ލަންކާގެ ބޮޑުވަޒީރު ރާޖަޕަކްސަ (ކ) އާއި ފޮރިން މިނިސްޓަރު ޝާހިދު ސަލާމް ކުރައްވަނީ
16 އޮކްޓޯބަރ 2020 - 21:27
ރާއްޖޭގެ މަސް، އަވަށްޓެރި ސްރީލަންކާއަށް އެތެރެކުރަން ކުރުމުގައި އެއްވެސް ހުރަހެއް ނޯންނާނެ ކަމުގެ ޔަގީންކަން، އެ ގައުމުން ދީފައިވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިރޭ ވިދާޅުވެއްޖެ އެވެ.
ސްރީ ލަންކާގެ ވިޔަފާރި އާއި އިގްތިސޯދު ހިމާޔަތް ކުރުމަށް އެ ގައުމުން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި، އެހެން ގައުމުތަކުން ލަންކާއަށް މަސް އެތެރެކުރުން ހުއްޓާލަން ޖެހިދާނެ ކަމަށް، އެ ގައުމުގެ ސަރުކާރުން ވަނީ ބުނެފަ އެވެ.
މިނިސްޓަރު ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލަންކާގެ ފޮރިން މިނިސްޓަރާއި ފިޝަރީޒް މިނިސްޓަރާ ކުރެއްވި މަޝްވަރާތަކުގައި، ރާއްޖޭގެ މަސް އެ ގައުމަށް އެތެރެ ކުރުމުގައި އެއްވެސް ހުރަހެއް ނޯންނާނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށެވެ. އަދި އެކަމަށް މިނިސްޓަރު ޓްވިޓާގައި ޝުކުރު އަދާކުރެއްވި އެވެ.
Following discussions with my good friend, Hon. FM of Sri Lanka @DCRGunawardena, Min. of Fisheries Hon. Douglas Devananda MP & Hon. State Minister of Finance @an_cabraal assures Maldives that there are no restrictions for #Maldives fish imports to Sri Lanka.
— Abdulla Shahid (@abdulla_shahid) October 16, 2020
Thank you #SriLanka!
ލަންކާއަށް އެހެން ގައުމުތަކުން މަސް އެތެރެ ކުރުން ހުއްޓާލަން ޖެހިދާނެ ކަމަށް އެ ގައުމުން ބުނުމުން، އޭގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ ގެއްލުމަކާ ގުޅޭގޮތުން، ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދާ، ރައްޔިތުންގެ މަޖިލީހުން ވަނީ މިދިޔަ ހޯމަ ދުވަހު ސުވާލުކޮށްފަ އެވެ.
މިނިސްޓަރު ވިދާޅުވީ ލަންކާއަށް މަސް އެތެރެ ނުކުރެވުނަސް އެކަމާ ކަންބޮޑުވެ ވަޑައިނުގަންނަވާ ކަމަށާއި ވިސްނުމަކީ، އެއަށް ވުރެ އަގުބޮޑު މާކެެޓްތަކަށް މަސް އެކްސްޕޯޓް ކުރުން ކަމަށެވެ. އެގޮތުން ޗައިނާ އާއި ރަޝިއާ އަށް ވެސް ރާއްޖޭން މަސް އެކްސްޕޯޓްކުރަން މަސައްކަތް ކުުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ސްރީ ލަންކާއަކީ ރާއްޖޭގެ މަސްވެރިކަމުގައި މުހިއްމު ދައުރެއް އަދާ ކުރާ ގައުމެއް ކަމަށާއި ރާއްޖޭގެ މަސް ލަންކާއަށް ވިއްކޭ ގޮތަށް، އެ ގައުމުގެ މަސްވެރިންނަށް ރާއްޖޭގެ މާކެޓުން ފުރުސަތު ދިނުމަށް ބޭނުންވެ ވަޑައިގަންނަވާ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޓޯންޓީ
18 October 2020
ސާހިދޫ މިވަގުތު ހުރިހާ ގައުމަކުންވެސް އަދި ލަންކާއަށް މަސް އެކުސްޕޯރޓު ކުރެވޭ.. އެވެރިން ގަވާއިދު ހަދާ ނިމުނީމާ ކުޅިފެންނާނީ
ތެދެއް.
17 October 2020
މަހުގެ ހަމައަގު ލިބޭނީ މަސް އެކްސްޕޯޓް ކުރުމަށް އޮތް މޮނޮޕޮލީ ނައްތާލައިގެން. މިހާރު މަސް އެކްސްޕޯޓް ކުރާ މީހުންގެ ބާރުގައި ހަދާފައި އޮތް ޤަވާއިދު ބަދަލު ކުރާންޖެހޭ.
އޮނަރަބްލް އަފީފު ދީދީ
17 October 2020
އައްޑޫގައި މަހުގެ ވިޔަފާރި ކުރާމީހަކު ބުނީ ފްރޮޒެންޑ ޔެލޯފިންގ ޓޫނާ ކޮންމެ 3 މަހަކުން 50 ޓަނު ރަޝިޔާ، ބްރެޒިލް އަދި ހޮންގކޮންގ އަށް ވައިގެ މަގުން އެކްސްޕޯޓް ކުރުމުގެ ޑައިރެކްޓް ކަންޓެކްޓް ލިބި އެއްބަސްވުމަކަށް އައިސް ސްރީލަންކަން އެއަރލައިސް މެދުވެރިކޮށް ގޭން އެއަރޕޯޓުން އެކަން ކުރާން އުޅުމުން ސަރުކާރުން ހަދާފައިވާ ތާކުން ތާކުނުޖެހޭ ޤަވާއިދުގެ ސަބަބުން އެކަމަށް ހުރަސްއެޅި ކުރިއަށް ނުދެވިފައިވާކަމަށް؟! މިހެން މިކަން ހުރެގެން މަހުގެ ހަމައަގު މަސްވެރިޔާއަކަށްނުލިބޭނެ.
ޖާބިރު. . / ކާށިދޫ
17 October 2020
ތިޔަ ބުނާމީހާގެ ކުށަކީ މުޤައްދަސް ރަށް ގަނޑަށާއި އެރަށުގެ ބިންވެރިންނަށް އެއްޗެއް ކުއްޔެއް ނުލިބޭ ގޮތަށް ތިކަން ކުރާން އުޅުން. ދެންވެސް ތިކަހަލަ ކަމެއް ކުރާން ވިސްނާނަމަ އެމީހުނަށް ޖިޒީ ދޭންޖެހޭނެ ކަން ހަދާނުގައި ބަހައްޓާން ވާނެ. އަދި ގަމުގައި 'އިންޓަރނޭޝަނަލް' ބޯޑް އަޅުވާފައިވާ އެއަރޕޯޓެއް އޮތް ކަމުގައި ވިޔަސް މަސް ބޭރު ކުރާންވާނީ ކ.އަތޮޅު މާލޭ އެއަރޕޯޓަށް ގެންގޮސް އެތަނުން.
ނިޝްރީން
17 October 2020
ކޮބާ ޒަހާ ބޭރުކުރުން ؟
ޙިނި
17 October 2020
ޢަދިވެސް މަސްތޯ އެކްސްޕޯޓުކުރަންވީ ނޫނީ މަހުން އުފައްދާ ބާވަތްތަ. ދެން ރާއްޖެއިން ލަންކާއް ގާމެންޓު އިންޑަސްޓުރީ ދިޔަގޮތައް ތިމީހުން މަސްދަޅާ ރިހާކުރު އުފައްދަނފަޝާނީ
ލޯކަނުޙިނި
17 October 2020
މމަސްވެސް. މަހުގެ ބާވަތްތައްވެސް ޗައިނާ ނުވަތަ ޔޫރަޕަށް ބޭރުކުރާނަ މަ ތިލަންކާޔަށް ވިއްކު މަށް ވުރެފައިދާވާނެ
އުމަރުބެ
17 October 2020
ފުރަތަމަ ބަލަންވީ ލަންކާއަށް ވިއްކާ މަސް ލަންކާއިން ބޭރު ކުރަނީ ކޮން ގައުމުތަކަކަށްތޯ؟ ލަންކާއަށް މަސް އެތެރެކުރަނީ ލަންކާމީހުން ކާންތޯ؟ ރާއްޖޭގެ މަސްތަކުގެބާވައް ދުނިޔޭގެ ހުރިހައި ގައުމަކަށް ވިއްކޭނެ، ޗައިނާ އެކަނިވެސް ފުދޭނެ، ޗައިނާއަށް ނުވިއްކައި ލައްކާގެ ވާހަކަ ދައްކަނީ އޮޅުވާލަން، ލަންކާއަކީ އަބަދުވެސް ރާއްޖެއިން މަސްގަންނަ ގައުމެއް
މެނިފެސްޓޯ
17 October 2020
ތިޔަ ބޭފުޅުންގެ މެނިފެސްޓޯގައި އޮތްގޮތަށް މަސްވެރިޔާ މަސްދޯނީގައި ގޮސް މަސްވިއްކާފައި މަހަށް ހަމައަގު ލިބޭތޯ؟
ކެޔޮޅު
17 October 2020
މި މީހުން ބުނި މަގޭ ޖީބަށް ސީދާ ޑޮލަރު ވަންނާނެއޭ. މަށަށް ސިދާ ލަންކާ ބަނދަރަށް މަސް ކިރުވޭނެއޭވެސް. މިމީހުން ބުނި “ހަމަ” އަގު އަދިވެސް މަށަށް ނުލިބޭ.
ޒުވާން މަސްވެރިޔާ
17 October 2020
ކަލޭ ތީ މަހަށް ދާ މީހެއްވެސް ނޫނެއްނުން؟؟ ގޭގަ ކައި ކައިގެން ކީބޯޑު ތެޅިޔަކަސް މަހަށް ދާ ކަމަކަށްނުވާނެ ދޯ! ވަރަށް ސަލާމް!
ޝޮކްތެރަޕީ
16 October 2020
ކުރީގެ ސަރުކާރުން ޗައިނަޔާ އެކީ ވަަރައް ރަނގަޅު އެއްބަސްވުންތަކެއް ނިމްމަފަ ވަނީ. މިސަރުކާރުން މަސްވެރިންނަ ދިނީ ދޯކާ.
ވަތަން އިސްކުރަންޖެހޭ
16 October 2020
ސިރީލަމްކާ އިންޑިޔާ ބުނިއެއްކަމެއްވެސް އިންޑިޔާއަކައް ނުކޮއްދިން. ލަންކާ ބޭނުންވަނީ މިނިވަންކަން. މިނިވަން ވިޔަފާރިއެއް ކުރަން. ދިވެހި ރާއްޖެ މިވަނީ ހަތަރެސްފައި އިންޑިޔާއިން ބަދެލާފަ.