ޚަބަރު / އެންޓި ކޮރަޕްޝަން ކޮމިޝަން

އޭސީސީގެ މެމްބަރުން ވަކިކުރާނެ ކަމުގެ އިންޒާރު ދޮންބިލެތް ހަލީމް ދެއްވައިފި!

ެއޭސީސީގެ ރައީސް މަރިޔަމް ޝިއުނާއައި ނައިބު ރައީސް އަނޫލާ، ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ. އެސްއޯއީ ކޮމިޓީގެ މެމްބަރުން މިއަދު އޭސީސީއާ މެދު ނުރުހުން ފާޅުކުރެއްވި

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މި ސަރުކާރުން މެމްބަރުން އައްޔަންކުރީ ވަރަށް ފޮނި އުއްމީދެއްގައި ކަމަށާއި އެކަމަކު ފައިސާގެ ބޮޑެތި މައްސަލަތައް ހުރީ ނުބެލި ކަމަށް ވިދާޅުވެ، އެ މެމްބަރުން ވަކިކުރަން ޖެހިދާނެ ކަމުގެ އިންޒާރު ބިލެއްދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) މިއަދު ދެއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމިޓީ (އެސްއޯއީ ކޮމިޓީ) ގައި އޭނާ އެ އިންޒާރު ދެއްވިއިރު، އޭގެ ކުރިން މިއަދު އޮތް މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމުގައި ވެސް ހަލީމް ވަނީ އޭސީީސީގެ މެމްބަރުންނާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިނުގެން ވާހަކަ ދައްކަވައިފަ އެވެ. އަދި ބޮޑެތި ތުހުމަތުތަކެއް ވެސް އޭނާ ކުރެއްވި އެވެ.

"އޭސީސީއަށް މި ސަރުކާރުން އަޅުގަނޑުމެން އަލަށް ލީ މެމްބަރުން ފެއިލް ވެއްޖެ. އެމްއެމްޕީއާރުސީ އާއި މިހިރަ ބޮޑެތި މައްސަލަތައް ޕްރޮސެކިއުޓާއާ ހަމައަށް ލިސްޓެއް ހަދާފައި ފޮނުވަން ބުނެގެން ވެސް އޭސީސީގެ ރައީސް ސީދާ ލިޔުމުން އެބައޮތް ބުނެފައި އެކަމެއް ނުކުރާނަމޭ، ނުދޭނަމޭ ބުނެފައި. އެހެންވީމަ މިއީ ވަރަށް ބިރުވެރިކަމެއް،" ހަލީމް ވިދާޅުވި އެވެ. އޭގެ ފަހުން ބޭއްވި އެސްއޯއީ ކޮމިޓީގެ ބައްދަލުވުމުގައި އޭސީސީގެ މެމްބަރުންގެ ހާޒިރުގައި ހަލީމް ވިދާޅުވީ، މިހާރަަށް ވުރެ "ހަރުދަނާކޮށް ތިޔަބޭފުޅުން ނޫޅުއްވާ ކަމަށް ވަންޏާ" މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އިތުރު ގޮތަކަށް "މިކަން ނިންމަން ޖެހޭނީ" ކަމަށެވެ.

އެކަމަކު، އެ ވާހަކައަކަށް އޭސީސީގެ މެމްބަރުން ވަކި ޖަވާބެއް ނުދެއްވަ އެވެ.

"އެތައް އަހަރެއްގެ ސަގާފަތެއްގައި އޮތް އިންސްޓިޓިއުޝަނެއް ރިފޯމް ކުރުމަކީ އެއީ އެހާ ފަސޭހައިން ކުރެވޭނެ ކަމެއް ވެސް ނޫން. އަޅުގަނޑު މި މަގާމާ ހަވާލުވިތާ 10 މަސް. އެ 10 މަހުގެ ތެރެއިން ތިން މަސް ލޮކްޑައުންގައި. އަޅުގަނޑުމެން ވަރަށް ބައިވަރު ބަޔާން ނަގައި، ސްޓޭޖުގައި ހުރި ކަންކަން އަޅުގަނޑުމެންނަކަށް ނުކުރެވުނު ލޮކްޑައުންއާ ހެދި،" --- ޝިއުނާ

މިނިވަން މުއައްސަސާތަައް ޖަވާބުދާރީ ކުރުވައި، އެ ތަންތަނަށް މެމްބަރުން އައްޔަންކުރުމާއި ވަކިކުރުމުގައި ގޮތްތައް ކަނޑައެޅުމުގެ ބާރު އޮންނަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށެވެ. އެހެންވެ، ހަލީމްގެ އެ ވާހަކަ އަށް ބަލާއިރު، އޭސީސީގެ މެމްބަރުން ކަންކަން ރަނގަޅު ނުކުރައްވާ ނަމަ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ގޮތެއް ނިންމަން ޖެހޭނެ ކަމަށް އެ ވިދާޅުވަނީ އެ ކޮމިޝަންގެ މެމްބަރުން ވަކިކުރުމަށެވެ.

ހަލީމް ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދުވަސްވަރު ކޮށްފައިވާ ބޮޑެތި ވައްކަމުގެ މައްސަލަތަކަކީ އެ ކަންތައްތައް އެހެން ކޮށްފައިވާކަން އާއްމުންނަށް ވެސް އެނގޭހާ ސާފު ކަންކަން ކަމަށާއި އެކަމަކު އޭސީސީ އަށް އެ މައްސަލަތައް ނުބެލޭ ކަމަށެވެ. އޭސީސީން ބަލަމުން އަންނަ މައްސަލަތައް ނިންމުން ލަސްވަނީ އެ ކޮމިޝަންގައި އިންސާނީ ވަސީލަތްތައް މަދުކަމާ އެކު، ބަލަން ހުރި ކަންކަން ގިނަކަމުން ކަމަށް އޭސީސީން ބުނެ އެވެ.

ނަމަވެސް ހަލީމް ވިދާޅުވީ، އެއީ ބަލައިގަނެވޭ ކަހަލަ އުޒުރެއް ނޫން ކަމަށާއި އެންމެ މައްސަލައެއް ވެސް ނުބެލުނީމާ އޭސީސީ ފެއިލް ވެއްޖެ ކަމަށެވެ.

"ތިޔަބޭފުޅުންގެ އެތެރޭގައި ކަންތައްތައް ހުރި ކަމާއި މުވައްޒަފުން މަދުކަމާއި ވަސީލަތްތައް މަދުކަމާއި މި ވާހަކަތައް ދެއްކެވިޔަކަސް އެ އެއް އަޅުގަނޑުމެންނަކަށް އަޑެއް ވެސް ނޭހޭނެ. އަދި މި ރާއްޖޭގެ ރައްޔިތުން ގަބޫލެއް ވެސް ނުކުރާނެ. މި އަށް ވުރެ ހަރުދަނާކޮށް، މި އަށް ވުރެ ބާރަށް މި އަށް ވުރެ ހަރުދަނާކޮށް، މަސަައްކަތް ކުރެވެން ޖެހޭނެ،" އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހަލީމް ވާހަކަ ދައްކަވަނީ.

އޭސީސީގެ މެމްބަރުންނާ ހަލީމް ކުރެއްވި އެއް ސުވާލަކީ މަސައްކަތްތަކަށް އިސްކަން ދެއްވާ ތަރުތީބާ ބެހޭ ގޮތުންނެވެ.

އެ ސުވާލާ އެކު، އޭނާ ވިދާޅުވި ގޮތުގައި، ވަރަށް ބޮޑެތި މައްސަލަތައް ހުއްޓައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލައެއް އޭސީސީން ވަނީ ބަލައިފަ އެވެ. އޭނާ އެ ވިދާޅުވަނީ، ނަޝީދު ކުރެއްވި އަމިއްލަ ދަތުރުފުޅެއްގައި ބައެއް މުވައްޒަފުން، އަރިހުގައި ގެންދެވުމުގެ ސަބަބުން ޓިކެޓުގެ އަގަށް އިތުރު 444ރ އެރި މައްސަލައިގެ ވާހަކަ އެވެ.

މައްސަލަތަަކަށް އިސްކަންދޭ ތަރުތީބާ ބެހޭ ގޮތުން އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވީ، ގިނަ ކަންތައްތަކަށް ބަލައިގެން އިސްކަންދޭ ލިސްޓެއް ހަދާފައިވާ ކަމަށެވެ. އޭސީސީ އަށް އާ މެމްބަރުން އައްޔަން ކުރުމުން، ރައްޔިތުން ކުރި އުއްމީދުތަކެއް އެބަހުރި ކަމަށާއި އެކަމަކު އެތައް އަަހަރެއް ވަންދެން ވަކި ސަގާފަތެއް އޮތް މުއައްސަސާއެއް ކުއްލިއަކަށް ބަދަލު ނުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެތައް އަހަރެއްގެ ސަގާފަތެއްގައި އޮތް އިންސްޓިޓިއުޝަނެއް ރިފޯމް ކުރުމަކީ އެއީ އެހާ ފަސޭހައިން ކުރެވޭނެ ކަމެއް ވެސް ނޫން. އަޅުގަނޑު މި މަގާމާ ހަވާލުވިތާ 10 މަސް. އެ 10 މަހުގެ ތެރެއިން ތިން މަސް ލޮކްޑައުންގައި. އަޅުގަނޑުމެން ވަރަށް ބައިވަރު ބަޔާން ނަގައި، ސްޓޭޖުގައި ހުރި ކަންކަން އަޅުގަނޑުމެންނަކަށް ނުކުރެވުނު ލޮކްޑައުންއާ ހެދި،" ޝިއުނާ ވިދާޅުވި އެވެ.

"ތިޔަބޭފުޅުންގެ އެތެރޭގައި ކަންތައްތައް ހުރި ކަމާއި މުވައްޒަފުން މަދުކަމާއި ވަސީލަތްތައް މަދުކަމާއި މި ވާހަކަތައް ދެއްކެވިޔަކަސް އެ އެއް އަޅުގަނޑުމެންނަކަށް އަޑެއް ވެސް ނޭހޭނެ. އަދި މި ރާއްޖޭގެ ރައްޔިތުން ގަބޫލެއް ވެސް ނުކުރާނެ. މި އަށް ވުރެ ހަރުދަނާކޮށް، މި އަށް ވުރެ ބާރަށް މި އަށް ވުރެ ހަރުދަނާކޮށް، މަސަައްކަތް ކުރެވެން ޖެހޭނެ،" --- ދޮންބިލެތް ހަލީމް

އޭނާ ވިދާޅުވި ގޮތުގައި، މައްސަލަތައް ކުއްލިއަކަށް ބެލުމާއި މުޅި ތަން އެއްކޮށް ބަދަލުކޮށްލުމަކީ ވެސް ކުރެވޭނެ ކަމެއް ނޫނެވެ. އެގޮތުން އޭސީސީގައި ކުރިން ތިބި މުވައްޒަފުން ކުއްލި ގޮތަކަށް ވަކިނުކުރެވޭނެ ކަމަށް ވެސް ނުލެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ޝިއުނާގެ އެ ވާހަކަައަށް ފަހު ހަލީމް ވިދާޅުވީ، ވަކި ސަރުކާރެއްގެ މައްސަލަތަކެއް ނުބަލައި ދޫނުކުރާ ކަމަށް އޭސީސީން ކުރިން ބުނެފައިވާ ކަމަށާއި އެކަމަކު ކުރީގެ ސަރުކާރުގެ މައްސަލަތައް ނުބެލޭ ކަމަށެވެ.

"ތިޔަބޭފުޅުންނަށް ކުރީގެ ސަރުކާރުގެ މައްސަލައެއް ނުބެލޭ. އެއްވެސް މައްސަލައެއް ބެލިފައެއް ނެތް. އަޅުގަނޑަށް ވެސް ހަމަ މިނިސްޓްރީތަކުން ވާހަކަ ވެސް ދެއްކޭ. ޕްރޮސެކިއުޓާ ޖެނެރަލްއާ ވެސް ވާހަކަ ދެއްކޭ،" ޝިއުނާގެ ޖަވާބާ މެދު ހިތްހަމަޖެހިވަޑައިނުގެން ހަލީމް ވިދާޅުވި އެވެ.

"ތިޔަބޭފުޅުންގެ އެއްބާރުލުމެއް ވެސް މިހާތަނަށް ދެވިފައެއް ނެތް."

މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ އޭސީސީގައި ހުރި މައްސަލަތަކަށް ވީނުވީއެއް ނޭނގޭ ކަމަށް ވިދާޅުވެ، އެ ކޮމިޝަންގެ މެމްބަރުންނާ މެދު ނުރުހުން ފާޅުކުރައްވައިފަ އެވެ.

45 ކޮމެންޓް, 68 ރިއެކްޝަންސް

icon happy icon happy 31%
icon sad icon sad 0%
icon angry icon angry 69%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަހްމަދު ހަލީމް

26 July 2020

ވަކި ކުރަންވީ. ކުރެވުނު ކަމެއް ނެތް. ކުރިހާ ވެސް ކަމަކީ ނިކަމެތިންގެ މައްސަލަ ބަލާ ކޯޓުގެ ތަޅުމުގައި އެމީހުން ދެމުން. ވަކި ކުރޭ. ވަކި ކުރޭ. އެންމެ ލާރިފޮއްޗެއްވެސް އިތުރަށް ދޭނެ ކަމެއްނެތް. މި މީހުންގެ ކިބައިގައި މި ފަދަ ބޮޑު ޒިންމާއެއް އުފުލޭވަރުގެ ތަޖްރިބާއާޢި ތައުލީމާއި ހުނަރާއި ނެތްކަން މި ވޭތުވެދިޔަ ދުވަސްތަކުގައި ވަނީ އެގިފާޅުވެފައި. ވަކިކުރޭ.

The name is already taken The name is available. Register?

ބައިކުޅަނދު

07 July 2020

މިޒަމާނުގައި މީހުން ކުރިއަރާދެނީ މޮޅަށް ވާހަކަދެއްކުމާއި ވައިޖެހުމުގެ ހުނަރު ލިބިގެންނެވެ. އަތުން ފައިން އެއްވެސްކަމެއް ކުރަން ނޭގުނަސް ކުރިއަރައިދާ މީހުން ވަރަށް ގިނައެވެ. ރާއްޖެތެރޭ ރަށެއްގެ ޕްރިންސިޕަލެކެވެ. ކުރާކަމެއް ހަރާމުން ހަރާމެވެ. ކަންކުރަންވީގޮތް ކިޔައިދޭކަށް ނޭގެއެވެ. ނަމަވެސް ވާހަކަ މޮޅެވެ. މިއީ މިއަދުގެ ހާލަތެވެ.

The name is already taken The name is available. Register?

ބަސްކާ

07 July 2020

މިހާރުވެގެން އުޅޭގޮތަކީ ބޮޑުހިޔާނާތުގެ ބައިވެރިން މަޖިލީހުގައިވެސް އެބަތިބި .. މައްސަލަތައް ބެލުން ވަރަށް ކުރީގަ އުޅޭތީ ތިތަން ހުސްކޮށް އަލުން މީހުން އައްޔަނުކުރުން.. މައްސަލަ އިތުރަށް ލަސްކުރުން.

The name is already taken The name is available. Register?

ކަޅުބިލަތް

07 July 2020

ދުވަހުން ދުވަހަށް ދޮންބިލަތް ނަޝީދުއާ ވައްތަރުވާން އެބަ ފަށާ. އަސްލު މައްސަލައަކީ ޓީއެމްއޭގެ ޑީލްވެސް ފަނިވީ އޭސީސީއާއި ހެދިވީމަ.

The name is already taken The name is available. Register?

ވަތުބަތާނަ

07 July 2020

ތަރުތީބުން މައްސަލަތަށް ބަލާންވީ! ފުރަތަމަ މައުމޫނު، ދެން ނަޝީދު ދެން ވަހީދު ދެން ޔާމީނު އަދި އިބޫ. ކޮންމެ ދަޢުރެއްގައިވެސް ގިނަކަންކަން ކޮށްފައިވާކަމުގެ އަޑު އިވޭ! ފަހުން ކުރާ ކަންކަމުގެ އަޑު ގަދަވާނެތާ، އެގޮތުން ބަދަލުގެ ގޮތުގައި ބަހާލި ދައުލަތުގެ ބަޖެޓާއި ކޮވިޑާއި ގުޅިގެން ނުއަގުގައި ކުރި ކަންކަމާއި މިހެންގޮސް އެތަށް ކަމެއް، ދެން އެމް އެމްޕީ އާރުސީ ގެ މައްސަލަތަށް ބަލަން ފަށާއިރަށް ގަޔާއި ދިމާލަށް އަންނަވަރުން އެކަން ނުވެގެންތާ މިއުޅެނީ.

The name is already taken The name is available. Register?

ރަފީޤު

07 July 2020

ޕީޖީ މެދުވެރިކޮށްގެން ތިމާމެންގެ މައްސަލަ އޮތްގޮތް ބަލާ ތަޙުޤީޤަށް ނުފޫޛުފޯރުވަން ތަޙުޤީޤާ ގުޅޭ މަޢުލޫމާތު ޕީޖީއާ ޙިއްސާ ކުރާކަށް ނުޖެހޭ. ނަމަވެސް ތަޙުޤީޤުތައް ނުނިމި ދިގުލައިގެން ދާނަމަ އޭގެ ސަބަބުތައް ހޯދުމަށް ޕީޖީ އެދުމުން، އެސަބަބުތައް އޭސީސީއަށް ބުނެދެވިދާނެ. އެމްޑީޕީ މެމްބަރުންގެ މައްސަލަތަކުގެ ޙަޤީޤަތްބަަލައި މެމްބަރުންނަށް ނުފޫޛު ނުފޯރުވިއްޖެނަމަ މެންބަރުންނަށް ފިޔަވަޅުއަޅަންވެގެން ހޯދަން އުޅޭ މަޢުލޫމަތަކާ ވައްތަރީ.

The name is already taken The name is available. Register?

ހޮޓްކިންގ

07 July 2020

ސަރުކާރު ބޭނުންވާ ވަކި ބަޔަކަށް އަނިޔާވެރިވުމަށް ބާރު އެޅުމަށް ކުރާ ގޯނާތީ.

The name is already taken The name is available. Register?

ލައި

07 July 2020

ސަރުކާރު ފޭލް ވާންފެށީމާ އޭސީސީއަށް ޕުރެޝަރ ކޮށއގެން ކުރީ ސަރުކާރު މީހުންނަށް ދައުވާކުރެވޭތޯ ހާވާ ހަޑި.. މި ކޮމެންޓު ޖަހާލަދެއްޗޭ ހަގީގަތްހާމަކުރިޔަސް

The name is already taken The name is available. Register?

ޯއަބްދުﷲ

07 July 2020

ވަރަށް ފޮނި މަޖިލީހެއް. ހާއްސަކޮށް މި ދޮންބިލެތް.

The name is already taken The name is available. Register?

އިހޫ

07 July 2020

އިލްމު ލިބިފައި ނެތް ވަރަކުން ބޮޑު މަޤާމު ލިބުނީމަ ބޮޑާވާނެ.

The name is already taken The name is available. Register?

ގުލްފިށާމް

07 July 2020

ތި މަޖިލީހުން ކުރެވެނީ ކޮންކަމެއް ކަލޭމެން އަނގަ މާ ބޮޑަށް ދިޔާވެގެން ތިއުޅެނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454