ރައީސް އޮފީހުގެ ވެބްސައިޓް ޑައުންވެއްޖެ

ރައީސް އޮފީހުގެ ވެބްސައިޓު މިއަދު ހެނދުނު ޑައުންވެއްޖެ އެވެ.


ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ ވެބްސައިޓް ޑައުންވާން ދިމާވި ސަބަބު އަދި އެނގިވަޑައިނުގަންނަވާ ކަމަށެވެ. ނަމަވެސް އެ ވެބްސައިޓަށް ދިމާވި މައްސަލަ ހައްލުކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

"ނޭނގެ ބަޔަކު ގަސްދުގައި ކުރި ކަމެއް ކަމެއް ނުވަތަ ސިސްޓަމް ފެއިލް ވެގެން ހިނގި ކަމެއް ކަމެއް،" ހޫދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައީސް އޮފީހުގެ ވެބްސަިއޓަށް ނުވަދެވޭ ކަން ފާހަގަކުރެވުނީ މިއަދު ހެނދުނު ކަމަށެވެ.

"ވަރަށް އަވަހަށް ވެބްސައިޓުގެ ހިދުމަތް އަލުން ލިބޭނެ،" ހޫދު ވިދާޅުވި އެވެ.

ރައީސް އޮފީހުގެ ވެބްސައިޓުގައި ރައީސް އާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދާއި ނައިބު ރައީސް ފައިސަލް ނަސީމް ކުރަައްވާ ރަސްމީ މަސައްކަތްތަކާ ބެހޭ މައުލޫމާތު ޝާއިއުކުރެ އެވެ. އަދި ސަރުކާރުގެ ތަފާތު ސިޔާސަތުތަކާ ބެހޭ މައުލޫމާތު ވެސް، ފަސޭހައިން ލިބޭ ގޮތަށް، އެ ވެބްސައިޓްގައި ޖަހަ އެވެ.