ސޮނޭވާ ފުށި މަތިން ފެންނަ ގޮތް. -- ފޮޓޯ: ސޮނޭވާ ފުށި
15 ޖުލައި 2020 - 11:34
ބ. އަތޮޅު ސޮނެވާފުށި ރިސޯޓުގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
ރާއްޖޭގައި ހިންގާ އެންމެ އަގުބޮޑު ރިސޯޓްތަކުގެ ތެރޭގައި ހިމެނޭ ސޮނެވާފުށީގައި މަސައްކަތް ކުރާ އެ މުވައްޒަފުގެ ފުރަތަމަ ނަތީޖާ ޕޮޒިޓިވްވުމާ އެކު، ދެ ވަނަ ޓެސްޓެއް ހެދުމަށް މިހާރު ވަނީ ސާމްޕަލް ފޮނުވައިފަ އެވެ. އެކަމަކު މިހާރު އޮންނަ އުސޫލުން އެއްފަހަރު ޕޮޒިޓިވް ވިޔަސް ބަލަމުން ދަނީ އެއީ ޕޮޒިޓިވް ކޭހެއްގެ ގޮތުގަ އެވެ.
މިކަމާ ބެހޭ ގޮތުން ސޮނެވޭފުށިން ވެސް އަދި އެޗްޕީއޭ އިން ވެސް ވަކި އެއްޗެކޭ ނުބުނެ އެވެ. އެކަމަކު އެނގިފައިވާ ގޮތުގައި ޕޮޒިޓިވް ވި މުވައްޒަފަކީ ޓޫރިސްޓުންނަށް ސީދާ ހިދުމަތް ދޭ މުވައްޒަފެއް ނޫނެވެ.
ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލައި، މިއަދު 100 އަށް ވުރެ ގިނަ ޓޫރިސްޓުން އައިއިރު އޭގެ ތެރޭގައި ސޮނެވާފުއްޓަށް ވެސް ހައެއްކަ ޓޫރިސްޓުން އައި ކަމަށް ވެ އެވެ. އެހެން ނަމަވެސް، ރާއްޖޭގެ އެހެން ރިސޯޓްތަކާ ހިލާފަށް ސޮނެވާފުއްޓަކީ ބޯޑަރު ބަންދުކޮށްފައި އޮތް އިރު ވެސް ބަންދުކޮށްފައިވާ ރިސޯޓެއް ނޫނެވެ.
ސޮނެވާފުށިން ޕޮޒިޓިވް ކޭހެއް މި ފެނުނީ ރާއްޖޭގެ ރިސޯޓަކުން ކޮވިޑް ކޭހެއް ނުފެންނަތާ ހަތަރު ވަރަކަށް މަސް ދުވަސް ފަހުންނެވެ. ރާއްޖޭގެ ގިނަ ރިސޯޓްތައް ބަންދުކޮށްފައި އޮންނަތާ ތިން މަހަށް ވުރެ ގިނަ ދުވަސް ފަހުން، އޭގެ ތެރެއިން ބައެއް ރިސޯޓުތަކުން، ސަލާމަތީ ފިޔަވަޅުތަކާ އެކު ހިދުމަތް ދޭން ފަށާފައި ވަނީ މިއަދު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނެވިމީހާ
15 July 2020
ތީ ހުރިހާ ތަނަކު އޮތް އެއްޗެއް، ސޮނެވާއިން ޓެސްޓް ކުރާތީ ފެނުނީ، އެހެން ރަށްރަށުން ޓެސްޓް ނުކުރެވޭތީ ފައްސި ކޭހެއް ނުފެންނަނީ، ސޮނެވާ އޮތީ ލޮކްޑައުންގަ މިދިޔަ ބުރާސްފތިން ފެށިގެން. މިދިޔަ 14 ދުވަހު ދަތުރު ކޮށްފަ ތިބި ހުރިހާ މީހުން ޓެސްޓް ކުރުމުގެ ތެރެއިން ފުނުނު ކޭހެއް ފައްސިވެގެން އުޅެނީ، މުވައްޒިފުން އަނބުރާ އައީމަ އެމީހުން އައިސޮލޭޓް ކޮށްފަ ޓެސްޓް ކޮށްފަ ނަތީޖާ ލިބުނީމަ ވަޒީފާ އަށް ނުކުމެވެނީވެސް. މީ ހާސްވާންޖެހޭ ވަރު ކަމެއް ނޫން.
ތިޔަގޯސްވީ
15 July 2020
ސޮނެވާ ލޮކްޑައުންގެ އޮތޭހަމަބުނީތަަ، ސޮނެވާއިން މީހުން ކައިރި ރައްރަށަށް ދަތުރުއެބަކުރޭ. ރޭގަވެސް މިރަށަށް މީހަކުއެރި.
މޫސަަ
15 July 2020
ޝަފާކައްﷲ