23 ޖުލައި 2020 - 15:22
ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް ސެކްރެޓަރީ ހަސަން އިސްމާއީލް ޖިންސީ ފުރައްސާރަކޮށް ރިޝްވަތު ހުށަހެޅުއްވި ކަމަށް "ދި އެޑިޝަން"ގެ އެޑިޓަރު ރާއިއާ މުނައްވަރު ކުރައްވާ ތުހުމަތުގައި އޭނާގެ މައްޗަށް ފިޔަވަޅު އަޅަން ރާއީ އެދިފައި ނުވާ ކަމަށާއި، ނަމަވެސް ފުލުހަށް ހުށަހެޅި މައްސަލަ ސާބިތު ވެއްޖެ ނަމަ ފިޔަވަޅު އަޅާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ހަސަންގެ މައްޗަށް ރާއީ ކުރާ ތުހުމަތުތަކާ ގުޅިގެން އޭނާ އިންޑިއާގެ 'ދަ ވަޔާ'ގައި ލިޔެފައިވާ އާޓިކަލްއާ ގުޅިގެން ރައީސް އޮފީހުން ވަނީ އެ ނޫހަށް މިކަމުގެ ތަފްސީލީ ބަޔާނެއް ހިއްސާކޮށްފަ އެވެ.
ރައީސް އޮފީހުން ބުނީ ހަސަންގެ މައްޗަށް ޖިންސީ ފުރައްސާރައިގެ ތުހުމަތުކޮށް ރާއީ އެ މައްސަލަ ރައީސް އޮފީހަށް ހުށަހެޅީ ޖެނުއަރީ 21 ގައި ކަމަށެވެ. ރަސްމީކޮށް މައްސަލަ ފައިލް ކުރުމުގެ ފަސް ދުވަސްކުރިން ޖެނުއަރީ، 16ގައި މި މައްސަލައާ ގުޅިގެން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރުއާ ރާއީ ބައްދަލުކުރި ކަމަށް ބުންޏެވެ.
"ރަސްމީ މައްސަލަ ހުށަހެޅުމުގެ ފަސް ދުވަސް ކުރިން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރުއާ [ރާއީއާ] ބައްދަލުވި އެވެ. އެއީ ނުރަސްމީ ގޮތްތަކުން މި މައްސަލަ ރައީސް އޮފީހަށް އައުމުންނެވެ. އޭރު ރާއީ އެދުނީ އެފަދަ އަމަލެއް ތަކުރާރު ނުވާނެ ކަން ޔަގީންކުރަން، އެއްވެސް އިތުރު ފިޔަވަޅެއް އަޅާކަށް ނޭދެ އެވެ." ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ، ރާއީ ރަސްމީކޮށް ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ، ރަސްމީ ބައްދަލުވުމެއްގައި ނުކިއްސަރު ބޭއަދަބީ ވާހަކަތައް ދައްކައި އެފަދަ ގޮތަކަށް ހަސަން، ރާއީ އާ މުއާމަލާތް ކުރީ ކަމަށެވެ.
މައްސަލަ ހުށަހެޅިތާ ދެ ދުވަސް ފަހުން، ޖެނުއަރީ، 23ގައި ރައީސް އޮފީހުން އެ މައްސަލަ ބަލަން ފަށައި، ހަސަންއާ ވެސް ބައްދަލުކޮށްފައިވާ ކަމަށާއި ރާއީގެ ތުހުމަތަކެއް ހަސަން ދޮގުކުރި ކަމަށް ރައީސް އޮފީހުން ބުނެ އެވެ. އަދި އޭނާގެ ފުރައްސާރަ ކުރި ކަމަށް ބުނަނީ ދެއްކި ވާހަކައަކުން ކަމަށްވާތީ އެފަދަ އަމަލެއް ތަކުރާރުނުކުރުމަށް އޭނާ އަށް އިންޒާރު ދީފައިވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުނެފައި ވެއެވެ.
"ރާއީ ހުށަހެޅި މައްސަލައާ ގުޅިގެން ފިޔަވަޅު އަޅާފައިވާކަން އޭގެ [މައްސަލަ ހުށަހެޅިތާ] ތިން ދުވަސް ފަހުން ރާއީއަށް ވާނީ އަންގައިފަ އެވެ،" ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ ހަސަނަށް އިންޒާރު ދިންތާ ތިން ދުސް ފަހުން، އެ މަހުގެ 26 ވަނަ ދުވަހު އެކަން ރާއީ އަށް އަންގާފައިވާނެ ކަމަށެވެ.
ހަސަންގެ މައްޗަށް ރާއީ ކުރާ ޖިންސީ ފުރައްސާރައިގެ ތުހުމަތު މިހާރު ފުލުހުންނަށް ވެސް ހުށަހަޅާފައިވާކަން ފާހަގަކޮށް ރައީސް އޮފީހުން ބުނީ ފުލުހުންގެ ތަހުގީގަށް ފަހު ހަސަންގެ މައްޗަށް ކުށް ސާބިތުވާ ނަމަ އެކަށީގެންވާ ފިޔަވަޅު އަޅާނެ ކަމަށެވެ.
ރާއީގެ ތުހުމަތަކީ، ދި އެޑިޝަންގެ އެޑިޓަރުގެ ހައިސިއްޔަތުން އޭނާއާ ބައްދަލުކުރައްވަން ހަސަން އެދިވަޑައިގަތުމުން އެކަން ކުރަން އޮފީހުން އެދިގެން ފެބްރުއަރީ 2019ގައި ބައްދަލުކުރެއްވުމުން ހަސަން އޭނާ އަށް ޖިންސީ ފުރައްސާރަކޮށް، އެޑިޝަން އަށާއި ރާއީގެ އާއިލާ އަށް ނާޖާއިޒު ފައިދާތަކެއް ހޯދައިދެއްވަން ހުށަހެޅުއްވި ކަމެވެ.
އެ މައްސަލާގައި ރައީސް އޮފީހުން ފިޔަވަޅު އެޅި ކަމަށް ބުނި ނަމަވެސް އެޅީ ކޮން ފިޔަވަޅެއްކަން ސާފު ނުވެ އޭނާ އެ މަގާމުގައި ހުންނަވާތީ ރާއީ ކަންބޮޑުވުން ފާޅުކުރެ އެވެ.
މި މާޗް މަހު ރާއީ މި މައްސަލަ ފުލުހަށް ހުށަހަޅާފައިވާއިރު، މި މައްސަލައިގައި ހަސަން ފުުލުސް އޮފީހަށް ހާޒިރުކޮށް ބަޔާން ވެސް ވަނީ ނަގައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝޮކްތެރަޕީ
24 July 2020
ވަކިބަޔަކައް ކުއް ސާބިތުވާނެ ވަކިބަޔަކައް ކުއް ސާބިތު ނުވާނެ. ޕާޓީ މީހުންގެ އަބުރު ރައްކާތެރި ކުރާނެ
ޢަހަންމަދު
24 July 2020
ޢަލީ ވަހީދުގެ ކުށް ސާބިތުވެގެންތޯ އިސްތިއުފަަ ދޭން އެންގީ
ލައިލާ
23 July 2020
ކުށް ސާބިތު ކުރިއްޔާތާ ސާބިތުވާނީ ސާބިތެއްނުކުރާނެ އެކަމުގެ ހެއްކެއް ނޫންތޯ މިހާރުވެސް ވަޒީފާ އަށް ނުކުންނަވަނީ
ނަރީމާ
23 July 2020
އަސްތާ!! ހަރުތާކު ޖެހިއްޖެ، ދެން ގުޑާވެސް ނުލާނެ. ޒީ...ޒީ...ޒީ...ރޯ ޓޮލަރެންސް.
ޙިނި
23 July 2020
ޢަލީ ވަހީދައް ވަކި ގޮތެއް މިހަދާލީ، ދެން މިފަހަރު ކީރިތި ކުރީ ކާކުބާ
ހަވާދުލީބިސް
23 July 2020
އައި ހޭޓް މައިސެލްފް ފޯ ބިލީވިންގ އިން އެމްޑީޕީ
ރޯޔަލް ބޯގަންވިލާ
23 July 2020
އިބޫ ނުކުމެ ލައިވް ޓީވީގަ ކީރިތި ކުރެއްވީމަ ރައްޔިތުން މިކަންވެސް ހަނދާން ނެތިދާނެ
ދިއްދޫމީހާ
23 July 2020
ބަލަ މަހްލޫފް އެކަހެރި ކުރީ ސާބިތު ވެގެންތަ؟؟ މޯލްޑިވިސް ގޭސްގެ އެމްޑީ އެކަހެރި ކުރީ ސާބިތު ވެގެންތަ؟؟ހަސަނާ ޖެހުނީމަ ހަމަ ކީރިތި ކުއްރައްވާފަ ވެސް ފިޔަޅު އަޅަން ނުކެރުނީ، ހަސަަނަކީ ވަރަ ބާރުގަދަ ފަރާތެ ދިވެހި ބަހުގާ، ހަސަނަ ހީވާނީ ފުޅަބުޑުން ދަންޔާ ކެޔޮގަނޑު ކަނޑާލާށޭ އެދަނީ، ތުންޑު ހަސަނަ ކެހިދިން މީދާ، މިއިރީ ހަމަ ހަސަނުގެ ނަމުގަ ހުންނަ ބާރު ވެރިކަން...
ދީދީ އައްޑޫ
23 July 2020
އަލީ ވަހީދުވީމަ ވަގުތުންބޭރު. ބޯގަންވިލާ އާއިލާވީމަ ސާބިތުވާންދެން މަގާމުގަ. ސިލެކުޓިވް ޒީރޯ ޓޮލަރެންސް
އަހުމަދުބޭ
23 July 2020
މައްސަލަ ބަލައި ނިމެންދެން ބަހައްޓަންޖެހޭނީ ސަސްޕެންޑުގައި، ކީއްވެ ތިފަދަ ވަޒީފައިއެއްގައި މިފަދަ ތުހުމަތުތަށް ކުރެވޭ މީހަކު ބަހައްޓައިގެން ތިޔައުޅެނީ،