަންޖެހޭ.

The name is already taken The name is available. Register?

ކަނބިލި ފިނޮޅު

25 June 2020

ޥަގުތީ ދުނިޔޭން ނިމިގެން މިދަނީ ވިސްނާށެ އަޙުން އުޙުތުނޭ މަރުގެ ހިތިރަހަ ލިބިގެން ދެޔޭ

The name is already taken The name is available. Register?

ސާދާސީދާ

25 June 2020

انا لله وانا اليه راجعون. ތިބާގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވައި ޢާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށި. آمين

The name is already taken The name is available. Register?

ބާރު

25 June 2020

އެކުއްޖާގެ ފިރިމީހާގެ ހަމަ އެއްވެސް ބަސްދީގަތުމެއް ނެތީމަ ވަރަށް ދެރަވަރު. އޭނާއަށްވެސް މިކުއްޖާއާ ބެހޭ ގިނަކަންކަން އެނގޭނެ.

The name is already taken The name is available. Register?

ތިނަދޫ ލަދު ހަޔާތް ކޮބާ؟؟

25 June 2020

ގދ.ތިނަދޫ ގައި ނިޔާވި މީހަކު ނުހިނަވާ ވަޅުލިވާހަކަ އަޑު އިވުނެވެ. އަނެއްކާ މި އަންހެން ކުއްޖާ އާއި މެދުވެސް ޢަމަލު ކުރީ އެގޮތަށް ތޯއެވެ. މަރުޙޫމާއަށް ސުވަރުގެ މިންވަރު ކުރައްވާށިއެވެ.

The name is already taken The name is available. Register?

ހަސަން އަލީ

25 June 2020

ވިސްނަވާ. އެންމެ ކައިރީގައިވާ އެއްޗަކީ މަރު. އަބަދުވެސް އުޅެންވީ ދުނިޔެއަކީ ވަގުތީ ތަނެއްކަމުގައި ދެކިގެން.

The name is already taken The name is available. Register?

މައިނގަޑުު

25 June 2020

އޭނާ ކޮވިޑަށް ޓެސްޓްކުރިބާ؟ މިހާރު މަރުވާ އެންމެންވެސް އެއަށް ޓެސްޓްކުރެއޭ ހީވެފަ އޮންނަނީ.

The name is already taken The name is available. Register?

ވަތުބަތާނަ

25 June 2020

ތި އުޚުތާގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި!އެކަމަކު ތިމަރު ވަރަށް ސީރިޔަސްކޮށް ބަލައި ދިނުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލަން! ވަޅިހެރުމަކުންނޫން ކަންކަން ބޮޑަށް ބަލަންޖެހޭނީކީ؟

The name is already taken The name is available. Register?

ޝިހުރާ

25 June 2020

ޑޮގެއްނޫން މީނިކަން ސިހުރުކަންތައްވެސް އޮތް ޒާމާނެއް. ހަމަވެދާނެ ތިކުއްޖާގެ ކައިވެންޏައް ނުހުރުހޭ މީހަކު ކަމެއްކުރީކަމައްވެސް.

The name is already taken The name is available. Register?

އަޝްރަފެ

25 June 2020

ކޮމެންޓް ކުރާ މީހުން ބޮލުގައި ރިއްސީޔޭ ކަނދުރާގައި ރިއްސީޔޭ އޭއްޗކޭ މީއްޗެކޭ މިކިޔަނީ އެކުއްޖާ ފެންވެރިކަންވެސް ނޫންކަންވެސް ނޭނގި. ކޮޓަރިއަށް ފެންވަރަންވަނަސް ފެންނުވަރައިވެސް ހުރެދާނެ. މޮޅަށް ދެނެވޮޑިގެންވާނީ މާތްﷲ. މައްޔިތާގެ ފުރާނަޔަށް ސުވަރުގެ ދެއްވާށި.

The name is already taken The name is available. Register?

ޑޮކްޓަރު209

25 June 2020

ހަނީމޫން ޔޫޓީއައި ނުވަތަ ސިސްޓައިޓިސް އަކީ އަލައް ކައިވެނި ކުރާޒުވާން އަންހެނުންނަށް ދިމާވެދާނެ ކަމެކެވެ. މިފަދަ އިންފެކްށަނެއް ޖެހުން އެކަށީގެންވޭ މަރުހޫމަށް ސުވަރުގެ މިންވަރު ކުރައްވާށި އާމީން

The name is already taken The name is available. Register?

ނނނނ

25 June 2020

އާމީން

The name is already taken The name is available. Register?

EUSOPH

25 June 2020

ޔޫޓީއައި ގެ އެޕިސޯޑް ތަކަށްފަހު ގިނަފަހަރަށް ؟ ހުރިހާ ފަހަރަކުހެން ފުރާނަ އަށް ގެއްލުން ލިބެންޏާ ލިބެނީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454