06 ޖުލައި 2020 - 16:48
ބ. އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ބޮޑުފިނޮޅުގައި ތިބި ރިޒް ކުންފުނީގެ ބިދޭސީ މުވައްޒަފުން ހަމަނުޖެހުން ހިންގި ނަމަވެސް އެ މީހުންނަށް އިތުރު އަދަބުތަކެއް ނުދީ، މައްސަލަ ބޮޑުވާން މެދުވެރިވި ސަބަބުތައް ހޯދައި ޒިންމާވާން ޖެހޭ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން މިއަދު ގޮވާލައިފި އެވެ.
ސީލް ކުންފުނިން ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރާ އެ ރަށުގެ ކޮންޓްރެކްޓަރަކީ ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ރިޒާގެ ރިޒް ކުންފުންޏެވެ. އެތައް މަސް ދުވަހެއްގެ މުސާރަ ނުދީ އޮތުމުން، އެ ރަށުގައި މަސައްކަތް ކުރާ ބިދޭސީން މިދިޔަ ބުރާސްފަތި ދުވަހު ވަނީ، އެ ތަނުގައި އުޅޭ 13 ދިވެއްސަކު ރަހީނުކޮށް، ތަކެއްޗަށް ގެއްލުންދީފަ އެވެ.
ނަމަވެސް ބޮޑުފިނޮޅަށް ފުލުހުން ގޮސް ދިވެހިން ސަލާމަތްކޮށް، އޭގެ ތެރެއިން 19 ބިދޭސީއަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެ މީހުންގެ މައްޗަށް ވައްކަމާއި ޓެރަރިޒަމް ފަދަ ބޮޑެތި ތުހުމަތުތަކެއް ކޮށްފައި ވެ އެވެ.
މިކަމާ ގުޅިގެން، ޓްރާންސްޕޭރެންސީން ނެރުނު ބަޔާނުގައި ބުނީ، ބިދޭސީންނަށް އެތައް މަހެއްގެ މުސާރަ ނުދީ، މަސައްކަތް ކުރުވުން އެ ޖަމިއްޔާ އިން ކުށްވެރިކުރާ ކަމަށެވެ. އެކަން އެގޮތަށް ކުރި މީހުންނަށް ފިޔަވަޅު އަޅަން ވެސް ޓްރާންސްޕޭރެންސީން ގޮވައިލި އެވެ.
އެ ޖަމިއްޔާ އިން ބުނިގޮތުގައި، ބޮޑުފިނޮޅުގެ ހަމަނުޖެހުމާ ގުޅިގެން، އެކަމުގެ ޒިންމާވާ ދެ ކުންފުނިން ނެރެފައިވާ ބަޔާންތަކަށް ބަލާއިރު ވެސް އިހުމާލުވެފައިވާ މިންވަރު ހަމާވެ އެވެ.
ރިޒް ކުންފުނިން ބުނެފައި ވަނީ މުވައްޒަފުންނަށް މުސާރަ ނުދެވި އޮތީ ސީލް މޯލްޑިވްސް އިން ފައިސާ ނުދޭތީ ކަމަށެވެ. އެކަމަކު، ސީލް ކުންފުނިން ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ. ސީލް އިން ބުނީ ރިޒް ކުންފުންނާ އެކު ވެފައިވާ ދެ އެއްބަސްވުމުގައި ވާ އަދަދަށް ވުރެ ވެސް ގިނައިން އެ ކުންފުންޏަށް ފައިސާ ދީފައިވާނެ ކަމަށެވެ.
އެންމެ ފަހުން ރިޒް ކުންފުނިން މިހާރު ވަނީ ބިދޭސީންނާ ހަވާލުވުމަށް ވެސް ދެކޮޅު ހަދައިފަ އެވެ. އެ ކުންފުނިން ބުނީ ހަމަނުޖެހުން ހިންގި ބިދޭސީން ބޮޑުފިނޮޅުން ބޭލޭނީ އެއީ ކޮން ބައެއްކަން ކަމާބެހޭ އިދާރާތަކުން ކަށަވަރު ކޮށްދިނުމުން ކަމަށެވެ.
އެ ޖަމިއްޔާއިން ބުނީ، މިއީ ރާއްޖޭގައި ގިނަ ބިދޭސީ މަސައްކަތްތެރިން ކޮންމެ ދުވަހަކުހެން ތަހައްމަލު ކުރަންޖެހިފައިވާ ބޭއިންސާފުގެ ނަތީޖާ ކަމަށެވެ. ރާއްޖޭގެ އެންމެހައި ނިޒާމުތައް ބައްޓަން ކޮށްފައިވާ ގޮތުން މަސައްކަތްތެރިންނަށް ނިޒާމުގެ ތެރެއިން ކަންކަން ހައްލު ކުރުމަށް ހަގީގީ ފުރުސަތު ނެތުމުން ހިނގަން މެދުވެރިވި ހާދިސާއެއް ކަމަށް ވެސް ބުންޏެވެ.
ޓްރާންސްޕޭރެންސީން ބުނީ މި މައްސަލައިގައި ދެ ކުންފުނިން ދައްކާފައިވާ ވާހަކަތަކުން، ހިއުމަން ޓްރެފިކިން އާއި އުޖޫރަ އިން ވައްކަން ކުރުމުގެ އިތުރުން، ފަޅުރަށެއްގައި ބަންދުކޮށް، ކާބޯތަކެތި ފުރިހަމަ އަށް ފޯރުކޮށް ދީފައި ނުވާކަން ފާހަގަކުރެވޭ ކަމަށެވެ. ބިދޭސީ މަސައްކަތްތެރިން އުޖޫރަ ދިނުމަށް އެދުމުން އިންޒާރު ދީ، ބިރުދައްކާފައިވާ ކަމާއި އެކަން ހައްލު ކޮށްދިނުމަށް އެދި ސުލްހަވެރިކަމާއެކު، މިދިޔަ އަހަރުން ފެށިގެން ވެސް އިހުތިޖާޖު ކޮށްފައިވާކަން ވެސް ފާހަގަވާ ކަމަށް ޓްރާސްންޕޭރެންސީން ބުންޏެވެ.
"މި މައްސަލަ ބޮޑުވާން މެދުވެރިވި ސަބަބުތަކާއި މިކަމުގެ ވަށައިގެންވާ އެންމެހާ ކަންކަން ރަނގަޅަށް ތަހުގީގުކޮށް، މިކަމުގައި ޒިންމާވާންޖެހޭ ފަރާތްތައް ހޯދާ، އެބަޔަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ވެސް ގޮވާލަމެވެ. އަދި ހަމަ މިކަމުގައި ހައްޔަރު ކުރެވިފައިވާ އެންމެހާ ބިދޭސީ މަސައްކަތްތެރިންނަށް ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އިން ލިބިދޭ އެންމެހާ ހައްގުތައް ފޯރުކޮށްދެވޭކަން ކަށަވަރު ކުރުމަށް ދިވެހިރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނަށާއި، ލޭބާ ރިލޭޝަންސް އޮތޯރިޓީ އަށް މި ޖަމިއްޔާ އިން ގޮވާލަމެވެ" ޓްރާންސްޕޭރެންސީގެ ބަޔާނުގައި ވެ އެވެ.
އެ ޖަމިއްޔާއިން ބުނީ، މިއީ ރާއްޖޭގައި ގިނަ ބިދޭސީ މަސައްކަތްތެރިން ކޮންމެ ދުވަހަކުހެން ތަހައްމަލު ކުރަންޖެހިފައިވާ ބޭއިންސާފުގެ ނަތީޖާ ކަމަށެވެ. ރާއްޖޭގެ އެންމެހައި ނިޒާމުތައް ބައްޓަން ކޮށްފައިވާ ގޮތުން މަސައްކަތްތެރިންނަށް ނިޒާމުގެ ތެރެއިން ކަންކަން ހައްލު ކުރުމަށް ހަގީގީ ފުރުސަތު ނެތުމުން ހިނގަން މެދުވެރިވި ހާދިސާއެއް ކަމަށް ވެސް ބުންޏެވެ.
ބޮޑުފިނޮޅުގ މައްސަލައިގައި ބިދޭސީ މުވައްޒަފުން ހަމަނުޖެހުން ހިންގިއިރު އޭގެ ތެރެއިން ގިނަ މީހުންނަށް މުސާރަ ނުދޭތާ ހަ މަހަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށް، ހިލޭ ސާބަހަށް ދައުވާ ކޮށްދޭ ޕަބްލިކް އިންޓަރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ) އިން ވަނީ ބުނެފަ އެވެ. މަދަނީ މައްސަލަތަކުގައި ހިލޭ ސާބަހަށް މަސައްކަތްކުރާ ޕީއައިއެލްސީގެ ވަކީލުންގެ އިތުރުން އިމިގްރޭޝަނާއި އިކޮނޮމިކް މިނިސްޓްރީ އާއި ލޭބާ ރިލޭޝަން އޮތޯރިޓީގެ ބޭފުޅުން ވަނީ އެ ރަށަށް ގޮސް ބިދޭސީންނާ ވާހަކަ ދައްކައި މައުލޫމާތު އެއްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަރިއަލްއެދުރުޕްލީޒްސްތޭންޑަޕް
07 July 2020
ޓްރާންސްޕޭރެންސީޕޭރެންސީން އެއްޗެކޭނުބުނެގެންބާ ކުށްކުރުމާއި މީހުންގެ ހައްގުތަކަށް އަރައިގަންނަނީ. މިހާލަތަކަށް އައީވެސް ތިކަހަލަ ހުރުހައި އެއްޗެއް ހިއުމަންރަިޓެއްް ބަލައިގަންނަވަރުންތޭ. ވެގެންމިއުޅޭ ގޮތަކީ އިންސާނުންގެ ނުބައިކަން ހައްދުފަހަނަޅައިދިޔައީ. އެންގެވިގޮތަށް ނުއުޅެވެނީ. އެންމެބޮޑަށް ޓްރާސްޕޭރެނސީ ޑިމޮކުރަސީއޭ ބުނާގައުމުން ނޫންތަ އެހެންގައުމުތައް ތަޅާސުންނާފަތިއެކުރަނީ.
ޑޯން
07 July 2020
ދުނިޔެ ގިޔާމާތް ވާންއުޅޭކަމުގެކުލަވަރު މިފެންނަނީ....ބޮޑެތިކުއްކުރާމީހުން ހުދުފޮތިކޮޅަކަށްނީ
ވަހީދުއްދީން
06 July 2020
ބިދޭސީ އަކަސް ދޭސީ އަކަސް ރައްޔިތުންނާއި ދައުލަތުގެ މުދަލަށް ގެއްލުން ދެންޏާ އަދަބު ވެސް ދޭން ޖެހޭނެ. އަމުދުން އަމަން ބަލަހައްޓާ މީހުންނާއި ކުރިމަތިލާން ދޫކޮށްފައި ބޭތިއްބުމަކީ ވަރަށް ނުރައްކާތެރި ކަމެއް. ޓްރާސްޕޭރަންސީ މޯޑިވްސް ފަދަ ޖަމިއްޔާ ތަކަކީ ބޭރުގެ އެހީގައި ހިންގާ ގުރޫޕުތަކެއް. ކުރީގެ އިންތިޚާބުގެ ދުވަސްވަރު 25،000 ޑޮލަރު އޮސްޓްރޭލިޔާ ސަރުކާރުން އެހީގެ ގޮތުގައި ތިބޭކަލުންނަށް ލިބުނު. ކޮބައިތޯ ތިބޭފުޅުންގެ ނަފްސުގެ އަގު. ނަފްސު ވިއްކާނުލާ.
ކޮމިއުނިސްޓް ޕާޓީ (މާކްސިސްޓް)
06 July 2020
ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ބަޔާނަށް ފުރިހަމައަށް ތާއީދުކުރަން. ރާއްޖޭގައި އުޅޭ ކޮންމެ މަސައްކަތްތެރިއަކަށް ވެސް މުޒާހަރާކުރުމާއި ހަޅުތާލު ކުރުމާއި ޔޫނިއަން ހެދުމުގެ ހައްގު އޮންނަން ވާނެ
ޖާމް
06 July 2020
މުނާފިގުން ތިބިތަނެއްގަ ފިލާ ތިބެފަ ފާޅުވީދޯ. މުސާރަ ނުދިނުމުން މުދަލަށް ގެއްލުންދީ މީހުން ރަހީނުކޮށް ސަލާމަތީ ބާރުތަކާއި ދެކޮޅަށް ހަގުރާމަަ ކުރާކަށް ނުޖެހެޔޭ މާ ދެފުތްފެނިގެން ތިއުޅެނީ.
ފެހި
06 July 2020
ތިމީހުން ތެރޭ ގިނަވާނީ ފުރަތަމަ 100 ޑޮލަރ 150 ޑޮލަރ އަށް ގެ މުސާރައަކަށް އެއްބަސް ވެ ރާއްޖެ އައިސް ދެމަސް ނުވަނީސް ސްޕަރސަރ އަށް ޑިމާންޑް ކޮށް 5000ރ ނުދެންޏާ ސްޕޮސަރ އަށް ފިލައިގެން ގޮސް ބޮޑުމުސާރަ އާއި ގިނަފައިސާ ހޯދަން ފިލައިގެން އުޅޭމީހުން. ތިޔަ މައްސަލައިގެ ކުރިން މިމައްސަލައަށް ވެސް ދިވެހި ވިޔަފާރިތަކަށް ގާނޫނީ ހައްލު ހޯދާދެވޭނެބާ. އެކަމުގެ ސަބަބުން ދިވެހި ވިޔަފާރިތަކަށާއިމަސައްކަތްތެރިންނަށާއިދައުލަތައްލިބޭގެއްލުން އަގު ނުކުރެވޭ
ރަ ދީފް ހުސެން
06 July 2020
ޕާޓީ މީހާވީ މަތޯ! ފިލައިގެން އުޅޭކަ މާ ދެން އޮތްކަ މަކާ މަސައްކަތް ކުރުވިއިރު ނޭގޭތަ، މުސާރަ ދޭންވީ މަ ތިހުރިހާ އެއްޗެއް ހަދާންވީ؟
ޙިކި
06 July 2020
ޙަރުކަށި ޢަދަބު ދީ މުސާރަ ވެސްދީ
ބޭސް
06 July 2020
މުސާރަ ނުދިނުމަކީ ވެސް ކުށެއް އަދި ގަބޫލު ކުރެވޭ ކަމެއްވެސް ނޫން. ނަމަވެސް އެމީހުންގެ އަމަލުތަކަކީ އެއްގޮތަކަށްވެސް ގަބޫލު ކުރެވޭ ކަމެއް ނޫން. އެމީހުން ކުރި ކުށުގެ އަދަބު ދޭންޖެހޭނެ އަދި ގެއްލުމުގެ ބަދަލު އެމީހުންގެ މުސާރައިން ކަނޑަންވެސް ޖެހޭނެ.
އަޖައިބެއް
06 July 2020
މުސާރަ ނުދިން މައްސަލާގައި ވަކި މައްސަލައެކެވެ. ނަމަވެސް މިބިމުގައި ދިވެހިން ރަހީނުކޮށް، ދިވެހި ފުލުހުންނަށް ހަމަލާ ދިނުމަކީ ދައުވާނުކޮށް ދޫކޮށްލެވޭނެ ކަމެއް ނޫނެވެ.
ހުސޭންބެ
06 July 2020
ބޭރު ކަރަކަރައިން ލިބޭ ފައިސާގެ އެހީގައި ރާއްޖޭގައި ޖަމްއިއްޔާތައް ހިންގާ މީހުން ދިރިއުޅެނީ ދިވެހިންގެ މިނިވަންކަމާއި އަބުރު ވިއްކައިގެން. ހުސް އެކަނި ހަރުކަށިފިކުރުގެ މީހުންނަށް ފައިސާ ވަންނަ ދޮރު ބަންދުކޮށްގެން ، ގައުމުގެ ވަހުދަތު ހިފެހެއްޓޭނެތަ؟