ކްރޫޒް ލައިނާއެއްގައި މިދިޔަ އަހަރު މާލެ ފޭބި ބައެއް ޓޫރިސްޓުން ފާލަން ދޮށުގައި: ދަތުރުވެރިން ރާއްޖެ އައުމުގެ 24 ގަޑިއިރު ކުރިން ހާއްސަ ފޯމެއް ފުރަންޖެހޭނެ ކަމަށް އިމިގްރޭޝަން އިން މިއަދު ބުނި -- ފޮޓޯ: ނިޝާން އަލީ/މިހާރު
15 ޖުލައި 2020 - 12:55
ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި މިދިޔަ މާޗު މަހު ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށް ފަހު މިއަދު އަލުން ހުޅުވާފައި ވާއިރު ރާއްޖެ އަންނަ އެންމެން ވެސް 24 ގަޑިއިރު ކުރިން އެ މީހެއްގެ މައުލޫމާތު އޮންލައިންކޮށް އިމިގްރޭޝަނަށް ފޮނުވަން ޖެހޭނެ ކަމަށް ބުނެފި އެވެ.
އެ އިދާރާ އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ، ރާއްޖެ އަންނަ މީހުންނާއި ފުރާ މީހުން ވެސް ދަތުރުގެ 24 ގަޑިއިރު ކުރިން "ޓްރެވަލާސް ހެލްތު ޑިކްލަރޭޝަން" ފޯމް ފުރިހަމަކޮށް އޮންލައިންކޮށް ހުށަހަޅަން ޖެހޭނެ ކަމަށެވެ. ބޭރު މީހުންގެ އިތުރުން ދިވެހިން ވެސް މި ފޯމު ފުރަން ޖެހޭނެ ކަމަށާއި މި ފޯމު އެކަމަށް ހާއްސަ ޕޯޓަލް "އިމުގާ" އަދި އިމިގްރޭޝަނުގެ ވެބްސައިޓުން ލިބޭނެ ކަމަށް އެ އިއުލާނުގައިވެ އެވެ.
Introducing electronic Traveller Health Declaration.
— Maldives Immigration (@ImmigrationMV) July 15, 2020
More information:
English: https://t.co/jyOdSsO0Tj
Dhivehi: https://t.co/Ko3sDLTswr#Imuga pic.twitter.com/0WbiFIVMZo
މޯލްޑިވްސް އިމިގްރޭޝަން އިން މިއަދު ކުރި ޓްވީޓެއް
ބޭރު ގައުމުތަކުން ރާއްޖެ އަށް އަނބުރާ އަންނަ ދިވެހިންނާއި ޓޫރިސްޓުންނާއި ވޯކް ޕާމިޓާއި އެހެނިހެން ވިސާތަކުގައި އަންނަ މީހުން ވެސް މި ފޯމު ފުރަން ޖެހޭނެ އެވެ.
ކޮވިޑް-19 އިން ރައްކާތެރިވާން އެޅި ފިޔަވަޅުތަކުގައި އިމިގްރޭޝަނުން ވަނީ ވަރަށް ގިނަ ހިދުމަތްތައް އޮންލައިން ދޭން ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޯޑަރު
16 July 2020
ބޯޑަރު ހުޅުވަން ބަޔަކު ތައްޔާރުވާނީ މިވަރަށް! ބޯޑަރު ހުޅުވާފަ ޕޯޓަލްހެދީމާ ފެންވަރު އެބައިނގޭ!