07 އޯގަސްޓް 2020 - 00:20
ފަރިތަކޮށް ދިވެހި ޓައިޕްކުރާ އަދި ދިވެހި ބަހުގެ ގަވައިދު ރަނގަަޅަށް އެނގޭ މީހަކު 19،000ރ. ގެ މުސާރައަކަށް ރައީސް އޮފީހަށް ބޭނުންވެގެން ހޯދަން އިއުލާން ކޮށްފި އެވެ.
އެ އޮފީހުގެ ކޯޕަރޭޓް ސާވިސް ޑިޕާޓްމެންޓަށް ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިދިޔަ ހަފުތާގެ ބުދަ ދުވަހު ހުޅުވާލާފައިވާއިރު އެ މުއްދަތު އިއްޔެގެ ނިޔަލަށް ވަނީ ހަމަވެފަ އެވެ.
* ޓައިޕް ކުރަންޖެހޭ އެކިއެކި ލިޔުންތައް ވީހާވެސް ކުށް މަދުކޮށް، ދިވެހި ބަހުގެ ގަވައިދާއި ހަމަތަކާ އެއްގޮތަށް، ފަރިތަކަމާއެކު އަވަހަށް ޓައިޕް ކުރުން.
* މަސައްކަތްކުރާ ޔުނިޓުގައި އާކައިވް ކޮށް، ބަލަހައްޓަން ޖެހޭ ކުރީގެ ލިޔުންތައް ފަރިތަކަމާއެކު ކުށް ނުލައި އަވަހަށް ޓައިޕް ކުރުން.
* ރެކޯޑިން އަޑު އަހައިގެން ޓައިޕް ކުރަން ޖެހޭ ލިޔުންތައް ފަރިތަކަމާއެކު ކުށް ނުލައި ޓައިޕް ކުރުން.
މަގާމުގެ ޝަރުތުގެ ގޮތުގައި އިއުލާންގައި ވަނީ މަގާމުގެ މަސައްކަތް ކުރުމުގެ ގާބިލުކަން ސާބިތުކޮށްދިނުމާއެކު، ބެޗްލާސް އޮފް އާޓްސް އިން ދިވެހި ލެންގުއޭޖްގެ ސަނަދެއް ހާސިލުކޮށްފައިވުމެވެ. އަދި މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި ހަ އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ހިމެނެ އެވެ. އެ މަގާމަށް މީހަކު ހޮވުމުގައި ދިވެހި ބަހުން ލިޔެފައިވާ ލިޔުންތައް ކުށްފިލުވައި ރަނގަޅު ކުރުމުގެ ތަޖުރިބާ އާއި މައުލޫމާތު ލިބިފައިވާ މީހަކަށް އިސްކަންދެވޭނެ ކަމަށް ވެސް އިއުލާނުގައި ވެ އެވެ.
މި މަގާމުގެ އަސާސީ މުސާރައަކީ މަހަކު 7،875ރ. އެވެ. އޭގެ އިތުރުން ސާވިސް އެލަވަންސަށް 2،000ރ. އާއި ޚާއްސަ އެލަވަންސަށް 3،543.75 (މުސާރައިގެ 45 ޕަސެންޓު) އާއި ލިވިން އެލަވަންސަށް 2،500ރ. އަދި ކޮލިފިކޭޝަން އެލަވަންސްގެ ގޮތުގައި 4،000ރ. ލިބޭނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ދިވެހި ފަރިތަކޮށް ޓައިޕް ކުރާނެ މީހަކު ބޮޑު މުސާރައަކަށް ހޯދަން ރައީސް އޮފީހުން އިއުލާން ކޮށްފައިވާއިރު، ކޮވިޑް-19އާ ގުޅިގެން ކުރިމަތިވެފައިވާ މާލީ ދަތިކަމުން އަރައިގަތުމަށްޓަކައި ސަރުކާރުގެ ޚަރަދުތައް ކުޑަ ކުރަން ފިނޭންސް މިނިސްޓްރީން ވަނީ އަންގައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަރަނި ދަންތުރަ
08 August 2020
ހަރަދު ކުޑަކުރަނީ ހާދަފައްކަލޭ ސޯލިބޭ
އިނގޭ
08 August 2020
މި ވާނީ ރޯޔަލް ފެމިލީގަ މީގެ މީހަކު ހުރީކަމައް
ޢަފްލާ
08 August 2020
ޢަހަރެން ތިކަނ ކޮއްދީފާނަން 10.000 ރުފިޔާައަށް އެކަމް 8 ގަދި އިރަށވުރެ މަސައްކަތް އިރުރުވއގެން ނުވާނެ
މުދައްރިސް
08 August 2020
އެހެންވީމާ ދިވެހި މުދައްރިސުންގެ މުސާރައަކަށް ވާންޖެހޭނީ 19000 ކަމުގައި ސަރުކާރަށްވެސް ޤަބޫލުކުރެވެނީ ކަމުގައި ފެންނަނީ. މުދައްރިސުންގެ މުސާރަ މަތިކޮށްދޭންވީއެއްނު. ތިޔަ ޓައިޕިސްޓު ކުރާނެ މަސައްކަތަށްވުރެ އެތައް ގުނަ މަސައްކަތް ކުރަންޖެހޭ މިދައްރިސުން. ތަޢުލީމާ އަދަބު އަޚްލާޤު ދަށް އެތައް ކުދިންނަކާވެސް ކުރިމަތިލައި، ކަންކަން ރަނގަޅުކޮށްދިނުމުގެ އިތުރުން ރަނގަޅުގޮތް ކިޔައިދީ އިސްލާޙުކުރެވޭތޯވެސް މަސައްކަތް ކުރަންޖެހޭ މުދައްރިސުން.
ބެލެނިވެރިޔާ
08 August 2020
މުދައްރިސްގެ މުސާރައަކީ ތިޔަވަރު ކަމަށް ގަބޫލުކުރެވޭ ކަމަށްވަންޏާ މުދައްރިސް ކިޔަވައިދީފައި ނެރޭ ދަރިވަރަށް ރީތިކޮށް އިބާރާތެއް ލިޔަން ނޭނގޭތާނގައި ރަނގަޅަށް ސުކުން ކޮށްފައި، ހަމަތަކާ އެއްގޮތަށް ތިކިޖެހި ތާނަ ލިޔަން ނޭނގިގެން މިއުޅެނީ ކީއްވެ؟ މުދައްރިސް ކިޔަވައިދޭލެއް މޮޅުކަމުންތޯ؟
ބެލެނިވެރިއެއް
08 August 2020
އަދުގެ ގިނަކުދިންނަކީ ދިވެއްސަށްވުރެ ބޮޑަށް އިނގިރޭސިއަށް ފަރިތަކުދިން. އެހެން ކަންވަނީ އެކުދިން ކުޑައިރުއްސުރެ ބަލާ ކާޓޫނުތަކާ ވީޑިއޯތަކާ ކިޔާ ގިނަ ފޮތްތައް އިނގިރޭސިބަހުން ހުންނާތީ. ކިޔަވާދޭއިރު ދިވެހި މުދައްރިސް ވާހަކަ ދައްކަނީ އެންމެބޮޑެތި މީހުންގެ ދިވެހިބަހުން އެހާ އަވަހަށް. އަދުގެ ކުދިންގެ އެއުމުރެއްގަ ހުންނަންވާވަރުގެ ދިވެހިފެންވަރު ނުހުންނަ ކުދިންނަށް ޓީޗަރ ކިޔައިދޭ އެއްޗެއް ވަރަށް ނަގައިނުގަނެވޭ. ޒަމާނަށް އައި ބަދަލަށް ޓީޗަރުން ނުބަލާ.
ސާފިރު
08 August 2020
ހާދަ ޓީޗަރުންނާ ދިމާކޮށްލައިގެން. ކުށްނުލާ ލިޔާ ކުދިންނާ ރީތިކޮށް އިބާރާތްކުރާ ކުދިންނާ މޮޅަށް ވާހަކަ ދައްކާ ކުދިނަނާ ހުރިހައި މާއްދާއަކުން އޭ ހޯދާ ކުދިން ވެސް ކިޔަވަނީ ސްކޫލްތަކުން. ކިޔަވައިދެނީ ޓީޗަރުން.
ހާމިދު ޝާހިދު
08 August 2020
އަހަރެން ދިވެހި ޓައިޕްކުރަން މީހުން ވާހަކަ ދައްކަމުން ދާއިރު ރެކޯޑިން އަޑު އެހުމެއް ނެތި އެދައްކާ ސްޕީޑުގައި. އެހެންވީމާ، މިމަގާމަށް އެންމެ އެކަށޭނަ މީހަކީ އަހަރެން ކަމަށް ވެދާނެ. ދިވެހި އަދި އިނގިރޭސި ބަހުން އެއްޗެތި ލިޔެ ޓައިޕްކުރާތާ މިހާރު 15 ވަރަކަށް އަހަރު ވާނީ ވެފައި. އަދި މާސްޓާސް ވެސް އޮތުމާއެކު މިމަގާމަށް ފިޓްވާނެ. ޕާޓްޓައިމް ނަމަ އަހަރެން ދާން މިހުރީ މިއަށްވުރެއް ކުޑަ މުސާރައަކަށްވެސް.
ހުސޭނުބޭގެ އާދަން
08 August 2020
ތި ޓައިޕިސްޓް މިހާރުވާނީ ފައިނަލްވެ ނިމިފަ ޕާޓީ ކުއްޖަކަށް ޚާއްސަކުރި ޖޮބެއްކަމަށް ބެލެވެނީ
ސާރާ ،އޮސްޓްރޭލިއާ
07 August 2020
މެޖިސްޓްރޭޓެއްގެ މުސާރައާއި ދާދި އެއްވަރު މުސާރައެއް ޓައިޕިސްޓަކަށް ؟ޕާޓީ މީހަކަށް ޖޮބެއް ދެނީބާ
އިންމަ ގައްދޫ
07 August 2020
ޕާޓީގަ ނުތިބޭނެ ޓައިޕް ކުރަން ދަންން ކުދިން
ހާމިދު ޝާހިދު
08 August 2020
ޓައިޕިސްޓް ނުކިޔާވެސް ތިޔަ މުސާރައަށް ޓައިޕްކުރާ މީހަކު ވެއްދިދާނެ. އެހެނީ، އޮފިޝަލް އަދި ނޮން އޮފިޝަލް މީޓިންގ ތަކުގެ ޔައުމިއްޔާ ވަގުތުން އަތްޕުޅަށް ލިބޭގޮތް ހެދުމަށްޓަކާ އެފަދަ އަވަސް ޓައިޕިސްޓުން ތިބުމަކީ ވަރަށްވެސް މުހިންމު ކަމެއް. "ސެކްރެޓޭރިއަލް އެސިސްޓަންޓް" ގެ ނަމުގައިވެސް ތިޔަ މަގާމު އިޢުލާން ކުރެވުނީސް.
ކާޖާ
07 August 2020
19 ހާސް ރުފިޔާ އަށް ޓައިފިސްޓަކު ހޯދާ ކަމަށް ސުރުހީގައި ލިޔުމުގެ ބޭނުމަކީ ޓައިޕިސްޓުންނަށް އިހާނެތިކޮށް އެމީހުންގެ ގަދަރު ކުޑަކަމަށް ދެއްކުންތޯއެވެ. ޚަބަރު ކިޔާލުމުން މި އެނގުނީ ކިހާ ޒިންމާ ބޮޑު މަސައްކަތުގެ ހުނަރު ބޭނުންވާ ވަޒީފާއެއްކަން. ތި މުސާރަވެސް ހަގީގަތުގައި ކުޑަ ކަންނޭންގެ.
ޒިންމާ މޭން
08 August 2020
ޒިންމާއޭ ބުނި އިރު މުދައްރިސިންގެ ޒިންމާ ތިޔަށްވުރެ މާ ބޮޑު. އެތަށް ގުނަޔެއް ބޮޑު. މަސައްކަތްކުރާ މީހުންނަށް އެނގޭނެ މަސައްކަތުގެ ބުރަކަން. މިހާރުވެސް ކަމަކާ ނުލާ ފައިސާ "ލިބޭ" މީހުނަށް ހީވާނެ ކިރިޔާ ކަމެއް ކޮށްލަންޖެހޭ އިރަށް ހާދަ ބޮޑު ކަމެކޭ،
ބެލެނިވެރިޔާ
08 August 2020
ބަލަ ތިޔަ މުދައްރިސުން ކިޔަވައިދީފައި ނެރޭ ކުދިންނަށް މިއުޅެނީ ހަމަޔަށް ސުކުން ކުރަން ނޭގިގެން. ރީތިކޮށް އިބާރާތެއް ކުރަން ނޭނގިގެން. ދިވެހިބަހުން ރީތިކޮށް ވާހަކަދައްކަން ނޭނގިގެން. ތިޔަ ބުނާ ބުރަ މަސައްކަތެއް ކޮށްފައި މޮޅު ދަރިވަރުން އުފައްދާނަމަ މިކަހަލަ އިއުލާނެއް ޖަހާކަށް ނުވެސް ޖެހޭނެ.
ކުމާރު111
07 August 2020
ތިމީހާ އަށް މިހާރު އޮއްނާނީ ވަޒީފާ ޗިޓް ވެސް ހަވާލު ކޮށްފަ. ވަރަށް ސަލާމް.
މިމު
07 August 2020
19000 ރުފިޔާ އެއީ ބޮޑު މުސާރަ؟ މަދުވެގެން 30000 ނުލިބި ކިހިނެތް އުޅެނީ