ގެެވެށި އަނިޔާ ރިޕޯޓްކުރަން ބާރު އަޅާ ކެމްޕޭނެއް ޖެންޑާ މިނިސްޓްރީން ފަށައިފި

ގެެވެށި އަނިޔާއިން ރައްކާތެރިވުމަށާއި އަނިޔާ ރިޕޯޓްކުުރުމުގެ ހޭލުންތެރިކަން އިތުރުކުރުމުގެ ކެމްޕޭނެއް ޖެންޑާ މިނިސްޓްރީން މިއަދު ފަށައިފި އެވެ.


"ގެވެށި ގުޅުން" ނަމުގައި ކެމްޕޭން ލޯންޗް ކޮށްދެއްވީ ވާޗުއަލްކޮށް ބޭއްވި ރަސްމިއްްޔާތެއްގައި ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ އެވެ. މި ކެމްޕޭންގެ މަގުސަދަކީ މިނިސްޓަރު ވިދާޅުވި ގޮތުގައި ގެވެށި އަނިޔާ އިތުރުވާތީ މުޖުތަމައަށް ބަަދަލެއް ގެނައުމެވެ. އެއީ ހަމަ އެކަނި ސަރުކާރުން ކަންބޮޑުވާ މައްސަލައެއް ނޫން ކަމަށާއި އެއީ ރާއްޖޭގެ އެންމެން ކަންބޮޑުވާ މައްސަލައެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ތެރޭގައި މިހާރު އާދަޔާ ހިލާފަށް ރިޕޯޓްްކުރަމުންދާ އަނިޔާގެ މައްސަލަތަަކަކީ، އެއީ ކުޑަކުދިންނަށް ކުރާ އަނިޔާ ކަމުގައި ވިޔަސް، އަދި ގެވެށި އަނިޔާ ކަމުގައި ވިޔަސް، އަޅުގަނޑުމެން އެންމެން ކަންބޮޑުވަ ކަމެއް. އެހެންކަމުން އަޅުގަނޑުމެން މިއަދު މިފަށާ ކެމްޕޭން ފެށުމުގެ އެންމެ ބޮޑު މަގުސަދަކީ މި ވާހަކަތައް ދައްކާނެ ޕްލެޓްފޯމްތަކެއް ހޯދުން،" އައިޝާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އަނިޔާގެ ވާހަކަތައް ދައްކާނެ ޕްލެޓްފޯމެއް އުފެއްދުމުގެ ބޭނުމަކީ އެކަމުގައި ހުރި ކަންބޮޑުވުންތައް ކިޔައިދީ، ސަރުކާރުގެ މުވައްސަސާތަކާއި ކުންފުނިތަކާއި ރައްޔިތުން އަމަލުކުރަންވީ ގޮތް ވެސް ކިޔައިދިނުމެވެ. އަނިޔާ ހުއްްޓުވަން ކުރާ މަސައްކަތުގައި ހުރިހާ އެންމެން ބައިވެރިވާން އޭނާ އިލްތިމާސް ކުރެއްވި އެވެ.

އުއްމީދަކީ އަނިޔާކުރާތަން ފެނިއްޖެ ނަަމަ އެކަން ރިޕޯޓްކުރާނެ ހިތްވަރު ހުރި ބަޔަކަށް އެންމެން ވުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އަނިޔާކުރާތަން ފެނުމުން އަޅުގަނޑުމެން މިހާރު އަމަލުކުރާ ގޮތާ މެދު ވިސްނައިލަން އެބަ ޖެހޭ. އަޅުގަނޑުމެންނަަށް ކެރޭތޯ އެ ވާހަކަ ދައްކަން. އަޅުގަނޑުމެން މަސްލަހަތަށް ޓަކައި ނުބުނެ ތިބެނީ ކިތައް ވާހަކަތޯ، ނުބުނެ ތިބީމާ ފަރުދުންނަށް، ކުޑަކުދިންނަށް، ބޮޑެތިމީހުންނަށް ވެސް ލިބެނީ ކޮންކަހަލަ އަނިޔާތަކެއްތޯ އޭގެ ސަަބުން އަޅުގަނޑުމެންގެ ގޭތެރޭގައި ގެވެށި ގުޅުމަށް ވެގެންދަނީ ކީއްތޯ؟ މިއީ އަޅުގަނޑުމެން އަމިއްލައަށް ކުރަން ޖެހޭ ސުވާލުތައް، އައިޝާ ވިދާޅުވި އެވެ.

މައްސަލަތައް ސިއްރުނުކޮށް ރިޕޯޓް ކުރުމަށާއި ހުއްޓުވަން ކުރަން ޖެހޭ ކޮންމެ މަސަައްކަތެއް ކުރަން ވެސްް ރައްޔިތުން އަޒުމް ކަނޑައަޅަން އޭނާ އިލްތިމާސް ކުރެއްވި އެވެ. އަނިޔާ ހުއްޓުވޭނީ ފިރިހެނުން ވެސް އެ މަސައްކަތުގައި ބައިވެެރިވެެގެން ކަމަށް ވިދާޅުވެ، އެކަމުގައި މިހާރުވެސްް ބައިވެރިވާ ފިރިހެނުންނަށް އައިޝާ ޝުކުރު އަދާކުރެއްވި އެވެ.

ގެވެށި ގުޅުން ކެމްޕޭން ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ. ރަސްމިއްޔާތުގައި އެމަނިކުފާނު ވިދާޅުވީ އަންހެނުންނަށާއި ކުޑަކުދިންނަށް ރައްކާތެރިކަން ހޯދައިދޭން ކުރާ މަސައްކަތް އިތުރުކުރުމަށް ސަރުކާރުން ކުރި އެއް ކަމަކީ އެކަމަށް ކުރާ ހޭދަ އިތުރުކުރުން ކަމަށެވެ. އެގޮތުން ޖެންޑާ މިނިސްޓްރީ އަށް މި އަހަރު 294 މިލިޔަން ރުފިޔާގެ ބަޖެޓެއް ދީފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެެ.