ޚަބަރު / މާރިޔާ އަހުމަދު ދީދީ، ޑިފެންސް މިނިސްޓަރު

ބިދޭސީންގެ ހަމަނުޖެހުމުގެ ފަހަތުގައި ވަނީ މުސާރައިގެ މައްސަލައެއް ނޫން: މާރިޔާ

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން، މުސާރަ ނުދޭ ކަމަށް ބުނެ ހިންގާ ހަމަނުޖެހުންތަކުގެ ފަހަތުގައި އެހެން ކަމެއް ފޮރުވިފައިވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމެޓީގައި މާރިޔާ ވިދާޅުވީ ކޫއްޑު އާއި ހެރެތެރެ އައިލެންޑް ރިސޯޓްގައި ހަމަނުޖެހުން ހިންގި ބިދޭސީންގެ ޑިމާންޑަކީ ރަށަށް ދިއުން ކަމަށެވެ. އަދި މި ހަމަނުޖެހުންތަކުގައި ފުލުހުންނާ ކުރިމަތިލުން އިތުރު ކަމަށާއި އެހެންކަމުން އެކަމުގެ ފަހަތުގައި ވަނީ މުސާރައިގެ މައްސަލަ ނޫންކަން އެބަ އެނގޭ ކަމަށް މާރިޔާ ވިދާޅުވި އެވެ.

"ހިޔާގެ ފްލެޓްތަކަށް އައިލެންޑް އެކްސްޕާޓް ފަރާތުން އެ ހޯދާފައި ތިބި މީހުން އެ މީހުންނަށް މުސާރައިގެ ކަންތައް ކޮންމެވެސް ވަރަކަށް ދެމުން ވާހަކަ ދައްކަމުން ދަނިކޮށް އެ މީހުން ނުކުމެ މި ހަމަނުޖެހުން ހިންގީ. ދެން ހަމަނުޖެހުން ހިންގާއިރު ބޮޑު ފިނޮޅުގައި ވެސް އެންމެ ބޮޑަށް ފާހަގަ ކުރެވުނީ ފުލުހުންނަށް އެ މީހުން ހަމަލާ ދެނީ،" މާރިޔާ ވިދާޅުވި އެވެ.

"ހަމަ އެހެންމެ ހުޅުމާލޭގައި އެ ހިންގި އެ ހަމަނުޖެހުމުގައި ވެސް ހަމަ ފެނިގެން ދިޔައީ ހަމަ ފުލުހުންނަށް ހަމަލާ ދޭތަން. މިގޮތަށް މިކަން ކުރެވެމުން ދާއިރު އަޅުގަނޑުމެންނަށް ގަބޫލު ކުރެވެނީ މިއީ ގައުމީ ސަލާމަތާ ގުޅުންހުރި ކަމެއް ހެން. ކޮންމެހެން މުސާރަ ނުލިބި ހައްގެއް ހޯދަން ނުކުންނަނީއެއް ނޫން. މީގައި ފޮރުވިފައިވާ ފަރާތްތަކެއް ވެސް ވާނެކަން އަޅުގަނޑުމެންނަށް ގަބޫލު ކުރެވޭ."

މިނިސްޓަރު ވިދާޅުވީ ގައުމީ ސަލާމަތަށް ނުރައްކާވާގޮތަށް ބިދޭސީން ރާއްޖޭގައި އުޅުމުގެ ހުއްދަ ދެވެން ނެތް ކަމަށެވެ.

ގައުމީ ސަލާމަތާ ގުޅުންހުރި ކަންތައްތަކެއް ކޮމެޓީއާ ހިއްސާ ކުރަން ޖެހޭތީ ފަހުން ވަނީ ކޮމެޓީ ސިއްރުކޮށްފަ އެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވެސް ކުރިން ވިދާޅުވެފައިވަނީ ބިދޭސީން ފަށައިގެން އުޅޭ މުޒާހަރާތަކުގެ ފަހަތުގައި "ސިޔާސީ ކަންތައްތަކެއް" ނުވަތަ އެއީ ބަޔަކު މީހުން އަޑީގައި ތިބެ ކުރުވާ ކަމެއް ކަމަށެވެ. އެ ސިޔާސީ ކަންތައްތައް ކުރަމުން އަންނަނީ ރާއްޖޭގެ އިދިކޮޅު ޕާޓީން ނޫން ކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ.

Bidheyseen lavvai muzaaharaa kuruvanee bayaku adeegai thibe kamah Minister Fayyaz thuhumathu kuravvaifi

Bidheyseen lavvai muzaaharaa kuruvanee bayaku adeegai thibe kamah Minister Fayyaz thuhumathu kuravvaifi

The most trusted news source in the Maldives

Mihaaru

ބިދޭސީންގެ މުޒާހަރާގެ އަޑީގައި އެހެން ބަޔަކު ތިބި ކަމަށް މިނިސްޓަރު ފައްޔާޒް ވިދާޅުވުން

ބ. ބޮޑުފިނޮޅުގައި މިލަންދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަލީ ރިޒާގެ ރިޒް ކުންފުނިން ގެންގުޅުނު ބަޔަކަށް މުސާރަ ނުދީ މަސައްކަތް ކުރުވި މައްސަލާގައި ބޮޑެތި ހަމަނުޖެހުންތައް ހިނގައި މިހާރު އަންނަނީ ހިއުމަން ޓްރެފިކިންގެ މައްސަލައެއްގެ ގޮތުގައި އެކަން ތަހުގީގު ވެސް ކުރަމުންނެވެ. ހުޅުމާލޭގައި ސިފައިންނާއި ފުލުހުންގެ ފްލެޓްތަކުގެ މަސައްކަތްކުރާ އައިލެންޑް އެކްސްޕާޓް ކުންފުނީގެ ބިދޭސީ މުވައްޒަފުން ވެސް ވަނީ މުސާރަ ނުލިބިގެން ހަމަނުޖެހުން ހިންގައިފަ އެވެ.

އެ ދެ ހަމަނުޖެހުމުގައި ވެސް ފުލުހުންނާ ކުރިމަތިލައި ގެއްލުންތަކެއް ވަނީ ދީފަ އެވެ. އެ ދެ މައްސަލައާ ގުޅިގެން ވެސް ގިނަ އަދަދެއްގެ ބިދޭސީން ހައްޔަރުކޮށް ތަހުގީގު ވަނީ ފަށައިފަ އެވެ.

53 ކޮމެންޓް, 65 ރިއެކްޝަންސް

icon happy icon happy 11%
icon sad icon sad 5%
icon angry icon angry 85%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހައްގުބަސް

22 July 2020

އެމްޑީޕީ ވެރިކަމައް އަންނަ ކޮމްމެފަހަރަކު ރާއްޖެއަ ގެއްލުންތަކެއް އެބަވޭ. ރާއްޖެގެ އަގުހުރި ތަންތަން ނުއަގުގަ ވިއްކާފަ ދިވެހިންގެ އަބުރާ އިޒްޒެއް ވެއްޔާ މޮޑެލާ.

The name is already taken The name is available. Register?

ތެދުވެރިޔާ

22 July 2020

ފައްޔާޒް މެންގެ ބަސްމަގުންވެސް އެގޭ ކޮންބައެއް ކުރުވާ ކަމެއްކަން. ދެރަ

The name is already taken The name is available. Register?

ނާސިރު ބޭނުމީ މިނިވަންކަން.

22 July 2020

މީ އިންޑިޔަ އަޑީގަ އޮވެ ކުޅެމުންދާ ނޭއްގާނީ ކަންތައްގަޑެއް. ދިވެހިން މިހާރު މާ ބޮޑައްވެސް ހޭލުން ތެރި ވެއްޖެ.

The name is already taken The name is available. Register?

ޝޮކްތެރަޕީ

22 July 2020

ރާއްޖެއަޝާ ފުލުހުންނާ ސިފައިންނައް އެމްމެ ބޯޑު ނުރައްކަލަކީ ނަޝީދު.

The name is already taken The name is available. Register?

އަހުމަދުއަލޯ

21 July 2020

ސުވާލަކީ މުސާރަ ދީފައިތިބިނަމަ އެމީހުން މުޒާހަރާ ކުރާނެތޯ، ހައްޔަރުކޮށް ޖަލަށް ލާފާނޭ ކަމުގެ ބިރު އޮއްވައި. ގުނބޯ ހަައްދަން ނޫޅޭ ދެން މިހާރު. މިސަރުކާރުންވެސް ހަމަ އެއްކަމެއް ތިކުރަނީ. ޖީރޯ ޓޮލަރެން އަަތަށް ގޮވާގެން ތިޔައުޅެނީ.

The name is already taken The name is available. Register?

އަހުމަދު މު ހައްމަދު

21 July 2020

މިގައު މު ސަލާ މަތް ކުރެވޭނީ އެން މެން ގުޅިގެން . ޙަ މަ އެޔާ އެކު ނާޖާއިޒު ފައިދާ ނެގި ކުންފުނިތަކަށް އެކުންފުނި ޝާ މިލްވާ އެން މެނަށް އަދަބު ލިބެން ޖެހޭ

The name is already taken The name is available. Register?

ހުވާ

21 July 2020

އޭގެފަހަތުގައިވަނީ ރައްވެހިކަންދެއްތޯ!. 3 ލައްކަ ބިދޭސީންގެ ވޯޓްގައި ބަރުލަމާނީއެއްގައި ގިނަގޮނޑިލިބިގެން 500 އަހަރަށް ބޮޑުވަޒީރުކަންކުރުން މަގްސަދަކީ.

The name is already taken The name is available. Register?

ޢައިސާ

21 July 2020

.ތިހަ މަސަރުކާރަށް އުދަގޫ ކުރަންއުޅޭ ބައެއް

The name is already taken The name is available. Register?

ބޭބެ

21 July 2020

ބޯގަންވިލާ އައިލާއިން ޒިންމާ ނަގަޖެހޭ ކަމެއް ތީ ، ބިދޭސީން ތެރޭގަ ސުޕުން ވެސް ހިމެނޭނެ

The name is already taken The name is available. Register?

ބިކާރީ ބްރަދަރ

21 July 2020

ފުލުހުންނަކި އެއްވެސް ބައެއްކަމަށް ނުހަދާ މަޖިލީހުގެ ރައީސާއި ބައެއް މެމްބަރުން އެމީހުންނަށް ހެއްދެވިނުހެއްދެވިއަށް ތަކުރާރުކޮށްގޮވުމުގެ ނަތީޖާ މިފެންނަނީ. އެމީހުންވެސް ޖެހިލުމެއް ނުވާނެދޯ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454