އައްޑުއަށް ގެންދިޔަ ފަސްކިލޯ ޑްރަގް އަތުލައިގެންފި

ގދ.ތިނަދޫން އައްޑުއަށް ގެންދިޔަ ފަސްކިލޯގެ ޑްރަގް ރޭ ފުލުހުން އަތުލައިގެންފި އެވެ.


ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ކުރެއްްވި ޓްވީޓެެއްގައި ވިދާޅުވީ އައްޑުއަށް ގެންދިޔަ ޑްރަގް އަތުލައިގަނެ، ހަމަ މީހަކު ހައްޔަރު ކުރީ އައްޑޫގައި ތިބި ފުލުހުންނާއި ފުލުހުންގެ އިންޓެލް ޓީމްތައް އަދި ސިފައިން ގުޅިގެން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ފަސް ކިލޯހެ ހެރޮއިން އައްޑުއަށް ގެންދިޔައީ ގދ. ތިނަަދޫ އިން ލޯންޗެއްގަ އެވެ.

ކަމިޝަނާ ހަމީދުގެ ޓްވީޓް

ރާއްޖޭގައި ޑްރަގް ޓްރެފިކް ކުރުން ހުއްްޓުވަން ފުލުހުން ވަނީ ފަހަަކަށް އައިސް ގިނަ އޮޕަރޭޝަންތަކެއް ހިންގައި ގިނަ އަދަދެއްގެ ޑްރަގް އަތުލައިގަނެ، ތުހުމުަތު ކުރެވޭ އެތައް ބަޔަކު ހައްޔަރުކޮށްފަ އެވެ. މިމަހުގެ 15 ވަނަ ދުވަަހު ހަ ކިލޯގެ ކެނަބިސް އަތުލައިގަނެ ތިން ދިވެއްސަކު ހައްޔަރުކުރި އެވެ. އެފަަހަރު އަތުލައިގަތް ކެނަބިސްގެ މަގުމަަތީ އަގު 5.6 މިލިޔަން ރުފިޔާއަށް އަރާނެ ކަަމަށް ބެލެވެ އެވެ.

މިއަހަރު ހިންގިި އެކި އޮޕަރޭޝަންތަކުގައި މިހާތަނަށް އަތުލައިގަތް ކަމަށް ފުލުހުން ހާމަކޮށްފައިވާ ޑްރަގްފެ އަދަދު ގާތްގަނޑަކަށް 70 ކިލޯއަށް އަރަ އެވެ. އެގޮތުން އެއް އޮޕަރޭޝަނެއްގައި އެކަނި 61 ކިލޯގެ ޑްރަގް އަތުލައިގަތެވެ.