ޚިޔާލު

މިދަނީ ހައްދުން ނެއްޓިގެން، މި ހަގީގަތާ ކުރިމަތިލާ!

ައައިލެންޑް އެކްސްޕާޓުގެ ބިދޭސީ މުވައްޒަފުން ގާ އުކަނީ: މުސާރަ ނުލިބި އެތައް މަހެއް ވެއްޖެ

ފެށުމުގައި ވެސް ހިޔާނާތް އެކުލެވޭކަމުގެ ތުހުމަތު، ބައެއް ފަރާތްތަކުން އަޅުވަމުން ގެންދިޔަ، ފުލުހުންނާއި ސިފައިންގެ ފްލެޓްތަކުގެ މަސައްކަތަށް އެ މީހުން، ކޮންމެ ދުވަހަކު ހެނދުނު ސައިޓަށް ވަދެ އެވެ. އަދި އިރުއޮއްސުމާ އެކު މަސައްކަތް ނިމި، ލޭބަ ކްއާޓަރަށް ހިނގާފައި ދަނީ ވެސް، ހަމަނުޖެހުމެއް ހިންގުމެއް ނެތި، އަމާންކަމުގަ އެވެ. އެކަމަކު އެ ކިޔަމަންތެރިކަން ވެސް ކޮޅުންލަ އެވެ. ހުޅުމާލެއިން މިއަދު އެ ފެނުނީ އެ މަންޒަރެވެ.

ރަނގަޅު ދިރިއުޅުމެއް ހޯދުމުގެ އުއްމީދުގައި އަމިއްލަ ގައުމު ދޫކޮށް ރާއްޖެ އައިސް މަސައްކަތްކޮށް އެކަމަކު މުސާރަ ނުލިބި، އާއިލާ ބިކަވެ، ބަނޑުފުރާނެ މުއްތިކުރާނެ ގޮތް ވެސް ނެތުމަކީ، ފަގީރު ބަޔަކާ ދެކޮޅަށް ދިވެހި ފަސްގަނޑުގައި ބަޔަކު ހިންގާ ނުބައިވެގެންވާ ޖަރީމާއެކެވެ.

ތައިލެންޑްގެ އައިލެންޑް އެކްސްޕާޓްގެ މުވައްޒަފުން، ހުޅުމާލޭގައި ދެ ވަނަ ފަހަރަށް ހަމަނުޖެހުން އެ ހިންގީ އެވެ. ކުރީ ދުވަހަށް ވުރެ މިއަދު ހާލަތު މާ ގޯހެވެ. ވީޑިއޯ އިން ފެންނަނީ، ކެކިއަރައިގެންފައިވާ ބައެކެވެ. ރުޅި ކޮންޓްރޯލުން ނެއްޓި، އަތު ޖެހުނު އެއްޗެއް، ފުލުހުންނާ ދިމާއަށް އުކީ އެވެ. ހިތްހަމަނުޖެހިގެން ބައެއް ދިވެހިން، އެ ދިމާލަށް ދާން އުޅުނު ތަން ފެނުނެވެ. އެކަމަކު، ދިވެހިންގެ ބިމުގައި އަނިޔާ ލިބި، މަކަރާއި ހީލަތުގައި އަބަދު ނުތިބެވޭނެކަން އެނގޭ ހިސާބުން ބިދޭސީންގެ ރުޅި ވެސް ދާނީ ފަޅައިގެންނެވެ.

ސިފައިންނާއި ފުލުހުންގެ ފްލެޓްތަކުގެ މަސައްކަތް 2012 ގައި ފެށީ ނޫމަޑިއާ ހަވާލުކޮށްގެންނެވެ. އައިލެންޑް އެކްސްޕާޓަކީ ނޫމަޑީގެ ހިއްސާ ކުރިން އޮތް ތައިލެން މީހެއްގެ ކުންފުންޏެކެވެ. އެކަމަކު މި ކުންފުނިތަކުގެ ހަގީގަތެއް ރަނގަޅަކަށް ނޭނގެ އެވެ. ރާއްޖެ އަންނާނީ ސިޔާސީ ކޮންމެވެސް މީހެއްގެ ހިޔަނީގަ އެވެ. ރާއްޖެ އައިސް ވިއްދާލާ ފައި، ގުޑުވާލަން އުނދަގޫވާނެ އެވެ.

ނޫމަޑި މަޝްހޫރުވީ، އެމްޑީޕީ ސަރުކާރުގައި، ރާއްޖޭގެ ބައެއް ރަށްރަށުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގަން ހަވާލުވެ، ޓޫރިޒަމަށް ބިންތައް ހޯދައި، އެ ބިންތައް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އަތުލުމުން، މި ސަރުކާރުން 55 މިލިއަން ޑޮލަރުގެ ބަދަލެއް ދަމައިގަތް ކުންފުންޏެއްގެ ގޮތުގަ އެވެ.

އައިލެންޑް އެކްސްޕާޓް މުވައްޒަފުން ހަމަޔަކަށް އެޅުވުމަށް ފަހު، ފުލުހުން ވާހަކަ ދައްކަނީ --ފޮޓޯ/މިހާރު

އެ މީހުން ކުރަން ޖެހޭ ބައެއް މަސައްކަތްތައް ރަނގަޅަށް ކުރިއަށް ނުގެންދިއުމުގެ ޝަކުވާ ވެސް އޮތެވެ. އަދި ބައެއް މަޝްރޫއުތައް ނިންމަން، ސަރުކާރުން ފައިސާ ވެސް ދޭން ޖެހުނެވެ. އަދި ނޫމަޑިއަށް އެޑްވާންސްގެ ގޮތުގައި ދިން ފައިސާގެ ތެރެއިން 92 މިލިއަން ރުފިޔާ އަނބުރާ ދައްކަން ޖެހުނަސް، 849 މިލިއަން ރުފިޔާގެ ބަދަލު ދިނީ، އެ ވެސް ނުލިބޭ ގޮތަށެވެ.

އައިލެންޑް އެކްސްޕާޓުގެ "މަކަރުވެރިކަން" ފެށިފައި މި އޮތީ ނޫމަޑީގެ ފަހަތުންނެވެ. ސިފައިންނާއި ފުލުހުންގެ ފްލެޓްތަކަށް އަށް އަހަރު ވެގެންދާ އިރު ވެސް ފިނިހަކަ ސްޕީޑްގައި މަސައްކަތް ކުރިއަށް ދިޔައީ، އެ މަޝްރޫއުގެ ތެރެއިން ބައި އަޅަން ޖެހުނު މީހުން ގިނަވެ، ސިޔާސީ ގޮތުން ވެސް ކުރިމަތިވި ހުރަސްތަކާ އެކު ކަމަށް، ބެލިދާނެ އެވެ. އައިލެންޑް އެކްސްޕާޓްގެ ޑިރެކްޓަރުންގެ ބޯޑުގައި، އެކި ސަރުކާރުތަކުގެ އެކި މަގާމުތަކުގައި ތިބި މީހުން ހިމެނެ އެވެ. ބޭނުމަކީ ކޮންމެ ސަރުކާރެއްގެ ތެރެއިން ވެސް، ފައިދާތަކެއް ހޯދުމެވެ.

އެކަމަކު އެ ފައިދާ ލިބުނަސް ނުލިބުނަސް، މި ފެންނަނީ އިންސާނުންތަކެއް ހާލުގައި ޖައްސައި، ރުޅިވެރިކަން ބޮޑުކުރާ ތަނެވެ. މުސާރަ ނުދެވޭ ވަރުގެ މާލީ ތަނަވަސްކަން ނެތީސް، ބޮޑެތި އެތައް މަޝްރޫއުތަކާ ހަވާލުވެގެން، އައިލެންޑް އެކްސްޕާޓުން އެ އުޅެނީ، މި ގައުމުގައި ސަރުކާރު ވެސް އޮވެ، ދައުލަތުގެ އެކި އިދާރާތައް ވެސް ހިނގަމުން ދަނިކޮށެވެ. އެއިން އެއްވެސް މައްސަލައެއް ބެލި، ފިޔަވަޅެއް ނާޅަ އެވެ. ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި އައިލެންޑް އެކްސްޕާޓުން ބޮޑެތި ބިންތަކުގައި އަމިއްލައަށް ފްލެޓްތައް އެބަ އިމާރާތްކުރެ އެވެ. ދިވެހިންގެ ނަމުގައި ބިންތައް ވެސް ގަނެފައިވެ އެވެ. އެކަމަކު މުވައްޒަފުންނަށް މުސާރަ ނުދީ، އެތައް ހާސް ބަޔަކު ހާލުގައި ޖައްސަނީ އެވެ.

ހިއުމަން ޓްރެފިކިންއާ ދެކޮޅަށް ރާއްޖެ އިން މަސައްކަތްކުރާ ކަމަށް ބުންޏަސް، އެއީ ހަގީގަތެއް ނޫނެވެ. އެމްޑީޕީގެ މަޖިލިސް މެމްބަރު އަލީ ރިޒާގެ ކުންފުނިން މިހާރު އެ ޖަހާ ސަކަރާތާ މެދު ވިސްނާލިޔަސް، މިއީ މަކަރާއި ހީލަތުން ސަލާމަތްވެވޭނެ ފުރުސަތު އޮތް ދައުލަތެއް ކަން އެނގެ އެވެ. ބޮޑުފިނޮޅުގައި ހަދާ ރިސޯޓްގެ މަސައްކަތަށް އެތައް ސަތޭކަ ބިދޭސީން ގެންގޮސް މި ހުރިހާ ދުވަހު ގެންގުޅުނީ ރިޒާގެ ރިޒް ކުންފުނިންނެވެ. މުސާރަ ނުލިބި، ހާލުގައި ޖެހުމުން ދެން ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ރިޒާ ވެސް ފުރަތަމަ ވިދާޅުވި ވާހަކަތަކުން އެނގެނީ، އެއީ އޭނާގެ ކުންފުނީގެ ޒިންމާގެ ދަށުގައި ތިބި ބައެއް ކަމެވެ. ނަމަވެސް މިހާރު މި ފެންނަނީ އެ އެންމެން އެ ރަށަށް ދޫކޮށްލާފައި، ރިޒް ކުންފުނިން އަތްއުރާލި ތަނެވެ.

މިވަރުން ވެސް ކުންފުނިތަކާއި އެ ކުންފުނިތަކުގެ ވެރިންނަށް، ގާނޫނީ "ދިގު އަތުން" ފިލާނެ ޖާގަ ލިބެނީ ހެއްޔެވެ؟ ދިވެހި ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކަށް ވެފައި މި އޮތީ ކިހިނެއް ހެއްޔެވެ؟ ރައްޔިތުންގެ މަޖިލިހުގެ މެމްބަރަކަށް ވުމުން، އެމްޑީޕީގެ "ސުޕަ މެޖޯރިޓީ" ނިދީ ހެއްޔެވެ؟ ނުވަތަ މި ބޮޑު މަކަރާއި ހީލަތަކީ، "އަހަރެމެންގެ ދިރިއުޅުމުގެ ބައެއް" ކަމަށް ބަލައި، ކަންފަސޭހަ އުސޫލަށް ދޫކޮށްލަނީ ހެއްޔެވެ؟ ފުލުހުން ހިންގާ ތަހުގީގުގެ ސީރިއަސްކަން އޮތީ ކޮން މިންވަރަކަށް ހެއްޔެވެ؟

ބޮޑުފިނޮޅުގައި ހާލުގައި ޖެހުނު މީހުންނަށް ހިލޭސާބަހަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދެނީ

ސުވާލުތައް އުފެދެނީ ވަކި ވަރަކަށެއް ނޫނެވެ. ގައުމުގައި ހިންގާ ޖިނާއީ އަދި އިންސާނިއްޔަތާ ހިލާފު އަމަލްތަކާ ހެދި، ދައުލަތެއްގެ ގޮތުގައި ދިވެހިން މިދަނީ ކޮން މިސްރާބަކަށް ކަން ނޭނގޭ ހިސާބަށް، ކަމާ ބެހޭ ވެރިން އެމީހުންގެ މަސްއޫލިއްޔަތުތަކުން އަތް ދޫކޮށްލައިފި އެވެ. ނުވަތަ އަބަދުވެސް ވިކެނީ އެވެ. ކުރިންނާއި މިހާރު ވެސް މެ އެވެ.

މިއަދުގެ ވީޑިއޯ އިން ދިވެއްސަކު ވަރަށް ކެރިގެން، ބަންގްލަދޭޝް މީހުންނާ ދިމާއަށް ދާން އުޅުނު ތަން ފެނުނެވެ. އޭނާގެ އަތުގައި އޮތް ހެލްމެޓް ވެސް "އެ ގަޓުގައި" އެޅި އެވެ. އެކަމަކު އޭރު މައިތިރިވެގެން ތިބި "ގުލާނުވެރިން" އަނެއްކާވެސް ގާ އުކަން ފެށި އެވެ. އެއީ އެއްގޮތަކަށް ވެސް އެ ޒުވާނާ ފަދަ ހިތްވަރު ގަދަ ދިވެހިންގެ ކެތްތެރިކަން ޓެސްޓްކުރަން، އެމީހުން ދައްކަމުން އަންނަ ރުޅިވެރިކަމެއް ނޫނެވެ. އެއީ އެމީހުން ކުރާ މަސައްކަތަށް އުޖޫރަ ނުލިބި، އެމީހުންނާއި ގައުމުގައި ތިބި އެމީހުންގެ މައިންބަފައިންނާއި އަނބިދަރިން ބިކަވުމުގެ ރުޅި އެވެ.

ދިވެހިންގެ ހިތްވަރެއް ހުރި ނަމަ، ދިމާކުރަންވީ އެމީހުންނަކާ ނޫނެވެ. ދިވެހިން ނުކުންނަންވީ، ހިއުމަން ޓްރެފިކިންގެ ތެރެއިން ބައި އަޅަމުން އަންނަ އިމިގްރޭޝަންގެ މުވައްޒަފުންނާއި ބޭރުން މީހުން އެތެރެކުރާ ރެކްރޫޓު ކުންފުނިތަކާއި، މުސާރަ ނުދީ، އަމިއްލަ ޖީބު ބޮޑުކުރާ ވިޔަފާރިވެރިންނާއި ވިކިފައި ތިބި ދައުލަތުގެ ވެރިންނާ ދެކޮޅަށެވެ. ދިވެހިން، ހިތްވަރު ދައްކަންވީ ދިވެހިންނަށެވެ. ދިވެހި ގައުމު އިސްލާހުކޮށް، ހިޔާނާތާއި އަނިޔާވެރިކަމުން ސަލާމަތްކުރަން މި ގައުމަށް އަންނަން ޖެހެނީ އިންޑިއާ އާއި ޗައިނާ އާއި ޔޫރަޕާއި އެމެރިކާއަކުން ނޫނެވެ. މިއީ ދިވެހިންނަށްޓަކައި ދިވެހިން ހައްލުކުރަން ޖެހޭ މައްސަލަތަކެވެ.

ބޮޑުފިނޮޅުން ފެނުނީ ހިއުމަން ޓްރެފިކިންގެ ލާމަސީލު މިސާލެކެވެ. ހުޅުމާލެއިން މި ފެންނަނީ ވެސް އޭގެ ހަމަ ލާމަސީލު މިސާލުތަކެވެ. ހާލުގައި ޖެހިފައި ތިބި އިންސާނުންތަކަކަށް ލިބެން ޖެހޭ އުޖޫރައިގެ ހައްގުގެ ވާހަކަ ދެއްކުމަކީ، "ގައުމަށް ގައްދާރުވުން" ކަމަށް ސިފަކުރާ ވެރިން ދައުލަތުގައި ތިބޭ ނަމަ، އާއެނކެވެ: ދިވެހި ގައުމު ވެސް މި އޮތީ ހަގީގަތުގައި ހަމަ ވަރަށް ހާލުގަ އެވެ.

ދެން ވެސް ހަގީގަތާ ކުރިމަތިލާށެވެ. ނޫނީ ދިވެހި ދައުލަތް، ހުރިހާ ކަމަކުން ވެސް، ބިކަވަމުން ދާން ދޫކޮށްލައިގެން ތިބޭށެވެ.

57 ކޮމެންޓް, 126 ރިއެކްޝަންސް

icon happy icon happy 17%
icon sad icon sad 58%
icon angry icon angry 25%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބަކުރު1

22 July 2020

ދިވެހިންގެ ހިތްވަރެއް ހުރި ނަމަ، ދިމާކުރަންވީ އެމީހުންނަކާ ނޫނެވެ. ދިވެހިން ނުކުންނަންވީ، ހިއުމަން ޓްރެފިކިންގެ ތެރެއިން ބައި އަޅަމުން އަންނަ އިމިގްރޭޝަންގެ މުވައްޒަފުންނާއި ބޭރުން މީހުން އެތެރެކުރާ ރެކްރޫޓު ކުންފުނިތަކާއި، މުސާރަ ނުދީ، އަމިއްލަ ޖީބު ބޮޑުކުރާ ވިޔަފާރިވެރިންނާއި ވިކިފައި ތިބި ދައުލަތުގެ ވެރިންނާ ދެކޮޅަށެވެ.

The name is already taken The name is available. Register?

ބަޝީރާ

15 July 2020

ދާދި އިހަށްދުވަހު ލިޔުންތެރިންނަށް މަރުހަބާ ވިދާޅުވެ، ލިޔުންތެރިންނާ މެދު ފަޚުރުވެރިވާކަމަށް ޓުވީޓު ކުރެއްވި މައުމޫނުގެ ވެރިކަމުގައި މި ލިޔުން މޫސާ ލަތީފު ލިޔުއްވި ނަމަ، މިހާރު މޫސާ ލަތީފު ހުންނެވީހީ ޖަލުގައި. ޖެނަރޭޓަރެއްގައި ބަނދެފައި. ނުވަތާ ގާފުންޏެއްގެ މަތީގައި އަވީގައި ބަންޑުން. ވަރަށް ފައްކާ ލިޔުމެއް.

The name is already taken The name is available. Register?

ޥިސްނާ

14 July 2020

ނޫމަޑިއާ ދެކޮޅަށް އަޑުއުފުލުމަށް ގޮވާލަން، މަކަރާހީލަތުން އެވަނީ ދިވެހިރައްޔިތުންގެ އެތަށް ފައިސާއެއްދަމައިގެންފަ، މިއަދު މިހާލަތުގެ ޒިންމާ ނޫމަޑިން ނަގަންޖެހޭ

The name is already taken The name is available. Register?

ދެރަ

14 July 2020

ވަރަށް ފުރިހަމަ ލިޔުމެއް. ދިވެހިންނަށް ވިސްނޭނީ ކޮން އިރަކުންބާ؟؟ ދައުލަތުގެ ވެރިންނަށް ވިސްނޭނީ ކޮން އިރަކުންބާ؟ އިންސާފު ލިބޭނީ ކޮން ިއރަކުންބާ؟ ކުށްކުރާ މީހުންނަށް ހައްޤު އަދަބު ލިބޭނީ ކޮން ިއރަކުންބާ؟

The name is already taken The name is available. Register?

ޚިޔާލު

14 July 2020

ފައްޔާޒާއި މާލީ ވަޒީރު އަމީރަކީ ވަރަށް ގާތް ދެބޭފުޅުން. މިދެބޭފުޅުންގެ ލަފާގެ މަތިން ނޫމަޑިއަށް ވަނީ ބިލިއަނެއްހާ ރުފިޔާ ދައުލަތުން ބަދަލުގެ ގޮތުގައި ދީފައި. އައިލެންޑް އެކްސްޕާޓުގެ އަނޮން އަކީ ނޫމަޑީގެ 25% ހިއްސާދާރެއް.

The name is already taken The name is available. Register?

އައްޑޫބެއްޔާ

14 July 2020

ބިދޭސީން އެތެރެ ކުރިމީހުންގެ މައްސަލަ ބެލުމުގެ ކުރީން ގަވާއިދާއި ހިލާފަށް ޔައުނީ އިމިގްރޭޝަން ގަވާއިދާއި ހިލާފަށް އުޅޭ މީހުން ހިފާ ހައްޔަރުކޮށް އެމީހުން ބޭރުކުރޭ. އެއިގެ ފަހުން އެމީހުން އެތެރެކުރި މީހުންގެ މައްސަލަ ތަހުގީގު ކުރޭ. އިސްފަސްކޮށް ރައްޔިތުމީހާއަށް މުޖުތަމައު އަށް ވޭނަކަށް ވާގޮތަށް ކަންކަން ނުކުރޭ

The name is already taken The name is available. Register?

އައްޑޫބެއްޔާ

14 July 2020

މިރާއްޖޭގައި ބިދޭސީން ގަވާއިދާއި ޚިލާފަށް މިއުޅޭ ގޮތަށް، ދުނިޔޭގެ ކޮން ގައުމެއްގައިތޯ އުޅެވެނީ؟ ނުރުހުމުގައި ފޮނުވާލައިގެން ނުވާނެއޭ ބުނާ ފަރާތްތަކަށް ދިވެހިން މިއަދު އުޅެންޖެހިފައި މިވާ ދަތިހާލު ނުވިސްނެނީތޯ؟ ހަމަ ކޮންމެ ކަމެއްވެސް ސިޔާސީ މަންފާއަށް ބުރަވެ ވާހަކަދެއްކުމުން ހުރިހާ ކަމެއް ނިކަމެތި ރައްޔިތުމީހާއަށް. ދިވެހިންގެ އިންސާނީ ހައްޤުތައް ހިމާޔަތް ކުރުމުގެ ބަދަލުގައި ބިދޭސީންގެ ހައްޤުތައް މިގައުމުގައި ކުރާން އުޅޭ ކުދީންނަށް ސަލާމް.

The name is already taken The name is available. Register?

ވަތުބަތާނަ

14 July 2020

ހައްދުން މައްޗަށް ދިޔައަސް މުއްސަދިންނާއި ރިސޯޓް އޯނަރުންނާއިި މިހެންގޮސް މަސައްކަތް ކުރުވާމީހުން ކުޑަ މުސާރަކޮޅެއްދީފަ ބޮޑުފައިދާ ހޯދަން ކުރާ މަސައްކަތް! ދިވެހި އަޅުން ގެންގުޅޭހެން ނުގެންގުޅެވޭނެ! އޮޑި ދޯނިފަހަރުވެސް ތިމީހުން! އެއްމެ ދިވެއްސަކާއެކު ކަންނެއްޔަށް، ސަޕްލައި، ވަޅޯމަސް ވިއްކުން، ތަރުކާރީ ދަނޑުތަށް ހުރިހާތަނެއްގަ،

The name is already taken The name is available. Register?

އަޙްމަދު.

14 July 2020

ދިވެ ހިން ނިކުންނަންވީ ލިސްޓުގަ 3 ބަޔެއް މަދު! އެއްބަޔަކީ ޓޫރިސްޓް ވިސާގައި ރާއްޖެ އައިސް ހިތު ހުރި ގޮތަކަށް އުޅޭ ބަންގާޅިންނާއި ސައް ހަ ލިޔެކިޔުން އޮވެގެން ރާއްޖެ އައިސް ލިޔެކިޔުމުގެ މުއްދަތު ހަމަވުމުންވެސް ޤާނޫނާއި ގަވާއިދާ ހިލާފަށް އުޅޭ ބަންގާޅިންނާއި ރާއްޖެ ގެންނަ ފަރާތަށް ފިލައިގެން އެ ހެން ގޮތްގޮތުން ބޮޑު މުސާރަ ހޯދަންއުޅޭ ބަންގާޅިންނާއި ދެކޮޅަށްވެސް ދިވެ ހިން ނިކުންނަންޖެ ހޭ!

The name is already taken The name is available. Register?

ވަހީދުބެ

14 July 2020

ވަރަށް މަކަރުވެރި ލިޔުމެއް. ދިވެހިން ބިދޭސީންނާއި ދެކޮޅަށް ނުކުމެދާނެތީ ލިޔެފައިވާ ލިޔުމެއް. އެކަމަކު ސޮރީއޭ ބުނެވޭނީ. މިއީ މައުމޫނުގެ ވެރިކަމެއްނޫން. މިތާނގައި އިނދިކޮޅެއް އެބައޮތް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454