14 އޮކްޓޯބަރ 2020 - 12:20
ކޮވިޑް-19 ފެތުރެން ފެށުމުން ވެމްކޯ އިން ކުނި ނަގައި އުކާލުމުގެ އުސޫލާއި ވަގުތަށް ގެނައި ބަދަލުތައް އެހެން ގޮތަކަށް ބަދަލުކުރެވޭނީ އެޗްޕީއޭ އިން އެކަމުގައި ވަކި ގޮތަކަށް އެންގުމުން ކަމަށް ވެމްކޯ އިން މިއަދު ބުނެފި އެވެ.
މާލެ ސަރަހައްދުން ކޮވިޑް-19 ފެނި ލޮކްޑައުންއަށް ދިއުމާ އެކު ވެމްކޯ އިން ވަނީ އާންމުކޮށް ކުނި އުކާ ގަޑިތަކަށް ބަދަލު ގެނެސްފަ އެވެ. ލޮކްޑައުން އަށް ލުއިދީ ގިނަ ކަންކަމުގައި އާންމު ހާލަތަށް އަމަލުކުރަމުން އައި ނަމަވެސް ކުނި އުކުމުގެ އުސޫލަށް ވެމްކޯ އިން ބަދަލު ގެނެސްފައެއް ނުވެ އެވެ.
މިހާރު ވެމްކޯ އިން ކުނި ނަގަނީ މަގުމައްޗަށް ކުނި ނެރެފައި ބެހެއްޓުމުން ކަމަށް ވެފައި ކުނި ނެރެން ޖެހެނީ އޮފީހުގައި މީހުން އުޅޭ ވަގުތުގައި ކަމަށް ވުމުން، އެކި ވަގުތުތަކުގައި މަގުމައްޗަށް ކުނި ނެރެފައި ގިނަ އިރު ބަހައްޓަން ޖެހެ އެވެ.
ވެމްކޯ އިން ބުނީ ކުނި އުކުމުގެ އުސޫލަށް ބަދަލު ގެނައީ އެޗްޕީއޭއާ މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ. ވޭސްޓް މެނޭޖްމަންޓަކީ މި ހާލަތުގައި ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަކަށް ވެފައި ވެމްކޯގެ މުވައްޒަފުން ހުރިހާ ގެއަކަށް ވަދެ ނިކުތުމަކީ އެންމެ ރައްކާތެރި ގޮތް ކަމަށް ނުވާތީ މަގުމައްޗަށް ކުނި ނެރެނީ އެޗްޕީއޭގެ ލަފަޔާ އެއްގޮތަށް ކަމަށް ބުންޏެވެ.
"އަޅުގަނޑުމެން ވަރަށް ފަހުން ވެސް ތިކަމާ އެޗްޕީއޭއާ މަޝްވަރާކުރިން. އެކަމަކު އަދިވެސް ގޭގެއަށް ވަނުން ސޭފް ނޫން ކަމަށް އެކޮޅުން ބުނަނީ. އެހެންވީމަ ގޯ ލިބުނުހާ އަވަހަކަށް އާންމު ހާލަތަށް އަންނާނެ،" ވެމްކޯގެ އޮފިޝަލަކު ވިދާޅުވި އެވެ.
އޭނާ ބުނީ ގަޑިތަކަށް ބަދަލު ގެނައުމުގައި ބަލަނީ ޓްރެފިކަށް ކަމަށެވެ. އެގޮތުން ޓްރެފިކް އެންމެ ލުއިވަނީ މެންދުރު ކަމަށާއި ރޭގަނޑު ވަރަށް ބާރުބޮޑު ކަމަށް ވެސް ބުންޏެވެ. މީގެ ކުރިން ޑަސްބިން ހިފައިގެން ހިނގި ނަމަވެސް މިހާރު ކުނި ލޯޑްކުރާ ޕިކަޕު މަގުގައި ބާއްވައިގެން ލޯޑް ކުރަނީ ކަމަށާއި އެހެންވެ ރޭގަނޑު ކުނި ނަގާ ނަމަ އެކަމުން އާންމުންނަށްވާ ދަތި ވެސް ބޮޑުވާނެކަން ފާހަގަކުރި އެވެ.
ވެމްކޯއިން ބުނީ ދަތިތައް ހުރި ނަމަވެސް އާންމު އުސޫލަށް ބަދަލުކުރުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށާއި ވީ އެންމެ އަވަހަކަށް އާންމު އުސޫލަށް ރުޖޫއަވާނެ ކަމަށެވެ.
މީގެ ކުރިން މާލެސަރަހައްދުގައި ކުނި އުކީ އިރު އޮއްސުމަށް ފަހުގަ އެވެ. ނަމަވެސް ލޮކްޑައާ ގުޅިގެން ކުނި އުކަނީ މެންދުރު 12 އާއި 2 އާ ދެމެދު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދުރޫސުލް އަޚްލާގު
15 October 2020
އަޅުގަނޑު ދިރިއުޅެނީ ކުނި ގޮނޑެއްގެ ކުރިމަތީގައި. ވޭތުވެދިޔަ ހަމަސް ތެރޭގައި މެއްސާއި ހިނީގެ އުނދަގުލުން ސަލާމަތް ނުވެވިގެން. އަޅުގަނޑުގެ އަވަށްޓެރިން ކުނިއަޅަމުން ދަނީ އަޅުގަނޑުމެނގެ ގޭ ދޮރު ކުރިމައްޗަށްްްްްްް ...އަޅުގަނޑަކީ ކުޑަ ދެކުދިން ގޮވައިގެން އުޅޭ މާބަނޑު މީހެއް. މައްސަލަ ހުށަހެޅުނު ވެމްކޯއަށް އެތައްފަހަރަކު ޕޮލިހަށް އެތައްްފަހަރަކު. އޭގަގޮށް ޖަހާލުމެއްވެސް ނެތް. ބޭނުން ކޮށްފަ ހުންނަ މާސްކު ވެސް ކޮތަޅު މައްޗަށް އެއްލާލާފައި ހުންނަނީ.
މިނިވަން ހިޔާލު
14 October 2020
މުޅި މާލެ ގޮންޑު ވެއްޖެ، އަދިވެސް ބަދަލު ކުރާކަށް ނުވޭތަ
ސިމްޕަލް
14 October 2020
މިކަހަލަ ސުރުޚީ ފެނުނީމާ ހީވަނީ ގައުމު ހިންގަނީ އެޗްޕީއޭ އިންހެން. ރައްޔިތުންގެ ނުރުހުން އަމާޒުވަނީ މަގުމަތީގައި ސާމްޕަލްނަގަން އުޅޭ އެޗްޕީއޭގެ މުވައްޒަފުންނަށް. ބޭރުގެ ޚަބަރުތަކުން ފެންނަގޮތުން ކޮވިޑް ކޮންޓްރޯލް ކުރުމާއި އެއާ ގުޅޭ ކަންކަން ކުރަނީ، ހުރިހާ އިދާރާއެއް ތަމްސީލްކުރާ، އެކަމަށް ޚާއްސަ އޮފީހެއް ހެދިގެން. މިސާލަކަށް ތައިލެންޑްގެ ސެންޓަރ ފޯ ކޮވިޑް މެނެޖްމަންޓް އޮފީސް. މިރާއްޖޭގައި ހުރިހާ އިދާރާތަކުން އެޗްޕީއޭ ބޮލަށް ކަޑާލައިގެން. ސާބަސް!
މުގުރިހަ
14 October 2020
ކުނި ވެއްޖިއްޔާ ރަގަޅަށް ބަންދުކޮށްފައި މަގުމަތީގައި ބަހަށްޓައިގެން މީހަކަށް އުދަގުލެއް ނުވާނެއެވެ. އަދި ލިފްޓު ނުލާ ހުއްޓަސް 6ވަނަ ނުވަތަ 8ވަނަ ބުރިންވެސް ބާލާކަށް ބަރެއް ނުވާނެއެވެ. އެކަމަކު 10 ކިލޯ، ސިލިންޑަރުގެ ބަރާއެކު 15 ވަރަކަށް ކިލޯގެ ކައްކާ ގޭސްފުޅި، ޚާއްސަކޮށް ފިރިހެނަކު ނޫޅޭ ގަޑީގައި 6ވަނަ ނުވަތަ 8ވަނަ ބުރިއަށް އެރުވުމަކީ ކުޅަދާނަކަމެއް ހެއްޔެވެ؟ ނޫސްވެރިން ވެސް މިވާހަކަ ދައްކަން ވެއްޖެނޫން ހެއްޔެވެ؟ ގޭސް އޯޑަރުކުރާ ފްލޯއަށް އަރުވާލަދިނަސް ފުދޭނެ ނޫންހެއްޔެވެ؟ ގޭސް ވިއްކާ މީހުންވެސް ނާޖާއިޒުގޮތުގައި ކަސްޓަމަރުންނަށް އެޖައްސަނީ ހާދަ ދުއްތުރާލެކެވެ.
ޙިޔާލެއް
14 October 2020
ރެގަންޑު 10ގެ ފަހުން ވެހިކަލްތައް ނުދުއްވާ، އެގަޑީގަ އެޗް.ޕީ.އޭގެ ހުއްދަ ނަގައިގެން ކުނި ނަގަންވީނު