ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު، މީގެ ކުރިން ބޭއްވި ޝަރީއަތުގެ އަޑުއެހުމަކަށް ކޯޓަށް ހާޒިރުކުރަނީ. -- ފޮޓޯ/މިހާރު
09 ޖުލައި 2020 - 16:08
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޝަރީއަތް ކެންސަލްކޮށްފި އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތާ ގުޅިގެން މަގާމުގެ ނުފޫޒު ބޭނުން ކުރުމާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމާއި މަނީ ލޯންޑްރިން ހިމެނޭ ގޮތުން ހަތް ދައުވާއެއް އަދީބުގެ މައްޗަށް ދައުލަތުން ކްރިމިނަލް ކޯޓުގައި އޮތީ އުފުލައިފަ އެވެ.
އެ މައްސަލަތަކުގެ ޝަރީއަތް މިއަދު މެންދުރު ބާއްވަން ހަމަޖެއްސިޔަސް، އެ އަޑުއެހުން ކެންސަލްކުރީ ޕީޖީ އޮފީހުގެ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން އެ އޮފީސް ޑިސްއިންފެކްޓް ކުރަން ޖެހުމުން ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ. އެހެންވެ، އެ މައްސަލާގެ ޝަރީއަތް މިހާރު ތާވަލް ކޮށްފައިވަނީ އަންނަ އާދިއްތަ ދުވަހު ބޭއްވުމަށެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން އަދީބުގެ މައްޗަށް ކުރިން އަށް އަހަރުގެ ޖަލު ހުކުމެއް ވެސް އިއްވި އެވެ. އެކަމަކު ފަހުން ހައި ކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށްފަ އެވެ. ފަހުން ދައުވާ އުފުލި މައްސަލަތަކާ ގުޅިގެން އަދީބު މިހާރު ހުންނެވީ ގޭ ބަންދުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާކަމެއްތަ
10 July 2020
ނޫސްވެރިން ކީއްވެތަ ނުލިއުނީ މިއީ ކިތައްވަނަ ފަހަރުކަން ޝަރީއަތް ކެންސަލްވި؟ ކޮންމެވެސް ދުވަހަކުން އަންނަ ޕްރެޝަރެއްގަ ޝަރީއަތް ފަހަރެއްގަ ބޭއްވުނަސް ހުކުމެއް ނާންނާނެ އޭނައަކަށް މިސަރުކާރު އޮތްހާ ހިނދަކު. އޭނާ ގެއްލުވާލި ފައިސާތައްވެސް ހޯދަން އުޅެނީ ޔާމީނު އަތުން. ޔާމީން އޭނާ ލައްވާ އެބުނާހާ ކަންކަން ކުރުވިނަމަ މިދިޔަ ސަރުކާރުގަ އޭނަ ޖަލުގަ އޮންނާކަށް ނުޖެހޭނެ.
ޢަލިބޭ
09 July 2020
އަދީބާއި ޒިއަތުގެ މައްސަލައެއް ކުރިއަކަށް ނުގެންދާނެ، އެއީ ހުރިހައި މައްސަލަތަކެއްގެ ހެކިވެރިން އެ މީހުން ތިބޭނީ އަރާ މުގަ ބައިތިއްބާފަ
އިޔެ1
09 July 2020
އިންސާފަށް ބުނަންޔާ އަދީބު އަށް ވަރަށް އަދަބު ދެވިއްޖެ. ކިތައް އަހަރުވީ ޖަލުން ކޯޓުން ތަޅުވާތާ؟ ދައުލަތުން ރޭޕު ކުރާމީހުން ފަހަތުން ދާންވެއްޖެއްނުން. އެޔޮއް ބޮޑު ހުޅުމާލޭ ޔޫތު ސިޓީ، ބުރިޖް، ކޮލިޓީ އެތައް ރިސޯޓެއް ވުޖޫދަށް ގެނައުމަށް މަގުފަހިކޮށްދެއްވި. ޔާމީނު ލާރިކޮޅު ދަވާލީމައި ވެސް ކުއްވެރި ވަނީ އަދީބު؟؟
ރޮއެހޭރިޔާ
09 July 2020
ތިޔަ މައްސަލަ ކެންސަލްވާތާ އަހަރު ދުވަސްވީ، ވާއެއްނުވާއެއް ނޭނގޭ
ޕޮށިޓިވު
09 July 2020
ޕޮށިޓިވު ނެގެޓިވް. ޕޮށިޓިވު ޑްރަަމްއެއް