ޚަބަރު / މަނީ ލޯންޑްރިން

ޔާމީނަށް ކުރި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ހޯދަން އޭޖީން ކޯޓަށް ދަނީ

ކުރީގެ ރައީސް ޔާމީން: އެމަނިކުފާނަށް ކުރި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ހޯދަން އޭޖީން ވަނީ ކޯޓަށް ދާން ނިންމާފައި -- ފޮޓޯ/މިހާރު

މަނީ ލޯންޑްރިންގެ ކުށުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ފައިސާ ހޯދަން ސިވިލް ކޯޓުގައި ދައުވާ ކުރަން އެޓާނީ ޖެނެރަލްގެ އޮފީހުން ނިންމައިފި އެވެ.

މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ފަސް އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އިން ޖޫރިމަނާކޮށް، އެ ފައިސާ ހަ މަސް ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަން ކްރިމިނަލް ކޯޓުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވަނީ ހުކުމްކޮށްފަ އެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުގެ އޮފިޝަލަކު މިއަދު ވިދާޅުވީ، ހުކުމާ އެއްގޮތަށް ޔާމީން އެ ފައިސާ ދައްކަވާފައި ނުވާތީ އެ ހޯދަން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅަން ނިންމާފައިވާ ކަމަށެވެ.

ޖޫރިމަނާ ފައިސާ ހޯދަން ދައުވާ ކުރަން އެޓާނީ ޖެނެރަލްގެ އޮފީހުން ނިންމިއިރު، އެއީ މަނީ ލޯންޑްރިންގެ ގާނޫނުގެ ދަށުން ފުރަތަމަ ފަހަރަށް އިއްވި ހުކުމެވެ. އެއީ ޖިނާއީ މައްސަލައެއްގައި ރާއްޖޭގައި މިހާތަނަށް މީހެއްގެ މައްޗަށް ކުރި އެންމެ ބޮޑު ޖޫރިމަނާ ވެސް މެ އެވެ.

ޔާމީނަށް އިއްވި ހުކުމުގެ އިސްތިއުނާފް ޝަރީއަތް ހައި ކޯޓުގައި މިހާރު ދަނީ ކުރިއަށެވެ. އެ މައްސަލަ ނިމެންދެން ކަފާލާތުގެ ދަށުން ޔާމީން މިނިވަން ކުރަން ހައި ކޯޓުގައި އެދުނަސް، އެ ކޯޓުން ނިންމާފައި އޮތީ ކަފާލާތު ނުދިނުމަށެވެ. އެހެންވެ، އެ މަނިކުފާނު މިހާރު ގެންދަވަނީ މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުންނެވެ.

ޔާމީންގެ މައްޗަށް ދާދި ފަހުން ވެސް ދައުލަތުން ވަނީ މަނީ ލޯންޑްރިންގެ އިތުރު ދެ ދައުވާއެއް އުފުލައިފަ އެވެ. އެކަމަކު އެ މައްސަލަތަކުގެ ޝަރީއަތް ކްރިމިނަލް ކޯޓުން އަދި ނުފަށަ އެވެ.

39 ކޮމެންޓް, 85 ރިއެކްޝަންސް

icon happy icon happy 53%
icon sad icon sad 2%
icon angry icon angry 45%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބެނީ

10 July 2020

މީރާއަށް ތިޔަފައިސާ ބަލައިގަތުމުގެ ޤާނޫނީ ބާރުއެބައޮތްތަ. ކުރީދުވަހުނުން ސުޕްރީމްކޯޓުން ހުކުން ކުރީ މީރާގެ މެންޑޭޓަކީ ޓެކްސްއާއި ޓެކްސްއާގުޅޭ ފައިސާ ހޯދުންކަން. ވީމާ އެހެންއިދާރާތަކަށް ލިބެންޖެހޭފައިސާ މީރާއަށް ދައްކަން އެންގޭނެބާ.

The name is already taken The name is available. Register?

ތަވްފީޤް

10 July 2020

ރައީސް ޔާމީން ވަނީ ކްރިމިނަލް ކޯޓުގެ އެ ހުކުމް ބާތިލްކުރުމަށް ހައިކޯޓަށްހުށައަޅުއްވާފައެވެ. އަދި ހައިކޯޓުން އެ މައްސަލަ ވަކިގޮތަކަށް ނިމެންދެން ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރަކަށްވެސް އެދިވަޑައިގެންނެވިއެވެ.އެހެން ނަމަވެސް ހައިކޯޓުން ނިންމާފައިވަނީއެ މައްސަލައިގައި ހައިކޯޓުން ވަކިގޮތެއް ނިންމަންދެން އެހުކުމް ފަސްކުރަން އަންގަންޖެހޭފަދަ ސަބަބެއް ނެތް ކަމަށެވެ. މައުނައީ ޖޫރިމަނާކުރި ފައިސާދައްކާ ޚަލާސްކޮށް ނިންމަންވީ.

The name is already taken The name is available. Register?

އާދަނު2

10 July 2020

ޔާމީނު އަތުގަ ހާދަލާރިއެއްއޮންނާއޭދޯ! އޭގެފަހަތުން ދުވާމީހުން މުޅިންއުޅެނީ މާ ޔާނު ވެގެން.

The name is already taken The name is available. Register?

ޚަންދު

09 July 2020

ހ.ވޮޑަމުއްލާ ވިއްކާލައިގެންވެސް ތިޔަ ރުފިޔާ ހޯދަންޖެހޭ. ސިޔާސީ ގޮތުން 5 މިލިޔަން ޑޮލަރު ލިބުނީ ގޭ ބޮޑުއަށީގަ ތާސްކުޅެން އިންދަތޯ.

The name is already taken The name is available. Register?

1828

10 July 2020

ޔާމީން އެބަބުނޭ 5 މިލިޔަން ޑޮލަރު ލުބިނީ ބޭރުގެ ފަރާތްތަކުގެ އަތުން ސިޔާސީ ބޭނުމަށްކަމަށް. އެހެންކަމަށް ވާނަމަ އެއީ ތެދު ހަޤީޤަތެއް ތޯ ފުރަތަމަ ބަލަންޖެހެނީ. އޭގެ ފަހުގައި އިތުރު ފިޔަވަޅެއް އަޅަން ޖެހޭނީ.

The name is already taken The name is available. Register?

ޚަންދު އެގޭމީހާ

10 July 2020

ޔާމީނު އެކައުންޓަށް އަދީބު ޖަމާކުރީ 1 މިލިއަން ޑޮލަރު 5 މިލިއަން ޑޮލަރެއް ނޫން...މައުލޫމާތު ނުހޯދާ ކޮމެންޓް ލިއުމަކީ ދެރަކަމެއް...ޔާމީނު އެކައުންޓަށް އަދީބު ޖަމާކުރި 1 މިލިއަން ޑޮލަރު ހުރީ ޔާމީނު އަތް ނުލާ ބަހައްޓާފައި ..އަދީބު ޔާމީނު ގައިރީ ބުނީ އެއީ ކެމްޕޭނުފައިސާކަމަށް...ދެންވެސް މައުލޫމާތު ސާފު ކުރުމަށް ފަހު ކޮމެންޓް ކުރައްވާ.

The name is already taken The name is available. Register?

ވަހީދު

09 July 2020

ސުވާލަކީ މައްސަލާގައި ހިމެނޭ ކްރިމިނަލް ބަޔަށް އަދި ފައިނަލް ޙުކުމް ( ސްޕްރިމް ކޯޓުން ) ނުކުރަނީސް ސިވިލް ބައިގެ އިބްތިދާއީީ ޙުކުމް ތަންފީޒު ކުރަން ޖެހޭނެތޯ؟

The name is already taken The name is available. Register?

ސަރީރު

09 July 2020

އަދީބު ޔާމިނު އެކައުންޓަށްލީ 1 މިލިއަން ޑޮލަރު އެއީ ޔާމީނު މަޅިއަކަށް ފައްތަން ރޭވި ރޭވުމެއް..މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ފަސް އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރު އިން ޖޫރިމަނާކޮށް، މީ ޖޯޖެއް އަދީބު އަދި ޒިޔަތު ހުރީ މިނިވަން ކޮން.

The name is already taken The name is available. Register?

ޝޮކްތެރަޕީ

09 July 2020

މަސްލަ އަދި ނިމުނީކީނުން މިހާ އަވަހަށް ތެޅިގަތީ ލާރި ފަހަތުން. ކީކޭ ބުނާނީ.

The name is already taken The name is available. Register?

ްއަދުރޭ

10 July 2020

މައްސަލަ ނިމިފަ ހުކުމް އިއްވާފައޮތީ. މިހާރު ކުރިއަށްދަނީ އިސްތިއުނާފް. އެއީ ވަކިއެއްޗެއް.

The name is already taken The name is available. Register?

ތަވްފީޤް

10 July 2020

ޖ. ފައިސާ ދައްކަން ހުކުމެއް ކޮށްފައޮތީމަ. ރައީސް ޔާމީން މައްޗަށް ކޮށްފައިވާ ކްރިމިނަލް ކޯޓުގެ އެ ހުކުމް ބާތިލްކުރުމަށް ހައިކޯޓަށްހުށައަޅުއްވި. އަދި ހައިކޯޓުން އެ މައްސަލަ ވަކިގޮތަކަށް ނިމެންދެން ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރަކަށްވެސް އެދިވަޑައިގެންނެވިއެވެ.އެހެން ނަމަވެސް ހައިކޯޓުން ނިންމާފައިވަނީއެ މައްސަލައިގައި ހައިކޯޓުން ވަކިގޮތެއް ނިންމަންދެން އެހުކުމް ފަސްކުރަން އަންގަންޖެހޭފަދަ ސަބަބެއް ނެތް ކަމަށެވެ. މައުނައީ ފައިސާދައްކާޝޯ.

The name is already taken The name is available. Register?

1234

09 July 2020

އިސްތިއުނާފުގެ މަރްޙަލާގައި އޮއްވާ ދަޢުވާއެއް ނުކުރެވޭނެ އަދި އިޖްރާއީ ގޮތުން އެފަދަ ދަޢުވާއެއް ކުރިއަކަށްވެސް ނުގެންދެވޭނެ

The name is already taken The name is available. Register?

ދދދއދއދ3ދ3

09 July 2020

ކޮން ޤާނޫނެއްގަ ތިހެން އޮތީ؟ ކޯޓު ތަކުން ނިންމާ ނިންމުންތަކަށް ތަބާ ވާން ޖެހޭނެ. އަދި ތަބާ ނުވެ އުޅެވޭނީ މަތި މަރުޙަލާ ކޯޓަކުން އެ ޙުކުމް ތަންފީޛުކުރުން ފަސްކުރުމުގެ އަމުރެއް ނެރެދީފިއްޔާ. މި މައްސަލާގައި ހައި ކޯޓުން ބުނީ ނެތޯ ފަސްކުރެވޭކަށް. އެހެންވީމަ، ރައީސް ޔަމީންވިޔަސް ދައްކަން ޖެހޭނެ އެ ފައިސާ. ........ދ

The name is already taken The name is available. Register?

ހިންދުކޮޅު

09 July 2020

ބަޑައްޖެހުނީމަ މީހުންގެ މުދާ ފޭރެން ސަރުކާރުން މަސައްކަތްކުރާނީ

The name is already taken The name is available. Register?

އަކީނޯ

09 July 2020

މީހުންގެ މުދަލޭ. އެހެންތަ؟

The name is already taken The name is available. Register?

ޙިނި

09 July 2020

ޔާމިނު މާލޭން 3000-4000 އަކަފޫޓުގެ ބިމެއް ގަނެ 25 ބުރީގެ އިމާރާތެއް އަޅާ ނިންމާލީ ކޮންތާކުން ހޯދި ފައިސާ އަކުން.

The name is already taken The name is available. Register?

ީހިޔަޅު

09 July 2020

ވާނުވާ ނޭގިގެން ތިއުޅެނީ ވެރިކަ މަށް އައު މުގެ ކުރިން ވެސް ރ.ޔާ މީންގެ އަ މިއްލަފުޅު ގެދޮރު ހުއްޓޭ. ޝަރީޢަތް މެދުވެރިކޮށް 2 ގޯތި ބަދަލުކުރީ ދޭންޖެހުނު ބަދަލު ދެއްވާފަ. ވެރިކަ މަށް 2 އަހަރުވާއިރު ވެސް ވީ ވައްދު ކަނޑުގަ އެޅި ރޮނގެކޭ އެއްވަރު. ކަލޭ މެންނަށް އެއްވެސް ކަ މެއްކޮށް ނުދެވުމ މަކީ ރ.ޔާ މީންގެ މައްސަލައެއްތަ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!