ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގައި ތާށިވެފައި ތިބި ބިދޭސީންގެ ބަޔަކު ފުރަން ގެންދަން ވެހިކަލަށް އެރުމުގެ ކުރިން އަތް ސާފުކުރަނީ. -- ފޮޓޯ: މިހާރު
16 ޖުލައި 2020 - 22:05
މިދިޔަ 24 ގަޑިއިރު ތެރޭގައި އިތުރު 68 މީހަކު ރާއްޖޭން ކޮވިޑް-19 އަށް ޕޮޒިޓިވްވެ ބަލި ޖެހުނު މީހުންގެ އަދަދު 2،899 އަށް އަރައިފި އެވެ.
އެޗްޕީއޭ އިން ބުނީ އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ނަތީޖާ ލިބުނު ސާމްޕަލްތަކުން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 47 ދިވެހިންނާއި ބަންގްލާދޭޝް ނުވަ މީހަކާއި އިންޑިއާ ހަތަރު މީހަކާއި ފިލިޕިންސް ތިން މީހަކާއި ސްރީ ލަންކާ ހަތަރު މީހަކާއި ނޭޕާލު މީހެކެވެ.
ކުރިން ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދު ވަނީ 19 މީހަކު ރަނގަޅު ވެސް ވެފަ އެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ ކޮވިޑް-19 ފެތުރެން ފެށި އިރު އެންމެ ގިނައިން ބަލި ޖެހުނީ ބިދޭސީންނަށް ކަމަށް ވިޔަސް ބަލި ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދީ ލޮކްޑައުން އުވާލުމާ އެކު މިހާރު ގިނައިން ބަލި ޖެހެނީ ދިވެހިންނަށެވެ.
މިހާތަނަށް 1،207 ދިވެއްސަކަށް ވަނީ ކޮވިޑް-19 ޖެހިފަ އެވެ. ބަންގްލާދޭޝްގެ 1،354 މީހަކަށް މި ބަލިި ޖެހިފައި ވާއިރު އިންޑިއާގެ 242 މީހަކާއި ސްރީ ލަންކާގެ 23 މީހަކާއި އެހެން ގައުމުތަކުގެ 73 މީހަކަށް ވެސް ރާއްޖޭގައި ވަނީ ކޮވިޑް-19 ޖެހިފަ އެވެ.
ކޮވިޑް-19 ޖެހިގެން މިއަދު ރާއްޖޭން 15 ވަނަ މީހަކު މަރުވެފައިވެ އެވެ. އެއީ އައިޖީއެމްއެޗްގައި އެޑްމިޓްކުރި ކޮވިޑް-19 ގެ ބަލި މީހެއްގެ ފަރާތުން ބަލި ޖެހުނު 42 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ބަލިން ރަނގަޅުވި މީހުންނާއި ބަލީގައި މަރުވި މީހުން އަދި ބަލި ޖެހިފައި ވަނިކޮށް ރާއްޖޭން ފުރައިގެން ގޮސްފައިވާ 15 މީހުން ނުހިމަނައި ރާއްޖޭގައި މިހާރު ތިބި ކޮވިޑް-19 ގެ ބަލި މީހުންގެ އަދަދަކީ 530 އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މުކައްބަ000
17 July 2020
ރެސްޓޯރެނޓް ތަކުން ކާން ބޭނުންވާމީހުން ކާންލިބޭ ގޮތް ހަދާ. ކޮފީ ސިންގެރޭޓް މަނާކުރެ އިހަށް. ބޮޑުތަނުން މަދުވާނެ މީހުން ދާންދެން. މިއުޅޭ ލަޓޯ ފަޓޯމެން އަތުގަ ކާނެވަރެއް ނުހުންނާނެ މަންމަ އަތުން 50 ރުފިޔާ ނގައިގެން ކޮފީއަށް އަރާނި
ލަޓޯ ފަޓޯ ކުދިން
17 July 2020
ކީއްތަ ކުރާނީ؟ މައިން މުސްކުޅިވެ ޢައިލާ ބަލަންޖެހިފަ، ޑޮކްޓަރު ހަރަދު ދައްކާފަ، ކުލި ދައްކާފަ، ފެން ކަރަންޓު ދައްކާފަ، ފޯނު ބިލުގެ އިތުރުން ދެއިރު ދެދަޅައަށް މަންމަ ބޮޑުދައިތައަށް ގުޅަން ލާރި އަޅާދީފަ، މުޖްތަމަޢުގެ ޒަމާނީ އުސްލޫބުތަކުން ދުރުވާން ހިތްނެދޭތީ ނެޓްފްލިކްސް އަށްވާ ބިލު ދައްކާފަ، ބޯކޮށް ވާރޭ ވެހެންޏާ ފެން ބޮޑުވާތީ ކާރަށް ދާ ޚަރަދު ދީފަ، 50ރ އޮތިއްޔާވެސް މަށަށް ސަލާމް. މުކައްބެ ޔޭޔެ ބުޔަސް ލަޓޯފަޓޯމެން ބޭނުންވަނީ އެސްޕްރެސޯ ޝޮޓެކޭ :(
ކާރވީ
17 July 2020
އަދިކިރޔާ މިގައުމުގަ ކާވް މައްޗަށް އެދަނީ. ފްލެޓްންކުރަން ކީ ޒަމާން ގޮއްސި މިހާރު.
ކިނބޫ
17 July 2020
ހަަޤީޤީ ނުރައްކާތެރި ބައްޔެއް އުޅޭނަމަ މިގޮތަށް ކޮމެންޓްކުރާނެ ވަގުތެއް ނުލިބޭނެ. ވަށްވަށް ޖަހާ ސިންގާއެއް ދިހަ މީހުންގެ ކުރިމަތީގައި ވިހި ފޫޓު ދުރުގައި އޮތް ނަމަ އެމީހުންގެ މެދުގައި ކޯޅެން ތިބޭނެތަ. ނުތިބޭނެ. އެއްބަޔަކު ދުވެ ފިލާނީ އަނެއް ބަޔަކު ފްރީޒް ވާނީ ކޮންމެ ވެސް އެކަކު ވަގުގެ ޝިކާރަައަކަށްވާނީ. އެއީ ދުނިޔޭގެ ކަން ހިނގާ ގޮތް. ކޮވިޑުގެ އެޑްވާންޓޭޖް ބައެއް މީހުން ނަގަމުންދަނީ އެކި ބޭނުމަށް.
ކާށި ކިބަ
17 July 2020
ފަރުދީ ޒިންމާ އަދާކުރާށޭ، ފަރުދީ ޒިންމާ އަދާކުރާށޭ. ވެކްސިނެއް ނެތް، ބަލީގެ ހަމައެކަނި ބޭހަކީ ފަރުދީ ޒިންމާ. މި ހަގީގަތް ތޮރުފާފައި ނަމަވެސް ބޮލަށް އަޅާލަބަލަ.
ނާށިކިބަ
17 July 2020
ފަރުދީ ޒިންމާ އެކަންޏެއްނޫން އޮންނަންވީ. މަތީ މަގާމްތަކުގަ ތިބޭ މީހުންގެވެސް ޒިންމާ އޮންނަންޖެހޭ. ފިހާރަތަކާ ރެސްޓޯރަންޓްތަކާ އެހެން ޚިދްމަތް ދޭ ތަންތަނުގެވެސް ޒިންމާ އޮންނަންޖެހޭ. ގައުމުގެ މައި ހޮސްޕިޓަލްގެވެސް ޒިންމާ އޮންނަންޖެހުނު ވަގުތު ނެތް.
މަހޭބެ
17 July 2020
މިހާތަނަށް މަރުވި 15 މީހުންނަކީވެސް އެހެނިހެން ބަލިތަކުގައި މަރުވިމީހުން، ނުވަތަ ޢުމުރުން ދުވަސްވެގެން. އަދި މިހާތަނަކަށް ކޮރޯނާ ވައިރަސްގެ ޖެހިގެން އިތުރު އެހެން ބައްޔެއް ޖެހިފައިނުވާ މީހެއް މަރުވެފައެއް މިގައުމުގަ ނެތް...
އަހާ
17 July 2020
އަދި ނެތުމުގެ މާނައަކީ ކުރިއަށް އޮތް ތަނުގަ ނުވާނެއެކޭ ނޫން. ކޮންޓްރޯލްވަމުންނޭ ދަނީ ހީވެފަ މިހާރު އެހާ މައްޗަށް އަރަމުންވެސް އެދަނީ. އެހެން ގައުމު ތަކަށްވެސް ވީވަރު އަހަރުމެންނަށްވެސް ވާނީ. ކޮންޓްރޯލް ކުރެވެނީއޭ ހީވުމަކީ ހަމަ އަވާމެންދުރެއް. ކުރިއަށްވުރެ ގިނަ މިހާރު މީހުން މަރުވާ އަދަދުގެ ރޭޓް.
ރަބަރޭސް
17 July 2020
ސިޔާސީ ވެރިން އަވައްޓެރި ގައުމެއްގެ މީހުން ބޭނުން ކޮށްގެން މިފުރުސަތުގަވެސް ހާޖާނު ހަދަމުންދަނީ.
ފަހުދު
17 July 2020
ކާވް ފްލެޓްވެގެން ގޮސް ހުޅުމާލެ ފްލެޓްތަކައް ވުރެން އުސްވެއްޖެ
ކެލާ
17 July 2020
މިހާރަށް، ދުވަހު ޕޮޒިޓިވްވާ އަދަދުތައް ކޮވިޑް މައުލޫމާތުގެ ބައިން ފެންނަގޮތް ހައްދަވައި ދެއްވަފާނުތޯ؟
Ikram
17 July 2020
ބެލެނިވެރިންނަށް އާދޭސް ކޮށްފަ ދަންނަވަން. ތިޔަބޭފުޅުންގެ ކުދިން ސްކޫލަށް ނުފޮނުއްވާ. އެޓެންޑެންސް އުޅެނީ ގާތްގަނޑަކަށް %40 ގައި. އެހެންވީމަ އޯލެވެލް އަށް ތައްޔާރުވާ ކުދިންނަށް މިހާރު ކިޔަވައިދެމުންދާ ބައިތައް ސްކޫލްތަކުން އަލުން ކިޔަވާދޭނެ. ކުދިން ބަލިވެ ގޮތެއް ވެއްޖިއްޔާ އައިސްތު އަލީ އެއް ނޫން ހިތާމަ ކުރާނީ. ހަމަ ތިޔަ ބޭފުޅުންނަށް ހުރިހާ ދެރައެއް އޮތީ
ޣުލްކަނދު
17 July 2020
ނުކިޔަވާދީ ބައިތިއްބާ. މިހާރު ކިޔަވަދޭ ފިލާވަޅުތައް ކިޔަވދޭން 2 އަހަރު ބައިތިއްބަނި އުޅޭ ގުރޭޑުގަ. ނޫނީ ރޯފިލި އެއްޗެއް ފިލީކަމަށް ބަލާފަ ބަހައްޓާ. ނުކިޔަވާ ބޮޑެތިވިޔަސް އޯކޭ ވާނެ
ޑޮކްޓަރ ނާން
16 July 2020
ޙެޔޮ ނުވާނެ މާސްކް އަޅާބަލަ. 20 ރުފިޔާ އަށް ފޮތި މާސްކެއް ގައިމު އެބަ ލިބޭ