ރައީސް ޔާމީން މިނިވަން ކުރަން ގޮވާލައި ޕީއެންސީ ކޯލިޝަނުން މުޒާހަރާ ކުރަނީ: އެ ފަދަ އެހެން މުޒާހަރާތަކެއް ރަށްރަށުގައި ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފައި
23 އޯގަސްޓް 2020 - 19:26
މާލެ ސަރަހައްދު ފިޔަވައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ސަރުކާރުގެ އަމަލުތަކާ ދެކޮޅަށް، އަންނަ ހުކުރު ދުވަހު މުޒާހަރާ ކުރަން ޕީޕީއެމާއި ޕީއެންސީ ކޯލިޝަނުން ނިންމައިފި އެވެ.
އަންނަ ހުކުރު ދުވަހުގެ ހަވީރު، އެ މުޒާހަރާ ބޭއްވުމަށް ހަމަޖެހިފައިވަނީ "ރާއްޖެ ވިއްކާލުމާ ދެކޮޅަށެ"ވެ. ޕީއެންސީ އާއި ޕީޕީއެމުން ތުހުމަތު ކުރާ ގޮތުގައި ސަރުކާރުން ދަނީ ރާއްޖެ ތަރައްގީ ކުރުމުގެ ނަމުގައި، ގައުމުގެ ހަރު މުދާ ވިއްކައިގެން ލޯނު ނަގަމުންނެވެ. އެހެންވެ، އެ ޕާޓީތަކުގެ މެމްބަރުންގެ އިތުރުން އެމްޑީޕީގެ މެމްބަރުން ވެސް މުޒާހަރާގައި ބައިވެރިވުމަށް ކޯލިޝަނުން އެދެ އެވެ.
"އެމްޑީޕީގެ ވަރަށް ގިނަ މީހުން ވެސް އެބަތިބި ރަނގަޅަކަށް ބޭނުންވާ. އެހެންވީމާ އަޅުގަނޑުމެން އެދެން މިއީ ގައުމީކަމެއްގެ ގޮތުގައި ދެކިގެން އެ ބޭފުޅުން ވެސް މިކަމުގައި ބައިވެރިވާން،" ރައްޔިތުންގެ މަޖިލީހުގެ މަޑަވެލީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުއާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަސްވެރިންނަށް ހަމަ އަގު ނުލިބުމާއި މަސް ކަނޑުތައް ވިއްކާލުމާއި ވަޒީފާތަކުގައި ތިބި ދިވެހިން ވަކިކޮށް، ނޯޕޭއަށް ފޮނުވާލި އިރު އެ މީހުންނަށް ސަރުކާރުން އެހީތެރިކަން ނުދޭތީ އެކަމާ ދެކޮޅަށް އަޑު އުފުލަން ޖެހޭ ކަމަށެވެ. އެކަމަކު އޭގެ ބަދަލުގައި ސަރުކާރުން ކުރާ ވައްކަންތައް ދަނީ އިތުރުވަމުން ކަމަށާއި "ރައްޔިތުން އަތް ދޮވެގެން ގޭގައި ތިބެން އަންގާފައި، ދައުލަތުގެ ބައިތުލްމާލު ސަރުކާރުން ދޮވެލާފައިވާ" ކަމަށް މުއާޒު ތުހުމަތު ކުރެއްވި އެވެ.
އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ މި ސަރުކާރުން އިދިކޮޅުގައި އޮތް އިރު އެންމެ ބޮޑަށް ވާހަކަ ދެއްކީ، އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން 12 ފަޅުރަށެއް ޗައިނާއަށް ވިއްކާލިކަމަށް ބުނެ ކަމަށެވެ. އެކަމަކު އެ މަނިކުފާނަކީ ރާއްޖޭގެ ހަރު މުދާ ވިއްކައިގެން، ލޯނު ނަގައިގެން ގައުމު ތަރައްގީ ކުރާނެ ބޭފުޅެއް ނޫން ކަމަށް ޝިޔާމް ވިދާޅުވި އެވެ.
"އެކަމަކު މިހާރު އަޅުގަނޑުމެންނަށް މި ފެންނަނީ އަވައްޓެރި ގައުމުތަކާއި މާލީ އިދާރާތަކުން މާސިންގާ ބޮޑެތި ލޯނުތައް ނަގައިގެން، ގައުމުގެ މިނިވަންކަން ގެއްލޭ ހިސާބަށް އަމަލުތައް ގެންދާ މަންޒަރު." އޭނާ ވިދާޅުވި އެވެ.
"އެހެންވެ، ކޮންމެ ދިވެއްސަކު ވެސް ސުވާލު ކުރަން ޖެހޭ އަޅުގަނޑުމެންނަށް ހައްގުވާ މިންވަރު މި ގައުމުން ކަށަވަރު ވޭތޯ،"
ޕީއެންސީ ކޯލިޝަނުން މީގެ ދުވަސްކޮޅެއް ކުރިން ވެސް ވަނީ، ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި މާލޭގައި ސިލްސިލާ މުޒާހަރާތަކެއް ބާއްވާފަ އެވެ. އެކަމަކު އޭރު އެ މުޒާހަރާތައް މެދުކަނޑާލީ، ކޮވިޑް-19 މާލެ ތެރޭގައި ވަރަށް ބޮޑަށް ފެތުރެމުން ދާތީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަންނަންނޫރު ޢަލީ
24 August 2020
މުޙައްރަމް މަހު 9 (ތާސޫޢާ) ދުވަހު ރޯދަހިފާ ހަވީރުގެ ޛިކުރުކޮށް ދުވަހުގެ މާތްކަން ހޯދުމުގެ ބަދަލުގައި މުޒާހަރާކޮށް އެދުވަހުގެ މާތްކަން ޚަރާބުކޮށްގެން މުސްލިމުންނަކަށް މޮޅެއް ނުލިބޭނެއެވެ.
ލކޖހފސ
24 August 2020
ރޯދައަށް ހުރެގެން މުޒާހަރާކުރުން މަނާކަމެއް އަހަރެމެން ނުދެނަހުރިން. ބަލަ ބިދުއައަކީ ތިކަހަލަ ވިޔާނުދާވާހަކަ ދެއްކުން އަޅުކަންކަމާ ގުޅުވައިގެން. ލިޔާނެ މޮޅުއެއްޗެއްނޭނގޭނަމަ އަތްފައި މަޑުން ބާއްވާ. ފާފަތަކަށް އަރައިނުގަނޭ.
ކޮތަނބިރި
24 August 2020
ވިއްކާލާ ދުވަހެއްގެ އިންތިޒާރުގަ މިތިބީ، ވިއްކާލިއާފަ މާލޭމީހުން ނޫންބަަކަށް ގެއްލުމެއްނުވާނެ.
ވިއްކަނީ
24 August 2020
ކޮން އެއްޗެއްބާ ވިއްކީ
ފިފުޓީ ސިކުސް
24 August 2020
ރަށްރަށުގައި ކޮވިޑު ފެތުރޭވަރު މަދުވީމާ އެކަން ހަޖަމުނުކުރެވުނީބީ؟ ތީވަރަށް ބޮޑުގޯހެއް.
ގފދސ
24 August 2020
ކޮވިޑް ބޮޑަށް ފެތުރޭ ތަނަކީ މާލެ. މާލޭގެ ބާޒާރު މައްޗާއި ކެފޭތަކުގެ ބުޑުން ހިނގާލަބަލަ. އެކަން ހުއްޓުވަން ނޫޅޭ ބަޔަކު 2 މީހަކު އެއްވެ މުޒާހަރާއޭ ބުނީމަ ބޮލަށް ދުންއަރައިގެން ހެދޭ ނުހެދޭއެއްނޭގި ކޮވިޑޭ ބޮއްޔޭ އަނގައޭ މިގޮވަނީ. މުޒާހަރާ ކުރަންވީ. ކޮވިޑް ކިޔައިގެން ދިވެހިން ހަނާކޮށްލަނީ. ދިވެހިންގެ މުދާތައް ހަލާކުކުރަނީ. ދިވެހި ގައުމު އިންޑިޔާއަށް ވިއްކާލަނީ. މިކަން ހުއްޓުވަންޖެހޭ. ދިވެހިންގައި މިހާރު ހިނގަނީ ހޫނު ލޭގެ ބަދަލުގައި ފިނެލެއޭވެސް ހީވޭ.
ކުޅުދުއްފުށީ މުއިއްޒު
24 August 2020
ޢެއްވަންބޭނުމިއްޔާ ޕިންކީން މައްކާއަށް ދާން ނޫންތަ ޔާްންޓެ ބުނެފައޮތީ ޔާންޓޭބުނާބަސްވެސް ނާހަންތަ މުއުޅެނީ މިހާރުކޮވިޑް ބަލިއުޅޭއިރު ރަނގަޅުމަގުޞަދެއް، ނެތްކަން އެނގިއްޖެ ،ނޫހުގަ މުޅިރާއްޖޭ ، މުޒާހަރާބާއްވަން އިއުލާންކޮށްފަ ، ކުޅުފުއްފުށީގައި ގޮވަނީ ރައްޔިތުންނަށް ބާއްވާ ބިލެއްމީރު ކޮށްލުމަކަށް ޕީޕީއެމް ހޮޅުއަށި ދޮށަށް މިރޭ 9ޖަހާއިރައް ޖަމާވުމަށް ، އަޅެ މިތެޅެނީ ހޮސްޕިޓަލް މުއައްފަުނަށް ޖެއްސުމެއް ނުކުރެވިގެންބާ. ޕޮއް..ކަތް..ޕޮއް..ކަތްތައް.
ގުއިއްޒު
24 August 2020
މާތަކަލާކޯ މުޅި ގައުމަށް ކޮވިޑް ފަތުރާ ނުލުމަށް ޕީޕީއެމަށާޢި ޕީއެންސީ އަށް އާދޭކޮށްފައި ދަންނަވަން. މާލެއަށްވެސް ލައްކަ ބޮޑަށް ފަތުރައިދީފީމު. ދެން ތިކަން ނުކުރޭ. ހެޔޮނުވާނެ. އާދޭސްކޮށްފައި މިބުނީ.
ކޮވިޑްގެ ބޮލުގައި ނާޅުވާ
24 August 2020
ކޮވިޑް ޖެހިގެންވިޔަސް ސަރުކާރު ވައްޓާނުލާ ރައްޔިތުން ސަލާމަތްވާގޮތެއް ނެތް. ރައްޔިތުންގެ އަތުން ފާޅުގައި ވައްކަން އެކުރަނީ. ކޮވިޑް ފަތުރަނީވެސް ސަރުކާރުން. މުޒާހަރާ ކްލަސްޓާ ތަކަށްވުރެ ބޮޑަށް ބަލި ފެތުރީ އެމްޑީޕީ ސަރުކާރުގެ ވެރިންގެ އާއިލީ މެމްބަރުން ބަލިޖެހިފައިވާ ގައުމުތަކުން ގެނެސް ކަރަންޓީން ނުކޮށް ދޫކޮށްފަ ބެހެއްޓުމުން. އެމީހުން ޕާޓީ ބޭއްވުމުގެ ސަބަބުން. ކޮވިޑް ރައްޔިތުންނަށް ޖެއްސީ ސީދާ މިސަރުކާރުން. ޕީޕީއެމް ކޯލިޝަނެއް ނޫން.
ފފފފފ
24 August 2020
ކޮވިޑް ބަހަނާގައި މުޅި ދައުލަތް އެކީ ލޫޓުވާލައިފި. ބަނޑަށް މަރުވަންދެން ތިބެންވީތަ؟ މިވަރުގެ ވިސްނުންތޫނު ބައެއް ދުނިޔޭގައިވެސް ނޫޅޭނެ. މަ ސަޕޯޓްކުރާ ޕާޓީވީމަ ބަރަހަނާގައި ހުންނަންވެސް މަށަށް ހެޔޮ.
އާދަމްބ
24 August 2020
ކޮވިޑް ފެތުރިދާނެތީ އެހާބިރުގަންނަ ނަމަ ގައުމުގެ ކަންކަން ރޭވުމުގައި ތަންފުކެއް ހަރުދަނާވީސް. މީހުން އުޅޭނެހާ ގޮތަކަށް ބޭރުގައި އުޅެންވީ. ފުލުހަކު ހައްދަވައިގެން މަގެއްގެއްމަތިން ނުފެނޭ. ބްރިޖު ކައިރީ ހުންނަ ފުލުސްނޫން މީހަކު ރަށުތެރެ ބެލެހެއްޓުމުގައި ނިކަން އުޅެނިކޮށް ދައްކަބަލ؟
ފޫހިވޭ
24 August 2020
ދޭން އޮތް ވޯޓްވެސް ނުދޭނަން މި ދުވަސްކޮޅު މުޒާހަރާ ކޮށްފިޔާ
މުހުތާރު
24 August 2020
ހެޔޮ ނުދިނަސް. މިގައުމުގައި އުޅޭނީ ކުލައަރައި ލޯ ބަޑިޖަހައި ސިކުނޑި އަށްސިވެފަތިބި މީހުން. މުޒާހަރާ ކުރާނަން. އަޑު އުފުލާނަން. ގައުމުގައި ނެތް ވެކްސިންގ ގަނެލެވޭވަރަށްވެސް ފައިސާކޮޅެއް. ކޮންމެވެސް މީހަކު ހިލޭ ދިނިއްޔާ ނޫނީ ލިބޭ އެކައްޗެއްވެސް ނެތް. ސަލާންޖެހުމުގައި އެފްރިކާގެ ފަގީރު ގައުމެކޭ ތަފާތެއްނެތް. ހަމަ ހަގީގަތުގައިވެސް މިގައުމު މިހާރު ހާލަތަކީ އިތިޔޮޕިޔާގެ ހާލަތު.
އާންސީ
24 August 2020
މި ހާލުގަ ނެތް ޤައުމެއް މިވަގުތު ދުނިޔޭގަ މަދު.
Mr. Molecule
24 August 2020
ދިވެހި ރާއްޖެ ބޭރު ބަޔަކަށް ވިއްކާފަ އަހަރެމެން ކޮންމެވެސް އެހެން ގައުމަކަށް ބަދަލު ކޮއްދީ. މިގައުމު މިތިބަ ދިވެހިން ކަންކަން ކުރަން ތިބެގެން އެއްވެސް ކަމެއް ރަގަޅެއް ނުވާނެ. ހުސް ވަގުންނާއި މަމޮޅުން
ގުއިއްޒު
24 August 2020
ގައުމު ހިންގަން ބައިނަލްއަގުވާމީ ބިޑަކަށް ލާބަލަ. އޭރުން ލައްކަ މޮޅުވާނެ.
ޙިނި
24 August 2020
ތިކަން ހުއްޓޭނީ އަދުރޭއާ ޝިޔާމުއައް ކޮވިޑުޖެހުނީމަ
ޝާހީން ހަމީދު
24 August 2020
ބަދު ދުއާ ކުރުމުންވެސް ހަމަ ލައިކް. މާތްކަލާކޯ. ދިވެހިން ހަލާކުވެ ނިމިއްޖެ. ނުބައިކަން އިންތިހާގައި.