ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުސްތަފާ ވާހަކަ ދައްކަވަނީ. - ފޮޓޯ: ނިޝާން އަލީ/ މިހާރު
27 ޖުލައި 2020 - 23:09
ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާގެ ހިތުގެ ލޭ ހޮޅިތަކެއް ވަރަށް ބޮޑަށް ބެދިފައި ހުރެގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދޭން ފަށައިފި އެވެ.
މުސްތަފާގެ ހިތުގެ ސީރިއަސް މައްސަލައެއް ހުރިކަން އެނގުނީ މެއަށް ތަދެއް އަރައިގެން އުޅުއްވާތާ ހަތަރު ވަރަކަށް ދުވަސް ފަހުން ރޭ ޑޮކްޓަރަށް ދައްކައި ޓެސްޓުތަކެއް ހެދުމުން ކަމަށް އެނގިފައިވެ އެވެ.
"ރޭގައި މާ ބޮޑަށް އުނދަގޫވެގެން ޑޮކްޓަރަށް މި ދެއްކީ. އެހެންވެ ވަގުތުން ޓެސްޓް ހަދައި [އޮޕަރޭޝަން] ކުރީ. ބޮޑުވަރު ނުވަނީސް އިރާދަކުރެއްވިއްޔާ ސަލާމަތްވެއްޖެ،" އެކަމުގެ މައުލޫމާތު އެނގިވަޑައިގަންނަވާ ބޭފުޅަކު ވިދާޅުވި އެވެ.
ނަމަވެސް ފަރުވާއާ ގުޅޭ ގޮތުން ތަފްސީލެއް ނުލިބުނެވެ.
މިދިޔަ ދައުރުގައި މަޖިލީހުގެ މެމްބަރުކަން ކުރެއްވި މުސްތަފާގެ ހާލު މިހާރު އަންނަނީ ރަނގަޅުވަމުން ކަމަށާއި އަދި އޮތީ އޮބްޒަވޭޝަންގައި ކަމަށް ވަނީ އެނގިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަޝީދު.
28 July 2020
އެމް.އެމް.ޕީ.އާރު.ސީ ގެ މައްސަލަ ނިންމާ ފިޔަވަޅު އަލަން ފަށަންވީމާ ހާދައެއްޗެއް އިގިގެން މިދަނީ ...
ކަމިން
28 July 2020
މުސްތަފާ ތި ބަލިން ރަގަޅު ވުމަށް އުއްމީދު ކުރަން. އަދި ބާކީ އޮތް ދުވަސްތަކުގައި ސިޔާސީ ކަންކަމްށްނުވަދެ އަރާމު ކުރުމާއި ޗެރިޓީ ތަކަށް ފަންޑު ހޯދަދިނުމުގައި އުޅުއްވުމަށް ހިތްވަރުދެން.
ޑރ. ރާމީ ހަސަން ނިއުޔޯކް/އެމެރިކާ
28 July 2020
ވަރަށް ދެރަވެއްޖެ. ކޮންމެ ބޭފުޅަކު ވެސް "ހިތުގެ އެކޯ ޓެސްޓް"، އަހަރަކު އެއްފަހަރު ކޮށްލެއްވޭތޯ ބައްލަވަންވާނެ. ރާއްޖޭގައި މިކަން އޮންނަ ގޮތެއް ނޭންގެ. ބަލި މީހާގެ އެދުމަށް ރާއްޖެއިން ބޭރުގައި މިޓެސްޓް ކުރެވޭ. ލަންކާ އާއި އިންޑިއާ ގައި ވެސްކުރެވޭ. މިއީ ތައްޔާރުވުމަކާއިނުލާ އެންމެ 10 މިނެޓުން މުޅި ހިތް ސްކޭން ކޮށް، ހިތުގައި ގޯހެއްހުރިނަމަ ވަގުތުން ޓީ.ވީ ސްކްރީނުން ދައްކާދޭ ޓެސްޓެއް. ކުރީކޮޅުގައި އަތުލައިގަނެވިއްޖެ ނަމަ، އޮޕަރޭޝަން ނުކޮށް ކާާނާއިންހަމަޖެއްސޭނެ.
Omega 3
28 July 2020
ރާއްޖޭގައިވެސް ގަވައިދުން އެކޯޓެސްޓާއި ޓީއެމްޓީ ބަރާބަރަށްހެދޭ. ހުނަރުވެރި ކާޑިއޮލޮޖިސްޓުން ރާއްޖޭގައި އެބަތިބި. އެކޯ ޓެސްޓް ކޮލިނިކްތަކުން ވަރަށް ފަސޭހައިން މިހާރުހެދޭ.
ޑރ. ރާމީ ހަސަން ނިއުޔޯކް/އެމެރިކާ
28 July 2020
ޑޮކްޓަރ ގެ ރިކުއެސްޓަކާއި ނުލައި ބޭރު ޤައުމު ތަކުގައި މިޓެސްޓް ކޮށްލެވޭ ކަމުގައި އިޝާރާތް ކޮށްލާފައި އަޅުގަނޑު އޮންނާނީ. މައްސަލަ އެއް ހުރި ކަމަށް ސްކޭންކުރާ ޑޮކްޓަރ ވިދާޅުވެއްޖެ ނަމަ، ކާޑިއޮލޮޖިސްޓް އަކަށް ދައްކާނީ. ޝުކުރިއްޔާ !
އެޖެންގާ 19
28 July 2020
ﷲ އޭނާއަށް ރަހުމަތްލައްވާށި، މުސްތަފާބެއަކީ އަހަރެމެން ތިމަރޭ މެންގެ ހިތުގެ ވިންދު، ތިމަރަފުއްޓަށް ގިނަގުނަ އެހީތެރިކަން ދެއްވި ބޭކަލެއް
އިގްނާ
28 July 2020
އަވަސް ޝިފާއަކަށް އެދެން!
ރަދީފްއޮފިޝިއަލް
28 July 2020
އަވަސް ޝިފާއެއް މިންވަރުކުރައްވާށި.އާމީން
ރިންގާ
28 July 2020
މުސްތަފާއަކީ އާދަޔާ ހިލާފް ބޭފުޅެއް. ސިޔާސީ ގޮތުން ދައްކަވާ ވާހަކައިގައި އޮއްޓަރުހުރޭ. އަދުރޭއަށްވުރެ އެތައްކަމެއްގައި ސްމާޓް. އަވަސް ޝިފާއކަށް އެދެން.
ލޮލް ޖާ ބޭ
28 July 2020
ވަލް ހަމްދުލިއްﷲ..
ހުކޫމަތުލް
28 July 2020
މުސްތަފާއަށް އަވަސް ޝިފާއަކަށް އެދެން އަދި ގިނަގިނައިން ތައުބާވެ މާތް ﷲ ހަމްދުކޮށް ޝުކުރުވެރިވޭ
ކަސަބު
28 July 2020
شفاه الله عاجلا އަވަސް ޝިފާއަކަށް އެދެން.