10 އޯގަސްޓް 2020 - 19:24
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ތެޔޮ ރައްކާކުރާ ސަރަހައްދުގައި އަލިފާނުގެ ހާދިސާއެއް ހިނގައި މީހަކު ފިހިއްޖެ އެވެ.
އިރު އޮއްސުނު ވަގުތު ހިނގި މި ހާދިސާއާ ބެހޭ ގޮތުން އެމްއޭސީއެލް އިން ކުރި ޓްވީޓެއްގައި ބުނީ އަލިފާނުގެ ހާދިސާ ހިނގީ 6:15 އެހާއިރު، ތެޔޮ ރައްކާކުރާ ސަރަހައްދުގައި ކަމަށެވެ. އަލިފާން ރޯވިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި އެއާޕޯޓްގެ ފަޔަ ޓީމުން އަލިފާން ނިއްވާލި ކަމަށް ވެސް ޓްވީޓްގައިވެ އެވެ.
"މި ހާދިސާގައި ކުންފުނީގެ މުވައްޒަފަކަށް ވަނީ އަނިޔާވެފައި. ސޭފްޓީ ޑިޕާޓްމަންޓުން ވަނީ މި ހާދިސާ ހިނގި ގޮތުގެ އިންޓާނަލް އިންވެސްޓިގޭޝަނެއް މިހާރު ފަށާފައި،" ޓްވީޓްގައިވެ އެވެ.
A fire incident happened @VelanaAirport eastern side sea plane fuel storage depot around 1815hrs. The fire was quickly extinguished by the ARFF team. One of our staff was injured during the incident. Internal investigations has already started by the safety department.
— MACL (@MACLmedia) August 10, 2020
އަލިފާނުގެ ހާދިސާގައި އަނިޔާވި މީހާއާ ބެހޭ ގޮތުން އިތުރު އެއްވެސް މައުލޫމާތެއް ނުލިބެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަޑާ
11 August 2020
ތިތަނުން ފިއުލް ފާރމް ނަގަން އެބަ ޖެހޭ އަވަހައް ! މިހާރު ތީ ހުޅުލޭ އެންމެ ބާރު ބޮޑު ހިސާބު މެދުގަ ހުރި ތަނެއް !
ވިސްނޭ..
11 August 2020
ޒިން މާ ނަގާނެ މީހަކު ނުވާނެ..ވަރަށް މަތީގަ ފިއުލް ..އެ މްއެސްޔޫ.. ކާރގޯ ގެ ވެރިންތިބޭނީ..އެއްވެސް ގޯސްކަ މެއް އެ މީހުންއަތުންނުވާނެ...ކުންފުނީގެ ވެރިންނަށްވުރެ އެ މީހުން މަތިވާނެ.... ފިހުނު މީހާއަށް ޝިފާއަށް އެދެން.
ހާމިދު ޝާހިދު
11 August 2020
ގުދުރަތީ ކަންކަމަކީ ހިފެހެއްޓޭނެ ކަމެއްނޫން. އެކަމަކު ފަހަކަށް އައިސް ކުރިމަތިވަމުންދާ މުސީބާތްތަކުގެ އަސްލަކީ ވެރިކަން ކުރައްވަން އިނގިވަޑައި ނުގަތުމެވެ. ހުރިހާ ދިމާލަކުންވެސް ފެއިލްވަމުން ދާ ގުނަވަންތައް މިދަނީ ފެންމަތިވަމުން.
ރަތްޔިތު
11 August 2020
ހުރިހާދިމާލަކުން ވެސް ފެއިލް،
އިތުބާރު
11 August 2020
"އިންޓަރނަލް އިންވެސްޓިގޭޝަނެއް" ފެށިކަމަށް ބުނުމަކުން އަދި ނުނިމޭ. މިހިރީއަކީ މީގެ ކުރިން ދުވަހަކު ހިނގި ކަންކަމެއް ނޫން، އިންތިޒާމުތައް ހުރިނެތް ގޮތަކާއި އިތުރަށް ރަނގަޅުކުރަން ބޭނުންވާ ކަންކަމަކީ ކޮބައިކަމާއި، އެއްވެސް ފަރާތެއްގެ އިހުމާލެއް އޮތްކަން ނުވަތަ ނެތްކަން ރަނގަޅަށް ބަލައި ނިންމުމަށްފަހު، ވަރުގަދަ ހަރުދަނާ ފިޔަވަޅުތަކެއް ނާޅައިފިއްޔާ ދެން ހިނގާނީ އަދި ކިހާވަރަކުކަމެއް ކަން އެނގެނީ ކާކަށްތޯ؟
ހުސްނާމުހުސިން
10 August 2020
ތިތާ ހުންނަންވާނެ ސެކިއްރިޓީ ކެމެރާ ހަރުކުރެވިފަ. ކެމެރާ ފުޓޭޖުތައް ބަލާ ރަނގަޅަށް އިންވެސޓިގޭޓު ކުރަންޖެހޭ ކަމެއްތީ. ވަރަށްނުރައްކާތެރި ކާރިސާއެއް ހިނގާފާނެ ކަމެއް. ބޮޑުވަރު ނުވަނީސް އަލިފާން ނިއްވާލި ކުދިންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. އަނިޔާވި ކުއްޖާއަށް އަވަސް ޝިފާއަކަށް އެދެން. ަ
ދޮންކަނބާ
11 August 2020
އެތާ ނުހުންނާނެ ކަމުދާ ކެމެރާއެއް .
ބަސް
10 August 2020
އިވެނީ ހުސް ހިތާމަވެރި ޚަބަރުތައް. މިފަދަ ކަންކަމުން ރައްކާތެރި ކުރެއްވުން އެދި ދުއާކުރޭ. ފިހުނު މީހާއަށް ޝިފާއަށް އެދެން.
ރީތި މޫސަ
11 August 2020
އަވަސް ޝިފާއެއްދެއްވާށި އާމީން