އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ޓްރައިބިއުނަލް (އިޓްލޮސް) ގައި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ: އިޓްލޮސް
17 އޮކްޓޯބަރ 2020 - 20:08
ރާއްޖެ އާއި މޮރިޝަސްގެ އިގްތިސާދީ ހާއްސަ ސަރަހައްދާއި ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑަރީ ކަނޑައަޅައިދޭން އެދި ރާއްޖެއާ ދެކޮޅަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ޓްރައިބިއުނަލް (އިޓްލޮސް) އަށް ހުށަހަޅާފައިވާ މައްސަލަ ބެލުމުގެ އިހްތިސާސް އެ ޓްރައިބިއުނަލް އަށް ލިބިގެން ނުވާ ކަމަށް ކަނޑައަޅައިދޭން އެދި އެކަމުގައި މޮރިޝަސް އިން ވާހަކަ ދައްކައިގެން ހައްލެއް ހޯދުމަށް ރާއްޖޭން ހުށަހަޅައިފި އެވެ.
ރާއްޖޭން މިގޮތަށް އެދުނީ މި މައްސަލާގައި އިޓްލޮސް އިން ބޭއްވި އަޑުއެހުންތައް ނިންމާލުމުގެ ގޮތުން ރާއްޖޭގެ ފަރާތުން އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތާއި ޑެޕިއުޓީ އެޓާނީ ޖެނެރަލް ޚަދީޖާ ޝަބީން ދެއްވި ބަޔާނުގަ އެވެ.
ޓްރައިބިއުނަލްގައި އަނގަބަހުން އަދި ލިޔެކިޔުމުން ދިން ބަޔާންތަކަށް ހަވާލާދެއްވައި ރިފްއަތު ވިދާޅުވީ އިޓްލޮސްގެ ސްޕެޝަލް ޗެމްބާ އިން މި މައްސަލަ ބެލުމުގެ އިހްތިސާސް ނެތް ކަމަށް ނިންމައި އެގޮތަށް ކަނޑައަޅައިދިނުމަށް ރާއްޖޭން އެދޭ ކަމަށެވެ.
އޭޖީ ރިފްއަތުގެ ބަޔާނުގައި ވިދާޅުވީ އިމުގެ މައްސަލާގައި ރާއްޖެ އާއި މޮރިޝަސްއާ ދެމެދު އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. ޖެހިގެން އުޅޭ ހަމައެކަނި މައްސަލަ އަކީ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން މޮރިޝަސްގެ އިގްތިސާދީ ސަރަހައްދާ ބެހޭ ގޮތުން ނެރެފައިވާ އެޑްވައިޒަރީ އޮޕީނިއަން އަކީ ޗާގޯސްގެ މިލްކުވެރިކަމާ ބެހޭ ގޮތުން މޮރިޝަސް އާއި އިނގިރޭސި ވިލާތާ ދެމެދު އޮތް ދެބަސްވުން ނިމުމަކަށް ގެނެސް ވަކި ގޮތަކަށް ކަނޑައެޅިދާނެ ނިންމުމެއްތޯ ހިޔާލު ތަފާތުވުން ކަމަށް އޭނާ ވިދާޅުވި އެވެ.
އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު މިއަދު އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ޓްރައިބިއުނަލް (އިޓްލޮސް) ގައި ވާހަކަ ދައްކަވަނީ
އޭޖީ އެ އިޝާރާތް ކުރައްވަނީ އައިސީޖޭ އިން ޗާގޯޒް މައްސަލައިގައި މޮރިޝަސްއާ އެއްކޮޅަށް ކުރިން ނެރުނު ލަފަޔަށެވެ. އެ ލަފާގައި ބުނެފައި ވަނީ، މޮރިޝަސްގެ މައްޗަށް އޮތް އިނގިރޭސި އިސްތިއުމާރީ ބާރު ނިމުމަކަށް ގެނައީ ބައިނަލްއަގުވާމީ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ނޫން ކަމަށެވެ. އެހެންކަމުން މިހާރު ވެސް އިނގިރޭސިވިލާތުގެ ބާރުގެ ދަށުގައި އޮތް ބްރިޓިޝް އިންޑިއަން އޯޝަން އައިލެންޑްސް ދޫކޮށްލުމަށް އައިސީޖޭ އިން ލަފާ ދީފައިވެ އެވެ. އެ ލަފާ ނެރުމުން އދ.ގެ އާއްމު މަޖިލީހަށް ގަރާރެއް ހުށަހަޅާއި، އެ ކޯޓުގެ ލަފާ ތަންފީޒުކުރަން މެމްބަރު ގައުމުތަކަށް ގޮވާލި އެވެ.
ޑެޕިއުޓީ އެޓާނީ ޖެނެރަލް ޚަދީޖާ ޝަބީން މިއަދު އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ޓްރައިބިއުނަލް (އިޓްލޮސް) ގައި ވާހަކަ ދައްކަވަނީ
"ނިންމާލުމުގެ ކުރިން ވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ރާއްޖޭގެ އަވަށްޓެރި މޮރިޝަސްގެ ރައްޔިތުންނާ އެކުވެރި ގުޅުމެއް އޮންނަން ރާއްޖޭން ބޭނުންވެޔޭ. މި ރޫހުގައި، ރާއްޖޭން މޮރިޝަސް އަށް މި ދައުވަތު ދެނީ އައިސީޖޭގެ އެޑްވައިޒަރީ އޮޕީނިއަންގެ މައްސަލާގައި އުފެދިފައިވާ ޚިލާފާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް. މި ޚިޔާލުތަފާތުވުން ސީދާ އައިސީޖޭ އަށް ހުށަހަޅައިގެން އެކަމުގައި ގޮތެއް ކަނޑައެޅުމަށް. ނުވަތަ މޮރިޝަސް އިން ބޭނުންވާ ހުށަހެޅުމަކަށް މަޝްވަރާކުރަން ވެސް ރާއްޖެ މި އޮތީ ތައްޔާރަށް،" އެޓާނީ ޖެނެރަލް ވިދާޅުވި އެވެ.
އިޓްލޮސް އަށް މޮރިޝަސް އިން ރާއްޖެއާ ދެކޮޅަށް މައްސަލަ ހުށަހެޅުމުން މިދިޔަ ހަފުތާގައި ބޭއްވި އަޑުއެހުންތަކުން ރާއްޖޭގެ ފަރާތުން ބުނެފައިވަނީ މައްސަލަ ހުށަހަޅައިގެން އުޅެނީ އިމުގެ މައްސަލާގައި ރާއްޖެއާ ޚިލާފެއް އުފެދިގެން ނޫން ކަމަށާއި ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމަށް ލިބިފައިވާ ހައްގުގުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި އެހެން މަގްސަދެއް ހާސިލްކުރަން ކަމަށެވެ. ރާއްޖޭން ބުނީ މިއީ ސުލްހަވެރިކަމާ އެކު މަޝްވަރާކޮށްގެން ހައްލުކުރެވެން އޮތް މައްސަލައެއް ކަމަށާއި އެކަމަކު މޮރިޝަސް އިން އިޓްލޮސް އަށް މައްސަލަ ހުށަހަޅާފައި ވަނީ ޗާގޮސް އައިލެންޑްސްގެ ސިޔާދަތީ ބާރު ލިބިގެންވަނީ މޮރިޝަސް އަށް ކަމަށް މި މައްސަލައިގެ ތެރެއިން ކަނޑައަޅަން ކަމަށެވެ.
"މޮރިޝަސް އާއި އިނގިރޭސި ވިލާތާ ދެމެދު އޮތް މައްސަލައެއް ހައްލުކުރުމަށް، މިކަން [ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުގެ މައްސަލަ] ޓްރައިބިއުނަލް އަށް ހުށަހަޅައިގެން ކުރިއަށް ގެންދަން ނިންމީތީ ހިތާމަކުރަން. ރާއްޖެ އަށް ވަންނަން ޖެހިފައި މި ވަނީ ރާއްޖެއިން އުފެއްދި މައްސަލައެއްގެ ތެރެއަކަށް ނޫން،" ފުރަތަމަ އަޑުއެހުމުގައި ބަންޑާރަ ނައިބު ރިފްއަތު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މޮރިޝަސްގެ ކަނޑުގެ ސަރަހައްދު ކަނޑައެޅުމުގެ މައްސަލާގައި މޮރިޝަސްއާ އެކަނި މަޝްވަރާކުރެވެން ނެތް ކަމަށް ކުރިން ބުނެފައި ވާނެ ކަމަށާއި އެއީ ޗާގޮސްގެ ސިޔާދަތީ ބާރު ނުވަތަ އެ ރަށްތަކުގެ ސަރަހައްދަށް ބަސް ބުނުމުގެ ބާރު އޮތީ މޮރިޝަސް އަށް ކަމެއް ނުވަތަ އިނގިރޭސި ވިލާތަށް ކަމެއް ކަނޑައެޅިފައި ނެތުމުން ކަމަށެވެ. އެކަމަކު، ރާއްޖޭން ރާއްޖޭން މިގޮތަށް ބުނާތީ، ރާއްޖެ އަކީ އިސްތިއުމާރީ ބާރުތަކަށް ތާއީދުކުރާ ގަައުމެއް ކަމަށް މޮރިޝަސް އިން ސިފަކުރާ ކަމަށާއި އެކަމަކު އެއީ އިންސާފެއް ނޫން ކަމަށް ރިފްއަތު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޫހިކަން
18 October 2020
ދެން ހަމަ އެއްޗެކޭ ކިޔާފަ ޖަރުމަނަށް ދާން
ރަސްޓީ-20
18 October 2020
ލިޔެކިއުންތަކުގައި ސޮއިކުރި އިރު އޭގައި އިން އެއްޗެ ރަނގަޅަށް ނުބަލާ ސޮއި ކުރީމަ އުފެދިގެން އުޅޭ މައްސަލައެއް ތިޔަމައްސަލަ އަކީ. ރިއްފަތު އިސްތިއުފާ.
ޒުވާނާ.
18 October 2020
ތިވަރު އެއްޗެއްބުނަން ބޮޑުހަރަދު ކޮއްފަ ހަދީޖާޔާ ކާސި މާ މިފަދަ ނިކަ މެތި ހާލުގަ ރައްޔިތުން ތިއްބާ ތިޔަދިޔައީ ބޭރައް ތިޔައީ ސްކައިޕް މެދުވެރިކޮއް ބުނެވިދާނެ ދެތިންބަސް
ބޯހަލާކު
18 October 2020
ވެރިކަމުން ހަަމަ މިހާރު ފައިބާ
ވައްތަރޭ
18 October 2020
މޮރިސަސް ނަމުގަ އިންޑިޔާއަށް ވިއްކާލަނީތަ?
އަދުރޭ
17 October 2020
ދަވާލަން. ކޮންމެސްތާކުން ޖީބައް ބައެއް ވަންނާނީ އޭރައްތާދޯ.މިގައުމުގަ އެޓާނީ ޖެނަރަލްއެއް ހުރޭތަ. ނަމެއްގަ ހުންނަ ބުދެއްވެސް މާ ރަގަޅުވާނެ
ދިވެހިދަރިން
17 October 2020
ކީއްވެބާ މޮރިޝަސް އަދި އާބިޓްރޭޓަރުން އޮންލައިންކޮށް ބައިވެރިވި އިރު ރާއްޖެއިން ބޮޑު ޚަރަދުކޮށް ޖާމަނީ އަށް ދިޔައީ؟
ޢިތުބާރުކުރޭ67
17 October 2020
ހަދާނެ ނަހަދާނެ ގޮތެއް ނޭގިގެން އުޅެ ތަން މިފެންނަނީ..ގާބިލް ނުންމީހުން މަގާމަައް ލައިގެން
އަލީރާޖާ
17 October 2020
މިއީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ދަމަައިގަތުމަށް މޮރިޝަސްއިން ކުރާ ވަރަށް ގޮތެއް ނެތް ކަމެއް.
ކުރުކުރު
17 October 2020
ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް މޮރިޝަސްގެ އެއްބައި ހިފައިގެން އިނގިރޭސިން އެތިބީ، މާލޭ ކޮންމެވެސް ގެއެއްގެ ބަޔަކު އިނގިރޭސި ބަޔަކާ ރައްޓެހިކަން އޮންނާތީ ކަލޭމެން ތިތިބެނީ މޮރިޝަސްއާ ދެކޮޅަށް ވޯޓުދީގެން، ދެން ކީކޭ ތިކިއަނީ.
އަލީބަލީ
18 October 2020
ކުރުކުރު ބުނަންތަ، އިގެރޭސިން ކޮންމެ ތަނެއް ހިފިޔަސް އެއީ އަހަރުމެންނާ ބެހޭ ކަމެއް ނޫން. ރާއްޖޭގެ ބައެއް މޮރިޝަސްއިން ހިފަން އުޅޭ ވާހަކަ މިތާ މި ދައްކަނީ! ސާފުވެއްޖެ؟
ފސދފސދ
17 October 2020
ބޮޑު ޚަރަދުކޮށްގެން ޖާމަނީއަށް ދިޔައިރު ވީޑިއޯ ކޮށް މުޅި މައްސަލަ ގެންދަނީ. މޮރިޝަސް އޮންލައިންކޮށް އަޑުއެހުމުގަ ބައިވެރިވީ، އާބިޓްރޭޓަރުންވެސް. ރިއްފަތު ބޭކާރު ޚަރަދު ކުރަނީ ޓެކްސް ފައިސާއިން. މަޖާނަގަނީ