ޅ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕީޓީއޭ އިން، މާސްކް ތައްޔާރުކުރަނީ.-- ފޮޓޯ: ޅ. އަތޮޅު ތައުލީމީ މަރުކަޒު
25 ޖޫން 2020 - 12:27
ޅ. އަތޮޅު ތައުލީމީ މަރުކަޒުން، އެ ސްކޫލުގެ ހުރިހާ ދަރިވަރުންނަށް މާސްކް ބަހަން ނިންމައިފި އެވެ.
އެ ސްކޫލުގެ ޕީޓީއޭ އިން އިސްނަގައިގެން މިހާރު އަންނަނީ ފައުންޑޭޝަނުން ފެށިގެން ގްރޭޑު 12އާ ހަމައަށް ކިޔަވަމުން އަންނަ 519 ދަރިވަރުންނަށް މާސްކް ތައްޔާރުކުރަމުންނެވެ. ސްކޫލުގެ މުވައްޒަފުންނާއެކު 600 މާސްކް ފެހުމުގެ މަސައްކަތް އެބަ ކުރެ އެވެ.
ކޮވިޑް-19 ފެތުރޭތީ ސްކޫލުތައް ބަންދުކުރިތާ ގާތްގަނޑަކަށް ހަތަރު މަހަށް ފަހު އަންނަ ބުދަ ދުވަހު ސްކޫލުތައް ހުޅުވަން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމައިފަ އެވެ. މޮނިޓަރިންގެ ހާލަތުގައި ނެތް ރަށްރަށް ފިޔަވައި އެހެން ރަށްރަށުގައި ގްރޭޑު 1-12 އަށް ކިޔަވައިދޭނެ އެވެ.
ޅ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕީޓީއޭ އިން ވާހަކަދެއްކި މީހަކު ބުނީ، މާސްކާއެކު ކޮންމެ ދަރިވަރަކަށް ވެސް، އެ ދަރިވަރުގެ ނަމާ އެކު މާސްކް ލާނެ ކުޑަ ދަބަހެއް ލިބޭނެ ކަމަށެވެ. އެ މަސައްކަތުގައި ހެނދުނު 10:00 އިން ފެށިގެން ރޭގަނޑު 10:30 ވަންދެން ގިނަ ބަޔަކު ބައިވެރިވަމުން އަންނަކަން އޭނާ ފާހަގަކުރި އެވެ.
ޅ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕީޓީއޭ އިން، މާސްކް ތައްޔާރުކުރަނީ.-- ފޮޓޯ: ޅ. އަތޮޅު ތައުލީމީ މަރުކަޒު
އެ އަތޮޅު ހިންނަވަރުގައި ހުންނަ އަތޮޅު ތައުލީމީ މަރުކަޒުގެ ބެލެނިވެރިން ވަނީ، ދަރިވަރުންގެ މާސްކް ފަހާނެ މިން ފޮނުވައިފަ އެވެ. ވިލުނޫ ކުލައިގެ މާސްކް ތައްޔާރުކުރަނީ އެ މިނަށެވެ. މިކަމަށް ބޭނުންވާ ފޮތި ވެސް ހޯދާފައިވަނީ، ޕީޓީއޭ އިން އަމިއްލައަށް މަސައްކަތްކޮށްގެން ހޯދި ރުފިޔާއިންނެވެ.
ސްކޫލުތައް ފެށުމުގެ ކުރިން، ދަރިވަރުންނަށް މާސްކްތައް ބަހައި ސްކޫލަށް ދާ ފުރަތަމަ ދުވަހު ހުރިހާ ދަރިވަރުން ވެސް އެ މާސްކް އަޅަން ވަނީ އެދިފަ އެވެ.
"ކޮންމެ ކުއްޖަކު ވެސް އިތުރު މާސްކެއް ސްކޫލަށް ގެންދަން ޖެހޭއިރު، ގިނަ ދަރިން ތިބި މީހުންނަށް އެކަން ކުރުމަކީ އެހާ ފަސޭހަ ކަމަކަށް ނުވާނެ. އެހެންވެ އެފަދަ މީހުންނަށް ފަސޭހަކޮށްދިނުމަށް މާސްކް މި ފަހަނީ،" ޕީޓީއޭއިން ވާހަކަދެއްކި މީހާ ބުންޏެވެ.
"ތިން ވަނަ ދުވަސް މިއީ އެކަމުގައި އުޅޭތާ. ބެލެނިވެރިންނާއި ސްކޫލު މެނޭޖްމަންޓުގެ ފަރާތުން ވެސް ވަރަށް ބޮޑު އެއްބާރުލުމެއް އެބަ ލިބޭ،"
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަބު
25 June 2020
ފޮތި މާސްކުން ވައިރަސް އެއްވެސްވަރަކަށް މަނާނުވޭ. ސާރޖަރީ މާސްކް ހޯދަންޖެހެނީ. އެއީ އެއްފަހަރު ބޭނުން ކުރެވޭ އެއްޗެއް.
ކޮންނަން
25 June 2020
ކޮން ތަނަކުން ހެދި ރިސާޗަކުން ތިކަން އެނގެނީ؟ ހަމަ އެއްޗެއް ބުނެލިއަސް ކަމަކުނުދާނެ
ސަމްވެއާ ހޯމް
25 June 2020
މާސްކް އަޅަނީ އަމިއްލަ މީހާ ފަރާތުން ބަލި ފެތުރިޔަ ނުދިނުމަށް. އެންމެން އެޅީމާ ރައްކާތެރިކަން އިތުރު ވާނެ އިންތިހާޔަށް. ދިރާސާ ކޮށްލަވާ، ވާނުވާ ނުބަލާ ކޮމެންޓް ނުކުރަށްވަވާ.
ތިރިބެ
25 June 2020
މާސްކުގެ ހަގީގީބޭނުމެއް ނުހިފޭ މާސްކު އެޅުމުގެ ބޭނުމެއްނެތް އަމުދުން ސުކޫލުތައް
ޟިޔާ
25 June 2020
އެންމެ ފުރިހަމަ މާސްކަކަށް ފެނުނީ އެޑިޑާސް އަދި ރޮކްސީ ބުރޭންޑުގެ މާސްކު