ޚަބަރު / ޑރ. އަލީ ޝަމީމް

ސީއެސްސީގެ ރައީސް ޝަމީމް އިސްތިއުފާ ދެއްވައިފި

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސް ޑރ. އަލީ ޝަމީމް، މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާ ފެއްޓެވުމުގެ ގޮތުން، މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ޝަމީމް މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.

ޝަމީމް މި އިސްތިއުފާ ދެއްވީ ޝަމީމް ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް ސީއެސްސީގެ ހަތަރު މެމްބަރުން މަގާމުން ވަކި ކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުުގެ މިއަދުގެ ޖަލްސާ އަށް އެޖެންޑާ ކޮށްފައި ވަނިކޮށެވެ.

ނަޝީދު ވިދާޅުވީ ޝަމީމް އިސްތިއުފާ ދެއްވުމާ ގުޅިގެން އޭނާ ވަކި ކުރަން މިއަދުގެ ޖަލްސާގައި ވޯޓަކަށް ނާހާނެ ކަމަށެވެ.

ޝަމީމްގެ އިތުރުން ސީއެސްސީގެ ނައިބުު ރައީސް ޝަހީދު މުހައްމަދާއި މެމްބަރުން ކަމަށްވާ ޒަކަރިއްޔާ ހުސައިން އާއި އިބްރާހިމް ޝަހީގު މަގާމުން ވަކިިކުރަން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިދިޔަ މަހު އޮތީ ނިންމައި، މަޖިލީހުގެ ތަޅުމަށް ފޮނުވައިފަ އެވެ.

ސީއެސްސީގެ ހަތަރު މެމްބަރުންގެ އިތުރުން މި ސަރުކާރުގައި 2018 ވަނަ އަހަރު އެ ކޮމިޝަނަށް އައްޔަން ކުރެއްވި މެމްބަރު ފާތިމަތު އާމިރާ ވެސް ވަކިކުރަން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް ހުށަހެޅި އެވެ. އެކަމަކު އެ ހުށަހެޅުން ފާހެއް ނުވި އެވެ.

ކުރީގެ ސަރުކާރުގައި ސީއެސްސީއަށް އައްޔަން ކުރެއްވި ހަތަރު މެމްބަރުން ވަކިކުރަން ކޮމިޓީން ނިންމައި، ކުރިން ވެސް މަޖިލީހުގެ ތަޅުމަށް ފޮނުވި އެވެ. އެކަމަކު އޭރު ކޮމިޓީން އެގޮތަށް ނިންމީ މަދު މެމްބަރުންތަކެއް ހާޒިރުވި ބައްދަލުވުމެއްގައި ކަމަށް ވާތީ އެ މައްސަލަ އަނބުރާ ކޮމިޓީ އަށް އޮތީ ފޮނުވާލައިފަ އެވެ.

Civil Service CommisionCivil Service Commision

Civil Service CommisionCivil Service Commision

ސީއެސްސީގެ މެމްބަރުންގެ ޕްރޮފައިލް

ސީއެސްސީގެ މެމްބަރުކަމުން މިއަދު އިސްތިއުފާ ދެއްވި ޝަމީމް އެ ކޮމިޝަނަށް އައްޔަން ކުރެއްވީ އޯގަސްޓް 18، 2015 ގަ އެވެ. ސީއެސްސީގެ ރައީސަކަށް ރައްޔިތުންގެ މަޖިލީހުން އޭނާ ކަނޑައެޅީ އޯގަސްޓް 24، 2015 ގަ އެވެ. ސީއެސްސީ އަށް އައްޔަން ކުރުމުގެ ކުރުން ޝަމީމް ވަނީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ މެމްބަރުކަމުގައި ވެސް ފަސް އަހަރު ހޭދަކުރައްވައިފަ އެވެ.

33 ކޮމެންޓް, 31 ރިއެކްޝަންސް

icon happy icon happy 42%
icon sad icon sad 16%
icon angry icon angry 42%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރެއްކާ ބެއްޔާ

16 July 2020

މާ ލަސްވެއްޖެ.ކަމުދާ މީހެއްނުން.ވާނުވާ ނޭގޭ.ސިވިލް ސާވިސްގެ އެކި މުވައްޒަފުންނާމެދު އަމަލު ކުރަނީ އެކި ގޮތް ގޮތަށް.

The name is already taken The name is available. Register?

ހުސެނ

15 July 2020

ވަކިވުމަކުން ނުފުދޭ... ކުށެއްކޮއްފަވާނަމަ އަދަބު ވެސް ލިބެންޖެހޭ...

The name is already taken The name is available. Register?

ފިފުޓީ ސިކުސް

13 July 2020

ސިވިލްސަރވިސް ކޮމިޝަންގެ ހުރިހާ މެންބަރުންވެސް ވަކިކުރަންޖެހޭ އަދި އާމިރާވެސް ވަކިކުރަންޖެހޭ ރޮޒޭނާގެ ދައްތަވީމާ ބެހެއްޓީ ސިވިލްސަރވިސް ކޮމިޝަންގެ މެންބަރުންގެ ގޮތުގައި ތިބެންޖެހޭނީ ސިވިލްސަރވެންޓުންގެ މެދުގައި ނަގާވޯޓަކުން އިންތިހާބުވީ މީހުން އޭރުން ސިޔާސީނުވެ ހިންގާނެ އަދި ޕާމަނަންޓް ސެކެއްޓެޜީންނަށްވެސް ތިބަެންޖެހޭނީ އެސެކްޓާރ އަކުން ނުވަތަ އޮފީހަކުން ހޮވާ މީހުން

The name is already taken The name is available. Register?

ޖަޒީރާ އަހަންމައިދީ

13 July 2020

ސިވިލްސާރވިސް ކަމިޝަނުގެ އިދާރާ އިސްލާހު ކޮށްގެން މެނުވީ އެތަނަށް ކޮންމެ ބަޔަކު މެންބަރުންނަށް ލިޔަސް ބޭނުންވާ ނަތީޖާއެއް ނުނެރެވޭނެ ވަކިން ހާއްސަކޮށް އެތަނުގަ މަސައްކުރާ ކުރީގެ އަތޮޅުވެރިންތަކާ ޓީޗަރުންގެ އުނދަގޫ ޒިންމާދާރު އޮފީސްތަކަށް ވަރަށް ބޮޑަށް ކުރިމަތިވޭ. ދެން އިދާރާގެ ސްޓާފުންގެ މުސާރަ އެހެން އޮފީސްތަކަށްވުރެ ބޮޑުވާންޖެހޭ ސަބަބެއްވެސް ނޭނގޭ.

The name is already taken The name is available. Register?

@ޖަޒީރާ

14 July 2020

ސަތޭކައިގެ ވާހަކައެއް ސަޢިދުލް އިސްލާމް ފާހަގަވޭ

The name is already taken The name is available. Register?

ސުމަން ބާއި ---

13 July 2020

ޝުކުރިއްޔާ ޝަމީމު ބާއި

The name is already taken The name is available. Register?

ސަިލީމް

13 July 2020

ނަޝީދުގެ ގްރޫޕްގެ ބަހަށް ޖޭެއެސްސީގައި ގަތް ގަޑުގެ ރަހަ ލާފައި މިހާރު ހުންނާނީ

The name is already taken The name is available. Register?

ކޯލު

13 July 2020

އޭނާ ޖޭއެސްސީ އަކު ނުއުޅޭ ދުވަހަކުވެސް. އެޗްއާރސީއެމް އެއް ނޫންތަ

The name is already taken The name is available. Register?

ބާބާ

13 July 2020

ސިވިލްސާވިސްގެ ރައީސް އަކީ މަގާމުގެ ހައިސިއްޔަތުން ޖޭއެސްސީގެ މެންބަރެއް.

The name is already taken The name is available. Register?

ޓިންޓޮން

13 July 2020

ސިވިލްސާވިސްއަކީ އުވާލަންވެފައިވާ މުއައްސަސާއެއް. ސިވިލްސާވަންޓުންގެ ޙައްޤުގައި އެއްވެސް ކަމެއް ކޮށްދެވޭތަނެއް ނޫން. ނުވިތާކަށް މުވައްޒަފުން ފިއްތުން ކުރާކަމަކީ. މިހާރުވެސް ސިވިލްސާވަންޓުންނާ، ޖުޑިޝަރީ މީހުންގެ މުސާރަތަކާއި އެލަވަންސްތައް އަޅާކިޔާލަން ސިވިލްސާވިސްގެ އިސްވެރިންނަށް ގޮވާލަން.

The name is already taken The name is available. Register?

ޚުރުކޮށް

13 July 2020

ށަމީމު ޕޯޑިއަމްގެ ފުރުޞަތު ލިބޭ ކޮންމެ ފަހަރަކު ބުނަމުން ދިޔައީ ސިވިލްސަރވަންޓުން ހެއްވާލާނެ ވާހަކަ ނިމި ދިޔައިރުވެސް އެބުނާ ކަމެއް ނުފެނުނު ގަވައިދުތަކާ އުޞޫލްތައް ނެރެމުން ދިޔައީ އުނިކަމެއް ގެނެވޭނެ މަގުން ފަތްފުއްތައް ހޯދާ ބަލައި އެފޮޅުވަތްތައް ފާހަގަކޮށް ބަދަލް ކުރަމުން ޖެހުނީ ޔާމީނުގެ އުނދަގޫ ޔާމީނު ބުނީމަ ބުނާގޮތަށް އާދެ އާދެ ކިޔާފަ ކުރީ ސައިދުލް އިސްލާމަކީވެސް މިކަމުގަ އަރާހުރި އަޅެއް

The name is already taken The name is available. Register?

ލުތުފީ

13 July 2020

ޝަމީމް ވަނީ ޔާމީނު ސަރުކާރުން ބުނިހާގޮތަކަށް ސިވިލްސާވަންޓުންނާމެދު ކަންކޮށްފަ. ކިޔަވއިގެން ހުރި އެތިކްސް ނެތް މީހެއް.

The name is already taken The name is available. Register?

ވިސަން

13 July 2020

އިންސާފުގެ މާނަ ކޮންމެ ބޭފުޅެއްގެވެސް ހިތުގައި ބާއްވަވާ އެއީ ހާމަކުރާ އެއްޗެއްނޫން މިޒަމާނުގައި، ހާމަކުރާ ކަމުގައި ވާނަމަ އެކިމީހުންނަށް މާނަކުރެވޭނީ އެކިގޮތަށް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454