22 އޮކްޓޯބަރ

October 22, 2020 6
ބޮޑުފިނޮޅު މައްސަލަ ޓްރައިބިއުނަލުން މިއަދުވެސް ކެންސަލް

ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ރިޒާގެ ރިޒް ކުންފުނިން ބޮޑުފިނޮޅުގައި މަސައްކަތްކުރުވައި މުސާރަ ނުދީ ހާލުގައިޖެއްސި ބިދޭސީންގެ ހައްގުތައް ހޯދަން ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅިތާ ތިން މަސް ވެފައި ވާއިރު މިއަދު ވެސް ރިޒް ކުންފުނިން ޓްރައިބިއުނަލަށް ހާޒިރުނުވުމުން އަޑުއެހުން...

20 އޮކްޓޯބަރ

October 20, 2020 46
އާއިލާ ހާލުގައި ޖެހިއްޖެ، ދެން ގައުމަށް ފޮނުވައިދީ!

ބަންގްލަދޭޝްގައި ތިބި އެ މީހުންގެ އާއިލާތައް ހާލުގައި ޖެހިއްޖެ އެވެ؛ ކޮންމެ ދުވަހަކު ރާއްޖެ ގުޅައި ރޮއެ އާދޭސްކުރަނީ، ކޮންމެވެސް ވަރެއްގެ ފައިސާއެއް ފޮނުވައިދޭށެވެ. އެކަމަކު، އަލީ ޖަލާލަށް (އަސްލު ނަމެއް ނޫން) ކުރެވޭނެ ހަމަ އެއްވެސް ކަމެއް ނެތެވެ. އޭނާ ހުރީ ގޮތް ހުސްވެފަ އެވެ. އާއިލާ ދޫކޮށްލައި އޭނާ ރާއްޖެ އަންނަން މަޖުބޫރުކުރުވީ...

27 ސެޕްޓެމްބަރ

September 27, 2020 7
ބޮޑުފިނޮޅުގެ މައްސަލަ ދެ މަސް ފަހުން ތާވަލުކޮށްފި

ބޮޑުފިނޮޅުގައި މަސައްކަތް ކުރުވައި އެތައް މަހަކު މުސާރަ ނުދީ ހާލުގައި ޖެއްސި ބިދޭސީންގެ ހައްގުތައް ކަށަވަރު ކޮށްދިނުމުގެ ވަގުތީ އަމުރަކަށް އެދި ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލަ ދެ މަސް ފަހުން މާދަމާ އަށް ތާވަލުކޮށްފި އެވެ.

24 އޯގަސްޓް

August 24, 2020
ރިޒްގެ މައްސަލަ ޓްރައިބިއުނަލުން ބަލައިގެންފި

ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރާ ބ. ބޮޑުފިނޮޅުގައި މަސައްކަތްކުރާ ބިދޭސީންނަށް އެއްފަހަރާ މުސާރަ ދިނުމަށާއި އެ މީހުންނަށް ލިބުނު ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ އިތުރުން، ގައުމަށް ދާން ބޭނުންވާ މީހުން ފޮނުވުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ އަމުރެއް ރިޒް ކުންފުނީގެ މައްޗަށް ނެރެދިނުމަށް އެދި ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް...

12 އޯގަސްޓް

August 12, 2020 5
ބިދޭސީންގެ މައްސަލައިގެ ކޮމިޓީ މަޝްވަރާ ސިއްރުކޮށްފި

ބިދޭސީންގެ މައްސަަލައާ މެދު ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކާ މަޝްވަރާކޮށް މައުލޫމާތު ހޯދަން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ޚާރިޖީގުޅުންތަކާ ބެހޭ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުން ޑިފެންސް މިނިސްޓްރީން އެދިގެން ސިއްރުކޮށްފި އެވެ.

11 އޯގަސްޓް

August 11, 2020 17
އެލްއާރުއޭއާ ދެކޮޅަށް ފިޔަވަޅު އަޅާނަން: ރިޒް

ބ. ބޮޑުފިނޮޅުގައި މަސައްކަތްކުރި ބިދޭސީންގެ މުސާރަ ދިނުމުގެ މައްސަލާގައި ރިޒް ކުންފުނީގެ އެއްބާރުލުން ނުލިބޭ ކަމަށް ލޭބާ ރިލޭޝަންސް އޮތޯރިޓީ (އެލްއާރުއޭ) އިން ބުނެފައިވާތީ އެކަމާ ގުޅިގެން ފިޔަވަޅު އަޅާނެ ކަމަށް ރިޒް ކުންފުނިން ރޭ ބުނެފި އެވެ.

10 އޯގަސްޓް

August 10, 2020 21
ބިދޭސީންގެ ނަމުގައި ބައެއް ވަކީލުން ދަނީ އޮޅުވާލަމުން

ބ. ބޮޑުފިނޮޅުގައި މިދިޔަ މަހު ކުރީކޮޅު ހިންގި ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި 19 ބިދޭސީންގެ ނަމުގައި ބަޔާންތައް ނެރެ ވާހަކަ ދައްކަމުން އަންނަ ބައެއް ވަކީލުންގެ ސުލޫކީ މައްސަލަތަކެއް ފާހަގަވެފައިވާ ކަމަށާއި އެހެންވެ އެ މައްސަލަ ބާ ކައުންސިލަށް ހުށަހަޅަން ނިންމާފައިވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

08 އޯގަސްޓް

August 08, 2020 12
19 ބިިދޭސީން ދޫކުރުމުގެ އަމުރެއް ކޯޓުން ނުދިން

ބ. ބޮޑުފިނޮޅުގައި ހަމަނުޖެހުން ހިންގި މައްސަލައިގައި ހައްޔަރުުކުރި 19 ބިިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ބައިތިއްބާފައި ތިބީ އިދާރީ ބަންދެއްގައި ކަމަށާއި އެހެންވެ، އެ މީހުންގެ ބަންދުން ދޫކުރުމުގެ އަމުރެއް ދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.

04 އޯގަސްޓް

August 04, 2020 18
19 ބިދޭސީން އިމިގްރޭޝަންގެ ބަންދުން ދޫކުރަން ކޯޓަށް

ބ. ބޮޑުފިނޮޅުން ހައްޔަރުކުރި 19 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ބަންދުކޮށްފައި ތިބީ ގާނޫނާ ޚިލާފަށް ކަމަށް ބުނެ އެ މީހުން ބަންދުން ދޫކުރުމުގެ ހެބިއަސް ކޯޕަސް އަމުރަކަށް...

August 04, 2020 65
މުސާރަ ނުދޭ ހުރިހާ ބިދޭސީންނާ ދައުލަތުން ހަވާލުވަނީ؟!

ދައުލަތުގެ ކަމާ ބެހޭ އިދާރާތަކަށް މިހާރުގެ ހާލަތުން ވެސް ވަރަށް ސާފު މައްސަލައެކެވެ؛ ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ރިޒާގެ ރިޒް ކުންފުންޏަށް...

03 އޯގަސްޓް

August 03, 2020 8
ބޮޑުފިނޮޅުން ހައްޔަރުކުރި ބިދޭސީން ދޫކޮށްލައިފި

މުސާރައިގެ މައްސަލައިގައި ބ. ބޮޑުފިނޮޅުގައި ހިންގި ހަމަނުޖެހުންތަކަށްފަހު ހައްޔަރުކުރި ބިދޭސީން ރޭ ދޫކޮށްލައިފި އެވެ.

02 އޯގަސްޓް

August 02, 2020 16
ބޮޑުފިނޮޅުގައި ތިބި ބިދޭސީން ގެންދިޔައީ ހުޅުމާލެ އަށް

ބ. ބޮޑުފިނޮޅުގައި ރިސޯޓު ތަރައްގީކުރުމުގެ މަސައްކަތް ކުރަމުން ދިޔަ ރިޒް ކުންފުނީގެ ބިދޭސީން ގެންދިޔައީ ހުޅުމާލެ އަށް ކަމަށާއި މުސާރައިގެ މައްސަލަތައް ހައްލުވަންދެން އެ މީހުން ތިބޭނީ އެ ފެސިލިޓީގައި ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިރޭ ވިދާޅުވެއްޖެ އެވެ.

01 އޯގަސްޓް

August 01, 2020 9
ބިދޭސީން ގެންދިޔަ ތަނެއް ސާފުކޮށްދޭން އެދިއްޖެެ

ބ. ބޮޑުފިނޮޅުގައި ރިސޯޓު ތަރައްގީކުރުމުގެ މަސައްކަތް ކުރަމުން ދިޔަ ރިޒް ކުންފުނީގެ ބިދޭސީން ގެންދިޔަތަނެއް ސާފުކޮށްދިނުމަށް، އެ މީހުންނަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭ ޕަބްލިކް އިންޓަރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ) އިން އެދިއްޖެ އެވެ.

31 ޖުލައި

July 31, 2020 14
ބިދޭސީންގެ ކެއުންބުއިމަށް ހުރަސްއެޅީ ސީލްއިން: ރިޒް

ބ. ބޮޑުފިނޮޅުގައި ތިބި ބިދޭސީންގެ ކެއުންބުއިމާއި ކަރަންޓާއި ފެނުގެ ޚިދުމަތަށް ހުރަސް އެޅީ ސީލް މޯލްޑިވްސް އިން ކަމަށް އެ ރަށުގެ މަސައްކަތުގެ ކޮންޓްރެކްޓަރު ރިޒް ކުންފުނިން މިރޭ...

July 31, 2020 40
ހާލުގައި ޖެހިފައި ތިބި ބިދޭސީން ބޮޑުފިނޮޅުން ބާލައިފި

ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ރިޒާގެ ރިޒް ކުންފުނިން ބޮޑުފިނޮޅުގައި މަސައްކަތް ކުރުވައި އެތައް މަހަކު މުސާރަ ނުދީ، ހަވާލުވާން ދެކޮޅު ހަދައި އެ...

24 ޖުލައި

July 24, 2020 3
ބޮޑުފިނޮޅުން ބިދޭސީން ބާލުވާ ކަމަށްބުނެ ކަންބޮޑުވުން

ބ. ބޮޑުފިނޮޅުގައި ތިބި ބިދޭސީން ރަށުން ބާލުވަން، އެ ރަށުގެ ޑިވެލޮޕަރު ސީލް މޯލްޑިވްސް އިން ނިންމި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ބުނެ، ބިދޭސީންނަށް ގާނޫނީ އެހީތެރިކަން ދެމުން އަންނަ ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

21 ޖުލައި

July 21, 2020 5
ރިޒްގެ ބިދޭސީން އަދިވެސް ބޮޑުފިނޮޅުގައި

ބ. ބޮޑުފިނޮޅުގެ މަސައްކަތްތަކަކާ ހަވާލުވެގެން ތިބި ރިޒް ކުންފުނިން އެ ރަށަށް މަސައްކަތު ގެންގޮސްފައި ތިބި ބިދޭސީންނާ ހަވާލުވެ، އެ މީހުން އެ ރަށުން ބޭލުމަށް ބ. ތުޅާދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރާ އެ ކުންފުނިން ހިލާފްވެއްޖެ އެވެ.

19 ޖުލައި

July 19, 2020 6
އަމުރުނެރުނު މެޖިސްޓްރޭޓުގެ މައްސަލަ ނުބަލަން ނިންމައިފި

ބ. ބޮޑުފިނޮޅުގައި ރިސޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ރިޒް ކުންފުނީގެ މުވައްޒަފުން، އެ ރަށުން ބާލަން އަމުރު ނެރުނު ބ. ދަރަވަންދޫ ކޯޓުގެ އިސް މެޖިސްޓްރޭޓު އަހުމަދު ލަތީފާ ދެކޮޅަށް ހުށަހެޅި މައްސަލަ ނުބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ން މިއަދު ނިންމައިފި އެވެ.

July 19, 2020 8
ބިދޭސީންގެ ވަކީލުންނަށް ގޯސްވީ ފުލުހުންނާއި ސީލް

ބ.އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުން އަންނަ ބޮޑުފިނޮޅުގައި ރިޒް ކުންފުނިން ހިންގި ޕްރޮޖެކްޓެއްގައި މަސަައްކަތް ކުރި ބިދޭސީންނަށް މުސާރަ ނުދިނުމުން ހިންގި...

July 19, 2020 4
ބޮޑުފިނޮޅުގެ ބިދޭސީން މުސާރަ ހޯދަން ޓްރައިބިއުނަލަށް

ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރާ ބ. ބޮޑުފިނޮޅުގައި މަސައްކަތްކުރާ ބިދޭސީންނަށް އެއްފަހަރާ މުސާރަ ދިނުމަށާއި އެ މީހުންނަށް ލިބުނު ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ އިތުރުން...

18 ޖުލައި

July 18, 2020 1
ބޮޑުފިނޮޅު: ބިދޭސީންގެ ބަންދަށް އަނެއްކާ 15 ދުވަސް

ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރާ ބ. ބޮޑުފިނޮޅުގައި މަސައްކަތްކުރާ ބިދޭސީންގެ މުސާރަ ނުލިބިގެން ނުރުހުން ފާޅުކޮށް، 13 ދިވެއްސަކު ރަހީނުކޮށް ހިންހި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކުރި 19 ބިދޭސީންގެ ބަންދަށް އަނެއްކާ ވެސް 15 ދުވަސް ޖަހައިފި އެވެ.

16 ޖުލައި

July 16, 2020 55
އަމުރުނެރުނު މެޖިސްޓްރޭޓްގެ މައްސަލަ ރިޒުން ޖޭއެސްސީއަށް

ބ.އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުން އަންނަ ބޮޑު ފިނޮޅަށް ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ ރިޒާގެ ރިޒް ކުންފުނިން މަސައްކަތްކުރަން...

July 16, 2020 36
ކޯޓު އަމުރަށް އަމަލު ނުކުރާނެ ކަމަށް ރިޒުން ބުނެފި

ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ ރިޒާގެ ކުންފުންޏަކުން ބ. ބޮޑުފިނޮޅުގައި މަސައްކަތް ކުރުވި މީހުން ހިންގި ހަމަނުޖެހުންތަކާ ގުޅިގެން އެ ރަށުން އެ...

15 ޖުލައި

July 15, 2020 4
ރިޒުން ބޮޑުފިނޮޅަށް އެރުވި މީހުން ބާލަން އަމުރުކޮށްފި

ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރާ ބ.ބޮޑުފިނޮޅުގެ މަސައްކަތްތަކަކާ ހަވާލުގެން ތިބި ރިޒް ކުންފުނިން އެ ރަށަށް ގެންގޮސް ތިބި ބިދޭސީންނަށް މުސާރަ ނުދީގެން ހިންގި ހަމަނުޖެހުންތަކަށް ފަހު އެ ކުންފުނިން ހަވާލުވާން އިންކާރުކޮށް ނުގެންގޮސް ތިބި މީހުންނާ ހަވާލުވެ ބޮޑުފިނޮޅުން ވަގުތުން ބާލަން ރިޒް ކުންފުންޏާއި ފުލުހުންގެ މައްޗަށް މިރޭ ބ....

14 ޖުލައި

July 14, 2020 13
ބިދޭސީންނާ ހަވާލުނުވާން ރިޒުން އެހެން ވާހަކަތަކެއް!

ބޮޑުފިނޮޅުގައި ތިބި ބިދޭސީންނާ ހަވާލުވެވެން ނެތީ ހިއުމަން ޓްރެފިކިންގެ ބޮޑެތި ތުހުމަތުތަކަކާ އެކު ފުލުހުން މައްސަލަ ތަހުގީގު ކުރަމުން އަންނާތީ ކަމަށް ބުނެ ރިޒުން އަނެއްކާވެސް...

July 14, 2020 17
ނުރައްކާ މިސްރާބެއް: މުސާރަ ހޯދައިދެވޭކަށް ނެތް؟

ބިދޭސީންނާ މެދު އަމަލުކުރާ ރަހުމްކުޑަ، ލާއިންސާނީ އަނިޔާތަކަށް ވަރަށް ކެތްކޮށްފި އެވެ: ބޮޑުފިނޮޅުން ފެނުނީ އޭގެ އެއް މިސާލެވެ. ޖެނުއަރީ މަހުން ފެށިގެން މުސާރަ ނުދޭ ކަމުގެ ޝަކުވާ އެ...