ޑރ. މުހައްމަދު އިބްރާހިމް (ކ) އަދި ގާޒީ އަލީ ރަޝީދު: އެ ދެ ބޭފުޅުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރަން ކޮމެޓީން ވަނީ ރުހުން ދީފައި
24 އޯގަސްޓް 2020 - 15:24
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކްރިމިނަލް ކޯޓުގެ ގާޒީ އަލީ ރަޝީދާއި ޑރ. މުހައްމަދު އިބްރާހިމް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މިއަދު ރުހުން ދީފި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ބެންޗުން ހުސްކޮށް އޮތް ދެ މަގާމަށް ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ގާޒީ އަލީ ރަޝީދާއި ވަކީލް ޑރ. މުހައްމަދު އިބްރާހިމް އައްޔަން ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން އެ ދެ ބޭފުޅުންގެ ނަން ކޮމިޓީ އަށް ފޮނުވީ މިއަދުގެ ޖަލްސާގަ އެވެ.
އަލީ ރަޝީދާއި ޑރ. މުހައްމަދު އިބްރާހިމަށް ރުހުން ދޭން ޖުޑިޝަރީ ކޮޮމިޓީން ނިންމީ މިއަދު ބޭއްވި ބައްދަލުވުމުގައި އެ ކޮމިޓީގެ މެމްބަރުންގެ އިއްތިފާގުންނެވެ. އެހެންވެ، އެ ދެ ބޭފުޅުން އެ މަގާމަށް އައްޔަން ކުރުމާ މެދު ދެން ގޮތެއް ނިންމާނީ މަޖިލީހުގެ ތަޅުމުންނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ބޭފުޅުން އައްޔަން ކުރާނީ ޖޭއެސްސީގެ ލަފާގެ މަތިން ރައީސް ފޮނުއްވާ ނަންތަކަށް ބިނާކޮށް މަޖިލީހުން ފާސް ކޮށްގެންނެވެ. އެ ދެ މަގާމަށް ޝައުގުވެރިވާ ބޭފުޅުން ކުރިމަތިލުމުގެ ފުރުސަތު ޖޭއެސްސީން ހުޅުވާލިޔަސް، އިތުރު ބޭފުޅަކު ޝައުގުވެރިކަން ފާޅު ނުކުރުމުން މަޖިލީހަށް ފޮނުވީ އަލީ ރަޝީދާއި ޑރ. މުހައްމަދު އިބްރާހިމްގެ ނަމެވެ.
ކުރިން ސިވިލް ކޯޓުގެ އިސްގާޒީ ކަމާއި ޑްރަގް ކޯޓުގެ ގާޒީކަން ކުރެއްވި އަލީ ރަޝީދަކީ ކްރިމިނަލް ކޯޓުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރެވެ. ޑރ. މުހައްމަދު އިބްރާހިމަކީ ގާނޫނީ ދާއިރާގައި 16 އަހަރު މަސައްކަތް ކުރައްވާފައިވާ އަދި މިހާތަނަށް ޕްރިމިއާ ޗެމްބާސްގެ ހިިއްސާދާރެއް ވެސް މެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝޮކްތެރަޕީ
24 August 2020
ރައިސް ޔާމިންގެ މަސްސަލަ އިސްތިއުނާފް ކުރަން ދަޝުކޯޓައް ލީމަ އަލީރަޝީދު. ރައިސް ޔާމިންގެ މަސްސަލަ އެޔާ ޖެހުނު ކޯޓައް ލީމަ އަލީރަޝީދު. ރައިސް ޔާމިންގެ މަސްސަލަ ސުޕްރިންކޯޓައް ލީމަ އަލީރަޝީދު. މިވަރުން ކިހިނެއްތަ އިންސާފު ލިބޭނީ ރައިސް ޔާމިން؟
ޖަވާ
24 August 2020
އަލީ ރަޝީދަކީ ރާއްޖޭގެ ގާޒީންތަކުގެ ތެރޭގައި ތިބި، ރަނގަޅު އަދި ތެދުވެރި ގާޒީންގެ ތެރެއިން އެކަކު. އޭނާ ކުރިން ސިވިލްކޯޓުގެ އިސްގާޒީއަކަށް ހުއްޓާ، ޑްރަގްކޯޓަށް އަރުވާލީވެސް ބޭނުން ގޮތަކަށް ނުވިކޭތީ.
މުސްކުޅިބެޔެއް
24 August 2020
ތަޅުން މަތީ ދަމާ ކޫއްތާ ނުހަދާތި ޔާމީނުވެސް އެހެން ހެދިޔޭ ކިޔާފަ
ރަބަރު
24 August 2020
ރަނގަޅު މަރުހަބާ އާއި ތަހުނިޔާ.