13 ޖުލައި

July 13, 2020 9
މަގާމުން އިސްތިއުފާ ނުދިން ޝަހީގު މަގާމުން ވަކިކޮށްފި

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މެމްބަރު ކަމުން އިސްތިއުފާ ނުދެއްވި ހަމައެކަނި މެމްބަރު އިބްރާހިމް ޝަހީގު، އެ ކޮމިޝަންގެ މެމްބަރުކަމުން ރައްޔިތުންގެ މަޖިލީހުން މިއަދު ވަކިކޮށްފި އެވެ.

July 13, 2020 3
ސީއެސްސީން ޒަކަރިއްޔާ ވެސް އިސްތިއުފާ ދެއްވައިފި

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ހަތަރު މެމްބަރުން މަގާމުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުުގެ މިއަދުގެ ޖަލްސާ އަށް އެޖެންޑާ ކޮށްފައި ވަނިކޮށް، އެ ކޮމިޝަންގެ...

July 13, 2020 33
ސީއެސްސީގެ ރައީސް ޝަމީމް އިސްތިއުފާ ދެއްވައިފި

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސް ޑރ. އަލީ ޝަމީމް، މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

04 މާޗް

March 04, 2020 63
ވަކިކުރަން ނިންމީ ފުރިހަމަ ތަހުގީގެއް ނުކޮށް: ޝަމީމް

އޭނާ ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް ސިވިލް ސާޥިސް ކޮމިޝަން (ސީއެސްސީ) ގެ ހަތަރު މެމްބަރަކު އެ ކޮމިޝަނުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމީ ފުރިހަމަ ތަހުގީގެއް ނުކޮށް، ޑިމޮކްރެޓިކް އުސޫލުތަކުގެ ބޭރުން ކަމަށް ސީއެސްސީގެ ރައީސް ޑރ. އަލީ ޝަމީމް (އެލިޝް) ރޭ ވިދާޅުވެއްޖެ އެވެ.

01 މާޗް

March 01, 2020 38
ސީއެސްސީގެ 4 މެމްބަރަކު ވަކިކުރަން ކޮމެޓީން ނިންމައިފި

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސް ޑރ. އަލީ ޝަމީމް (އެލިޝް) އާ އެކު، އެ ކޮމިޝަންގެ ހަތަރު މެމްބަރަކު މަގާމުން ވަކިކުރަން، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިރޭ ނިންމައިފި އެވެ.

07 ޖެނުއަރީ

January 07, 2020 7
ޕާކިސްތާން ސަފީރުގެ ދައުރުގެ ފަހު ހަދިޔާ ސީއެއްސީއަށް

ޕާކިސްތާނުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވަސީމް އަކްރަމްގެ ދައުރު ނިމުމުގެ ކުރިން، އެ ގައުމުން ރާއްޖެ އަށް ދޭ އެންމެ ފަހުގެ އެހީ ސިވިލް ސާވިސް ޓްރެއިނިން އިންސްޓިޓިއުޓަށް (ސީއެސްޓީއައި) މިއަދު ހަދިޔާކޮށްފި އެވެ.

13 ނޮވެމްބަރ

November 13, 2019 32
ސިވިލް ސާވަންޓުން ސިޔާސީ ނުވެވޭ ގޮތް ހަދައިދީ: ޝަމީމް

ސިވިލް ސާވިސް ގާނޫނު ފުރަތަމަަ ފާސްކުރި އިރު އޮތް ގޮތަށް، ސިވިލް ސާވަންޓުންނަކީ އެއްވެސް ސިޔާސީ ހަރަކާތެއްގައި އަދި ސިޔާސީ ޕާޓީއެއްގައި ވެސް ބައިވެރި ނުވެވޭ ބައެއް ކަަމަށް އަލުން ހަދަން އެދޭ ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އެދިއްޖެ އެވެ.

05 ނޮވެމްބަރ

November 05, 2019 19
"ބިނާކުރާމީހުން ރާއްޖޭގައި ބޭތިއްބޭނެ ގޮތް ހޯދަންޖެހޭ"

އެކި ދާއިރާތަކަށް ޚާއްސަކޮށްގެން ބިނާކުރާ ދިވެހިން ރާއްޖޭގައި ހިދުމަތް ކުރަން ބޭތިއްބޭނެ ގޮތެއް ހޯދަން ޖެހޭ ކަމަށާއި ހުނަރުވެރި މީހުން ގައުމު ދޫކޮށް ދިއުމުގެ މައްސަލަ އެންމެ ބޮޑަށް ކުރިމަތިވާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސް ޑރ. އަލީ ޝަމީމް (އެލިޝް) މިއަދު ވިދާޅުވެއްޖެ އެވެ.

31 އޮކްޓޯބަރ

October 31, 2019 29
ސީއެސްސީ މެމްބަރުން "ސިޔާސީ" ވި މައްސަލަ ގޯސްވެއްޖެ!

ކުރީގެ ސަރުކާރުގައި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މެމްބަރުން ސިޔާސީވެ، ސިވިލް ސާވިސްގެ މުވައްޒަފުންތަކެއް ވަޒީފާ އިން ވަކިކުރި ކަމަށް ބުނާ މައްސަލަ ހޫނުވެ، އެ ކޮމިޝަންގެ ހަތަރު މެމްބަރެއްގެ މައްސަލަ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ބަލަން ފަށައިފި އެވެ.

12 މެއި

May 12, 2019 14
ފަންޑު ދަތިކަމުން މުވައްޒަފުން ތަމްރީންކުރަން ހުރަސްއެޅޭ

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އަށް އެކަށީގެންވާ ފަންޑު ނުލިބޭތީ މުވައްޒަފުން ތަމްރީންކުރަން ދަތިވާ ކަމަށް އެ ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.

10 ޑިސެމްބަރ

December 10, 2018 21
އިންސާނީ ހައްގުގެ ދެ މުއާހަދާގައި ވަނީ ސޮއިނުކޮށް

އިންސާނީ ހައްތުތައް ކަށަވަރުކޮށް ދިނުމަށްޓަކައި ހަދާފައިވާ ބައިނަލްއަގުވާމީ ދެ މުއާހަދާއެއްގައި ރާއްޖޭން ބައިވެރިވެފައި ނުވާތީ އެކަން ވީހާ ވެސް އަވަހަށް ކުރުމަށް، ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސް ޑރ. އަލީ ޝަމީމް މިއަދު ގޮވާލައްވައިފި އެވެ.

01 އޮކްޓޯބަރ

October 01, 2018 15
އާސަރުކާރަށް އެއްބާރުލުން ދޭން ޕީއެސްއިންނަށް އަންގައިފި

ވެރިކަން ބަދަލު ކުރުމުގެ މަރުހަލާގައި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް ސިވިލް ސާވިސް އިދާރާތަކުގެ އެއްބާރުލުން އިތުރުކޮށްދިނުމަށް މިނިސްޓްރީތަކުގެ ޕާމަނަންޓް ސެކްރެޓްރީންނަށް އިއްޔެ އަންގައިފި އެވެ.

25 ޖުލައި

July 25, 2018 11
ރަޖިސްޓްރޭޝަންގެ މަސައްކަތް ކުރާކަށް ނާންގަން: ސީއެސްސީ

ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓު ލުމަށްޓަކައި ރަޖިސްޓްރީކުރަން އެއްވެސް މުވައްޒަފަކަށް އަންގާފައިނުވާނެ ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު ބުނެފި އެވެ.

23 ޖުލައި

July 23, 2018 14
ސީއެސްސީ ރައީސް ޝަމީމްގެ މައްސަލަ އޭސީސީއަށް ހުށަހަޅަނީ

ރިޔާސީ އިންތިހާބުގައި ވޯޓުލާން ރީ-ރަޖިސްޓްރޭޝަން ކުރުމުގެ މަސައްކަތް ސިވިލް ސާވަންޓުންނަށް މަޖުބޫރުކޮށްގެން ކުރަމުންދާ ކަމަށާއި އެހެންވެ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް ޑރ. އަލީ ޝަމީމް މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާނެ ކަމަށް އިދިކޮޅު ޕާޓީތަކުން މިއަދު ބުނެފި އެވެ.

16 އެޕްރީލް

April 16, 2018 4
ކޮންފަރެންސް ކާމިޔާބު، ފިލާވަޅުތަކެއް ލިބިއްޖެ: ޝަމީމް

ސިވިލް ސާވިސްގެ ތިން ވަނަ ކޮންފަރެންސް ކާމިޔާބު ކަމަށާއި އެ ކޮންފަރެންސުން ވަރުގަދަ ފިލާވަޅުތަކެއް ލިބިއްޖެ ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސް ޑރ. އަލީ ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.

14 އެޕްރީލް

April 14, 2018 26
ސީއެސްސީގެ ގާނޫނުން ގޮންޖެހުންތައް ކުރިމަތިވޭ: ޝަމީމް

ސިވިލް ސާވިސްއާ ގުޅޭ މައްސަލަތައް ހައްލު ކުރުމުގައި، މިހާރު އަމަލުކުރަމުން އަންނަ ސިވިލް ސާވިސްގެ ގާނޫނުން ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް ޑރ. އަލީ ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.

11 ފެބުރުއަރީ

February 11, 2018 100
މުސާރަ އެންމެ ބޮޑުވީ ދަށް ފަންތީގެ މުވައްޒަފުންނަށް

ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނައި އިރު، ނިސްބަތުން މުސާރަ ނުވަތަ އެންމެ ބޮޑު އެލަވަންސެއް ދެނީ ދަށް ފަންތީގެ މުވައްޒަފުންނަށް ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު ބުނެފި އެވެ.

14 އޯގަސްޓް

August 14, 2017 27
ޔޫތުގެ ޕީއެސް ގޭގައި މަޑުކުރަން އެންގި މައްސަލަ ބަލަނީ

ޔޫތު މިނިސްޓްރީއަށް އަލަށް އައްޔަން ކުރި ޕާމަނަންޓް ސެކްރެޓަރީ ފާތުމަތު މުނާ ގޭގައި މަޑުކުރަން އެ މިނިސްޓްރީން އެންގި މައްސަލަ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ން ބަލަން ފަށައިފި އެވެ.

31 ޖެނުއަރީ

January 31, 2017 25
ސިވިލް ސާވިސް އަށް އިސްލާހީ ބަދަލު އަންނާނެ: ޝަމީމް

ސިވިލް ސާވިސްގެ ހިދުމަތަށް މި އަހަރު އިސްލާހީ ބަދަލުތަކެއް އަންނާނެ ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް އަލީ ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.

22 ޑިސެމްބަރ

December 22, 2016 24
މުސާރަ ބޮޑުކުރުމުގެ މަސައްކަތްތަކެއް އެބަ ކުރޭ: ޝަމީމް

ސިވިލް ސާވިސްގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމާ ގުޅޭ މަޝްވަރާތަކާ އެކު މަސައްކަތްތަކެއް ވެސް ކުރިއަށް އެބަ ދާ ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް ޑރ. އަލީ ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.

06 ސެޕްޓެމްބަރ

September 06, 2016 5
މަޖީދިއްޔާގެ އެންމެ މޮޅު ދަރިވަރަކަށް މިޝަލް

މަޖީދިއްޔާ ސްކޫލުގެ މިދިޔަ އަހަރުގެ އެންމެ މޮޅު ދަރިވަރަކަށް، މިޝަލް މުހައްމަދު ނައީމު ރޭ ހޮވައިފި އެވެ.

17 ޖުލައި

July 17, 2016 23
އެމްކިއުއޭއިން ރިކޮގްނިޝަން ތައްގަނޑު ޖެހުން ހުއްޓާލަނީ

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)އިން ޖަހައިދެމުން އަންނަ "ރިކޮގްނިޝަން" ތައްގަނޑު، އަންނަ ސެޕްޓެމްބަރު އެއް ވަނަ ދުވަހުން ފެށިގެން ޖެހުން ހުއްޓާލަން އެ އޮތޯރިޓީން ނިންމައިފި އެވެ.