ހާލާ ހަމީދު: ޖެނީވާއަށް ރާއްޖޭން ކަނޑައަޅުއްވާފައިވާ ސަފީރުގެ މަގާމުގައި ހުންނެވި ހާލާ ތާއީދު ކުރައްވަނީ ރައީސް ޔާމީނަށް. -- ފޮޓޯ: ރައީސް އޮފީސް
29 އޮކްޓޯބަރ 2016 - 15:12
ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމާއި ރައީސް އަބްދުﷲ ޔާމީންއާ ދެމެދު މިހާރު އުފެދިފައިވާ ހަމަނުޖެހުމުގައި ރައީސް މައުމޫންގެ ކޮއްކޯފުޅު އަދި ރައީސް ޔާމީންގެ ބޭބޭފުޅު އަބްދުﷲ ހަމީދުގެ އާއިލާ ވެސް ދެބައިވެއްޖެ އެވެ.
ރައީސް މައުމޫންގެ ވެރިކަމުގައި ގިނަ ދުވަސްތަކެއްވާންދެން މިނިސްޓަރުކަން ކުރެއްވި، މަރުހޫމް އަބްދުﷲ ހަމީދުގެ ދަރިކަނބަލުން ހާލާ ހަމީދާއި ދަރިކަލުން ގާނޫނީ ވަކީލު މައުމޫން ހަމީދު ވަނީ މިކޯޅުމުގައި ދެބެންގެ ހިޔާލު ފާޅުކުރައްވައިފަ އެވެ. ޖެނީވާގައި ރާއްޖޭގެ ސަފީރުގެ ގޮތުގައި ހުންނެވި ހާލާ މައުމޫނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވިއިރު، މައުމޫން ހަމީދު ވަނީ އެކަން ދޮގުުކުރައްވައި ރައީސް މައުމޫނު ދިފާއު ކުރައްވަ އެވެ.
ފޭސްބުކް ޕޯސްޓެއްގައި ހާލާ ވިދާޅުވީ ރައީސް މައުމޫން މިހާރު އެ މަސައްކަތް ކުރައްވަނީ ރައްޔިތުންނަށްޓަކައި ނޫން ކަމަށާއި އެއީ ބާރަށާއި އަމިއްލަ ނަފުސަށާއި އެމަނިކުފާނުގެ ބޭފުޅުންނަށް ޓައި ކުރައްވާ މަސައްކަތްޕުޅުތަކެއް ކަމަށެވެ.
އަދި މައުމޫންގެ ވެރިކަމުގައި ކުރެއްވި މަސައްކަތާއި ގައުމަށް ގެންނެވި ތަރައްގީ އަށް އިހުތިރާމް ލިބިގެންވާ ކަމަށާއި އެކަމަކު ވެރިކަމުގެ މައްޗަށް މައުމޫނުގެ ބާރު މިހާރު ނުހިނގާކަން އެ މަނިކުފާނު ގަބޫލުފުޅު ކުރައްވަން ޖެހޭނެ ކަމަށް ހާލާ ވިދާޅުވި އެވެ.
މިކަން ދޮގު ކުރައްވައި ހާލާގެ ކޮއްކޮ މައުމޫން ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "މަރުހޫމް ބައްޕަ (ހަމީދު) ހުންނެވި ގޮތަށް އޭނާ ވެސް ހުންނެވީ ރައީސް މައުމޫނާ އެކުގައި" ކަމަށެވެ.
މީގެ އިތުރުން އޭނާ އަންނަނީ ޕީޕީއެމް މައްސަލައިގައި ރައީސް ޔާމީން އަމަލު ކުރައްވާ ގޮތަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.
@MVIdiot @maumoonagayoom @yumna_maumoon @afarismaumoon @dunyamaumoon
— Maumoon Hameed (@maanhameed) October 29, 2016
Ei dhogeh. As my late father did, I stand with Raees Maumoon.
މައުމޫން ހަމީދު ކުރެއްވި ޓްވީޓް
އެހެންވެ، ގައުމުގެ މިހާރުގެ އެންމެ ބޮޑު މި މައްސަލަ މިވަނީ އާއިލީ ބޮޑު މައްސަލައަކަށް ވެސް ވެފަ އެވެ.
މައުމޫންގެ ސަރުކާރުގައި 18 އަހަރު ވާންދެން މަސައްކަތް ކުރެއްވި ހާލާ ވަނީ މިހާރު ކުރިމަތިވެފައިވާ މި މައްސަލަ އޭނާގެ ކުރީގެ ހަނދާނަކާ ވެސް ގުޅުވާލައްވާފަ އެވެ.
މައުމޫން ހަމީދު: އޭނާ އަންނަނީ ރައީސް މައުމޫން ދިފާއުކުރައްވައި ވާހަކަ ދައްކަވަމުން-- ފޮޓޯ: ޓްވިޓާ
"2005 އަހަރު ރައީސް މައުމޫން އަޅުގަނޑު ހާޒިރު ކުރައްވާފައި ވިދާޅުވި ބައްޕަ (އަބްދުﷲ ހަމީދު) ކެބިނެޓް ވަކިކުރައްވަން ނިންމެވި ވާހަކަ. އެ މަނިކުފާނު ވިދާޅުވީ ތައުލީމީ ޒުވާނުންނަށް ފުރުސަތު އެބަ ދޭން ޖެހޭ ކަމަށާއި ބައްޕަ މިހާރު ރިޓަޔާ ކުރައްވާ އުމުރަށް ހިނގައްޖެ ކަމަށް،" ރައީސް މައުމޫން ސަރުކާރުގައި އޭރު އިސް މަގާމެއްގައި ހުންނެވި ހާލާ ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލު ކުރާގޮތުގައި ރައީސް މައުމޫން ވެސް މިހާރު އެ ހުންނެވީ އެ ހާލަތުގައި."
އޭނާ ވިދާޅުވީ މިހާރު ރައީސްކަމުގެ މަގާމުގައި ހުންނެވި ޔާމީންއަކީ ތިމާގެ ބޭފުޅެއް ވިޔަސް ނުވަތަ ދުރުހިލޭ މީހަކަށް ވިޔަސް، އެ މަނިކުފާނުގެ ވެރިކަމަށް މައުމޫން އިހްތިރާމް ކުރައްވަން ޖެހިވަޑައިގަންނަވަން ޖެހޭނެ ކަމަށެވެ. އަދި ރައީސް ޔާމީންގެ ސަރުކާރުގައި، ބޮޑުބޭބޭފުޅު މައުމޫންގެ ހުރިހާ ބޭފުޅުންނަށް މަތީ މަގާމުތައް ދެއްވާފައިވީ ނަމަވެސް، މައުމޫން އުޅުއްވާ ގޮތުން ސިހުން ލިބިވަޑައިގަންނަވާ ކަމަށް ހާލާ ވިދާޅުވި އެވެ.
"ކުރިން އަޅުގަނޑު މައުމޫނާއެކު ހުންނެވި ފަދައިން މިހާރު މި ހުންނެވީ ރައީސް ޔާމީނާއެކު،" ހާލާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕައްލަންބެ
31 October 2016
ރާއްޖެ ޓީވީ ނުބަލާ މީހުން ރާއްޖެ ތީވީ މައުމޫނަށް ސަނާ ކިޔާ ވާހަކަ ބުނުމުން އެނގިގެންދަނީ އެހެން ބުނާ މީހާއަށް އެހެދުނީ ދޮގެއްކަން. މަމީ ގައިވައިދުން ރާއްޖެ ޓީވީ ބަލާ މީހެއް. މިވޭތިޔެދިޔަ މުޅި ހަފްތާގައިވެސް މައުމޫނުގެ ވެރިކަމަށް ފާޑުކިޔައިފައިވެސް އަދި ސަނާ ކިޔާފައިވެސް ރިޕޯޓް ގެނެސްފައި އެބަހުރި. އަދި ގިނައީ ފާޑުކިޔާފައި ގެނެސްފައި ހުރި ރިޕޯޓް.
އަޙްމަދު
30 October 2016
ހާލަ ވެސް ތިޔަ ވާހަކަ ދެއްކީ މަޤާމު ދިފާޢު ކުރުމުގެ ބޭނުމުގައި.ހާލާ ތިޔަ މޭރުމުން މައުމޫނާ ބެހޭ ގޮތުން ވާހަކަ ދެއްކީ ލަދުގެ ކަންފުޅެއް ނެތީމާ.މައުމޫނު ދައުރުގައި ހުރިހާ ކަމެއް ހާލާމެންނަށްވީ.
ވޯޓް ތާއީދު
30 October 2016
މައުމޫން ގެ ދަރިންނަށް ސިޔާސީކުރިމަގު ފަހިކޮށްދިނުމަކީ ބަފައެއްގެ ހައިސިއްޔަތުން ހަމަ ކުރުން ހައްޤުކަމެއް. މައުމޫންގެ ދަރިން ސިޔާސީ ކުރިމަގެއްކޮށުމަށް މަސައްކަތްކުރުމަކީ ދިވެހި ކޮންމެފަރުދެކޭ އެއްފަދައިން އެމީހުންނަށްވެސް ލިބިފައިވާ ހައްޤެއް. ރާއްޖޭގައި މިހާރު ޤާއިމުކުރެވިފައިވާ ސިޔާސީ ނިޒާމްގެ ދަށުން ދިވެހިރައްޔިތުންގެ ތާއީދާއި ވޯޓްހޯދުމުން އެމީހުންނަށްވެސް ވެރިކަންވެސް ކުރެވޭނެ. ރައްޔިތުންގެ ތާއީދާއި ވޯޓް ނުލިބޭނަމަ އެމީހުންވެސް އެހެން ދިމާލަކަށް މިސްރާބު ބަދަލުކޮށްލަންޖެހޭނީ. ކޮބާ މައްސަލަޔަކީ؟
ޤައުމު
30 October 2016
ކޮންމެ މީހަކުވެސް ބޭނުންވަނީ މުޅިއުމުރަށް ސަރުކާރުގެ މަޤާމް އެހެންނޫން ގޮތެއްވެއްޖެނަމަ އެވީގޯސް.
ޖަޑިބު
30 October 2016
އާއިލީ ކަންތައް ގޭތެތެރޭން ނިއްމާލާ ، އަހަރެމެންނަށް މުހިއްމުވާނީ މިގައުމު ނޮޓް ކާމިނީގޭ ފެމެލީ ރިމެމްބާދެޓް ތެންކްސް
ހަސަނު
30 October 2016
ވެރިކަމުގެ މައްޗަށް މައުމޫނުގެ ބާރު މިހާރު ނުހިނގާކަމަށް ހާލާހަމީދް ވިދާލުވާއިރު، ހާލާ ނުވިސްނަވާތޯ މިއަދު ޔާމީން އެ މަގާމުގާ އެ ހުރީ މައުމޫނުގެ ހިޔަންޏެއްފަދައިން މަސައްކަތް ކުރުމަށް ޔާމީން އެއްބަސްވުމުން.. ޔާމީން އަކީ އަމިއްލަ ޒާތުގާ އެފަދަ މަގާމް ތަކަށް ހޮވޭނެ، އެފަދަ ތާއީދެއް އޮންނަ ބޭފުޅެއް ނޫން.. ޔާމީނުި ވެރިކަމުގާ އެހުރީ އަދިވެސް މައުމޫނަށް އޮތް ތާއީދަކުން... ޔާމީނަށް އެމަގާމަށް ދެވުނީ މައުމޫނު ނުކުމެ އެ މަގާމަށް ޔާމީނު ލާން ބުނުމުން.. ޔާމިން އެމަގާމަށް ލީ މައުމޫނު އެބުނި ބަސް ގަބޫލުކުރި މީހުން އެކަން އެގޮތަށް ކުރުމުން.. އެހެންވީމާ މިއަދު ހާލާ ހަމީދު މީގާ މައްސަލައަކީ... ހައްގު ގޮތާ، ރައްޔިތުންގެ ބަސް ފަހުމް ނުވަނީ.. އަމިއްލަ މަންފާއާ، ބޮޑު ވަޒީފާ، އަދި ޔޫރަޕުގާ ދިރިއުޅުމުގެ ޝައުގު ބޮޑުވުން ކަމުގަވެސް ވެދާނެ..
ޤައުމު
30 October 2016
އެމް.ޑީ ޕީ މީހުންނަށް މިހާރު މައުމޫނަކީ ވަރަށް ޚިކުމަތްތެރި ތަޖްރިބާކާރަކަށް ވެއްޖެ. ރާއްޖެ ޓީވީން ޒައީމް މައުމޫނަށް ސަނާކިޔުން ނޫން އެހެން ކަމެއްނެތް. އެހެންވެ ހަމަހިނިއަންނަނީ.
ނަސީމް
30 October 2016
މައުމޫނަކަސް އަދި އެހެން މީހަކަސް ރަނގޅުކަމެއް ކުރީމާ އެވާހަކަ ދާއްކާ ސަނާވެސް ކިޔަންޖެހޭ.އެމްޑީ ޕީއަކީ އެއްވެސް ބަޔަކާ ޒާތީވެ އުޅޭ ބައެއްނޫން.ޔާމީނުވެސް ހަމަހަމަ ވެރިކަމެއް ކުރާނަމަ ސާނާކިޔާނެ.
ދޮގެއްތަ؟
30 October 2016
މަވެސް ހަމަ އަންނަނީ ހިނި. މިހިނގާ ކަމަކަށްވުރެ މަށަށް މަޖަލީ އެކަންތައް. މަގޭ ކަމަކީ ރާޓީވީ ބަލާފަ ހިނި ގެޅުން. އަޅެ ރާޓީވީ ފަކީރުން ދޯ ދެން. ކަކަކކެކެކެކެ
ހަސަނު
30 October 2016
ނޫނޭ އަސްލު މިހާރު މައުމޫނު ރަނގަޅު ކަމަށް އެބަ އިހުސާސްކުރެވޭ. ކުރިއަށްވުރެ މިހާރު މައުމޫނު ފެންނަނީވެސް މާ ސުމާޓުކޮށް...
އަގަގަދަމިތުރު
31 October 2016
ކަލޯ.....ސިޔާސީކުޅިވަރު ނޭގޭހާލުގާ ސިޔާސީ ވާހަކަ ނުދެއްކުން ބުއްދިވެރި. ވަރަށް ވެދުން
ހަސަން
30 October 2016
ކުރީގެ ރައީސް މަޢުމޫން ކުރިން ކޮށްދެއްވާފައިހުރި ކަންކަމަށް ޝުކުރިއްޔާ. މިހާރު މަނިކުފާނު ސިޔާސީ ނުވުން ރަނގަޅުވާނީ. އުމުރުން ދުވަސްވެ މުސްކުޅިފުޅު ކުރައްވަން ލަސްވެއްޖެ. މިހާރުގެ ރައީސް ޔާމީނަށް އަޅުގަނޑުމެން ތާއީދު ކުރަން. ޒުވާންނުންނަށް ފުރުސަތުދޭން މައުމޫން ދުރައްވަޑައިގަންނަވާ.
އަޅުގަޑު
31 October 2016
ޒުވާނުންނަށްވެސް އަދި މުސްކުޅިންނަށްވެސް ފުރުސަތު މިލިބެނީ ގާނޫނުން. 65 ވީމާ އެކަހެރިވާން ޖެހޭގޮތަށް ގާނޫން އިސްލާހްކުރީމަ ރަގަޅުވާނެ.
ނަސީމް
30 October 2016
އަޅުގަނޑަކީ ދުވަހަކުވެސް މައުމޫނަށް ސަޕޯރޓްކޮށް ސަނާކީ މީހެއްނޫން.އެކަމު ޝީ ބިލްޑިންގަ ބޭއްވި ނިއުސް ބްރީފިންގެ ތެރެއިން އެމަނިކްފާން ފެނުމާއެކް އަޅުގަނޑަށް ފުން އިޙްސާސްތަކެއް ކުރެވުން. އެމަނިކްފާނު މޫނުފުޅުން އަޅުގަނޑަށް ފެނިގެން ދިޔައީ ކުރައްވާ ހިތާމަ.ހަމަ ޔަގީނުވެސް ނަޝީދުގެ ވެރިކަމުގާ އެމަނިކްފާނަށް ކުރިމަލައްވަންޖެހުނު ކަންތައްތަކަށް ހިތާމަފުޅެއް ނުކުރައްވާނެ.ނަމަވެސް މިއަދު އެކުރައްވަނީ ވަރަށް ފުން ހިތާމަތަކެއް. ސަބަބަކީ އަމިއްލަ ކޮއްކޯފުޅު ކުރައްވާ ދުއްތުރާތައް.ޔާމީންއަށް ވެރިކަން ލިބުނުގޮތް ދިވެހި އެއްމެހާ ރައްޔިތުން ދަނޭ.އެމަނިކްފާންގެ އެތަކެއް މަސައްކަތުން ނަގާކޮޅަށްޖެހި ޕާޓީވެސް ވަގަށް އެނެންގެވީ.މަރުހޫމް ހަމީދުގެ ބޭކަލުން އަދި ބޭކަނބަލުންނަށް ދަންނަވަން އޯތި އަޅުގަނޑުމެން ރައްޔިތުން ތިހުރިހާ މަންޒރުތަކެއް ދުޝީމު. މައުމޫން ތިބޭކަނބަލުންނާ ބެހެއްޓެވި އޯގާތެރިކަން ޓްވީޓަކުން ހާމަކުރައްވަވާކަށް ޖެހިއެއްނުލައްވާނެ. އެމަނިކްފާން ތިކަނބަލުންގެ ބައްޕާފުޅު އަތުގާ އެދުވަހު ހިއްޕަވައިގެން ނުހުހުންނެވިނަމަ ތިކަނބަލުން އެމެރިކާގެ ނިއުޔޯކް ސިޓީގެ ބަދަލުގަ ތިއްބަވާނީ މާރުކޭޓް ކަރާ ވިއްކާ ގޮޅީގަ ނޫންތޯ.ދުނިޔެ ދޫކުރައްވާފަ ތިއްބަވާ ބޭފުޅުންގެ ވާހަކަދެއްކުމަކީ މާރަނގަޅުކަމަކަށް ނުވާނެ. އަޅުގަނޑު މައްމޫނަށް ސާބަސް ދަންނަވަން. ތީ ހިއްވަރުގަދަ ދިވެހި ދަރިއެއް.
މަސަން
30 October 2016
އަސްލު މައްސަޔަކި އެއްގޮތަކައްވެސަ މައުމޫން އެއް ނޫން.....މައްސަލަޔަކީ މައުމޫން ފަހަތުގައި ތިބި ފިނޑި މީހުން.....ކޮންމެ ފަހަރަކުވެސް މައުމޫން ބޮލަށް އެރިގެން ކަންތައްތައް މައުމޫން ލައްވާ ކުރުވާތަން މި ފެނިގެން ދަނީ.....މައުމޫން ވެރިކަމުގައި އެބޭފުޅާޔަށް އިހުލާސް ތެރިވިވަރަކަށް މިހާރު ތިބި އަރީސް މީހުން އިހުލާސަތެރިޔެއް ނޫން.....އެހެންވެ ކޮންމެ ފަހަރަކު ލަނޑު ލިބެނީ..... ފިނޑި މީހުން އެބަޖެހޭ ފްރަންޓް ލައިންއަށް ނިކުމެއް ތިބޭފުޅުންގެ ހަގީގީ ސޫރަށަ އަޅުގަނޑުމެން ނިކަމެތި ރައްޔިތުންނަށް ދައްކާލަން..........